ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله

ބިދުޢައިގެ އަހުލުވެރިން ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ދޮގުތައް ހެދުން
العَلاَّمَة عُبَيد الجَابِري حفظه الله ވިދާޅުވެފައިވެ އެވެ. "އަހުލުއްސުންނަތަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުމަކީ ބޮޑުވެގެންވާ ބާޠިލް ބަހެކެވެ. އަދި ކިޔެއްތަ، ﷲ ޤަންދީ ބުނަމެވެ. ﷲ ޤަންދީ ބުނަމެވެ. އަދިވެސް ﷲ ޤަންދީ ބުނަމެވެ. މިއީ ބުހުތާނު ބަސްތަކެކެވެ. އަނިޔާވެރި ވުމެކެވެ. އަދި މިއީ ދޮގެކެވެ. އެންމެ ކުރިންސުރެންވެސް އަދި މިހާރުވެސް ސުންނީ އެއްވެސް ޢިލްމުވެރިއެއް މީސްތަކުންގެ އެތެރެފުށަށް ޙުކުމް ނުކުރައްވަ އެވެ. އެހެނަސް އެ އެންމެހައި އަހުލުވެރިން ޙުކުމް ކުރައްވަނީ މީސްތަކުންގެ ބޭރުފުށަށެވެ. ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ބިދުޢައިގެ އަހުލުވެރިންއޮތް ނަފްރަތާއި ރުޅިވެރިކަމުގެ ބޮޑުކަމުން، އަހުލުއް ސުންނަތާއި ދުރުކުރުވާކަމެއް ބިދުޢައިގެ އަހުލުވެރިންނަށް ނުކުރެވިއްޖެ ނަމަ، ބިދުޢައިގެ އަހުލުވެރިން އެމީހުންގެ މޭތަށް ފަޅަފަޅައިގެން ދެ އެވެ. އަދި ހިތްތައް ކުދިކުދިވެ ބޮލުގައި ރިއްސައިގަނެގެންދެ އެވެ."
****
ފަތުވާ ނަގާފައިވަނީ : قطع اللّجاجة صـ ٩
އަޚުންނޭވެ! ދަންނަ ހުއްޓެވެ! ސުންނަތުގެ އަހުލުވެރިންގެ މައްޗަށް މި ޙާލުގައިވާ ބަޔަކު ބުހުތާނެއް، ދޮގުތަކެއް ނަހަދައި ތިބޭނެ ހެއްޔެވެ؟ މިއަދު ފެންނަ މަންޒަރަކީ މިއެވެ. ބިދުޢަވެރިންވަނީ އެބައިމީހުންގެ ނަފްރަތްކުރުމުގައި ކޮޅުންލައިފަ އެވެ.