ކީރިތި ޤުރުއާނަނަށް ބޮޑުވެގެންވާ ފަރުވާ ކުޑަކުރުމަކުން ފަރުވާކުޑަކޮށްފައި ވުން - الشَّيخ العَلاَّمَة أَحمَد بن يَحيَى النَّجْمِي حفظه الله

އަޚުންނޭވޭ! މި ޢަމަލަށް ކިޔާނީ ކީކޭ ހެއްޔެވެ! މިފަދަ އިންސާނެއްގެ އަންނަން އޮތް ޙަޔާތުގެ ޙާލަތާއިމެދު ވިސްނާލާ!
"ހަމަކަށަވަރުން ނޫސްޕޭޕަރުތައް ކޮންމެ ދުވަހަކު ގަނެގެން މީސްތަކުންނުހަނު ފަރުވާތެރިވެ، ޝަޢުޤުވެރިކަމާ އެކު އެ ކިޔާތަން ތިބާއަށް ފެންނާނެ އެވެ. އޭގައިވާ ޚަބަރުތައް އެބައިމީހުން ކިޔަ އެވެ.
މިފަދަ މީހާއާ އެއްމައްސަރު ފާއިތުވެގެންދާހިނދު ﷲ ފޮތް އޭނާ ހުޅުވައިވެސް ނުލަ އެވެ. އެފޮތް ތިލާވަތެއް ނުކުރެ އެވެ. އެ ފޮތާއި މެދު އެއްވެސް މިންވަރަށް ވިސްނާ ނުލަ އެވެ. ފަހެ، މި މީހާގެ މައްޗަށް ބިރުވެތިވަމެވެ. ސަބަބަކީ، މިއީ ﷲ ގެ ފޮތުގެ މައްޗަށް އިހުމާލުވުމެވެ. އަދި ފައިދާއެއް ނުކުރާ ކަންތައްތަކުގެ މައްޗަށް ފަރުވާތެރިވުމެވެ. ނުވަތަ އެއިން ކުޑަ މިންވަރަކަށް ފައިދާލިބޭ ކަންތަކުގެ މައްޗަށް ފަރުވާތެރިވުމެކެވެ. وَإِنَّا لله وَإنَّا إِلَيه راجِعُون.
ﷲ ޤަންދީ ބުނަމެވެ. މިފަދަ މީހެއްގެ އަތަށް ﷲ ގެ ފޮތް ކިޔުމަށްޓަކައި ދެވި، އެފޮތް އޭނާ ކިޔައިފިހިނދު އޭނާގެ ޢަޤީދާއަށް އެއިން ފައިދާކުރާ މިންވަރުފެނިފަ ތިބާ ޢަޖައިބު ޙައިރާން ވާނެ އެވެ. އޭނާގެ އީމާންކަން ވަރުގަދަވެ، ޤާއިމްވުމަށް ނުހަނު ފައިދާ ކުރާނެ އެވެ. ބައެއްފަހަރު މިފަދައިން ތިބާގެ އަތުން އެފަދަ މީހާ އެ ފޮތް ނަގައި އެއްލާލަ އެވެ. އެ ފޮތަށް އެއްގޮތަކަށްވެސް ނުބަލަ އެވެ. އަދި ފަހަރެއްގައި އެ ފޮތް ތިބާގެ އަތުން ނުވެސް ނަގާނެ އެވެ. އަދި އޭނާއަށް ހަދިޔާ ކުރެވުނަސް، އެ ޤަބޫލެއްވެސް ނުކުރާނެ އެވެ.
މި މީސްތަކުންނަށް ބުނަމެވެ! ﷲ ގެ ފޮތަށް ފަރުވާތެރިވުމަށް ގޮވާލަމެވެ. ﷲ ގެ ރަސޫލާގެ ސުންނަތަށް ފަރުވާތެރިވުމަށް ދަޢުވަތްދެމެވެ. ތިޔަބައިމީހުންނަށް އެ ޚަބަރުތަކުން އާޚިރަތުގައި ފައިދާއެއް ނުކުރާނެ ކަންތައްތައް ދޫކޮށް އަދި ﷲ ގެ ޙަޟުރަތުގައި މަންފާކުރާނެ ކަންތައްތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ދަޢުވަތުދެމެވެ. ހަމަކަށަވަރުން އެތަކެއްޗަކީ އަގެއްނެތް ބޭކާރު ތަކެއްޗެވެ. وَإِنَّا لله وَإنَّا إِلَيه راجِعُون. و بالله التَّوفِق.
*****
ބަސްތައް ނަގާފައިވަނީ : فتح الرحيم الودود في تعليق على كتاب السنة من سنن أبي داود 227