އިޚްވާނީ މަންހަޖާއި ސަލަފީ މަންހަޖު އެކަކުގެ ހަށިގަނޑުގައި ޖަމަޢަ ނުވާނެ އެވެ. -الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ސުވާލު : އެއް އިންސާނެއްގެ ހަށިގަނޑުގައި ސަލަފީ މަންހަޖާއި، އިޚްވާނީ ނުވަތަ ތަބްލީޣީ ނުވަތަ ސޫފީ މަންހަޖު ޖަމަޢަ ވެދާނެކަމަށް ބުނުމަކީ ޞައްޙަ ގޮތެއްތޯ އެވެ؟
ޖަވާބު: އިދިކޮޅު ދެ އެއްޗެއް، ޖަމަޢަވުމަކީ އެއްވެސް ގޮތެއްގައި ވާނޭ ކަމެއް ނޫނެވެ. އިދިކޮޅު ދެ އެއްޗެއް ޖަމަޢަވުމަކީ (ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ.) އާއެކެވެ.
މިހެންވާނަމަ، ތަޥްޙީދުގެ އަޤީދާ އަދި ޝިރުކު (އެކަކުގެ ހަށިގަނޑުގައި) ޖަމަޢަވާނެ ތޯ އެވެ. މިއީ ޖަމަޢަވާނެ ދެ އެއްޗެއް ނޫނެވެ. އިދިކޮޅު ދެ އެއްޗެއް ދުވަހަކުވެސް ޖަމަޢައެއް ނުވާނެ އެވެ.
އަދި ބިދުޢަތައް ސުންނަތާއި އެކުގައި ޖަމަޢައެއް ނުވާނެ އެވެ. އާއެކެވެ.
*****
ފަތުވާ ނަގާފައިވަނީ: http://goo.gl/4RoL8y
ޖަމްޢިއްޔަތުއް ޞަލަފް ޙިޒްބު ދަޢުވާކުރާ ޞަލަފުއް ޞާލިހުންގެ މަންޙަޖު
الشيخ عبد العزيز بن عبد الله بن باز - رحمه الله - ވިދާޅުވެފައިވެ އެވެ. "މީސްތަކުންގެ ކުރިމަތީގައި ވެރިންކުރާ ކުށްތަކުގެ ވާހަކަދެއްކުމާއި އެކަންތައްް އިޝްތިހާރުކުރުމަކީ ސަލަފުއް ޞާލިހުންގެ މަންހަޖެއްނޫނެވެ. އަދި މިކަންތައް މިމްބަރުތަކުގެ މަތީގައި ދެއްކުމަކީ ވެސް ސަލަފުއް ޞާލިހުންގެ މަންހަޖެއްނޫނެވެ. މިގޮތަށް ޢަމަލުކުރުމުން، ނިމުންދާނީ އިންޤިލާބުތަކަށެވެ. އަދި ވެރިންއަމުރުކުރާ ހެޔޮކަންތައްތަކުގައި ކިޔަމަންވުމުން އެއްކިބާވެގަތުމަށެވެ. އެއަށްފަހު ވެރިއާ ދެކޮޅަށްނުކުމެ ފާއިދާއެއް ޙާޞިލްނުވެ އެތަކެއް ގެއްލުންްތަކެއް ލިބިދިނުމެވެ." ( المعلوم من واجب العلاقة بين الحاكم و المحكوم ص 22 )
ރައްޔިތުން އެއްޗެއް ބުނުން ކަމުގައިވަނީ، މަގުމަތީން ނުވަތަ ތަންތަނަށް އެއްވެ ސިޔާސީ ޕޯޑިޔަމް ތަކުގައި ވާހަކަ ދެއްކުން ތޯއެވެ. ވެރިޔާއަށް ނަޞޭޙަތް ދިނުން އަދި އެކަމުގެ ސިފަތައް އިސްލާމްދީނުގައި ނުވަނީ ތޯ އެވެ. ވެރިޔާގެ ޢައިބު ވާހަކަތަކާއި، ވެރިޔާކޮށްފައިވާ ކުށްތައް ޕޯޑިޔަމް ތަކުގެމަތީގައި ދެއްކުން އެއީ ސަލަފުއް ޞާލިޙުންގެ މަންހަޖު ތޯ އެވެ.
عياض بن غنم رضي الله عنه ނަބިއްޔާ صلى الله عليه وسلم އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. «مَنْ أَرَادَ أَنْ يَنْصَحَ لِذِي سُلْطَانٍ فِي أَمْرٍ فَلَا يُبْدِهِ عَلَانِيَةً، وَلَكِنْ لِيَأْخُذْ بِيَدِهِ، فَيَخْلُو بِهِ، فَإِنْ قَبِلَ مِنْهُ فَذَاكَ، وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيْهِ لَهُ» " އެމީހެއްގެ ވެރިޔާއަށް ނަޞޭހަތް ދޭން ބޭނުންވާ މީހާ އެކަން މީސްތަކުންނަށް އިނގޭ ގޮތުގައި (އިޢުލާންކުރާ ގޮތުގައި) ނުކުރާށެވެ. ވެރިޔާގެ އަތުގައި ހިފައިގެން މީސްތަކުންނާ ވަކިވެ ގަންނާށެވެ. ދިން ނަޞޭހަތް ޤަބޫލުނުކުރި ކަމުގައިވިޔަސް އިބަ އަޅާއަށް އަދާކުރުމަށް އަމުރުވެވިގެންވާ ކަންތައްް އެހިނދު އަދާކޮށްފިއެވެ." (މިޙަދީޘް ابن أبي عاصم ސުނަނުގައި ج 2 ص 507 ގައި ރިވާކޮށްފައިވެއެވެ. އަދި އިމާމް އަޙްމަދު މުސްނަދުގައި ج 3 ص 403 އަދި މިޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ.)
الحافظ عياض - رحمه الله - ވިދާޅުވެފައިވެ އެވެ. "މިތަނުގައި އުސާމާ ބިން ޒައިދު رضي الله عنهގެ މުރާދަކީ އަޑުހަރުކޮށް ވެރިމީހާއަށް ނަޞޭޙަތް ދިނުމުގެ ދޮރު ނުހުޅުވުމެވެ. އެއީ އެކަމުގައި އެކުލެވިގެންވާ ފާފައިގެ ބޮޑުކަމާއެކުގައެވެ. އެހެނަސް ނަޞޭޙަތް ދިނުން އޮތީ މަޑުމައިތިރިކަމާ އެކުގައި ސިއްރިޔާތުގައެވެ. ވެރިޔާ އެނަޞޭޙަތް އެންމެ ރަނގަޅަށް ޤަބޫލުކުރުން އޮތީ އެގޮތުގައި އެވެ." (فتح الباري ج 4 ص 52 އަށް ބަލާށެވެ.)
މި ޙަދީޘް ތަކުންނާއި، މި ޢިލްމުވެރިންގެ ހިދާޔަތުން مُحمد بن عَبد الوَهَّاب ވަނީ އެއްކިބާވެފައިތޯ އެވެ.
ވެރިންނާއި ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި މިފަދަ ވާހަކަތަކެއް ދެއްކުމުގެ އިތުރަށް ޢިލްމުވެރިންގެ މައްޗަށް ބަދުބަސް ރައްދުކޮށް، އެ ޢިލްމުވެރިން ވެރިންނާއި ދެކޮޅަށް ނުކުތޭ ބުނުމުގެ ހުރި ނުބައިކަމާ އެވެ.
ابن عباس رضي الله عنه ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. «مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا، فَمَاتَ، فَمِيتَةٌ جَاهِلِيَّةٌ» "އެމީހެއްގެ އަމީރުގެ ފަރާތުން ފެނިގެން ނުވާނެފަދަ ކަންތައްތަކެއް ފެނުމުން އެކަންތަކުގެ މައްޗަށް ކެތްކުރާށެވެ. ހަމަކަށަވަރުން މުސްލިމުންގެ ޖަމަޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެދާ މީހާ އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރަކުންނެވެ." ( أخرجه البخاري ج 13 ص 5 و مسلم ج 3 ص 1477 )
ޖަމްޢިއްޔަތުއް ސަލަފް ޙިޒްބާއި އާއި އިޚްވާނުލް މުސްލިމީން މަންޙަޖު
ޖަމްޢިއްޔަތުއް ސަލަފް އަދި އިޚްވާނުލް މުސްލިމީން ފިރުޤާ; އިލްމުވެރިންގެ ބަސްތަކުގެ ތިލަފަތުން ކިރާލުން – الإِمَامُ ابن باز، الإِمَامُ الألباني، العلامة أحمد النجمي، الشيخ الفوزان، الشيخ عبد المحسن، الشيخ صالح اللحيدان، الشيخ محمد أمان الجامعي