މައްޔިތާ އުފުލުން އެދެވިގެންވަނީ ކޮނޑުމަތީގައި ތޯ؟ ނުވަތަ ދުއްވާ އެއްޗެއްގަ ތޯ؟ - الإِمَامُ العَلَّامَة الشَّيْخُ العثَيْمِين حفظه الله

ސުވާލު: މައްޔިތާ ކޮނޑުމަތިގައި އުފުލުމާއި ދުއްވާ އެއްޗެއްގައި އުފުލުން، މިކަމުގެ އެއްމެ ހެޔޮގޮތަކީ ކޮބައިތޯއެވެ. އަދި މައްޔިތާ އުފުލައިގެން ގެންދިއުމުގައި ކުރިމަތީން ނުވަތަ ފަހަތުން ހިނގުން، މިކަމުގައި އެއްމެ ހެޔޮގޮތަކީ ކޮބައިތޯއެވެ. އެއީ ހިނގާފައި ނުވަތަ ދުއްވާ އެއްޗެއްގައި ދާ މީހާ ވިޔަސްމެއެވެ.
ޖަވާބު: އެއްމެ ހެޔޮކަންބޮޑީ މައްޔިތާ ކޮނޑުމަތީގައި އުފުލުމެވެ. އެހެނީ އެގޮތަކީ މައްޔިތާ އެއްވެސް އިތުރު ވަޞީލަތެއް ނުހޯދާ އުފުލެވޭގޮތް ކަމުގައި ވުމެވެ. އަދި ހަމަ އެފަދައިން އެގޮތަށް ގެންދިއުމުން މީސްތަކުންނަށް އެއީ މައްޔިތަކު އުފުލައިގެން ގެންދާ ކަމުގައި އެނގި އެމައްޔިތާއަށް ދުޢާކޮށްދޭނެއެވެ. މިގޮތުގައި މައްޔިތާ އުފުލުމަކީ ފަޚްރުވެރިވުމާއި ހައިބަތު ދެއްކުމުން އެކަހެރިވެވޭނެ ގޮތެކެވެ. އެހެނަސް ޙާޖަތެއް ދިމާވެގެން ނުވަތަ ޟަރޫރީ ޙާލަތެއްގައި ދުއްވާ އެއްޗެއްގައި އުފުލުން މައްސަލައެއް ނޫނެވެ. މިޘާލަކަށް ވާރޭވެހޭ އިރު ނުވަތަ ހޫނުގަދަކަމުން ނުވަތަ ފިނިގަދަކަމުން ދުއްވާ އެއްޗެއްގައި އުފުލުމެވެ.
ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން މައްޔިތާ އެކުގައި ދާ މީހުން މައްޔިތާގެ ކަނާތް، ވައަތް، ކުރިމަތިން އަދި ފަހަތުން ދިއުން ތަފާތުކުރެއެވެ. އެގޮތުން ވިދާޅުވެފައިވެއެވެ. ހިނގާފައި ދާ މީހުން ދިއުންއޮތީ މައްޔިތާގެ ކުރިމަތީގައި ތިބެގެންނެވެ. ދުއްވާ އެއްޗެހީގައި ދާ މީހުން ދިއުން އޮތީ މައްޔިތާގެ ފަހަތުންނެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ހިނގާފައި ދާ މީހާ އޭނާއަށް ފަސޭހަގޮތެއް ޚިޔާރު ކުރާށެވެ. އެއީ މައްޔިތާގެ ކަނައަތް، ވައަތް، ފަހަތް ނުވަތަ ކުރިމަތިވިޔަސް އެކަމުގައި މައްސަލައެއް ނެތެވެ.
***
ފަތުވާ ނަގާފައިވަނީ : مجموع الفتاوى كتاب الجنائز، دفن الميت ص 166