ފަރުޟު ނަމާދު ކުރާތަން ނޫންތަނަކަށް ގޮސް ސުންނަތް ނަމާދު ކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
ފަރުޟު ނަމާދު ކުރާތަން ނޫންތަނަކަށް ގޮސް ސުންނަތް ނަމާދު ކުރުން
ސުވާލު: ފަރުޟު ނަމާދު ކުރިތަން ނޫން ތަނެއްގައި ހުރެ ސުންނަތް ނަމާދު ކުރުން ވާރިދުވެގެންވޭ ހެއްޔެވެ. އަދި މިކަމަކީ މުސްތަޙައްބުވެގެންވާ ކަމެއްގެ ގޮތުގައި ދަލީލު ކުރެވޭތޯ އެވެ؟
ޖަވާބު: މިކަމަށް ޞައްޙަ ޙަދީޘެއް ވާރިދުވެގެންވާ ކަމެއް އަހަރެންނަށް އެނގިފައެއް ނުވެ އެވެ. އެހެނަސް ابن عمر رضي الله عنهما އަދި ވަރަށް ގިނަ ސަލަފުންގެ ފަރާތުން މިފަދައިން ޢަމަލުފުޅު ކުރައްވާކަމުގައި ވާރިދުވެގެންވެ އެވެ. الحمد لله މި ކަމަކީ (މިކަމަށް ޢަމަލު ކުރުމަކީ) ފުޅާވެގެންވާ ކަމެކެވެ. މިކަމަށް ޟަޢީފު ޙަދީޘެއް أبي داود ގައި ވާރިދުވެގެންވެ އެވެ. އަދި މިކަމަށް ابن عمر رضي الله عنهما ޢަމަލުފުޅުން އަދި އުއްމަތުގެ ސަލަފުންގެ ތެރެއިން މިފަދައިން ޢަމަލުފުޅު ކޮށްފައިވާ ފަރާތްތަކުގެ ޢަމަލުން މިކަމަށް ބާރުދެވެ އެވެ. والله ولي التوفيق.
***
ފަތުވާ ނަގާފައިވަނީ : تحفة الإخوان ص 93