ޚުޝޫޢަތްތެރި ވުމަށް ބުނެ، ރޭ އަޅުކަމުގައި ބޮކިތައް ނިވާލުން - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله
ޚުޝޫޢަތްތެރި ވުމަށް ބުނެ، ރޭ އަޅުކަމުގައި ބޮކިތައް ނިވާލުން
ސުވާލު: ޚުޝޫޢަތްތެރި ވުމަށް ބުނެ، ތަރާވީޙް ނަމާދުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: އުއްމަތުގެ ސަލަފުންގެ ފަރާތުން އަހަރެމެންނަށް އެނގިފައިވަނީ، ދިއްލާފައި ހުންނަ ވޮށެއް ނުވަތަ ދިއްލާފައި ހުންނަ އަލިކުރާ އެއްވެސް އެއްޗެއް އެބައިމީހުން ނިއްވާނުލާ ކަމެވެ. ފަހެ، މި ޢަމަލު (އަލިތައް ނިއްވާލުން) އަކީ ބައެއް ޞޫފީންގެ ފަރާތުން އައިސްފައިވާ އެއްޗެއް ކަމެވެ. އުއްމަތުގެ ސަލަފުންގެ ފަރާތުން އެއްގޮތަކަށްވެސް މި ޢަމަލެއް ވާރިދުވެގެން ނުވެ އެވެ. ފަހެ، އަޅުކަމުގެ އަޞްލަކީ އެކަމެއް ނުކުރުމެވެ. މަނާވެފައި ވުމެވެ. ދަލީލެއް ބަޔާންވުމަށް ދާންދެނެވެ. ޚުޝޫޢަތްތެރިކަން މުސްލިމް އަޅާއަށް ތިޔަގޮތް ނޫން ގޮތްތަކުންވެސް ޙާޞިލް ކުރެވޭނެ އެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/PYE61f