ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން
ސުވާލު: ބައެއް މީހުން ރިކޯޑުކޮށްފައިވާ ރުޤްޔާ އަޑުއަހައެވެ. މިއީ ހުއްދަވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު: އެއްވެސް ފައިދާއެއް ހޯދައި ނުދޭނެ އެވެ. ރިކޯޑް ކޮށްފައިވާ ރުޤްޔާއަކީ އެއްވެސް ފައިދާއެއް ހޯދައިދޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ (ރުޤްޔާ ކުރުމަކީ) ޢަމަލެކެވެ. ޢަމަލެއް ކަމުގައިވާނަމަ އެ ޢަމަލު ކުރާނެ މީހަކު ހުންނަން ޖެހޭނެ އެވެ. ކިޔެވުމަކީ (ޢަމަލެއް ކަމުގައިވުމުން) ކޮންމެހެންވެސް ކިޔަވަން ޖެހޭނީ މީހެކެވެ. ސަބަބަކީ މިއީ އަޅުކަމެކެވެ. ދުޢާ ކުރުން ކޮންމެހެންވެސް (ކުރަން ޖެހޭނީ) ދުޢާކުރާ ފަރާތަކުންނެވެ. ދަގަނޑާއި ރެކޯޑަރަކީ އިންސާނެއް ނޫނެވެ. މިއީ ތަކްލީފު ޖެހިގެންވާ އެއްޗެއް ނޫނެވެ. މިއީ ހަމައެކަނި ރިކޯޑުކޮށްފައި އަޑެކެވެ. އާނއެކެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/nP3SuU
ޢިލްމުގެ އަހުލުވެރިންގެ ފަތުވާތަކާއި "އައްރާޤީ" މިވެނި އެވެނި މީހެކޭ ބުނެ އަމިއްލަ ނަމުގެ ކުރިއަށް މިކަލިމަ އިތުރުކޮށް މަޝްޙޫރުކަން ހޯދާފައިވާ ދީނަށް ނިޞްބަތްވާކަަމަށް ބުނާ މީސްތަކުންގެ ފަތުވާ ބަލާލުން ހުއްޓެވެ.
