ވަލިއްޔުލް އަމްރު އަކީ ކިތަންމެ ހެޔޮ ނުވަތަ ކިތަންމެ ބޮޑު ނުބައިވެގެންވާ އަނިޔާވެރި ފާޖިރެއް ކަމުގައި ވިޔަސް އެވެރިޔާގެ ވެރިކަމުން، ކިޔަމަންގަތުން ނުކުމެ އެންމެ ރެއެއްވެސް އޭނާ ހޭދަކުރުމަކީ ޙަރާމްވެގެންވާ ކަމެއް - الإِمَامُ عَلِيُّ بِنْ المَدِيْنِي رحمه
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ عَلِيُّ بِنْ المَدِيْنِي رحمه الله
الإِمَامُ عَلِيُّ بِنْ المَدِيْنِي رحمه الله ގެ ޒަމާނުގައި އުޅުއްވި ސަލަފުންގެ ޖަމާޢަތެއްގެ ފަރާތުން عَلِيُّ بِنْ المَدِيْنِي ގެ ޢަޤީދާ ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ. "އޭނާގެ މައްޗަށް ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ވެރިއެއްގެ ގޮތުގައި ހުރިކަމުގައިވިޔަސް، ﷲ އަށާއި ޤިޔާމަތްދުވަހަށް އީމާންވެގެން ހުރި އެކަކަށްވެސް އެއްމެ ރެއެއްވެސް އެފަދަ ވެރިޔަކު ހުރިކަމުގައިވިޔަސް އެއީ އޭނާގެ ވެރިޔާކަމުގައި ދެކި ޤަބޫލުކޮށްގެން ނުނީ އެންމެ ރެއެއްވެސް އޭނާ ހޭދަކުރުން ޙަލާލެއް ނުވާނެ އެވެ. ފަހެ އެއީ އޭނާގެ އަމީރުލް މުއުމިނީން އެވެ. ހެޔޮލަފާ ނުވަތަ ނުބައިކަމުގައިވާ ފާޖިރެއް ކަމުގައިވިޔަސް، އެ އަމީރުއާ އެކުގައި ޖިހާދު ކުރުން ޤިޔާމަތާ ޖެހެންދެންވެ އެވެ. އެއީ ދޫކޮށްގެން ވާނެ ކަމެއްނޫނެވެ." شرح إعتقاد أهل السنة و الجماعة (1/ 167).
މިއަދު ވެރިންނަކީ ނުލަފާ ފާޖިރުން ކަމުގައި ވުމުން، އެ ވެރިންގެ ވެރިކަމުން ނުކުންނަ މީހުންގެ ޙާލަތަކީ ކޮބާތޯ؟ އެއީ ސުންނަތަށް އުޅުންތޯ؟ އެއީތޯ ސަލަފުންނަކީ؟ އެއީތޯ ﷲ ގެ ދީނުގައި ޢަދާލަތަކީ؟ އެއީ ޚަވާރިޖުން، ސަލަފުއް ޞާލިޙުންގެ ޢަޤީދާއިން ބޭރުވެ، ދީނޭ، ދީނައްޓަކާއޭ ކިޔައިގެން އުއްމަތަށް ފިތުނަފަސާދަ ގެންނަ މީހުންނެވެ. މި ޢަޤީދާ މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި سَمَاحَةُ الشَّيْخ عَبْدُ العَزِيْز بن بَاز رحمه الله ގެ ފަތުވާ ކޮބައިތޯ؟ މި ފަދައިން ބަޔާންކޮށްދިނުމަށް فَضِيْلَةُ الشَّيْخ مُحَمَّد بن صَالِح العُثَيْمِين رحمه الله ގެ ފަތުވާ ކޮބައިތޯ؟ މި ޢަޤީދާ މިފަދައިން ބަޔާންކޮށްދިނުމަށް سَمَاحَةُ الشَّيْخ عَبْدُ العَزِيْز بن عَبْدُ الله آل الشَّيْخ حفظه الله ގެ ފަތުވާ ނުނަގަނީ ކީއްވެގެންތޯ؟ މި ޢަޤީދާ މީސްތަކުންނަށް އޮޅުވާލައި، ވެރިންނާ ދެކޮޅަށް މުޒާހަރާ ކޮށް ވެރިންގެ ކިޔަމަންގަތުން ނުކުންނަ އިރު މިކަމުގައި فَضِيْلَةُ الشَّيْخ صَالِح بن فَوْزَان الفَوْزان حفظه الله ދެއްވާފައިވާ ފަތުވާތައް ކޮބައިތޯ؟
މި ބައިގަނޑުގެ އަހުލުވެރިން މި އުއްމަތުގެ މީސްތަކުންނަށް މިފަދަ ޢަޤީދާ ފޮރުވައި، މީސްތަކުންނަށް ތިމަންމެންނަކީ ޢިލްމުވެރިންނޭ ބުނެ، ޝޭއިޚުންނޭ ބުނެ އުއްމަތުގެ ޙަޤީޤީ ޢިލްމުވެރިން އެކަހެރިކޮށް، ފައިސާ އާއި ޖާހާއި ވަޒީފާއީ ވެރިކަމާއި މަޤާމްގެ ބޭނުމުގައި ﷲ ގެ ދީނުގައިވާ ޞަޙާބީން، އަދި އެބައިމީހުންނަށް ތަބަޢަވި ހެޔޮޤަރުނުތަކުގެ އަހުލުވެރިންގެ ޢަޤީދާ ވަންހަނާކުރިއެވެ.!! މި މީހުންގެ ހުރި ނުލަފާ ކަމެއްގެ ބޮޑުކަމާ އެވެ؟
ޢިލްމުވެރިންނަށް ތަބަޢަވާ ބައެއްކަން އަންގައިދިނުމަށް މި މީސްތަކުން މީހުންގެ ތެރޭގައި ޢިލްމުވެރިން ނަމާދު، ރޯދަ ،ޒަކާތް، ތުބުޅި، ފައިކުރި، ފަދަ ކަންތައްތަކުގައި ދެއްވާފައިވާ ފަތުވާތައް ކިޔައި ދައްކައި ދޭނެއެވެ.!! އެހެނަސް ޢަޤީދާގެ މިފަދަ މައްސަލައް މީސްތަކުންނަށް މި ޢިލްމުވެރިން ގެ ދޫތަކުން ބަޔާންވެގެންވާ ގޮތްތަކެއް ކިޔައެއް ނުދޭއެވެ.!