5 މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله 

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ.

ޝައިޚު ދެއްވާފައިވާ ފަތުވާއެއްގައި ވިދާޅުވެފައިވެ އެވެ:


    "އަހަރެންގެ ޢިލްމުގެ ނިސްބަތުން މުޒާހަރާތަކާ މެދު އޮތް ޝަރުޢީ ޙުކުމަކީ: އެއީ ޝަރުޢުކުރެވިގެންވާ ކަމެއް ނޫނެވެ. އަދި އެކަން ކުރުމުން އޭގެ ނަތީޖާއެއްގެ ގޮތުގައި އުންމީދުކުރެވޭ މަސްލަޙަތެއް ވެސް ނެތެވެ. އަދި ކިއެއްހެއްޔެވެ. އެއިން ނުކުންނަ ނަތީޖާއަކީ މުންކަރާތެވެ. މިސާލަކަށް ޢައުރަތައް ކަޝްފުވުމެވެ. އަދި ނަމާދުތައް ގެއްލުވާލުމެވެ. އަދި ފައިދާ ނުލިބޭ، ގެއްލުންދޭ ކަންކަމުގައި ވަގުތުތައް ޤަތުލުކުރުމެވެ. އަދި އެކަން ފެނިފައިވާ އަދި ތަޖުރިބާ ކޮށްފައިވާ މީހުންނަށް އެނގިފައިވާ ފަދައިން އެ މުޒާހަރާތަކުގައި ބައެއް މީހުންގެ ފަރާތުން އަނިޔާކުރުން ވެސް ނަތީޖާއެއްގެ ގޮތުން ނުކުމެ އެވެ. އަދި އެންމެ ފަހު ކަމަކީ، އެ މުޒާހަރާތަކަކީ އޭގެ އެނގިގެންވާ ސޫރައިގައި ގިނަ ފަސާދަތަކެއް އެކުލެވިގެންވާ، މަންފާއެއް އެކުލެވިގެން ނުވާ ކަމެކެވެ."


ލިޔުމުގެ އަޞްލު ނަގައިފައިވަނީ: الأجوبة الأثرية عن المسائل المنهجية، ص 76، س21، دار أضواء السلف، الطبعة الأولى 1433 ه
❆❆❆


އޭގެ އިތުރުން ޝައިޚުއާ ސުވާލު ކުރެވުނެވެ.


ސުވާލު: ސުވާލުކުރާ މީހާ ބުނެ އެވެ: فضيلة الشيخ އެވެ. الله ޝައިޚުމެންނަށް ހެޔޮކަން ދެއްވާށި އެވެ. އަދި އެއިލާހު ޝައިޚު ރައްކައުކޮށްދެއްވާށި އެވެ. ބައެއް އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ މުޒާހަރާތަކާ ބެހޭގޮތުން ޝައިޚުގެ ރައުޔަކީ ކޮބައިތޯ އެވެ؟ އަދި ހަތިޔާރު ނުވަތަ އެނޫން އެއްޗެއް ބޭނުން ނުކޮށް މުޒާހަރާތައް ޞުލްޙަވެރިކަމާ އެކު ކުރާ ނަމަ ހުއްދަވާނެއޭ ބުނާ މީހަކާ ދޭތެރޭ ޝައިޚުމެން ދެކެވަވަޑައިގަންނަވަނީ ކިހިނަކުންތޯ އެވެ؟ އަދި ސަޢޫދީ ޢަރަބިއްޔާގެ ރަށްތަކުގައި މުޒާހަރާކުރުމަށް ދަޢުވަތުދޭ މީހުންނަށް ޝައިޚުމެން ދެއްވާ ރައްދަކީ ކޮބައިތޯ އެވެ؟ الله تعالى އެ ޤައުމު ރައްކައުތެރިކޮށްދެއްވާށި އެވެ. ސާފުކޮށްދެއްވުމަށާއި ބަޔާންކޮށްދެއްވުމަށާއި ނަޞޭޙަތްދެއްވުމަށް ޝައިޚުގެ އަރިއަހުން އަޅުގަނޑުމެން އެދެމެވެ. الله އަޅަމެންނަށާއި ޝައިޚުމެންނަށް ހުރިހައި ހެޔޮކަމަކަށް ތައުފީޤު ދެއްވާށި އެވެ.


ޖަވާބު: މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ދީނަށް އަލަށް ގެނެވިފައިވާ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގަ އެވެ. އެއީ ހަމަކަށަވަރުން الله ގެ ޝަރީޢަތް ފުރިހަމަވެގެންވާތީ އެވެ. ޤުރުއާނާއި ސުންނަތެވެ. އަދި މީސްތަކުންގެ ތެރެއިން ބޮޑު ބައިގަނޑެއް އެއްތަންވެ މުޒާހަރާތައް ކުރުމަށް ހުއްދަކުރާ، ޤުރްއާނާއި ސުންނަތުގެ ދަލީލުތަކުގެ ތެރެއިން އެއްވެސް ދަލީލެއް އަހަރުމެން ނުދަންނަމެވެ. އެ މުޒާހަރާތަކުގައި މީސްތަކުންނަށް އުނދަގޫކޮށް ގޯނާ ކުރުމާއި، ވަގުތުތައް ބޭކާރުކޮށް ނެތިކޮށްލުން އެކުލެވިގެންވެ އެވެ. އަދި އެއަށްވުރެ ބޮޑުކަމަކީ އެ މުޒާހަރާތަކުގައި ނަމާދުތައް ދޫކޮށްލެވިގެންދާ ކަމެވެ. އަދި މުޒާހަރާތަކުގައި ޤަތުލު ޙާޞިލުވެގެންދެ އެވެ. ފަހެ އެންމެ މުޒާހަރާއެއްގައި މުސްލިމެއް ޤަތުލުކުރެވިއްޖެ ނަމަ، އޭގެ ފާފަ އުފުލަން ޖެހޭނީ މުޒާހަރާތައް ކުރުމަށް ދަޢުވަތުދިން ފަރާތުންނެވެ. އެއީ އެންމެ ފަރުދެއް ނުވަތަ ގިނަ ބައިވެރިންތަކެއް ކަމުގައިވީ ނަމަވެސް އެވެ. އަދި ޞައްޙަ އަޘަރެއްގައިވެ އެވެ: "لَزَوَالُ الدُّنْيَا بِأَزْرِهَا أَهْوَنُ عَلَى اللهِ مِنْ قَتْلِ رَجُلٍ مُسْلِم" މާނައީ: "މުސްލިމެއް ޤަތުލުކުރުމަށް ވުރެ ދުނިޔޭގެ އާރާއި ބާރާއެކު ދުނިޔެ ނެތިދިއުން الله ގެ ޙަޟްރަތުގައި ލުއިވެގެންވެ އެވެ."


ފަހެ ޚަބަރުންނާއި، ބުއްދިންނާއި، އާދަކާދައިންނާއި، ޙިއްސުންނާއި، ލޮލުގެ ފެނުމުން ހެކިލިބިފައިވާ ގޮތުން މުޒާހަރާތަކުގައި ޤަތުލުކުރެވިގެންދަނީ ކިތައް ނަފްސު ހެއްޔެވެ؟ ހަމަކަށަވަރުން މި މުޒާހަރާތައް ދީނަށް އާ ކަމެއްގެ ގޮތުގައި ގެނައުމަކީ ބިދުޢަތަކާއި މަގުފުރެދުންތަކުގެ ތެރެއިންވާ ކަންކަމެވެ. އެކަންކަމަށް ދަޢުވަތުދެނީ ޝައިޠާނާ އެވެ. އަދި ނުބައިކަމާއި ހަވާތަކަށް (އެބަހީ ޝުބުހަތަކާއި ޝަހުވަތްތަކަށް) ގަދައަށް އަމުރުކުރާ ނަފްސެވެ. ފަހެ މި މުޒާހަރާތަކުން އެނގިގެންވާ ފަދައިން، ދީނާއި ދުނިޔެ ހަލާކުކުރުމަށް މެނުވީ މި ޢަދުންވުންތައް އެއްވެސް ކަމެއްގައި އެއްތަނެއް ނުވާނެ އެވެ.


އަދި އެންމެހައި މުޒާހަރާތަކުގެ ނަތީޖާއަކީ ޤަތުލުކުރުމާއި، ސުންނާފަތިކުރުމާއި، މުދާތަކާއި ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމާއި، އަމާންކަން ލިބިގެންވާ މީހުންނަށް ބިރުދެއްކުމެވެ. އޭގައި ކިހާ ނުބައި ކަންތަކެއްވޭ ހެއްޔެވެ؟ އަދި ހަމަކަށަވަރުން މާތް ރަސޫލުންނާއި މަތިވެރި ނަބިއްޔުންގެ ޒަމާނުގައި އެކަން ކުރެވިފައި ނެތުމުން އޭގެ ނުބައިކަމަށް ފުދިއްޖެ އެވެ. އެ ރަސޫލުންނަށް އިހާނެތިކޮށް ހިތުނެވެ. އަދި އެ ރަސޫލުންގެ ޤައުމުގެ ފަރާތުން އެ ރަސޫލުންނަށް އަނިޔާ ލިބުނެވެ. އަދި އެ ރަސޫލުންނަށް އީމާންވި ބަޔަކު އީމާންވި އެވެ. އެބޭކަލުން މުޒާހަރާއެއް ނުކުރައްވަ އެވެ. އަދި ބޮންގޮއްވައި ނުހައްދަވަ އެވެ. އަދި ނުޙައްޤުން ޤަތުލު ނުކުރައްވަ އެވެ. އަދި ކިއެއްތޯ އެވެ. އިސްލާމްދީނުގައި އެހުރިހައި ކަމެއް ނަހީކޮށްފައިވެ އެވެ.
ފަހެ މިމީހުން، މުޒާހަރާތަކަށް ގޮވާލާ މި މީސްތަކުންނަށް ވަނީ މަގު އޮޅިފަ އެވެ. އަދި މަގު ގެއްލިފަ އެވެ. އެމީހުންނަށް އެންމެ ހެޔޮވެގެންވަނީ ރަނގަޅު ގޮތަށް ރުޖޫޢަވުމެވެ. އަދި ކަންކަމަށް ފަރުވާދެވެން ޖެހޭނީ ޢިލްމުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ފަހުމާ އެކު ޤުރްއާނާ ސުންނަތުގެ އަލީގަ އެވެ.


ފަހެ މި ހަމަނުޖެހުމަށް ދަޢުވަތުދިން މީހަކީ ހަމަކަށަވަރުން ޤައުމުތަކާއި އަޅުތަކުންގެ ފަސާދަ މެދުވެރިކުރުވައިފި މީހެކެވެ. ފަހެ ކުރިން ދިމާވެފައިވާ ކަންކަމާއި މިހާރު ހިނގަމުންދާ ކަންކަން އެ ފަސާދައަށް ހެކިދެ އެވެ. ފަހެ މުޒާހަރާތައް ހުއްދަކުރާ މީހާ، އަދި އެމީހުން ބުނާ ފަދައިން: "ސުލްޙަވެރި މުޒާހަރާތައް ހުއްދައޭ" ބުނާ މީހާގެ ބަހާ މެދު ހިތްހަމަޖެހުމުން طلاب العلم (ޝަރުޢީ ޢިލްމު ޙާސިލު ކުރާ މީހުން) ދުރުވެ އިންޒާރު ލިބިގަންނަން ޖެހޭނެ އެވެ. އެމީހުން "ސުލްޙަވެރި މުޒާހަރާ"އޭ ކިޔައިގެން މިބައިކުރުމުން ބައިކޮށްފައި ވަނީ އެއްވެސް ބުރުހާނެއް ނެތި އެވެ. އަދި އެކަން ހުއްދައޭ ބުނެފައިވަނީ ޤުރްއާނާއި، ސުންނަތާއި، ރަސޫލާ އާއި ޞަޙާބީންނާއި އެންމެ ބޮޑެތި، މަޝްހޫރު ޢިލްމުވެރިންގެ ޢަމަލުފުޅުގެ މައްޗަށް ބިނާވެފައިވާ އެއްވެސް ދަލީލެއް ނެތި އެވެ. ހަމަކަށަވަރުން އެކަންތައް ވަނީ އަހަރެން ބުނި ފަދައިންނެވެ. އަދި އަހަރެން ނޫން ފަރާތްތަކުން ލިޔެފައިވާ ފަދައިންނެވެ. ޚާއްޞަކޮށް އަދި ސާފުކޮށް އެކަމާ ބެހޭގޮތުން هَيْئَةُ كِبَارِ العُلَمَاء (ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީ) ލިޔެފައިވާ ލިޔުން ޙައްޤަށް އެދޭ މީހަކަށް ފުދިގެންވެ އެވެ. އެބޭފުޅުން އިއްތިފާޤުވެވަޑައިގެންފައިވެ އެވެ: ހަމަކަށަވަރުން އޭގެ އެނގިގެންވާ އެންމެހައި ސިފަތަކާ އެކުގައިވި މުޒާހަރާތަކަކީ ބާޠިލެކެވެ. އަދި ހަމަކަށަވަރުން ޝަރީޢަތުގައި އެއަށް އެއްވެސް ދަލީލެއް ނުވެ އެވެ. އަދި ހަމަކަށަވަރުން އެކަންތައް ދަޢުވަތުދެނީ އަޅުތަކުންނާއި ޤައުމުތަކުގެ ތެރޭގައި ފަސާދަ އުފެއްދުމަށެވެ. ހަމަކަށަވަރުން ޞައްޙަ ބުނުމަކީ މިއީއެވެ. އަދި އެކަމުގެ މައްޗަށް ވަނީ 20 ޢިލްމުވެރިންނަށް ވުރެ ގިނަ ޢިލްމުވެރިން ސޮއި ކުރައްވާފަ އެވެ. އަދި ކިއެއްތޯ އެވެ! އިތުބާރު ކުރެވިގެންވާ އެންމެހައި ޢިލްމުވެރިން ވެސް މީސްތަކުންނަށް ވިދާޅުވެފައިވަނީ ހަމަކަށަވަރުން މި މުޒާހަރާތަކަކީ ފަސާދައިގެ މަގެއް ކަމަށެވެ. އެއީ ހެޔޮވެގެންވާ އަދި އިޞްލާޙުކުރަނިވި މަގެއް ނޫނެވެ. އަދި ހަމަކަށަވަރުން ސަލާމަތްވެގެންވި މަގަކީ ބިންތަކުގެ ތެރެއިން ބިމެއްގެ މައްޗަށް ވެރިއެއްގެ ގޮތުގައި އިސްވި މީހަކަށް ނަސޭޙަތްތެރިވުމެވެ. އޭނާ ކުށްކޮށްފި ނަމަ އޭނާއަށް ނަސޭޙަތްދެވި، އޭނާއަށް ޙައްޤު ބަޔާންކޮށްދެވި، އޭނާ ހުރި މަޤާމާ އެކަށީގެންވާ ގޮތަކަށް އޭނާއަށް ދަޢުވަތުދިނުމެވެ. މި ހަމަނުޖެހުންތައް އުފައްދައިގެނެއް ނޫނެވެ. އެ ހަމަނުޖެހުންތަކުގައި ވަނީ ނަފްސުތައް ޤަތުލުކުރެވިފަ އެވެ. އަދި އަމާންކަމުގެ އަހުލުވެރިންނަށް ބިރުދައްކާފަ އެވެ. އަދި މިޒަމާނުގަ އާއި މީގެ ކުރިން މީސްތަކުންނަށް ހެކިލިބިފައިވާ ފަދައިން ހިނގައިދިޔަ އެންމަހައި ކަންތައް ހިނގާފަ އެވެ. والله أعلم.

 

❆❆❆

 

 

އޯޑިއޯ ލިންކް: http://goo.gl/wnN7H3 އޯޑިއޯގެ 00:37:18 އިން 00:44:08 އަށް.

 

މުޒާހަރާކުރުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله | 04 ޖެނުއަރީ 2018

 އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله | 24 ޑިސެމްބަރ 2017

 މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله | 02 އޮގަސްޓު 2017

 ހަނދާނާއި ތާރީޚައްޓަކައި؛ 23 ޑިސެންބަރ މުޒާހަރާ ކުރި އިޚުވާނީ ޢަދާލަތު އަދި ޖޭއެސް ފިކުރަށް ރައްދު (30-12-2011) - أُسْتَاذ أبو أنس محمد حسن حفظه الله | 14 މެއި 2017

ސުންނަތުގެ ދިފާޢުގައި: ހުރިހާ ބާވަތެއްގެ މުޒާހަރާ ޙަރާމް ވެގެންވެ އެވެ. - العَلاَّمة صَالِح الفَوْزَان الفَوزان حفظه الله | 28 އޭޕްރީލް 2017

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله | 22 އޭޕްރީލް 2016

މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله | 21 އޭޕްރީލް 2016

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 26 ނޮވެމްބަރ 2015

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله | 12 ސެޕްޓެމްބަރ 2015

ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله | 27 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...