5  ދެމަފިރިން ދުރުކުރުމަށް ސިޙުރު ހަދާފަ ހުރުމުން، ސިޙުރުން ސަލާމަތް ވުމަށް ވަރިވުމުގެ ޙުކުމް - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ދެމަފިރިން ދުރުކުރުމަށް ސިޙުރު ހަދާފަ ހުރުމުން، ސިޙުރުން ސަލާމަތް ވުމަށް ވަރިވުމުގެ ޙުކުމް - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ސިޙުރު ހެދުން

ސުވާލު: ބައެއް މީހުން ބުނެ އެވެ. ދެމަފިރިން ވަރިކުރުމަށް ހަދާފައިހުންނަ ސިޙުރުން ސަލާމަތް ވުމަށްއޮތް ބޭސްފަރުވާއަކީ، އޭނާގެ އަނބިމީހާ އެއް ވަރިން ވަރިކޮށްލުމެވެ. އެއަށްފަހު، ﷲ ގެ އިރާދަފުޅާއެކު އެ ސިޙުރުން ސަލާމަތްވާނެ އެވެ. އަދި އެއަށްފަހު އަނބިމީހާ ރުޖޫޢު ކުރާނީ އެވެ. ފަހެ، މިއީ އެކަމަށް އެކަށީގެންވާ ޢަމަލެއްތޯ އެވެ؟ މިއީ ޝަރީޢަތުގައި މިކަމަށް އެއްވެސް ދަލީލެއްއޮތް ކަމެއްތޯ އެވެ؟ ޝެއިޚް މިކަމަމުގެމައްޗަށް ވަޞިއްޔަތް ކުރައްވަނީ ކޮންގޮތަކަށް ތޯ އެވެ؟


ޖަވާބު: އަހަރެންނަށް ލިބިފައިވާ ޢިލްމުގައި ތިޔައީ އެއްވެސް ޢިލްމުވެރިއެއް ވިދާޅުފައިވާ ބަސްފުޅެއް ނޫނެވެ. އަދި ތިޔަ ބަހަކީ ޞައްޙަ ބަހެއްވެސް ނޫނެވެ. ސިޙުރު ޙައްލުކުރުން އޮތީ ވަރިކޮށްގެން ނޫނެވެ. ސިޙުރު ޙައްލުކުރާނީ ޝަރުޢީގޮތުން ފަރުވާކޮށްގެންނެވެ. ވަރިކޮށްގެން ނޫނެވެ. ވަރިކުރުމަކީ ﷲ ރުއްސަވާވޮޑި ނުގަންނަވާ ކަމެކެވެ. (ވަރިކުރުންވަނީ) ދެމަފިރިންގެ ދެމެދުގައި އިޞްލާޙް ކުރެވޭނެ ގޮތްނެތިއްޖެ ހިނދު އަދި ދެމަފިރިންގެ ދެމެދުގައި ވަފާތެރިވުން ނެތިވެއްޖެހިނދު ފިޔަވަ އެވެ. އެހެނަސް ސިޙުރުން ސަލާމަތް ވުމަށް ދެމަފިރިން ވަރިވުމަކީ، އެއްވެއް ޢިލްމުވެރިއެއް އަހަރެންނަށް އެނގިފައިވާ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ."
***


ބަސްތައް ނަގާފައިވަނީ : دروس في شرح نواقض الإسلام ص 153

 

އަޚުންނޭވެ! ރުޤްޔާ ކުރުމުގެ ނަމުގައި މިފަދަ އަޞްލެއް އަސާސެއްނެތް އެތައް ކަންތައްތަކެއް ކުރަމުން ގެންދާ ޒަމާނެއްކަމުގައި މިއަދުވެ އެވެ. ޢިލްމުވެރިންގެ ބަސްފުޅު ތަކަކީ އެބައިމީހުން ދަންނަ އެއްޗެއް ކަމުގައި ނުވެ އެވެ. ޢާންމު މީސްތަކުންނާއި ޢިލްމުވެރިންނާ ދެމެދު ގުޅުން ކަނޑުވާލައި، އެމީހުންގެ އަތްމައްޗަށް މީސްތަކުން އެންމެހައި ކަންކަމުގައި ލެންބުވުން ނޫންކަމެއް ނޯވެ އެވެ. ތިމާ ބޭނުންވެފައިވާ މަންފާތައް ހޯދުމަށް ޝަރީޢަތާއި އެގޮތް މިގޮތަށް ކުޅެ އެވެ. މިއީ އެބައެއްގެ މައްޗަށް ބޮޑުވެގެންވާ އިންޒާރަކުން އިންޒާރު ހޯދަންޖެހޭ ކަންކަމެކެވެ.


ސުންނަތުގެ އަހުލުވެރިން މީސްތަކުންނަށް ބަޔާންކުރާނީ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ދަޢުވަތުދޭނީ ޢިލްމުވެރިންނަށް ރުޖޫޢަވުމަށެވެ. ޢިލްމުގެ އަހުލުވެރިންގެ ކިބައިން ދީން ހޯދައި އޭގެ މައްޗަށް ދަރިވަރު ވުމަށެވެ. އުއްމަތާއި ޢިލްމުވެރިންނާ ދެމެދު ގުޅުވާލެވޭ ފަރާތެއްކަމުގައި އެބައިމީހުންވުމެވެ. އެހެން ނޫނީ އެފަދަ މީހަކީ ބާޠިލަށް ދަޢުވަތުދޭ، މީސްތަކުން އޭނާ ބޭނުންވާ މަގަށް ގެންދިއުމަށް ބޭނުންވާ މުޑުދާރު ނަޖިސް، މަގުފުރެދިފައިވާ މީހެއް ކަމުގައި ދަންނަ ހުއްޓެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...