5 އިޙްރާމް ބަނދެފައިވާ މީހާ ދެ ކޮނޑު ކަޝްފުކޮށްގެން ހުރެ ނަމާދުކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيزِ بنُ عَبْدِ الله بنِ بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިޙްރާމް ބަނދެފައިވާ މީހާ ދެ ކޮނޑު ކަޝްފުކޮށްގެން ހުރެ ނަމާދުކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيزِ بنُ عَبْدِ الله بنِ بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޢުމްރާ عمرة

ސުވާލު: އިޙްރާމް ބަނދެފައިވާ މީހާ ދެ ކޮނޑު ކަޝްފުކޮށްގެން ހުރެ ނަމާދުކުރުން ހުއްދަވެގެންވޭތޯ އެވެ؟

ޖަވާބު: އޭނާއަށް ތިކަން ކުރުން ހުއްދަވެގެނެއް ނުވެ އެވެ. ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުގެ ސަބަބުންނެވެ: {لاَ يُصَلِّي أَحَدُكُمْ وَلَيْسَ عَلَى عَاتِقِهِ شَيْءٌ}(1)، މާނައީ: "އޭނާގެ ކޮނޑުމަތީގައި އެއްވެސް އެއްޗެއް ނުވާ ޙާލުގައި ތިޔަބައިމީހުންކުރެ މީހަކު ނަމާދު ނުކުރާހުށިކަމެވެ." ފަހެ އިޙްރާމް ބަނދެފައިވާ މީހާ ނަމާދުކުރާނީ އޭނާގެ ރިދާކޮޅުގައެވެ. އޭނާގެ ދެކޮނޑު މަތީގައި އަޅައިގެން އޭނާ ނަމާދުކުރާނީ އެވެ. އަދި ދެ ކޮނޑު ކަޝްފުކޮށްގެން ނަމާދުކޮށްގެން ނުވާނެ އެވެ.

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم صلاة المحرم مكشوف العاتقين، ج17، ص474، فتوى رقم: 272.
ސައިޓް ލިންކް: http://goo.gl/gyWDkX


----
(1) ރިވާކުރެއްވީ: البخاري (359)، كتاب الصلاة، باب إذا صلى في الثوب الواحد فليجعل على عاتقيه ގައި.

Like what you see?

Close

Hit the buttons below to follow us, you won't regret it...