މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله
ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށް ދެއްވާފައިވާ ރައްދު.
ޝެއިޚެއްގެ ގޮތުގައި ހުރެ މީހުން މަގުފުރެއްދި عبد الرحمن عبد الخالق ކިޔާ މީހަކު ލިޔެފައިވާ ބައެއް ފޮތްތަކުގައި ބާޠިލު ވާހަކަތައް ހުރުމުން އެކަންތައް އިސްލާހު ކުރުމަށް عبد الرحمن އަށް ނަސޭޙަތްދެއްވަމުން الشَّيْخ ابنُ بَاز ބަޔާން ކުރެއްވި އެވެ:
"ހަވަނައީ: ތިބާގެ ފޮތް "فصول من السياسة الشرعية" ގައި ޛިކުރު ކޮށްފައިވެ އެވެ: "ނަބިއްޔާ ﷺ ދަޢުވަތުގައި ގެންގުޅުއްވި އުސްލޫބުތަކުގެ ތެރެއިން މުޒާހަރާތައް ހިމެނެ އެވެ."
الشَّيْخ ابنُ بَاز رحمه الله ވިދާޅުވަނީ:
"ތިޔަ މާނަ ދޭހަވާ އެއްވެސް ނައްޞެއް (އާޔަތެއް، ޙަދީޘެއް) އަހަރެންނަކަށް ނޭނގެ އެވެ. ފަހެ އެ އުސްލޫބު ޛިކުރުކުރީ ކާކުކަމާއި، ތިބާއަށް އެ އުސްލޫބު ފެނުނީ ކޮން ފޮތަކުންކަން ބަޔާންކުރުން އެދެމެވެ. ފަހެ ތިބާއަށް އެކަމުގައި ސަނަދެއް ނުވާ ނަމަ، ފަހެ ވާޖިބުވެގެންވަނީ އޭގެން ރުޖޫޢަވުމެވެ. ސަބަބަކީ ނައްޞުތަކުގެ ތެރެއިން އެކަމަށް ދަލީލުކޮށްދޭ އެއްވެސް ނައްޞެއް އަހަރެންނަށް އެނގިފައި ނުވާތީ އެވެ. އަދި ހަމަކަށަވަރުން މުޒާހަރާތައް ބޭނުންކުރުމުގައި ހިމެނޭ ގިނަގުނަ ފަސާދަތަކަކީ އެނގިގެންވާ ކަމެކެވެ. ފަހެ އެކަމުގައި ނައްޞެއް ޞައްޙަވެއްޖެ ނަމަ، ފުރިހަމަވެގެންވާ ބަޔާނަކުން އެނައްޞުގައި އައިސްފައިވާ ކަންކަން (ޙުކުމްތަކާއި ތަފްޞީލުތައް) ބަޔާންކުރުމަކީ ކޮންމެހެން ވެސް ކުރުން ލާޒިމް ކަމެކެވެ. އެއީ ފަސާދަ އުފައްދާ މީހުން އެ ނައްޞުއާ އެމީހުންގެ ބާޠިލު މުޒާހަރާތައް ގުޅުވިޔަ ނުދިނުމަށްޓަކައެވެ."
❆❆❆
ލިޔުމުގެ އަސްލު ނަގައިފައިވަނީ: http://goo.gl/a4SlAO