ބިސްމި ސިއްރުން ކިޔުމުގެ ދަލީލުތައް - ރަސޫލާ صلى الله عليه وسلم ގެ ހަދީޘް ފުޅުތައް އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި
ތިޔެ ތައްޔާރުކުރީ: އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު
ބިސްމި ސިއްރުން ކިޔުމުގެ ދަލީލުތައް
بسم الله الرحمن الرحيم
عَنْ أَنَسِ بْنِ مَالِكٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا كَانُوا يَفْتَتِحُونَ الصَّلَاةَ بِ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } [ صحيح البخاري ]
މާނައީ : އަނަސް رضي الله عنه ގެ ފަރާތުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ‘އާއި އަބޫބަކުރާއި ޢުމަރު رضي الله عنهما ނަމާދު ފައްޓަވަނީ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } އިންނެވެ." [ صحيح البخاري ]
عَنْ أَنَسِ بْنِ مَالِكٍ قَالَ صَلَّيْتُ خَلْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِ { الْحَمْد لِلَّهِ رَبِّ الْعَالَمِينَ } لَا يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلَا فِي آخِرِهَا[ صحيح المسلم]
މާނައީ : އަނަސް رضي الله عنه ގެ ފަރާތުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ނަބިއްޔާ ‘އާއި އަބޫބަކުރާއި ޢުމަރު އަދި ޢުޘްމާން رضي الله عنهم ގެ ފަހަތްޕުޅުގައި އަހަރެން ނަމާދުކުރީމެވެ. ފަހެ، އެބައިމީހުން ނަމާދު ފައްޓަވަނީ { الْحَمْد لِلَّهِ رَبِّ الْعَالَمِينَ } އިންނެވެ. އެބައިމީހުން ކިޔަވަންފެށުމުގެ ކުރިންވެސް އަދި ފަހުންވެސް بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ވިދާޅެއް ނުވެއެވެ."[ صحيح المسلم ]
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ ( ފަތުވާ ނަންބަރ 8861 )
ސުވާލު: ނަމާދުގައި ފާތިޙާސޫރަތް ކިޔަވާއިރު ބިސްމިކިޔާނީ ބާރަށްހެއްޔެވެ؟ ނުވަތަ ސިއްރުންހެއްޔެވެ؟
ޖަވާބު: ޢިލްމުވެރިންގެ ބަސްތަކުން ޞައްޙަބަހަކީ ނަމާދުގެ ރަކުޢަތްތަކުގެ ތެރެއިން ކޮންމެ ރަކުޢަތެއްގައި ފާތިޙާ ސޫރަތުގެ ކުރިން ބިސްމި ސިއްރުން ކިޔުމެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ ( ފަތުވާ ނަންބަރ 2428 )
ސުވާލު: ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ނަމާދު ފައްޓަވަނީ { بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ } އިން ހެއްޔެވެ؟ ނުވަތަ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } އިން ހެއްޔެވެ؟
ޖަވާބު: އަޑުހަރުކޮށްކިޔަވާ ނަމާދުތަކުގައި އެކަލޭގެފާނު ‘{ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ } އަޑުހަރުކޮށް ކިޔަވާކަމުގެ ދަލީލެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އަދި ކިއެއްތަ ޞައްޙަ ޙަދީޘްތަކުން ދަލީލު ކުރަނީ ހަމަކަށަވަރުން އެކަލޭގެފާނު ‘ ކިޔެވުން ފައްޓަވަނީ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } އިން އަޑުހަރުކޮށް ކިޔައިގެންނެވެ. އަދި ބިސްމި ސިއްރު ކުރައްވައެވެ.
اللجنة الدائمة للبحوث العلمية والإفتاء
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.