ސެކިއުލާ ކޮމިއުނިސްޓު ދީނާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ދެކޮޅަށް އިސްލާމީ ޕާޓީތަކޭ ކިޔާ ސިޔާސީ ޕާޓީތަކާއި ގުޅުމުގެ ޙުކުމަކީ ކޮބާ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
އެންމެ ޙިކްމަތްތެރި ގޮތަކީ އެއްމެހައި ސިޔާސީ ޕާޓީތަށް ދޫކޮށް އެއްމެހައި ސިޔާސީ ކަންތަކުން އެއްކިބާވެ ހުރުން
ސުވާލު: އިސްލާމީ ޕާޓީތަކާއި ގުޅިގެން ޢިލްމާނީންނާއި (ސެކިއުލަރިސްޓުންނާއި) އަދި ކޮމިއުނިސްޓުންނާއި އަދި އެނޫންވެސް ނުބައި ކަންތަކާއި ދެކޮޅުވުމަށް މަސައްކަތް ކުރުމަކީ ޙިކްމަތްތެރި ގޮތްތޯއެވެ. ނުވަތަ ޙިކްމަތްތެރި ގޮތަކީ މި އެއްމެހައި ސިޔާސީ ޕާޓީތަށް ދޫކޮށް އެއްމެހައި ސިޔާސީ ކަންތަކުން އެއްކިބާވެ ހުރުން ތޯއެވެ. جزاكم الله خيرا
"ޖަވާބު: މި ޕާޓީ ތަކާމެދުގައި ޢަމަލުކުރުން އެއްމެ ޙިކްމަތްތެރި ގޮތަކީ ސަލަފުއް ޞާލިހުން ޢަމަލު ކޮށްފައިވާ ފަދައިން ޢަމަލު ކުރުމެވެ. އެއީ ޞައްޙަވެގެންވާ ހެޔޮމަގު އެއްމެ ފުރަތަމަ އަހަރެމެންގެ ނަފްސަށް ހޯދައިގަތުމެވެ. އެއަށްފަހު އެހެނިހެން މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތް ކުޅައުމެވެ. މިއީ ޢަދުވުންގެ އެއްމެހައި ކަންތަކުން ސަލާމަތްކަން ލިބުމަށް ފުދިގެންވާ މިންވަރެކެވެ. އަދި އިސްލާމްދީނަށް ނިސްބަތްވެގެންވާ މަގުފުރެދިފައިވާ ޕާޓީތަކާއި އެކީގައި ޢަމަލު ކުރުން އެއީ ޢަދުއްވުންނާއި އެކުގައި ވުމުން ލިބިދޭ ގެއްލުމަށް ވުރެ ކުޑަނުވާނެ ކަމާއި މެދު ޝައްކެތް ނެތެވެ. އެއީ އެބައި މީހުން އަހަރެމެންގެ ތެރެއަށް ބިދުޢަތަކުން ވަދެގަންނާނެއެވެ. އެމީހުން ބުނާނެއެވެ. ކަލޭމެން ތިޔަބުނަނީ އެގޮތަށޭ މިގޮތަށޭ އެހެނަސް އެހިނދު އެމީހުންގެ ކުރިމަތީގައި އެއްބައިގަނޑެއްގެ ގޮތުގައި ދެމިތިބެއެވެ. އެހިނދު އަހަރެމެންނަށް ސުންނަތާއި ބިދުޢައާއި އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ ސަބަބުން އެބައި މީހުންގެ ގެންނަ ބިދުޢަތަކުގެ ނުރައްކާތެރިކަން ދިމާވަމުން ދާނެއެވެ.
އެހެނަސް އަހަރެމެންނަށް އޮތީ މި އެންމެހައި ކަންތަކެއް ދޫކޮށް އެއްމެ މަގެއްގައި ޤާއިމްވެ ތިބެ ދަޢުވަތް ދިނުމެވެ. އެއީ ސަލަފުއްޞާލިޙުންގެ މަގެވެ. އެއީ ފުދިގެންވާ އަދި ފުދޭނެ ގޮތެއް ކަމުގައި ދެކެމެވެ. އަހަރެމެން އެންމެން، ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބެ ޢަދުއްވުންނާއި ދެކޮޅަށް ނުކުތުމަށް ބުނާ މި ފިކުރު އައިސްފައިވަނީ ބަލިކަށި ޙަދީޘްތަށް ގެނެސް މީސްތަކުން ހެޔޮޢަމަލު ކުރުމަށް ޝައުޤުވެރިކުރުމަށް ގެންނާށޭ ބުނާފަދައިން އަދި މީސްތަކުން ނުބައި ކަންތަކުން އެކަހެރި ކުރުމަށް ބަލިކަށި ޙަދީޘްތަށް ގެނެސް ޖަމަޢަކުރާށޭ ބުނާ ފަދައިން ބުނެވޭ ބަހެކެވެ. މިއީ ކުށެކެވެ. ބަލިކަށި ޙަދީޘްތަށް މީސްތަކުން ހެޔޮކަންތަށް ޝައުޤުވެރިކުރުމަށް ނުވަތަ މީސްތަކުން ނުބައި ޢަމަލުތަކުން އެކަހެރި ކުރުމަށް އެފަދަ ޙަދީޘްތަށް ގެނައުމަކީ އެއްވެސް ޙާލަތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ޙަދީޘްތަށް ގެނެވެނީ އޭގެ ބަލިކަށިކަން ބަޔާންކޮށް ދިނުމުގެ ގޮތުންނެވެ. ފަހެ، ޞައްޙަ ޙަދީޘްތަކަކީ އެއިން ފުދިގެންވާ އެއްޗެކެވެ. ހަމައެފަދައިން ޚާލިޞްކަމާއެކީގައި އެންމެހައި ބިދުޢަތަކުން އެކަހެރިވެގެންވާ ސަލަފުއްޞާލިޙުންގެ މަގަކީ އެހެން ހުރިހައި ކަމެއްގެ މައްޗަށް ފުދިގެންވާ ގޮތެކެވެ."