ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله

"ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ ﷲ އެ އަޅަކަށް މިންވަރު ކުރައްވާފައިވާ ނިޢުމަތެކެވެ. އަދި އަޅަކު ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އެ އަޅާއަށް ﷲ ނިޔާކުރައްވަފައިވާ ޢުޤޫބާތެކެވެ. ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި ވުމަކީ، އޭގެ ސަބަބުން އަޅާ ޢިއްލިއްޔީންގެ އެންމެ މަތީ ދަރަޖައަށް އުފުއްލެވިގެންދާނެ ކަމެކެވެ. އަދި ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން އަޅާ ސާފިލީންގެ އެންމެ ދަށުދަރަޖައަށް ވެއްޓިގެންދާނެ ކަމެކެވެ. އަދި ހެޔޮ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން ފައިދާކުރާނެ ޢިލްމު ލިބިގެންދާނެ، މާތްމަތިވެރި އަޚްލާޤު ޙާޞިލް ކުރެވޭނެ އަދި ޞާލިޙް ޢަމަލުތަކުގައި ޤާއިމްވެވޭނެ ކަމެއްގެ ގޮތުގައިވެ އެވެ. ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ މިއެންމެހައި ކަންތައްތަކުން މަޙްރޫމު ވެގެންދާނެ ކަމެކެވެ.
އޭ ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. ތިމަން އެވެނި މީހަކު ރައްޓެއްސެއްގެ ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެވެ. ހަމަކަށަވަރުން ތިމަންނާއަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފި އެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއް ކަމުގައި ޝައިޠާނާވެ އެވެ."
****
ލިޔުން ނަގާފައިވަނީ : بهجـــة قلــوب الأبــرار وقــرة عيــون الأخيــار فــي شــرح جوامــع الأخبــار (ص 189)