ހުކުރު ދުވަހަށް ތަހުނިޔާ ކިޔުމުގެ ޙުކުމް - الشَّيْخ العَلاَّمَة صالح الفوزَان حفظه الله

ސުވާލު: މޮބައިލް ފޯނުން ނުވަތަ އެކިއެކި ފޯރަމްތަކުގައި (ގްރޫޕް، ބްލޮޤްތަކުގައި) ކޮންމެ ހުކުރު ދުވަހަކު އެއްމުސްލިމަކު އަނެއް މުސްލިމަަށް "ޖުމްޢަ މުބާރަކް" ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: "ތިޔައީ އެކަމަށް އެއްވެސް އަޞްލެއްނެތްކަމެކެވެ. ތިޔައީ ބިދުޢައެކެވެ. ހުކުރު ދުވަހަށް ތަހުނިޔާކިޔުން ހުއްދައެއް ނުވާނެ އެވެ. މިކަމަށް އެއްވެސް އެއްޗެއް ވާރިދުވެފައެއް ނުވެއެވެ. އަދި މިއީ ސަލަފުން ޢަމަލުކޮށްފައިވާ ކަމެއް ނޫނެވެ. ފަހެ، މިއީ އިސްލާމް ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެކެވެ.
ފަހެ، ބިދުޢަވެރިން މިހާރު އެބައިމީހުންގެ މޮބައިލްފޯނާއި އިންޓަނެޓް ބޭނުންކޮށް އެބައިމީހުންގެ ބިދުޢަތައް މިފަދަ ގޮތަށް ޕްރޮމޯޓްކުރެއެވެ."
***
ފަތުވާ ނަގާފައިވަނީ : https://goo.gl/CXiULt
ޝެއިޚް ވިދާޅުވެފައިވާ ފަދައިން މިއީ ދީނުގެ ނަމުގައި، ﷲ ގެ ދީނަށް ބިދުޢަވެރިން ގެނެސްފައިވާ އެއް ބިދުޢަ އެވެ. ﷲ ގެ ދީން ހަލާކުކޮށް، އެ އިލާހުގެ ދީން ބަލިކަށިކޮށް، ދީނުގައި ނުވާކަންތައްތައް ދީނަށް ވައްދަމުންދާ ހިނދުގައި އެބައިމީހުން ކުރަމުން ގެންދާ މި މުޑުދާރު ޢަމަލުގެ ނުރައްކާ ދަންނަނީ ކިތައް މުސްލިމުން ހެއްޔެވެ؟ މިއީ ދީނީ ޢިލްމުވެރިންގެ ގޮތުގައިވާނެ ބައެއްތޯއެވެ؟ ﷲ ގެ ދީނަށް ޚިދުމަތް ކުރުމަށް ނުކުމެފައިވާ ބައެއް ހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ޙަޔާތްޕުޅުގައި އިންތިހާއަށް އިންކާރު ކުރައްވާ، އުއްމަތަށް ބިދުޢަތަކުގެ މައްޗަށް އިންޛާރު ދެއްވާފައިވީ ހިނދުގައި، ދީނުގެ ތެރެއަށް ބިދުޢަތައް ގެނެސްފައިވާ މި މީހުންގެ ނުބައި ނުލަފާ މުޑުދާރުކަމާ އެވެ.
ހިތާމައަކީ، މި ޖަރީމާ، މުޑުދާރު ކަމުގައި އިންތިހާއަށް ގޮސް، ﷲ ގެ ދީނަށް މިފަދައިން ޢަމަލުކުރާ ހިނދު އެއީ ހެޔޮ ޞާލިޙް ދީނީ ބައެއް ކަމުގައި ބުނެވުމެވެ.
ދީނީ މަޢުލޫމާތު ފަތުރާކަމަށް ދަޢުވާކުރާ ފޯރަމްތަކާއި ޤުރޫޕްތަކުގައި ލިޔެފައިވެއެވެ.
