أبو سعيد الخدري رضي الله عنه މަދީނާގެ އަމީރު مروان بن الحكم އަށް އިޢުލާން ކުރުމުގެ ގޮތުގައި މުންކަރާތް އިންކާރުކޮށްފައި ނުވެއެވެ. - الشيخ العلامة عُبَيد الجابري حفظه الله

ވެރިންނާ ދެކޮޅަށް ބަސްތައް ބުނެވޭނެ ކަމަށް އަނިޔާވެރި ބައިގަނޑުތައް ގެނެސްފައިވާ އަނެއް ޝުބުހާތަކީ، مروان بن الحكم ގެ މައްޗަށް ޞަހާބީ ފާޅުގައި ބަސް ބުނެފައިވާ ކަމަށް، މި އަނިޔާވެރިން ގެނެސްފައިވާ ޝުބުހާތެވެ.
الشيخ العلامة عُبَيد الجابري حفظه الله ވިދާޅުވެފައިވެ އެވެ. "މިހާ ހިސާބުން، ދެންމެ އަހަރެމެން ތިޔަބައިމީހުންނަށް ސިފަކުރި ބައިގަނޑު ކަމުގައިވާ، އަނިޔާވެރިކަމުގެ އަހުލުވެރިން އުފައްދާފައިވާ ޝުބުހަތެއް ވެއެވެ. އެއީ أبا سعيد الخدري رضي الله عنه މަދީނާގެ އަމީރު مروان بن الحكم ޢީދު ނަމާދުގެ خطبة ޢީދު ނަމާދުގެ މައްޗަށް އިސްކުރުމުން ފަހެ، މިއީ އިޢުލާން ކުރުމުގެ ގޮތުގައި އިންކާރު ކޮށްފައި ވުމެވެ. މި ޝުބުހަތަށް ޖަވާބު ދެމެވެ.
ފުރަތަމައީ: ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ލުއިކުރުންހުއްޓެވެ. އަދި ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ހަމަޖެހިލުން ހުއްޓެވެ. މި (ޙަދީޘްގެ) ޙާދިޘާގެ މައްޗަށް އަހަރެމެން ތިޔަބައިމީހުންނާ ދެބަހެއް ނުވަމެވެ. ތިޔަބައިމީހުންނާ ދެބަސްވާނީ ކިހިނަކުން ހެއްޔެވެ؟ މި ޙަދީޘް الصحيحين ގައި ވެއެވެ. ފަހެ، އެހެން ވުމުން މިއީ ޞައްޙަ ޙާދިޘާ އެކެވެ. މި ޙަދީޘް ޞައްހަ ކަމާމެދު އަހަރެމެން ތިޔަބައިމީހުންނާ އެއްބަސްވަމެވެ. އެހެނަސް ތިޔަބައިމީހުން މުސްލިމުންނާ މެދު الله އަށް ބިރުވެތިވާށެވެ! މިޙާދިޘާގައި ތިޔަބައިމީހުން އެކަންތައްތަކެއްގެ މަތިން ޣާފިލް ވެގެންވާ ކަންތައްތަކެއް ވެއެވެ. ނުވަތަ އެކަންތައްތަކާ މެދު ތިޔަބައިމީހުން ހަނދާން ނެތިފައިވާ ކަންތައްތަކެއް މިޙާދިޘާގައި އެކުލެވިގެން ވެއެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ކަމުގައިވީ ނަމަވެސް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި މުސްލިމުން، ތިޔަބައިމީހުން ވަނީ ބިދުޢަތަކާއި ހަވާނަފްސުގެ ތެރެއަށް ވައްޓާލާފައެވެ.
އަހަރެމެން ވަރަށް ފާޅުކަން ބޮޑު ގޮތުގައި (މިޙާދިޘާގެ) އެކި އެކި ކަންތައްތަކުގެ މައްޗަށްވެސް إن شاء الله ބުނަމެވެ. އެގޮތުން އެންމެހައި މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުންނަށް، މިޙާދިޘާ އަކީ އަހަރެމެންނަށް ލިބިގެންވާ ޙާދިޘާއެއް ކަމާއި، އެއީ އަހަރެމެންގެ މައްޗަށް (ހުއްޖަތެއްގެ ގޮތުގައި) އޮތް ޙާދިޘާއެއް ނޫންކަން އެނގިގެން ދާނެއެވެ. ولله الحمد والمنّة
ފުރަތަމައީ: ހަމަކަށަވަރުން أبو سعيد الخدري رضي الله عنه އަކީ މި ޙާދިޘާ ޛިކުރު ކުރެއްވި ފަރާތެވެ. މިންބަރު ނެރުނު ހިނދުގައި (މިޙާދިޘާ ހިނގައިިދިޔަ) ގޮތް ވިދާޅުވެދެއްވިއެވެ. ވިދާޅުވެފައިވެ އެވެ. "مروان މުޚާޞިރުކޮށް ހިނގާފައި ދިޔައިީމެވެ." މުޚާޞިރު ގެ މާނައަކީ ކޮބައިތޯއެވެ؟ ޔައުނީ: ދެމީހުންގެ ތެރެއިން ކޮންމެވެސް މީހަކުވެސް އަނެކެއްގެ އުނގަނޑުގައި މިގޮތަށް ހިފައިގެން ދިޔުމެވެ. މިއީ ފުރަތަމަ އަމުރެވެ. ވުމުން މިކަމަށް ވިސްނާ ސަމާލުވުން ހުއްޓެވެ.
ދެވަނައީ: أبو سعيد رضي الله عنه ވިދާޅުވެފައިވެއެވެ. "ފަހެ، مروان އަހަރެން މިންބަރާ ދިމާލަށް ގެންދެއެވެ. އަދި އަހަރެން مروان ނަމާދުކުރުމަށް ނުކުތުމަށް ބާރުއަޅާ ގެންދިޔައީމެވެ. އަދި އަހަރެން ބުނީމެވެ. ނަމާދުގެ ފެށުން ކޮބައިތޯއެވެ؟ އެހިނދު مروان ބުންޏެވެ. "އޭ أبو سعيد އެވެ. މީސްތަކުން އުނގެނުނު ޢިލްމު ނެތި ގޮސްފިއެވެ. ހަމަކަށަވަރުން މީސްތަކުން އަހަރެމެންގެ (ޚުޠުބާ އަޑުއެހުމަށް) އިށީނދެގެން ނުތިބެއެވެ." މިބަސްތައް ބުނެފައިވާ ގޮތާއިމެދުގައި ވިސްނުން ހުއްޓެވެ. އަހަރެން (أبو سعيد) ބުނީމެވެ. "ހަމަހިލާ އެހެނަކުން ނުވާނެއެވެ! الله ގަންދީ ބުނަމެވެ. އަހަރެމެންނަށް އެނގިފައިވާ އެއްޗަކަށްވުރެ ހެޔޮ އެއްޗެއް ތިޔަބައިމީހުންނަށް ގެނެސް ނުދެވޭނެއެވެ." މިބަސްތައް أبو سعيد رضي الله عنه مروان އަށް ބުނެފައިވަނީ ކޮން އިރަކުތޯއެވެ؟ އެދުވަހުގައި ދެމީހުންވެސް އެކަކު އަނެކަކުގެ އުނަގަނޑުގައި ހިފަހައްޓައި ހިނގާފައި ދިޔަ އިރުގައެވެ. އެހެންވުމުން މީސްތަކުންނަށް އެބަސްތައް އަޑުއިވުނުތޯ ނުވަތަ ނޫންތޯއެވެ؟ މީސްތަކުންނަށް އެބަސްތަކެއް އަޑެއް ނީވެއެވެ! ސަބަބަކީ ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ އުނަގަނޑުގައި ހިފަހައްޓައިގެން ކައިރީގައި ތިބެ އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔުމެވެ. ފަހެ، މީސްތަކުންނަށް އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާކަން އެނގި އިހްސާސް ކުރެވެއެވެ. އެހެނަސް ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ.
ތިންވަނައީ: أبو سعيد رضي الله عنه، مروان ގެ (ޢީދު) ޚުޠުބާ އަޑު އެހުމަށްޓަކައި އިށީނދެ އިނެވެ. އެއަށްފަހު މަރުވާނާ އެކު ނަމާދުވެސް ކުރެއްވި އެވެ.
ހަތަރުވަނައީ: أبو سعيد ގެ ފަރާތުން (މިރިވާޔަތް) ރިވާކުރި عياض بن عبد الله بن سعد ވިދާޅުވެފައިވަނީ، أبو سعيد ގެ ފަރާތުން ރިވާ ކުރަމެވެ. أبو سعيد "އޭ مروان އެވެ! އެވެނި ގޮތަކަށް، މިވެނި ގޮތެއް" މިފަދައިން أبو سعيد ވިދާޅުވި އަޑު އެހީމޭ ބުނެފައެއް ނުވެއެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ (މާނައަކީ) أبو سعيد މިޙާދިޘާ (ރާވީއަށް) ކިޔައިދިން ކަމެވެ. އަދި ރިވާކުރި ރާވީ "أبو سعيد، مروان އަށް ނަމާދު ކުރަން ފެށުން ކޮބައިތޯ ވިދާޅުވަނިކޮށް އަހަރެން އަޑު އެހީމޭ" ވެސް ބުނެފައެއް ނުވެއެވެ. ވުމުން މިތަނުގައި ރިވާ ކޮށްފައިވާ ރާވީ عياض އަށް أبو سعيد މިޙާދިޘާ، މިވާހަކަ ކިޔައިދީފައި ވާކަން އެނގެއެވެ.
މި އެންމެހައި ކަންކަމުގެ ޚުލާޞާ އަކީ، ފަހެ މިޙާދިޘާ އަކީ ނަބިއްޔާ ﷺ ގެ ޙަދީޘްގައި ބަޔާންކުރައްވާފައިވާ ޙަދީޘާ އެއްގޮތް ޙާދިޘާއެއް ކަމުގައި އެނގިގެން ދެއެވެ. عــــيـــاض بـــن غــنم رضي الله عنه ގެ އަރިހުން ابن أبي عاصم، أحمد އަދި އެނޫންވެސް އިމާމުން ރިވާކުރައްވާފައިވާ އިސްވެދިޔަ ޙަދީޘަކީ ގިނަ طُرُقُ ތައް އެއްކޮށްލުމުން صحيح ޙަދީޘެކެވެ. الله އަށް حمد ކުރަމެވެ. ފަހެ، ބަޔާންވެގެން ދަނީ މި ޙާދިޘާއަކީ އަހަރެމެންނަށް ދަލީލެއްގެ ގޮތުގައި ލިބިގެންދާ ޙާދިޘާ އެކެވެ. (ޚިލާފްވީ ޚަވާރިޖުންގެ ސިފަ ލިބިފައިވާ އަނިޔާވެރި އަހުލުވެރިންނަށް) ލިބިފައިވާ ދަލީލެއް ނޫނެވެ."
الشيخ العلامة عُبَيد الجابري حفظه الله ވިދާޅުވެފައިވެ އެވެ. "މިތަނުގައި ވެރިޔާ އެވެރިޔާގެ އަމިއްލަ ނަފްސުގެ މައްޗަށް އަރައިގެންފައިވާ އުރެދުންތަކުގެ މައްޗަށް ނުވަތަ ވެރިޔާގެ ވެރިކަމުގެ ތެރޭގައި ހިނގަމުންދާ އުރެދުންތަކުގެ މައްޗަށް ނުވަތަ ވެރިޔާގެ ވެރިކަމުގެ ތެރޭގައި ހިނގަމުންދާ އުރެދުންތަކުގެ މައްޗަށް މުސްލިމުން ޢަމަލު ކުރުން އޮތީ ކިހިނަކުން ހެއްޔެވެ؟
މިކަމަކީ (މި މައްސަލައިގެ) މައްޗަށް މީސްތަކުން އިޖްތިހާދުކޮށް، މީސްތަކުން އެކި މަޛްހަބުތަކަށް ބެހި، ހިތުހުރި މީހަކު ހިތު ހުރި ބަސްތަކެއް ބުނުމަށް އޮތް މައްސަލައެއް ނޫނެވެ. ސަބަބަކީ رســول الله ﷺ މި މައްސަލައިގެ މައްޗަށް ނިޔާ ކަނޑައަޅުއްވާފައި އަދި ޙުކުމް ކުރަށްވާފައިވެއެވެ. ފަހެ، މުސްލިމުންނަށް ވާޖިބުވެގެންވަނީ ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވާ ދަލީލުތަކުގެ މަތީގައި ހުއްޓުމެވެ.
މި (އަމުރު) މައްސަލާގައި ނަބިއްޔާ ﷺ ވިދާޅުވީ ކީކޭތޯއެވެ؟ ابـــن عاصـــم އަދި أحــــمـــد އަދި އެ ނޫން އިމާމުން (ޞަޙާބީ) عــــيـــاض بـــن غــنم ﷺ އަރިއަހުން ރިވާކުރައްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (مَن أرادَ أن ينصحَ لذي سلطانٍ في أمرٍ فلا يُبدِهِ عَلانيةً ولَكِن ليأخذْ بيدِهِ يَخلوَ بهِ فإن قبِلَ منهُ فذاكَ وإلَّا كانَ قد أدَّى الَّذي علَيهِ لَهُ) "އެކަމެއްގައި ވެރިޔާއަށް ނަޞޭޙަތްތެރިވާން ބޭނުންވާ މީހާ، ފަހެ އެ (ކަމުގައި) ނަސޭޙަތްތެރިވާ ހިނދުގައި ފާޅުކޮށް (އިޢުލާންކޮށް) މީސްތަކުންނަށް އެނގޭނެ ގޮތުގައި ވެރިޔާއަށް ނަސޭހަތްތެރި ނުވާށެވެ. އެހެނަސް ވެރިޔާގެ އަތުގައި ހިފައި، ވެރިޔާއަށް ނަޞޭހަތްތެރިވާ މީހާ، މީސްތަކުންނާ ވަކިވެގަންނާށެވެ. ފަހެ ( އެނަސޭޙަތް) އަޑުއަހައި ޤަބޫލުކޮށްފިނަމަ، އެކަން އަދާ ކުރެވުނީއެވެ. އެ (ނަސޭހަތް ދިނުމަށްފަހު އަޑުނާހައިފި ނަމަ) ވެރިޔާއަށް އެމީހަކު އަދާކުރަންޖެހޭ ކަންތައް އަދާ ކޮށްފިއެވެ."
ފަހެ، ޢިލްމީ ނަޒަރަކުން މި ޙަދީޘަށް ނަޒަރު ހިންގައި އަދި ޙައްޤު ހޯދުމުގެ ޤަޞްދުގައި ބަލައިފި މީހާއަށް ﷲ ތަޥްފީޤު ދެއްވާނެއެވެ. އަދި އެފަދަ މީހާއަށް މި ޙަދީޘުން ބަޔާންވެގެން ދެއެވެ.
ފުރަތަމައީ: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމުގައި އެންމެ ފުރިހަމައަށް އެކަން ސިއްރުކުރެވިފައި ވުމެވެ.
ދެވަނަ އަމުރު: ޙަދީޘްގައި ބަޔާންވެގެންވާ ގޮތަށް ވަލިއްޔުލް އަމްރަށް ނަސޭޙަތްތެރި ވެއްޖެ މީހާގެ ފަރާތުން އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފި ކަމެވެ.
ތިންވަނަ އަމުރު: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމަށް މި މަގު ނޫން އެހެން މަގެއް ހޯދައިގެން ނުވާނެކަމެވެ. މިގޮތުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ ވެރިންގެ ކުށްތައް އަދި ވެރިން ކުރާ (ޢައިބު) ނުބައިކަންތައްތައް ހުކުރު ޚުޠުބާތަކުގައި ނުވަތަ ނޫސް މަޖައްލާތަކުގައި ނުވަތަ ދަރުސްތަކުގައި ނުވަތަ ރޭޑިޔޯއާއި ޓީވީ ޗެނަލް ތަކުގައި މަޝްހޫރުކޮށް ދެއްކުމަކީ ސުންނަތުގައިވާ ގޮތެއް ނޫން ކަމެވެ. އަދި ކިއެއްތަ! މިއީ ވެރިންނާ ދެކޮޅަށް މީސްތަކުން ނުކުތުމަށް ހިތްވަރުދޭ الخوارج القعدية (ޚަވާރިޖު އަލް-ޤަޢްދިއްޔާ) ގެ ޢަމަލެކެވެ. " تقرير الأحمد بشرح أصول السنة