އިންސާނުންގެ މައްޗަށް ޖިންނި ޝައިޠާނުން އަވަލައިގަތުމަށް މެދުވެރިވާ ސަބަބުތަކެއް - شَيخ الإِسْلام ابن تَيمِية رحمه الله

"އިންސީންގެ މައްޗަށް ޖިންނީން އަވަލައިގަތުމަށް މެދުވެރިވާ 3 ސަބަބެއްވެ އެވެ.
(1) ބައެއްފަހަރު ޖިންނީން އިންސީން ދެކެ ލޯބިވެ، އެކަމުގެ އުފާ ޙާޞިލްކުރުމަށްޓަކައި އިންސީންނާ އަވަލަ އެވެ. ފަހެ، އެހެން އެންމެހައި އަވަލުމަށްވުރެ އަވަލުމުން ސަލާމަތް ވުމާއި ރައްކައުތެރި ވުމަށް މިބާވަތުގެ އަވަލުން ފަސޭހަ އެވެ.
(2) އަދި ބައެއްފަހަރު އިންސީން ޖިންނިގެ ގަޔަށް ކުޑަކަމުގޮސް އަނިޔާކުރުމުގެ ސަބަބުން ނުވަތަ ޖިންނީންގެ ގަޔަށް ހޫނުފެން އެޅުމުގެ ސަބަބުން ނުވަތަ ޖިންނިއެއް ޤަތުލުކުރުމެވެ. ނުވަތަ އެ ނޫންވެސް ބާވަތްތަކުގެ އަނިޔާއެއް ކުރުމުގެ ސަބަބުންނެވެ. ފަހެ، މިއީ އިންސީންގެ މައްޗަށް އެންމެ ގަދަފަދައަށް އަވަލުމުގެ ބާވަތެވެ. ގިނަފަހަރަށް ޖިންނި އަޅައިގަންނަ މީހާ މަރާލަނީ މި ސަބަބަށްޓަކަ އެވެ. (މާނައީ، އެކަކު އަނެކަމަށް ކުރެވޭ ގޯނާގެ ސަބަބުންނެވެ.)
(3) އަދި ބައެއްފަހަރަށް އެއްވެސް ސަބަބަކާ ނުލައިވެސް ޖިންނި އިންސާނުންނާ ބެހުން އެކަށީގެންވެ އެވެ. އެއީ އިންސާނުންގެ ތެރެއިންވާ ސިކުޑިހަމަނުޖެހޭ މީހުން މަގު ހުރަސްކުރާ މީހުންނާ ބެހިހަދާ ފަދައިންނެވެ."
***
ފަތުވާ ނަގާފައިވަނީ : مجموع الفتاوى (13/82)