މުސްލިމް ވެރިންނަށް ޕެޓިޝަން ހުށެހެޅުމާއި ވެރިންނަށް ދެވޭ ނަޞޭޙަތުގެ ވާހަކަތައް ރައްޔިތުންނަށް އިޢުލާނުކޮށް ބުނެދިނުމުގެ ޙުކުމް. - العلامة الإمام ابن العثيمين -رحمه الله
ޝެއިޚް ވިދާޅުވެފައިވެ އެވެ. "އެހެނަސް ނަޞޭޙަތްދިނުން ވާޖިބުވެގެންވަނީ، އަދި އިންސާނާއަށް ވާޖިބުވެގެންވަނީ ވެރިޔާއަށް ނަޞޭޙަތް ބަޔާންކޮށްދިނުމަށް، ބޭނުންވާ މަޤްޞަދު ޙާޞިލްކުރެވޭނެ އެންމެ ކައިރި މަގެއް ޚިޔާރުކުރުމެވެ. ވަލިއްޔުލް އަމްރު އަށް ލިޔުމުން ބަޔާންކޮށްދިނުމެވެ.
އެހެނަސް އެއްވެސް ގޮތަކަށް ޕާޓީ ހަދައިގެން، (މިފަދައިން ޢަމަލުކޮށްގެން ނުވާނެ އެވެ.) އެގޮތުން މީސްތަކުންގެ ދެކޭގޮތްތައް (ރައުޔުތައް) ޖަމަޢަކޮށް، ނުވަތަ މީސްތަކުންގެ ސޮއިތައް ޖަމަޢަކޮށް ޢަމަލުކޮށްގެން ނުވާނެ އެވެ. ސަބަބަކީ މިއީ އެއްވެސް ފައިދާއެއް ނުކުންނާނެ ކަންތަކެއް ނޫނެވެ. އެހެނަސް ވެރިޔާއަށް އޮތީ ޙައްޤު ބަޔާންކޮށްދިނުމުގެ މައްޗަށް ބިނާކޮށް ނަޞޭޙަތްދިނުމެވެ. (އެ ނަޞޭޙަތްތަކުގައި) ވެރިޔާގެ މައްޗަށް ބަދުބަސްބުނުމާއި، ދެރަކުރުމެއް ނުވާގޮތުގަ އެވެ. އެފަދަ ނަޞޭޙަތް ލިޔެ ވެރިޔާއަށް ގެންގޮސްދިނުމެވެ. ނުވަތަ ވެރިޔާގެ ކައިރިއަށް ވަދެވޭނެ މީހެއްގެ އަތަށް ދީފައި ވެރިޔާގެ އަތަށް ދިނުމެވެ.
އަދިވެސް ވިދާޅުވި އެވެ. "ޢިލްމުވެރިންނަށް އެބައިމީހުން ވެރިން ކުރާކަންތައް އިންކާރު ކުރުމަށް ބޭނުންވާ ހިނދުގައި، މީސްތަކުންނަށް އެކަންތައް އިޢުލާނުކޮށްގެން ނުވާނެ އެވެ. މިއީ އެބައިމީހުންނަށް ވާޖިބުވެގެންވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ! މިއީ އެބައިމީހުންނަށް ހުއްދަވެގެންވާ ގޮތެއް ނޫންކަމުގައި އަހަރެމެން ބުނަމެވެ. އެގޮތުން މީސްތަކުންގެ ކައިރީގައި، "އަހަރެމެން ވެރިޔާ ކައިރީގައި، މިފަދައިން ބަޔާންކުރީމެވެ. އަހަރެމެން ވެރިޔާއަށް މިފަދައިން ބަޔާންކުރީމެވެ." މިގޮތަށް އެބައިމީހުން ޢަމަލުކޮށްގެން ނުވާނެ އެވެ.
އެބައިމީހުން މިފަދައިން ބަސްތައް (މީސްތަކުންގެ ކައިރީގައި) ބަޔާންކުރާ އިރު، އެއްގޮތަކީ އެބައިމީހުން ބަސްތައް ބަޔާންކުރުމަށްފަހުގައި، ވެރިޔާ އެބައިމީހުންގެ ނަޞޭޙަތް އަޑުއަހައި (އެގޮތުގައި ކިޔަމަންވެ ދެމިހުރުމެވެ.) އަދި ވެރިޔާ އެކަންތަކުން ބަދަލުވެ ދިއުމެވެ. ނުވަތަ ވެރިޔާ (އެ މުންކަރާތް) ބަދަލު ނުކުރުމެވެ. ފަހެ، އެހިނދުގައި (އެބައިމީހުން ވެރިޔާއަށް ނަޞޭޙަތް ދީފީމޭ ބުނެ ކިޔަމަންނެއް ނުވިއޭ ބުނެ މީސްތަކުންގެ ތެރެއަށް އެގޮތުގައި ފެތުރުމުން) ޢާންމު މީސްތަކުންގެ ހިތްތަކުގައި އެ ވެރިޔާގެ މައްޗަށް ނަފްރަތާއި (ރުޅިވެރިކަމުން) ހިތްތައް ފުރިފައިވާނެ އެވެ. ފަހެ، އިންސާނަކަށް އޭނާގެ ވެރިޔާއަށް (ނަޞޭޙަތް ދިނުމަށްފަހުގައި) އޭނާއަށް ކިޔަމަންވިޔަސް އަދި ކިޔަމަން ނުވިޔަސް، ވެރިޔާއަށް ނަޞޭޙަތް ދީފީމޭ ބުނުން ހުއްދަވާނެ ހެއްޔެވެ؟
ފަހެ، ވެރިޔާއަކީ ޙުރުމަތްތެރިކަން ލިބިގެންވާ ފަރާތެވެ. އިންސާނުންނަށް އޮތީ ވެރިންނަށް (ނަޞޭޙަތް ލިޔެ) ބަޔާންކޮށްދިނުމެވެ. މީސްތަކުންގެ ތެރެއަށް އެ ބަސްތައް ބަޔާންކޮށް ފާޅުކޮށް އިޢުލާނުކޮށްގެން ނުވާނެ އެވެ.
ބަސްތައްނަގާފައިވަނީ : http://goo.gl/4lCuiH