މުސްލިމު ޤައުމެއްގެ ބަޔަކާއި ހަގުރާމަކުރާ ކާފަރު ޤައުމެއްގެ އެންމެހައި މީސްތަކުން ޤަތުލުކުރުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله

ސުވާލު: އެންމެހައި ޤައުމުތަކެއްގައިވާ އެމެރިކާ މީހުން ޤަތުލުކުރުމަށް ފަތުވާ ދިންބަޔަކު ފަތުވާ ދީފައިވެއެވެ. އެބައި މީހުން ބުނަނީ އެމެރިކާ މީހުންނަކީ ހަނގުރާމަވެރިން ކަމުގައެވެ. ފަޟީލަތުއް ޝެއިޚް މިކަމާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟
ޖަވާބު: ތިއީ ތަންދޮރު ފިލައިފައި ނުވާ ޖާހިލު މުފްތީއެކެވެ. ތިޔައީ އެކަމެއްގައި ތަފްސީލު އެކުލެވިގެންވާ ކަމެކެވެ. އަހަރެމެން އެބައި މީހުންނަށް އަހަރެމެންގެ ޤައުމަށް ވަނުމުން އަމާންކަން ލިބިގެންވާ ކަމުގައި އަދި އެކަމަށް އެބައި މީހުންނާ އެއްބަސްވީމެވެ. ނުވަތަ އަހަރެމެން އެބައިމީހުން އެކިއެކި ޢަމަލުތަކަށްޓަކައި، އެކަންތަކަށް އަހަރުމެން ބޭނުން ޖެހިފައި ވުމުން އަހަރެމެންގެ ޤައުމަށް ގެނައީއެވެ. އެހިނދު އެބައި މީހުންވަނީ އަހަރެމެންގެ އެއްބަސްވުމުގެ ދަށުގައެވެ. މިގޮތުން އެބައި މީހުންގެ މައްޗަށް މަކަރުހަދާ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އެބައި މީހުން ޤަޠުލުކޮށްގެން ނުވާނެއެވެ. އަހަރުމެންނާ އެހެނިހެން ދައުލަތްތަކާ ދެމެދުގައި ސިޔާސީ ގުޅުންތަކުން ގުލިފައިވާ އެއްވެސް ބަޔަކަށް އަހަރެމެން އަނިޔާވެރިވެ، އެ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އަހަރެމެންގެ އިޒުނައާ އެކުގައި އަހަރެމެންގެ ޤައުމުގެ ތެރެއަށް ވަދެފައިވާ އެއްވެސް ކާފަރަކަށް އަހަރެމެން އަނިިޔާ ވެރިވެގެން ނުވާނެއެވެ.
ﷲ ވަޙިީކުރައްވާފައި ވެއެވެ. وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ذَلِكَ بِأَنَّهُمْ قَوْمٌ لا يَعْلَمُونَ "އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު އިބަ ނަބިއްޔާގެ އަރިއަހުން ރައްކައުތެރިކަމަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲ ގެ ކަލާމްފުޅު އަހައިފުމަށް ދާންދެން އެމީހަކަށް ރައްކައުތެރިކަން ދެއްވާށެވެ. ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ."
މުސްލިމުންގެ އިޒުނައާ އެކުގައި މުސްލިމުންގެ ޤައުމުތަކަށް ވަދެފައިވާ އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. ނުވަތަ މުސްލިމުން އެބައި މީހުންގެ ޤައުމަށް ގެނެސްފައިވާ އެކަކަށްވެސް އަނިޔާވެރި ވެގެން ނުވާނެއެވެ. މިފަދަ ބަސްތަކަކީ ބުނުން ހެޔޮވެގެންވާ ބަސްތަކެއް ނޫނެވެ. ފަހެ، ހަނގުރާމަ ވެރިންނަކީ އަހަރެމެންނާ ި އެބަޔަކާއި ދެމެދުގައި އެއްވެސް އެއްބަސްވުމެއް އަދި އަމާންކަމެއް ލިބިދީފައި ނުވާ މީހުންނެވެ. ހަގުރާމަވެރިންނަކީ މިއެވެ.
الفتاوى الشرعية في القضايا العصرية ص 89
ނޯޓް: 19 ޑިސެންބަރ 2016 ގައި ރަޝިއާ ސަފީރަކު ތުރުކީގައި އިންޓަވިއު ދެނިކޮށްވަނީ ﷲ އަކްބަރު ކިޔަމުން ބަޑި ޖަހައި ޤަތުލު ކޮށްފައެވެ. އެހެނަސް، ހިތާމައަކީ މީސްތަކުން ޤަތުލުކޮށް، ބޮޑުވެގެންވާ ޙަރާމްކަންތައް ކުރާއިރު ﷲ ތަޢާލާގެ ނަން ޒިކުރު ކުރުމެވެ. އަދި އެ ޢަމަލު އެފަދަ މީހުންވަނީ އިސްލާމްދީނަށް ނިޞްބަތްކޮށް މި ދީނުގެ ޞޫރަ ހަލާކުކުރުމުގައެވެ.