ނަމާދު އަޅާޙާލުގައި ހުރެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އެމީހާގެ ރޯދަ ޞައްޙަ ވާނެހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله

ސުވާލު: ނަމާދު އަޅާޙާލުގައި ހުރެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އެމީހާގެ ރޯދަ ޞައްޙަ ވާނެހެއްޔެވެ؟
ޖަވާބު: ޞައްޙަ ގޮތަކީ ނަމާދު ގަސްތުގައި އަޅާ މީހާ އިސްލާމްދީނުން ބޮޑު ކުރުފުރުގައި ބޭރުވާނެއެވެ. އެފަދަ އިންސާނާ الله އަށް ތައުބާވުމަށް ދާންދެން އޭނާގެ ރޯދައެއް އަދި އެހެންނިހެން އެއްވެސް އަޅުކަމެއް ސައްޙައެއް ނުވާނެއެވެ. އެއީ الله ވަޙީ ކުރަށްވަނީ وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ "އެބައިމީހުން ޝިރުކުކޮށްފި ކަމުގައިވާނަމަ ހުރިހާ ޢަމަލެއް ނެތިގެން ގޮސްދާނެއެވެ". އަދި މިމާނައިގައިވާ އެތައް އާޔަތްތަކެއް އަދި ޙަދީޡްތަށްވެއެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ނަމާދުއެޅުމުން ކާފިރުނުވާނެކަމުގައި ބުނެފައިވެއެވެ. ރޯދަ އަދި އެހެނިހެން އަޅުކަންތައް ވާޖިބުކަމުގައި ދެކޭނަމަ އޭނާގެރޯދަ އަދި އެހެނިހެން އަޅުކަންތަށް ބާޠިލްނުވާނެކަމުގައި ދެކެއެވެ. މިގެތެރެއިން ޞައްޙަގޮތަކީ ފުރަތަމަ ބަޔާންކުރިބަހެވެ. އެތަށްދަލީލުތަކެއްގެ މަށްޗަށް ބުރަވެ ބުނެވެނީ ވާޖިބުކަމުގައި ދެކުނުކަމުގައިވިޔަސް ގަސްތުގައި ނަމާދުއަޅާމީހާއަކީ ކާފަރެއްކަމުގައެވެ. އިމާމް މުސްލިމް جابر بن عبد الله رضي الله عنهما ގެ ފަރާތުން ރިވާކޮށްފައިވާ ރިވާޔަތެއްގައިވެއެވެ.
ރަސޫލާ صلى الله عليه وسلم حديث ކުރެއްވިއެވެ. " بين الرجل و بين الكفر و الشرك ترك الصلاة" "އިންސާނާއާއި ކާފިރުކަމާއި ޝިރުކާއި މެދުގައިވަނީ ނަމާދުއެޅުމެވެ."
އަދިވެސް އިމާމު އަޙުމަދު އަދި ސުނަނުގެ އަހުލުވެރިން ޞައްޙައިސްނާދުން ބުރެއިދާބިން ޙުސައިން އަލްއަސްލަމީ رضي الله ގެ ފަރާތުން ރިވާކޮށްފައިވާ حديث އެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ " "އަހަރުމެންނާއި އެބައިމިހުންނާއި ދެމެދު ލެވިފައިވާ އަހުދަކީ ނަމާދެވެ. އެނަމާދު އަޅައިފިމީހާ ފަހެ ކާފަރުވެއްޖެއެވެ." އިމާމް އިބްން ޤައްޔިމް رحمه الله މިކަމުގެ މައްޗަށް ވަރަށްވެސް ފައިދާކުރަނިވި ފޮތެއް ލިޔުއްވާފައިވާނެއެވެ. أحكام الصلاة و تركها މަންފާ ހޯދުމަށް މިފޮތްކިޔުން ހުއްޓެވެ.
މަޞްދަރު: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين رَحِمَه الله