ޢުމްރާގެ ޠަވާފާއި ސަޢުޔު ވަކިކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيزِ بنُ عَبْدِ الله بنِ بَاز رحمه الله

ސުވާލު: އަންހެނަކު ސުވާލު ކުރެ އެވެ: ޢުމްރާގެ ޠަވާފާއި ޢުމްރާގެ (ބާކީ ހުރި) ވާޖިބުތައް ފުރިހަމަކުރުމާ ދެމެދު ވަކިކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މިސާލަކަށް ކެއުން ނުވަތަ ނިދުމުގެ ޟަރޫރަތަށްޓަކައި، ޙަރަމްފުޅާ ޖެހިގެން ހުރި ހޮޓަލަށް ދިއުމެވެ؟
ޖަވާބު: ސަޢުޔު ފަސްކުރުމަކުން މައްސަލައެއް ނެތެވެ. މިސާލަކަށް މިއަދު ޠަވާފުކޮށްފައި މާދަމާ ސަޢުޔުކުރުމެވެ. ނުވަތަ ދުވާލުގެ ކުރީކޮޅު ޠަވާފުކޮށްފައި، ދުވާލުގެ ފަހުކޮޅު ސަޢުޔުކުރުމެވެ. އެކަމުގައި މައްސަލައެއް ނެތެވެ.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم الفصل بين طواف العمرة والسعي، ج17، ص465، فتوى رقم: 261.
ސައިޓް ލިންކް: http://goo.gl/VecYGH