ދަތުރު ފެށުމުގެ ކުރިން ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރުން ހުއްދަވެގެންވޭތޯއެވެ؟ - الشيخ العلامة عبيد الجابري حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
فَضِيْلَةُ الشَّيْخُ العلامة عبيد الجابري حَفِظَهُ الله
ސުވާލު: މީހަކު ދަތުރު ކުރަން ނިންމިއެވެ. އަދި ދަތުރަށް ގެއިން ނިކުތުމުގެ ކުރިން އިޝާ ނަމާދާއި މަޣްރިބް ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރިއެވެ. އަދި އެއަށްފަހު ގެއިން ނުކުތެވެ. މި ޢަމަލަކީ ޞައްޙަވެގެންވާ ޢަމަލެއް ތޯއެވެ؟
ޖަވާބު: ތިޔައީ ނުބައި ޢަމަލެކެވެ. ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރެވޭނީ އޭނާ ދިރިއުޅޭ ރަށުގައިވާ ގެތަށް ފަހަނައަޅައި ދިޔުމަށް ފަހުގައެވެ. މިކަމުގެ ދަލީލަކީ ނަބިއްޔާ صلي الله عليه رسلم ޙައްޖަތުލް ވަދާޢު ކުރެއްވި އަހަރުގައި ޙައްޖަށް ނުކުންނަވަމުން މަދީނާގައި އެދުވަހުގެ މެންދުރު ނަމާދު ހަތަރު ރަކުޢަތަށް ކުރެއްވިއެވެ. އަދި އެދުވަހުގައި ޒުލްޚުލައިފާއަށް ނުކުންނެވުމަށް ފަހުގައި ޢަޞްރުނަމާދު ދެރަކުޢަތަށް ކުރެއްވިއެވެ. އެހެންވުމުން ސުވާލުގައި ޒިކުރު ކުރެވުނު މީހާ އެފަދައިން ޢިޝާނަމާދު ކުރުމުން އޭނާގެ ޢިޝާނަމާދު ޞައްޙައެއް ނުވާނެއެވެ. އާއެކެވެ.
އަދިވެސް ބުނަމެވެ. ސުވާލުގައި ސިފަކޮށްފައިވާ ގޮތުން، އެފަދައިން ނަމާދު ކުރިމީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެއީ އޭނާގެ ގޭގައި ދެރަކުޢަތަށް ޢިޝާނަމާދު ކޮށްފައި ވުމެވެ. އަދި ހަމަ އެހެންމެ އޭނާގެ އަވަށުގެ މިސްކިތުގައިވެސް ދެރަކުޢަތަށް ޢިޝާނަމާދު ކުރި ކަމުގައިވިޔަސް އޭނާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. މިއީ ހުއްދަވެގެންވާނެ ގޮތެއްނޫނެވެ.
ފަތުވާ ނަގާފައިވަނީ http://goo.gl/7maKw