ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله
ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން
ސުވާލު: ކެސެޓު ރޯލު ޖަހައިގެން ރުޤްޔާ ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
الألبَانِي رحمه الله: ކޮން އެއްޗަކުން ރުޤްޔާކުރުން ހުއްދަވާނެ ތޯ އޭ؟ ކެސެޓު ރޯލުން ތޯ؟ الألبَانِي رحمه الله : ބަންގި ގޮވުން ހުއްދަވާނެތޯ؟ ގަމަތް ދިނުން ހުއްދަވާނެތޯ؟ ތިބާއަށް މިކަމުގެ މައްޗަށް ޝައްކު ކުރެވެންޏާ ޖަވާބު ދެމެވެ. މިއިން ހުއްދަނުވާނެ ކަން ތިބާ ދަންނަ ކަމުގައިވާނަމަ، ޙުކުމަކީ ހަމަ އެއް ޙުކުމެކެވެ. ހުއްދައެއް ނުވާނެ އެވެ. އެހެންވުމުން ބައެއް ފަހަރު އަހަރެން ބުނެފައިވާނެ އެވެ. މި ޚަބަރު ޞައްޙަ ކަމެއް ނޭނގެ އެވެ. الله أعلم . ބައެއްފަހަރު ބަންޤި ކެސެޓް ރޯލުން ޖަހަ އެވެ. މިއީ ޞައްޙަ ޚަބަރެއް ކަމުގައިވާ ނަމަ، ފަހެ އަހަރެން ބުނަމެވެ. މީސްތަކުން ކޮންމެވެސް ދުވަހަކުން ކެސެޓު ރޯލު ޖަހައި އޭގެ ފަހަތުގައި ނަމާދު ކުރާނެ ދުވަސް އައިސްދާނެ ކަމަށްޓަކައި އަހަރެމެން ބިރުވެތިވަމެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/rXNind
ޢިލްމުގެ އަހުލުވެރިންގެ ފަތުވާތަކާއި "އައްރާޤީ" މިވެނި އެވެނި މީހެކޭ ބުނެ އަމިއްލަ ނަމުގެ ކުރިއަށް މިކަލިމަ އިތުރުކޮށް މަޝްޙޫރުކަން ހޯދާފައިވާ ދީނަށް ނިޞްބަތްވާކަަމަށް ބުނާ މީސްތަކުންގެ ފަތުވާ ބަލާލުން ހުއްޓެވެ.
