ސަލަފިއްޔަތަކީ ﷲ ގެ ޕާޓީ، ދެންހުރީ ހައްތާވެސް ޝައިތާނާގެ ޕާޓީތައް - العلامة صالح ابن فوزان الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإمام العلامة الشيخ صالح الفوزان حفظه الله
ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ތަޥްފީޤު ދެއްވާނދޭވެ. ސަލަފުންނަށް ނިޞްބަތްވުން ހުއްދަވެގެން ނުވާނެ ކަމުގައި ބައެއްމީހުން ބުނެ އެވެ. އަދި ސަލަފިއްޔަތަކީ، މިއަދު މި ޒަމާނުގައި ފާޅުފެވައިވާ ޕާޓީތަކުގެ ތެރއިން ޕާޓީ އެކެވެ. މިބަސްތަކާއި މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިހެއްޔެވެ؟
ޖަވާބު: އާއެކެވެ. ސަލަފުންނަކީ ﷲ ގެ ޖަމާޢަތެވެ. ސަލަފުންނަކީ ޖަމާޢަތެކެވެ. އެހެނަސް އެއީ ﷲ ގެ ޖަމާޢަތެވެ. ﷲ ވަޙީކުރެއްވީ أولئك حزب الله ألا إن حزب الله هم المفلحون "އެބައިމީހުންނީ ﷲ ގެ ޖަމާޢަތެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."
ފަހެ، ސަލަފުން ޤުރުއާނާއި، ސުންނަތުގެ ތެރޭގައި ވެ، އަދި ޞަޙާބީންނަށް ރުޖޫޢަވެ އެބައިމީހުން ﷲ ގެ ޖަމާޢަތްކަމުގައި ވެގެންދިޔަ އެވެ.
އެހެނަސް އެބައިމީހުންނާއި ޚިލާފްވި މީހުންނަކީ މަގުފުރެދިފައިވާ ޕާޓީތަކެކެވެ. (ޖަމާޢަތްތަކެކެވެ.) އެއީ ޙައްޤާއި ޚިލާފްވެދިޔަ މީސްތަކުންނެވެ. މުޖާދަލާ ޞޫރަތުގެ އެންމެ ފަހު އާޔަތުގައިވާ ފަދައިން، ޖަމާޢަތް ބުނުމުން އެކިއެކި ގޮތްތަކުގައިވާ ޖަމާޢަތްތައްވެ އެވެ. ﷲ ގެ ޖަމާޢަތަކާއި، ޝައިޠާނާގެ ޖަމާޢަތްތަކެއްވެ އެވެ. ﷲ ގެ ޖަމާޢަތަކާއި ޝައިޠާނާގެ ޖަމާޢަތެއްވެ އެވެ.
ޖަމާޢަތޭ ބުނުމުން ތަފާތު ޖަމާޢަތްތައްވެ އެވެ. އެބަޔަކީ، ޤުރުއާނާއި ސުންނަތުގެ މަންހަޖުގައި ދެމިތިބި ބައެއްގެ ގޮތުގައި ވުމުން އެބައިމީހުންނަކީ ﷲ ގެ ޖަމާޢަތެވެ. މަގުފުރެދިގައިވާ މަންހަޖެއްގައި ވުމުން އެބައިމީހުންނަކީ ޝައިޠާނާގެ ޖަމާޢަތެވެ.
އަދި ތިބާއަށް އޮތީ މިތަނުން (ބޭނުންވާގޮތެއް) އިޚްތިޔާރު ކުރުމެވެ. ތިބާ ބޭނުންވާ ޖަމާޢަތެއް އިޚްތިޔާރު ކުރާށެވެ. ﷲ ގެ ޖަމާޢަތުގައި ދެމިހުރުން ނުވަތަ ޝައިޠާނާގެ ޕާޓީގައި ދެމިހުރުމެވެ. އިޚްތިޔާރު ކުރާށެވެ.
ފަތުވާ ނަގާފައިވަނީ : http://goo.gl/IpJw5S