ޚަވާރިޖުންގެ ސިފަ ލިބިފައިމީހާގެ ކިބައިން އިންޒާރު ލިބިގަންނާށެވެ. އަދި މީސްތަކުންނަށް އޭނާގެ މައްޗަށް އިންޒާރު ދޭށެވެ. - الإمام العلامة الشيخ صالح الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإمام العلامة الشيخ صالح الفوزان حفظه الله
ސުވާލު: ވެރިންނާއި ޢިލްމުވެރިންނާ ބެހޭގޮތުން ވާހަކަދައްކާ މީހުން، އެމީހުންނަކީ އަހަރެމެންގެ އަޚުންގެ ތެރެއިންވާ މީހުންކަމުގައިވާނަމަ، އެފަދަ މީހުން ހަޖުރު ކުރުން ފުދޭނެ ހެއްޔެވެ. ނުވަތަ އެމީހުންނާ ބެހޭގޮތުން (މުއައްސަސާތަކަށް) ބަޔާންކޮށްދޭން ޖެހޭނެތޯ އެވެ؟
ޖަވާބު: ތިޔަ މީސްތަކުންބެހެނީ 2 ގިންތި އަކަށެވެ.
އެއްގޮތަކީ : އެމީހުންނަކީ ޚަވާރިޖުންނެވެ. އެމީހުން ޚަވާރިޖުންގެ ފިކުރުތައް ޕްރޮމޯޓް ކުރަނީ އެވެ. އެފަދަ މީހުންގެ ފަރާތުން އަމިއްލަ ނަފްސަށް އިންޒާރު ލިބިގަންނާށެވެ. އަދި މީސްތަކުންނަށް އެމީހުންގެ ކިބައިން އިންޒާރު ދޭ ހުއްޓެވެ.
އަނެއް ގޮތަކީ : އެމީހުންނަކީ ޣީބަ ބުނުމާއި، ނަމީމާ ބުނުމުގެ އަހުލުވެރިންނެވެ. ޚަވާރިޖުންނެއް ނޫނެވެ. އެހެނަސް ޣީބަ ބުނުމާއި ނަމީމާ (ދެބައޮޑުވުން) ގެ އަހުލުވެރިންނެވެ. އެމީހުންނަކީ މީސްތަކުގެ މަސް ކެއުމުގައިވާ މީހުންނެވެ. والعياذ بالله. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިން ޣީބަ ބުނުމަކީ ފާފަވެރިވާނެ ކަމެކެވެ. ﷲ ގެ ވަޙީބަސްފުޅު ﴿ وَلَا يَغْتَبْ بَعْضُكُمْ بَعْضًا﴾ "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާހުއްޓެވެ." ތަފްސީރު ކުރައްވާ ވިދާޅުވި އެވެ. (ذكرُكَ أخاكَ بما يكرهُ ، قيل : أفرأيتَ إن كان في أخي ما أقولُ ؟ قال : إن كان فيه ما تقولُ ، فقد اغتبتَه . وإن لم يكنْ فيه ، فقد بهتَّه) ޣީބައަކީ "ތިބާގެ އަޚާ ބޭނުންނުވާ ގޮތުގައި، ތިބާ އެ އަޚާ ޛިކުރުކުރުމެވެ." ޞަޙާބީން ދެންނެވި އެވެ. ތިމަންމެން، އެ އަޚާއޭ ކިޔާފަ އެ ދައްކާ ވާހަކައަކީ އެ އަޚާގެ ހަށިގަނޑުގައި ހުރި ސިފައެއްކަމުގައިވާނަމަ ކިހެނެތްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "ތިބާގެ އަޚާ ގެ މައްޗަށް ތިބާ ޛިކުރު ކުރިބަސްތަކަކީ، އެ އަޚާގެ ހަށިގަނޑުގައި ހުރި ސިފައެއް ކަމުގައިވާނަމަ، އެ އަޚާގެ މައްޗަށް ޣީބަ ބުނީ އެވެ. ތިބާ ޛިކުރު ކުރި ބަސްތައް އަޚާގެ ހަށިގަނޑުގައި ނުވާނަމަ، ތިބާވަނީ ބުހުތާނު ހަދާފަ އެވެ." މާނައީ : އެ ވަނީ އެ އަޚާގެ މައްޗަށް ދޮގު ހަދާފަ އެވެ.
ޣީބަ ބުނާމީހާ ފާފައިން ބޭރުވާނެ ގޮތެއް ނޯންނާނެ އެވެ. އެއްގޮތަކީ އޭނާއަކީ ކައްޛާބެކެވެ. (ބޮޑު ދޮގުވެރިއެކެވެ.) ނޫނީ އޭނާއަކީ ޣީބަބުނާ މީހެކެވެ. މީސްތަކުންގެ މަސްކެއުމުގައިވާ މީހެކެވެ. ޢިލްމުވެރިންގެ މަސް ކެއުމާއި އަދި ވެރިންގެ މަސް ކެއުމުގެ ނުބައިކަން އެއަށްވުރެ ބޮޑުވެގެންވެ އެވެ.
އެއީ އޭގެ ސަބަބުން، މީސްތަކުން އެއް ކަލިމައެއްގެ މައްޗަށް ޖަމަޢަވެފައިވާ ކަލިމައިން ބައިބައިވެގެން ދިއުމެވެ. އަދި އޭގެ ސަބަބުން ވެރިންނާއި ޢިލްމުވެރިންނާ މެދުގައި ނުބައިގޮތްތަކަށް ހީކުރުމެވެ. އޭގެ އިތުރަށް މުސްލިމުންގެ މެދުގައި ނުބައިގޮތްތަކަށް ދެކުމާއި މުސްލިމުން ބައިބަޔަށް ބެހިގެން ދިޔުމެވެ.
އެމީހުންގެ އެބަސްތައް ބުނުމުގެ ސަބަބުން، އެމީހުންނަކީ އެއްގޮތަކީ ޚަވާރިޖުން ނުވަތަ ޣީބަ ބުނުމުގައިވާ އަދި ނަމީމާ ބުނުމުގައިވާ މީހުންގެ ތެރެއިން ބޭރުވާނެ ގޮތެއް ނޯންނާނެ އެވެ.
މި މީހުންނާ އެކުގައި އިށީނުން ހުއްދައެއް ނުވާނެ އެވެ. އެމީހުންނަށް ނަޞޭޙަތްދިނުމަށްޓަކައި ނޫން ގޮތަކަށް އިށީދެގެން ނުވާނެ އެވެ. (ނަޞޭޙަތް ދިނުމުން) މި ޢަމަލު އެމީހުން ދޫކުރާނެ ކަމުގެ އުއްމީދުގަ އެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/wmzMFC
ޚަވާރިޖުންގެ ސިފަ ލިބިފައިމީހާގެ ކިބައިން އިންޒާރު ލިބިގަންނާށެވެ. އަދި މީސްތަކުންނަށް އޭނާގެ މައްޗަށް އިންޒާރު ދޭށެވެ.