ވަރަށްގިނަ ދުވަސް ވަންދެން ދުޢާ ކޮށްފިން، އެހެނަސް ދުޢާ އިޖާބައެއް ނުކުރެވޭ - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله
ވަރަށްގިނަ ދުވަސް ވަންދެން ދުޢާ ކޮށްފިން، އެހެނަސް ދުޢާ އިޖާބައެއް ނުކުރެވޭ
ސުވާލު: ﷲ ޝެއިޚަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ. ޝެއިޚް އެވެ. ޢާންމުންގެ ތެރޭގައިވާ ބައެއް މީހުން ބުނެ އެވެ. 6 މަސް ދުވަސްވަންދެން ﷲ އަށް ދުޢާކޮށްފީމެވެ. ނުވަތަ 4 މަސް ވަންދެން ﷲ އަށް ދުޢާކޮށް ދަންނަވައިފީމެވެ. ނުވަތަ ވަރަށްވެސް ގިނަ ދުވަސްވަންދެން ދުޢާ ކުރެވިއްޖެ އެވެ. ތިމަންގެ ދުޢާ ތިމަންނައަށް އިޖާބައެއް ނުކުރެވެ އެވެ. މިފަދައިން ބުނާމީހާއަށް "ތިބާ ކެތްތެރިވާށޭ، ފަހަރެއްގައި އެއަށްވުރެ ހެޔޮ ގޮތެއް ތިބާއަށް ﷲ މެދުވެރި ކުރައްވާނެ އޭ" މިފަދައިން އެފަދަ މީހާގެ ގާތުގައި ބުނުންވޭ ހެއްޔެވެ؟
ޖަވާބު: އާއެކެވެ. އޭނާއަށްއޮތީ ކެތްތެރި ވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވަނީ (ما من مسلمٍ دعا اللَّهَ بدعوةٍ ليسَ فيها قطيعةُ رحمٍ ولا إثمٌ إلَّا أعطاهُ اللَّهُ بِها إحدى خصالٍ ثلاثٍ إمَّا أن تعجَّلَ لهُ دعوتُه وإمَّا أن تدَّخرَ لهُ في الآخرةِ وإمَّا أن يرفعَ عنهُ من السُّوءِ مثلُها قالوا يا رسولَ اللَّهِ إذًا نُكثرُ قال اللَّهُ أَكثرُ) "ފާފައަކަށް ނުވާ ދުޢާ އެއް ނުވަތަ ރަޙިމްގެ ގުޅުން ކެނޑުމަށް ނުވާ ދުޢާ އެއް އެއްވެސް މުސްލިމަކު ﷲ އަށްކޮށްފި ހިނދުގައި، އެއަށް ﷲ 3 ކަމަކުން ކޮންމެވެސް 1 ގޮތެއް މެދުވެރި ކުރައްވަ އެވެ. އެއްގޮތަކީ އޭނާއަށް އެ ދުޢާ އިޖާކޮށްދެއްވާ އެކަން އެ ގޮތުގައި ދެއެްވުމެވެ. އަނެއްގޮތަކީ، އޭނާއަށް އާޚިރަތް ދުވަހަށްޓަކައި ޘަވާބާއި ދަރުމަ ރައްކާތެރިކުރެއްވުމެވެ. ނުވަތަ އޭނާގެ މައްޗަށް އޮތް ނުބައިކަމެއް އެ ދުޢާގެ ސަބަބުން ފިއްލަވާ ދެއްވުމެވެ." ފަހެ، އެހިނދުގައި ޞަޙާބީން ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. އެހެން ވުމުން އަހަރެމެން ދުޢާ ކުރުން ގިނަކުރަންވީ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (اللَّهُ أَكثرُ) އެވެ.
ﷲ އީ ޙިކްމަތްވަންތަ، އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފާރަތެވެ. އެގޮތުން ފަހަރެއްގައި (އެ ދުޢާ އެއް އިޖާބަ ކުރެއްވުން) ލަސްކުރައްވާނެ އެވެ. ހަމަކަށަވަރުން ފަހަރެއްގައި އަޅާއަށް އެ ދުޢާ އިޖާބަވެގެން ދިއުމަކީ އޭނާއަށްއޮތް ގެއްލުމެއް ކަމުގައިވުންވެސް އެކަށީގެންވެ އެވެ.
***
ފަތުވާ ނަގާފައިވަނީ : شرح كشف الشبهات ص 59