ނަމާދުގައި މުސްޙަފު ބަލައިގެން ޤުރްއާން ކިޔެވުމުގެ ޙުކުމް - ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ ގެ ފަތުވާ
ތިޔެ ތައްޔާރުކުރީ: އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ
السؤال الأول من الفتوى رقم (9815)
س1: هل يجوز للإمام قراءة القرآن في الصلاة من المصحف أم لا في غير رمضان حتى يستفيد منه الناس وذلك أثناء الصلاة الجهرية؟
ج1: تجوز قراءة القرآن في الصلاة من المصحف في رمضان وفي غيره في الفريضة وفي النافلة أثناء الصلاة الجهرية إذا دعت الحاجة إلى ذلك.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
اللجنة الدائمة للبحوث العلمية والإفتاء
عضو ... نائب رئيس اللجنة ... الرئيس
عبد الله بن غديان ... عبد الرزاق عفيفي ... عبد العزيز بن عبد الله بن باز
ސުވާލު: ރަމަޟާން މަސް ނޫން ދުވަސްތަކުގައި މީސްތަކުންނަށް ފައިދާކޮށްދިނުމުގެ ގޮތުން، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު މީހާ މުޞްޙަފު ބަލައިގެން ކިޔެވުން ހުއްދަވާނޭ ހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟
ޖަވާބު: އަޑުހަރުކޮށް ކިޔަވާނަމާދުތަކުގައި އެކަމަށް ބޭނުން ޖެހިގެންވާނަމަ، ރަމަޟާންމަހުގައިވެސް އަދި އެނޫން ދުވަސްތަކުގައިވެސް އަދި ފަރުޟުނަމާދާއި ސުންނަތް ނަމާދުގައިވެސް މުޞްޙަފު ބަލައިގެން ކިޔެވުން ހުއްދައެވެ.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
އިމާމު އިބުނު ބާޒު رحمه الله ގެ ފަތުވާ
س ما حكم قراءة الإمام من المصحف في صلاة التراويح؟ وما الدليل على ذلك من الكتاب والسنة؟
ج لا حرج في القراءة من المصحف في قيام رمضان، لما في ذلك من إسماع المأمومين جميع القرآن، ولأن الأدلة الشرعية من الكتاب والسنة قد دلت على شرعية قراءة القرآن في الصلاة، وهي تعم قراءته من المصحف وعن ظهر قلب، وقد ثبت عن عائشة رضي الله عنها أنها أمرت مولاها ذكوان أن يؤمها في قيام رمضان، وكان يقرأ من المصحف، ذكره البخاري رحمه الله في صحيحه معلقاً مجزوماً به.
الشيخ ابن باز
ސުވާލު: ތަރާވީޙް ނަމާދުގައި އިމާމުމީހާ މުޞްޙަފު ބަލައިގެން ކިޔެވުމުގެ ޙުކުމަކީ ކޮބާ؟ އަދި ޤުރްއާނާއި ސުންނަތުން އެކަމަށްވާ ދަލީލަކީ ކޮބާ؟
ޖަވާބު: ރަމަޟާންމަހުގެ ( ތަރާވީޙް ) ނަމާދުގައި މުޞްޙަފު ބަލައިގެން ކިޔެވުން މައްސަލައެއް ނެތެވެ. އެއީ މައުމޫމުންނަށް ޤުރްއާން އެއްކޮށް އަޑުއިއްވުމުގެ ގޮތުންނެވެ. އަދި ހަމަކަށަވަރުން ޤުރްއާނާއި ސުންނަތުގެ ޝަރްޢީ ދަލީލުތަކުން ދަލީލު ކުރަނީ ނަމާދުގައި ޤުރްއާންކިޔެވުން ޝަރުޢްވެގެންވާ ކަމަށެވެ. އެ ކިޔެވުން ޢާއްމުވެގެންވެއެވެ. ( އެގޮތުން ) މުޞްޙަފު ބަލައިގެން ކިޔެވުމާއި ހިތުންކިޔެވުން ހިމެނެއެވެ. އަދި ޢާއިޝާ رضي الله عنها ގެ އަރިހުން އެކަމަނާގެ އަޅެއްކަމުގައިވާ ޛަކުވާން އަށް، ރަމަޟާންމަހުގެ ( ތަރާވީޙް ނަމާދުގައި ) އެކަމަނާއާއިގެން އިމާމުވެ ނަމާދުކުރުމަށް އަމުރުކުރެއްވި ކަމަށް ޘާބިތުވެފައިވެއެވެ. އޭނާ ( އެއަޅުމީހާ ) ޤުރްއާންކިޔެވީ މުޞްޙަފު ބަލައިގެންނެވެ. މިވާހަކަ ބުޚާރީ رحمه الله ލިޔުއްވާފައިވާ ޞަޙީޙް ބުޚާރީގައި ޛިކުރު ކުރައްވާފައިވެއެވެ.
لكتاب: فتاوى إسلامية
لأصحاب الفضيلة العلماء
سماحة الشيخ: عبد العزيز بن عبد الله بن باز (المتوفى: 1420هـ)