ދީނުގައި ބޭސްފަރުވާ ގޮތުގައި ވާރިދު ވެފައިވާ ތަކެތި ބޭނުން ގޮތަކަށް ބޭނުން ކުރެވޭނެތޯ؟ - الإِمَام المُحَدِّث الأَلْبَانِي رحمه الله

ސުވާލު: ޝަރީޢަތުގައި ބޭސްފަރުވާގެ ގޮތުން ވާރިދުވެފައިވާ އެންމެހައި ތަކެއްޗެއް، އޭގައި ޙައްދެއް ބެލުމެއްނެތި ބޭނުން ކުރެވޭނެތޯ އެވެ؟ ނުވަތަ ކޮންމެހެންވެސް އެކަމަށް ޚާއްޞަ އަހުލުވެރިންގެ ގާތަށް ރުޖޫޢަވާން ޖެހޭނެތޯ އެވެ؟
ޖަވާބު: ހަމަކަށަވަރުން ސުންނަތުގައި ޘާބިތުވެގެންވެ އެވެ. (الحبَّةِ السَّوداءِ شفاءً من كلِّ داءٍ) "ކަޅުދިރި އަކީ ކޮންމެ ބައްޔަކަށް އޮތް ޝިފާ އެކެވެ." މިއީ ޞައްޙަ ޙަދީޘެކެވެ. މި ޙަދީޘް ޞައްޙަ ކަމުގެ މައްޗަށް އުފެއްދޭނެ އެއްވެސް ޝައްކެތް ނުވެ އެވެ. އެހެނަސް އަހަރެން ބުނަމެވެ. ހަމަކަށަވަރުން ކަޅުދިރިއަކީ އެންމެހައި ބަލިތަކަށް ޝިފާއެއް ކަމުގައިވީ ހިނދުގައި، އެ އިސްތިޢުމާލު ކުރުމަށް ވަކި ޚާއްޞަ ގޮތެއް އޮންނާނެ އެވެ. އަދި އެގޮތަކީ އެ އިސްތިޢުމާލު ކުރަން ޖެހޭނެ ގޮތެވެ. ފަހެ، ނުބައި ގޮތުގައި އިސްތިޢުމާލު ކޮށްފި ހިނދުގައި، ބޭސް ބައްޔަށް ބަދަލުވެގެން ނުދާނެ އެވެ. އެހެންނަމަވެސް އެންމެ ކުޑަމިނަކީ އެއިން ފަރުވާއެއް ނުލިބޭނެ އެވެ. ފަހެ، މި ނުޤުތާއަކީ މަޢުރިފާވުމަށް އަހަރުމެން ނުހަނު ބޭނުން ޖެހިފައިވާ ކަމެކެވެ. އަދި ހަމައެފަދައިން މާމުޔާއި މެދުގަވެސް އެވެ. ފަހެ، މާމުއިން ސަމުސަލެއްގެ މިންވަރު ބޭނުންކުރުމުން ޝިފާ ފެންނާނެ އެވެ. އެއަށްފަހު، މާމުއިގެ ސަމްސާ ބޭނުންކުރާނީ ސަޔާ އެކުގައި ތޯ އެވެ؟ ނުވަތަ މާމުއި ސަމްސާ ބޯލާނީތޯ އެވެ؟ އަދި އެފަދައިން ސަމުސަލެއް ބޯނީ ކިހާ މިންވަރަކަށްތޯ އެވެ؟ ހެނދުނު ނުވަތަ ރޭނގަޑު ހެއްޔެވެ؟ މިފަދަ ސުވާލުތަކެވެ. މިފަދަ އެންމެހައި އަމުރުތަކެއް މަޢުރިފާވުމަށް އަހަރެމެން މިވަނީ ބޭނުން ޖެހިފަ އެވެ. އަދި އެއްވެސް ޝައްކެތް ނުވާ ގޮތުގައި އަހަރެންނަކީ މިކަމުގެ މައްޗަށް ޖާހިލެކެވެ. މާމުއި އަދި ކަޅުދިރި މިފަދައިން އެއްވެސް ނިޒާމެއް ނެތި އިސްތިޢުމާލު ކުރުމަކީ އަހަންނަށް ފައިދާކުރާ ކަމެއް ނޫނެވެ. *** ފަތުވާ ނަގާފައިވަނީ : انتهى من الشريط 171 من سلسلة الهدى والنور