ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله
ސުވާލު: އަހަރުމެންގެ އުޚްތު ސުވާލުކޮށް އަހައެވެ: (ފަރުޟު) ނަމާދާއި ގަމަތާ ދެމެދު ރަވާތިބު ސުންނަތްތައް އަދާ ނުކުރެވޭނެތޯ އެވެ؟ ނުވަތަ ގަމަތް ދެވުމަށް ފަހު އަދާކުރުން ހުއްދަވެގެންވޭތޯ އެވެ؟ މިސާލަކަށް މެންދުރު ނަމާދުގެ ސުންނަތެވެ. ގަމަތް ދެވުމަށް ފަހު އެ ސުންނަތް ކޮށްފައި ފަރުޟު ނަމާދު ކުރުން ހުއްދަވެގެންވޭތޯ އެވެ؟ ނުވަތަ ގަމަތް ފުރިހަމަވުމުން ކޮންމެހެން ވެސް ފަރުޟު ނަމާދު އަދާކުރަންޖެހޭތޯ އެވެ؟ جزاكم الله خيرا.
ޖަވާބު: ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {إِذَا أُقِيمَت الصَّلَاةُ فَلَا صَلَاةَ إِلا المَكْتُوبَة}، މާނައީ: "ނަމާދަށް ގަމަތް ދެވިއްޖެ ނަމަ، ފަރުޟު ނަމާދު މެނުވީ ނަމާދެއް ނުވެއެވެ." އެބަހީ ގަމަތް ދެވުމަށް ފަހު، އެވަގުތުގައި ސުންނަތް ނަމާދެއް ނުއޮންނާނެ އެވެ. ގަމަތް ދިނުމުގެ ކުރިން ހަށަން ބަނދެފި ނަމަ، ދެން އެއަށްފަހު ގަމަތް ދެވިއްޖެ ނަމަ، ނަމާދު މެދުކަނޑާލާނީ އެވެ. ފަހެ އޭގެ މާނައަކީ ގަމަތް ދެވުމަށް ފަހު، އެވަގުތުގައި ސުންނަތް ނަމާދެއް ނުއޮންނާނެ އެވެ. ފަރުޟު ނަމާދަށް ތައްޔާރުވާނީ އެވެ. އަދި މި ސަބަބަށްޓަކައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {إِذَا أُقِيمَت الصَّلَاةُ فَلَا صَلَاةَ إِلا المَكْتُوبَة}، މާނައީ: "ނަމާދަށް ގަމަތް ދެވިއްޖެ ނަމަ، ފަރުޟު ނަމާދު މެނުވީ ނަމާދެއް ނުވެއެވެ." އެހެންކަމުން އޭނާ ސުންނަތް
ނަމާދު ތެރޭގައި ވަނިކޮށް ނަމާދަށް ގަމަތް ދެވިއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އޭނާ ނަމާދު މެދުކަނޑާލާނީ އެވެ. އަދި ފަރުޟު ނަމާދަށް ތައްޔާރުވާނީ އެވެ. ސުންނަތް ނަމާދުގެ ފަހުކޮޅުގައިވާ ޙާލުގައި މެނުވީ އެވެ. އޭނާ ދެވަނަ ރުކޫޢުއިން ނިމިއްޖެ ނަމަ، ހަމަކަށަވަރުން އޭނާ ދެވަނަ ރުކޫޢު ކޮށްފި ނަމަ، އޭނާ އެ ނަމާދު ފުރިހަމަކުރާނީ އެވެ. އެއީ އެހިނދު ނަމާދު ނިމިފައި (ނިމުމަކާ ހަމައަށް އައިސްފައި) ވާތީ އެވެ.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد العاشر، كتاب الحج، حكم أداء الراتبة بعد الإقامة، ج10، ص303-304، فتوى رقم: 115.
ސައިޓް ލިންކް: http://goo.gl/xG0gNf