5 (ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން - الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

(ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން - الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އައިއެސްއައިއެސް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން، އުސްތާޛް މުޙައްމަދު ރިފާދު، އުސްތާޛް އަޙްމަދު ތައުފީޤު، އުސްތާޛް ޢަބްދުލް ފައްތާޙް އަދި އުސްތާޛް ސަލްމާން حفظهم الله،


(ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން

الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله

ސުވާލު: ﷲ ތިޔަޢިލްމުވެރިޔާއަށް ހެޔޮގޮތް މެދުވެރި ކުރައްވާށި! ފަހެ ސުވާލުކުރާ މީހާ މިއަހަނީ: މިދާޢިޝް (ISIS) އޭ މިިކިޔާމީހުންނަށް އިންކާރު ކުރުން ގިނަވެއްޖެއެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. އެހެންނަމަވެސް މިހާރު އުނދަގޫ ވާކަމަކީ މިޒަމާނުގެ ގިނަމީހުންނަކަށް އެމީހުން ފެށިގެން އައި ގޮތެއް ނޭނގެއެވެ. އަދި އެމީހުންގެ ކަންކަން ނިސްބަތްވަނީ ކޮންބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އެއީ ކޮންތާކުން ވަކިވެ ގަނެގެން އައި ބައެއްކަމެއް ނޭނގެއެވެ. އަދިކިއެއްތޯ އެވެ. އެމީހުންނަކީ ޢުމުރުގެ ގޮތުން ޅަކަމަށް އަދި އެމީހުންނަށް ވަނީ އެހެންބަޔަކު މަޖުބޫރު ކޮށްފައިކަމަށް، ނުވަތަ އެމީހުންގެ ކުޅަދާނަކަމުން ނުވަތަ ސިޙުރުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާހުރެ އެކަން ކުރަމުން ދާބަޔަކަށް އެމީހުން - މާނައަކީ ބޮންގޮއްވަމުންދާ އެމީހުން - ނިސްބަތް ކުރާތަން އަހަރުމެންނަށް އެބަފެނެއެވެ. ވީމާ ތިޔަޢިލްމުވެރިޔާގެ ފަރާތުން މިކަމަށް ދެއްވާ އިރުޝާދަކީ ކޮބައިތޯއެވެ؟ ﷲ ތިބާ ރައްކާތެރިކޮށްދޭވާށި!

ޖަވާބު: ދާޢިޝް (ISIS)! އަދި ދާޢިޝް (ISIS) އޭ ބުނުމުން ތިބާއަށް އަންގައިދެނީ ކޮން އެއްޗެއް ހެއްޔެވެ! ދާޢިޝް މިއީ ط ح ގެ ބަހުރުވައެވެ. އެއީ ނަޙްތު (އެއްޗެއްގައި ހިމެނޭ ބަހެއް ނުވަތަ ދެބަސް ނުވަތަ ބަސްތަކެއް ނަގައިގެން ހަދާފައިހުންނަ ބަސް) ގެ ބަހުރުވައެވެ. އަދި ބައެއް މީހުން ބުނެއުޅެނީ ނަޙްތު ގެ ބަހުރުވައަކީ އެއްޗެތި މަށާހަދާއިރު ހިނި ގެންގުޅޭ ބަހުރުވަ ކަމުގައެވެ. ހިންޏަކީ އޮށުގެ އެތެރޭގައި ހޮއިހެދި އޭގައިހުރި އެއްޗެއް ހުސްވެ ވަޅުހެދެންދެން އެއޮށް ކޮށާމަށާ ހަދާ އެއްޗެކެވެ. އަދި ދާޢިޝް (ISIS) މިއީ އެމީހުން އަމިއްލައަށް އެމީހުންނަށް ކީ ނަމެކެވެ. އެގޮތުން އެމީހުން އެމީހުންގެ އަމިއްލަ ނަފްސުތަކަށް މިނަން ދިނެވެ. އަދި މިކުރު ލަޤަބު ދީ އެމީހުންނަށް މިނަން ކޮށާމަށާލިއެވެ. އަދި މިއީ އެމީހުންނަށް ކަމުދާ ނަމެކެވެ. ފަހެ އެމީހުން އެމީހުންގެ އަމިއްލަ ނަފްސުތަކަށް ޢިރާޤު އަދި ޝާމްގައިވާ އިސްލާމީ ދައުލަތުގެ ނަމުން ނަންދިނެވެ. ފަހެ މިތަނުގައިވާ د ނެގިފައިވަނީ ދައުލަތުންނެވެ. އަދި د ގެ ފަހަތަށް (دا) އެވާ ا ނެގިފައިވަނީ އިސްލާމިއްޔާ (އިސްލާމީ) އިންނެވެ. އަދި (داع) ގައި އެވާ ع ނެގިފައިވަނީ ޢިރާޤު މިބަހުންނެވެ. އަދި ش ނެގިފައިވަނީ ޝާމް މިބަހުންނެވެ. ދެން ނަޙުތު ގެ ބަހުރުވައިން داعش ދާޢިޝް (ISIS) މިނަން ދެވުނެވެ. މާނައީ الدولة الإسلامية في العراق والشام ޢިރާޤު އަދި ޝާމް ގައިވާ އިސްލާމީ ދައުލަތެވެ.


އަދި މިއީ (ISIS އަކީ) އިސްލާމްދީނުގެ ތެރެއިން އެއްވެސް ގޮތަކަށް ވާ ބައެއް ނޫނެވެ. އަދި އިސްލާމްދީން ވަނީ އެމީހުންގެ ކިބައިން ބަރީއަވެގެންނެވެ. އަދި ޖަރީމާތަކުގައި އެމީހުން ފަދަ އެހެން ބައެއް މިޒަމާނުގައި އަހަރުމެން ނުދެކެމެވެ. އަދި ތަތާރުން ފިޔަވާ އިހުގެ ތާރީޚެއްގައިވެސް އެމީހުން ފަދައިން ޢަމަލުކުރި އަދި އެމީހުންފަދަ ވަޙުޝީ އަދި އެމީހުންފަދަ ނަޖިސް އަދި އިސްލާމްދީނުގެ އަހުލުވެރިންގެ މައްޗަށް އަނިޔާވެރިވީ އެހެން ބަޔަކު އަހަރުމެން އަޑެއްވެސް ނާހަމެވެ. އަދި މިބައިގަނޑަކީ، ދާޢިޝް (ISIS)ގެ ބައިގަނޑަކީ އެއީ (ޢުމުރު) ބޭކާރުކޮށްލާފައިވާ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގައި ވަނީ ﷲ ގެ ފަރާތުން ވާ އިމްތިޙާނެކެވެ. އަދި އިސްލާމީ އުންމަތަށް ވާ އިމްތިޙާނެކެވެ. އަދި މި ބައިގަނޑު ނިކުމެގެން އައީ ޚައްވާނުލް މުސްލިމީން، (މުސްލިމުންނަށް ނުހަނު ބޮޑަށް ޚިޔާނާތްތެރި ވީމީހުން) އަލް-އިޚްވާނުލް މުސްލިމީން (Muslim Brotherhood - organization founded in Egypt ) ގެ އެންމެ އެތެރެއިންނެވެ. އެއީ އެމީހުންގެ ތެރެއިން އައި ބައިގަނޑެކެވެ. އެމީހުންގެ މަންމަ ކަމުގައިވާ އަޞްލަކީ އެއީ މިބުނާ ޖަމާޢަތެވެ. އަދި އެމީހުން ވަކިވެގެން ނިކުމެގެން އައީ އަލްޤައިދާ ޖަމާޢަތުންނެވެ. ވީމާ އެމީހުން އެންމެންގެ ވެސް އަޞްލަކީ އަލްޤައިދާ އެވެ. އެބައިގަނޑަކީ ހެޔޮމަގުން ދުރުވެ، އެއްކިބާވެގެންވާ ބައިގަނޑެކެވެ. އަދި ނުބަޔަށް ގަދައަޅާ މަސައްކަތް ކުރާ ބައިގަނޑެކެވެ. އެމީހުންނަކީ އަފްޣާނިސްތާނުގައި ހިނގައިދިޔަ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު އެތަނުގައި ބިންގާ އެޅިގެންދިޔަ ބައިގަނޑެކެވެ. ދެން އެބައިގަނޑުގެ ރައީސްކަމުގެ ކަންކަން ޢަބްދު ﷲ ޢައްޒާމް އަށްފަހު ބަދަލުވެގެން ދިޔައީ (އުސާމާ) ބިން ލާދިން (أُسَامَة بِنْ لَادِنْ) އަށެވެ. އަދި ބިން ލާދިން އަށްފަހު އައިމަނުއް ޒަވާހިރީ (أَيْمَن الظَوَاهِرِي) އަށެވެ. އަދި މި އައިމަން އައްޒަވާހިރީ އަކީ ކޮންތާކުން އައި މީހެއް ހެއްޔެވެ؟ އޭނަ އެއީ މިޞްރުގެ އަލް-ޖަމާޢާ އަލް-އިސްލާމިއްޔާ އަށް ނިސްބަތްވާ މީހެކެވެ. އައްސާދާތު ޤަތުލު ކުރެވުމާ ވިދިގެން އޭނާ ޖަލަށް ލެވުނެވެ. ދެން އެއަށްފަހު އެތަނުން ނިކުމެގެން އޭނާ ގުޅުނީ އެދުވަސްވަރުގެ އަފްޣާންގެ ރަށްތަކާ އެވެ. އެހެން އެކަން ވީކަމުގައި ވިޔަސް އަސްލު އޭނާއަކީ ހަތްދިހައިގެ އޭގެ ފަހުން އައްޑިހައިގެ އަހަރުތަކުގައި މިސްރުގައި ފުރަތަމަ ބޮން ގޮއްވުމުގެ ކަންތައް ހިނގި ދުވަސްވަރު އެހިނގި ކަންކަމުގައި އެޖަމާޢަތާއެކު ވީމީހެކެވެ. ފަހެ އަލްޤައިދާ ޖަމާޢަތުގެ މައްޗަށް، އޭނާގެ އިހަށްހުރި އުސާމާ ބިން ލާދިންއަށް ބައިޢަތު ހިފުމަށްފަހު، އައިމަން އައްޡަވާހިރީއަށް ބައިޢަތު ހިފުނެވެ. ދެން އެއަށްފަހު ޝާމް އަށް ހަނގުރާމަ އައުމުން އަދި އެހިނގާ ދިޔަ ކަންކަން ހިނގައި ދިއުމުން - އަދި އަހަރެން ސޫރިޔާގެ ހަނގުރާމައިގެ ބިމުގައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރި ގިނަ ބައިގަނޑު ތަކުގެ ވާހަކަތަކުގެ ތެރެއަށް ދާކަށް ނެތީމެވެ.


ފަހެ އެއިލާހަކަށް މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުއްތަން ނުކުރެވޭ އިލާހު، الله ގަންދީ ހުވާކޮށް އަހަރެން ބުނަމެވެ. އަހަރެންނަށް އެޖަމާޢަތްތައް ވަކިވަކިން އިނގެ އެވެ. އަދި އެއިން ކޮންމެ ބައިގަނޑަކާ ބެހޭގޮތުން އަހަރެން ވަކިވަކިން ތިޔަބައިމީހުންނަށް ވާހަކަ ދައްކައިފި ނަމަ، މިވަގުތުކޮޅު ނުފުދޭނެ އެވެ. އެހެންނަމަވެސް އަހަރުމެންނަށް މުހިންމުވެގެންވަނީ މި ދާޢިޝް (ISIS ގެ) ގޮތްޕެވެ. ފަހެ އެއްބައިވުމުން އެއްކިބާވެ، ދެކޮޅުވެރިކަން އޮތުމަށްފަހު ޖަބްހަތުއް-ނުޞްރާ (އުފެދިގެން) އައެވެ. އެބައިގަނޑު އެންމެ ފުރަތަމައިނުން ގާއިމްވީ ސީރިޔާގެ ނުޞައިރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރުމުގަ އެވެ. ފަހެ މި ޖަބުހާ، އެމީހުން ބުނާ ގޮތުން ނަމަ ޖަބްހަތުއް-ނުޞްރާ ވަނީ އިސްލާމީ ނަންތަކުން އިސްލާމީ އިންތައް މަސްހުނި ކުރުވައިފި އެވެ. އަދި ޙަޤީޤަތުގައި އެމީހުންނީ އަލްޤައިދާ ޖަމާޢަތެވެ. އަދި ތިޔަބައިމީހުންކުރެ ގިނަ މީހުން އަޑުއަހާފައިވާ ފަދައިން: ހަމަކަށަވަރުން އެމީހުންވަނީ އަލްޤައިދާއާ، އައްޒަވާހިރީއާ ފާޅުކަން ބޮޑު ގޮތެއްގައި ބައިޢަތު ހިފާފަ އެވެ. ފަހެ އެމީހުންގެ މެދުގައި އިޚްތިލާފު އުފެދިގެން ދިޔަ އެވެ. އަދި އެމީހުންގެ ކިބައިން ISIS ގެ ބައިގަނޑު ވަކިވެ، ނިކުމުގެން ދިޔަ އެވެ. އަދި ބައިބައިވުން އުފެދިގެން ދިޔުމުން (އެއްބަޔަކު އަނެއްބަޔަކާ) ވަކިވެދިޔުން ހާސިލުވި އެވެ. އެންމެ ރަނގަޅު. މިމީހުން ތަބައަވާނެ އިމާމެއް އެމީހުންނަށް ލިބިގެންވެ އެވެ. އެހެން ނޫންނަމަ ދިދައެއް ނެތި އެމީހުން ތަބަައަވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ފަހެ، އެމީހުންގެ މައްޗަށް އިމާމެއް އައްޔަން ކުރި އެވެ. މިގޮތްނޭނގޭ އިންސާނާ އަލް-ބަޣްދާދީ (أَبُو بَكر البَغْدادِي) އެވެ. އަދި އޭނާ ކައިރީ އެންމެން އެއްވި އެވެ. އަހަރުމެންނަށް މިކަމުގައި މުހިންމު ވަނީ އަލް-ބަޣްދާދީއެއް ނޫނެވެ. އޭނާގެ ފަހަތުގައިވާ މީހަކު އޭނާގެ ފަހަތުގައިވެ އެވެ. އެއީ ދައްކާ ދަޅައަކާއި ދުނިޔެ މެނުވީ ނުވެ އެވެ. އެހެންނޫންނަމަ، އޭނާގެ ފަހަތުގައި އަފްޣާނިސްތާނުން ވަފުދު ހަދައިގެން އައި ތަކްފީރީ ޖަމާއަތްތަކުގެ ތެރެއިން ޖަމާޢަތްތަކެއްވެ އެވެ. ފަހެ (2001 ވަނަ އަހަރުގެ) ސެޕްޓެމްބަރ 11 ގެ ހާދިސާތަކަށް ފަހު އެކި ދިމަދިމާއަށް އެމީހުން ބައިބައިވެގެން ދިއުމަށް ފަހު، (އަލުން އަނެއްކާވެސް) މުސްލިމުން ބައިބައި ކޮށްލާނެ ގޮތެއް އެމީހުންނަށް ފެނިގެންދިއުމުން އެމީހުން އެއްތަންވި އެވެ. ދެންފަހެ ޢިރާގުގެ ބިންތަކާއި އެބިންތަކުގައި އުފެދުނު ފިތުނަތައް ލައިގަތެވެ. އަދި އެފިތުނަތަކާ ވިދިގެން ޝާމް (ގެ ފިތުނަތައް) އައެވެ. އެމީހުން "ޢަރަބިންގެ ރަބީޢު (ބަހާރު މޫސުން)"ގެ ނަމުން ނަންދިނެވެ. ފަހެ އަހަރުމެންނަށް "ރަބީޢު" އެެއް ނުފެނެ އެވެ. ނުބައި ކަން މެނުވީ (އެފިތުނަތަކުން) އަހަރުމެންނަށް ނުފެނެ އެވެ. އަހަރެން އަބަދުވެސް އެފަދައިން ބުނަމު އެވެ. ފަހެ މި (ISIS ގެ) ޖަމާޢަތް ގާއިމްވި އެވެ. އަދި ހުރިހައި ތަނަކުން އައިސްފައިވާ ތަފާތުވައްތަރުގެ ތަކްފީރީން (މުސްލިމުން ކާފަރުކުރާމީހުން) އެމީހުންނާ އެކީ އެއްބައިވި އެވެ.


އަދި އެމީހުންގެ އަތުގައި މީޑިއާގެ އެކިއެކި ވަސީލަތްތައް އެބަ ހުއްޓެވެ. އެމީހުން އެހެންމީހުންނަށް ވުރެ ގިނައިން މީޑިއާ ބޭނުންކުރުމުގެ ސަބަބުން އާންމު މީސްތަކުން އެމީހުންނާ ދިމާއަށް ލަންބުވާލި އެވެ. ފަހެ މިކަމުގައި އެމީހުން ކާމިޔާބު ހޯދި އެވެ.


އަދި އެމީހުންނީ އެކި ނަސްލުތަކުން މަސްހުނިވެފައިވާ ބައެކެވެ. ޢަރަބީންނާއި ޢަރަބި ނޫން މީހުންނެވެ. އެމީހުން ޖަމާކުރުވާ އެއްޗަކީ ތަކްފީރީ ފިކުރެވެ. ފަހެ (ISIS ގެ) މިބައިގަނޑު ގާއިމްވި އެވެ. އަދި ކުރިން އެމީހުންވީ ޖަބްހަތުއް-ނުޞްރާ އަށް ވުރެން ބަލިކަށި ބައެއްގެ ގޮތުގައެވެ. ދެން އެއަށް ފަހު، އެމީހުންނަށް ލިބުނު އެހީތަކެއްގެ ސަބަބުން އެމީހުން ވަރުގަދަވެގެންދިޔަ އެވެ. އެކަމަކީ ވިސްނުމެއް ހުރި އެކަކަށްވެސް ފޮރުވިގެންވާނެ ކަމެއް ނޫނެވެ.


ދެން އެއަށްފަހު އެމީހުންނާ ރާފިޟީންނާ ދެމެދު އެއްބަސްވުންތަކެއް ހާސިލުވެ ހިނގައިގެންދިޔަ އެވެ. އެހެނީ ރާފިޟީންނަކީ އެމީހުންނާ ދެކޮޅަށް އެންމެ ފުރަތަމަ ހަނގުރާމަ ކުރި މީހުންނެވެ. އަލް-މައުސިލްގެ ބިން އެމީހުންނަށް ތަނާޒަލްވެ ދޫކޮށްލެވެންދެނެވެ. އަދި އެމީހުންގެ ކަންތައް ފެށުނު އިރުވެސް އަހަރެން މިފަދައިން ބުނަމުން ގެންދިޔައީމެވެ. އަދި މިދުވަސްތަކުގައި އެކަންވަނީ ސާބިތުވެފަ އެވެ. ފަހެ އަލް-މައުސިލް ބިމުން ތަނާޒުލްވެ ޠަހްރާން ބިމަށް ދިޔަ މީހުން އެމީހުންނާ ގުޅިއްޖެ އެވެ. ސަބަބަކީ އަށްޑަނަ ވަނީ އޭގެ ޢަދުއްވަށް ބުރަކަށި އަނބުރާލާފަ އެވެ. ފަހެ މިހާރު އަލް-މައުސިލްގައި ތިބި، މިބޮޑު ޢަސްކަރީ ޖަމާޢަތް (ISIS) ވަނީ އެމީހުންނަށް (ރާފިޟީންނަށް) ސަލާމަތްކަންދީފަ އެވެ. އަލް-މައުސިލް އަކީ ޢިރާޤުގެ އެންމެ ބޮޑެތި ރަށްތަކުގެ ދެވަނަ ރަށެވެ. ފަހެ އެމީހުން ވަނީ އެތަން ހިފައި އެތަނަށް ވެރިވެގަނެފަ އެވެ. އަދި އެތަން ބޭނުންކޮށްގެން ބާރުވެރިވެފަ އެވެ. އެބައިމީހުންގެ ތެރޭގައި މިހަތިޔާރުތައް ބޭނުންކުރަން ދަންނަ ޢިރާގުގެ ގިނަބަޔަކު ތިއްބެވެ. އޭގެތެރެއިން ބައެއްވައްތަރުގެ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުތައް އެނޫންމީހުން އަަފްޣާނިސްތާނުން ހޯދި އެވެ. ފަހެ، އެބައިމީހުންގެ ބާރުގަދަވެގެންދިޔަ އެވެ.


އަދި ޢާމްދަނީލިބޭ ބައެއް މަޞްދަރުތަކުގެ މައްޗަށް އަތްގަދަކުރުން އެބައިމީހުންނަށް ޙާޞިލުވެގެންދިޔަ އެވެ. (އެގޮތުން) ބޭންކުތައް ލޫޓުވުމާއި ޢިރާޤުގެ ތެޔޮއުފައްދާ ތަންތަން ބާރުގެދަށަށް ގެނައުމާއި އަދި އެބައިމީހުންގެ ފަރާތުން ތެޔޮގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮއަގުގައި ކަޅުބާޒާރުގައި ތެޔޮވިއްކުން ހިމެނެ އެވެ. ފަހެ، އެބައިމީހުންނަކަށް ގެއްލުމެއްނެތެވެ. އަދި އަނެކުންނަކަށްވެސް (ގަންނަމީހުންނަަކަށްވެސް) ގެއްލުމެއްނެތެވެ. އެބައިމީހުންނަށް ކުޑައަގެއްގައި ލިބުމުން ފައިދާވެ އެވެ. އަދި ވަރުބަލިކަމެއް މަސައްކަތެއް ނެތި އެބައިމީހުންނާ ހަމަޔަށް އައި އަގުން އެބައިމީހުން ފައިދާ ލިބިގަނެއެވެ. އަދި އެ(ފައިދާތައް) ބޭނުންކޮށްގެން އެބައިމީހުންގެ ބާރުގަދަވެގެންދިޔަ އެވެ. ފަހެ، އެމީހުންގެ ޢަދަދު އިތުރުވެގެންދިޔަ އެވެ. އަދި އެބައިމީހުންގެ ޢަސްކަރީ ބާރު ވަރުގަދަވެގެންދިޔަ އެވެ. އަދި އެބައިމީހުން ގޮސްފައިވާ ޙިސާބަށް އެބައިމީހުން ވާޞިލުވި އެވެ.


ދާޢިޝް (ISIS) މިއީ ނުބައި، މުޑުދާރު ބައިގަޑެކެވެ. އިސްލާމްދީނުގައި މިދުވަސްވަރު މިއަށްވުރެ ނުބައި، މުޑުދާރު ބަޔަކުނެތެވެ. ފަހެ، ޢަރަބި ދުނިޔެއާއި އިސްލާމީ ދުނިޔޭގައި ތިބި ތަކުފީރީން (މުސްލިމުން ކާފަރުކުރާމީހުން) ނަށް މި(ISISގެ) ބައިގަނޑަށް ބާރުލިބިފައިވާތަން ފެނުނެވެ. އެހިނދު ތަކްފީރީންގެ ތެރެއިންވި ބަލިކަށިމީހާގެ ހިތުގައިވި ނުބައިކަން ފާޅުވުމުގެ ވަގުތު އޭނާގެ ކައިރިޔަށް އަ އެވެ. ފަހެ، އޭނާ އެބައިމީހުންނާ ގުޅުނެވެ. އަދި ތަކްފީރީންގެ ތެރެއިންވި ވިސްނުން ކޮށި، އެމީހެއްގެ މައްޗަށް އެެހެންމީހުން މަލާމާތްކުރާ މީހާ ފަހެ، އެބައިމީހުންގެ ގޮވާލުމަށް ލަންބުވާލި އެވެ. ފަހެ، އެމީހާ އެބައިމީހުންގެ ކައިރިޔަށްދިޔަ އެވެ.


އަދި އަހަރެންގެ އަޚާގެ ސުވާލުގައި ބަޔާންވެގެންއައި ކަލިމައަކަށް އިތުރު ތަފްޞީލެއްގެ ގޮތުން އަހަރެން ބުނަމެވެ. އެކަލިމައަކީ: "ހަމަކަށަވަރުންވެސް ބައެއްމީހުން އެބައިމީހުންނާ ގުޅެނީ ވަޒީފާއެއް ނެތުމުންނެވެ." އެންމެ ރަނގަޅު! އެބައިމީހުންނާ ގުޅެންދާ ބައެއްމީހުންނަކީ މުސާރައަަށް ފަަނަރަހާސް ލިބޭމީހުންނެވެ. އެބައިމީހުންދިޔައީ ވަޒީފާއެއް ނެތިގެންހެއްޔެވެ؟! އެބައިމީހުން ދިޔައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟! ދީންވެރިކަމުގެ ސަބަބަކުންވެސް ނޫނެނެވެ. އެބައިމީހުންގެ ހިތްތައްވަނީ އިސްލާމްދީނުގެ އަހުލުވެރިންގެ މައްޗަށް މަކަރުވެރިކަމާއި ރުޅިވެރިކަމާއި ޙަސަދަވެރިކަމުން ފުރިފަ އެވެ. އެކަމުން އަހަރެމެން ﷲ ގެ ޙަޟްރަަތުން ރައްކާތެރިކަމަށް އެދެމެވެ. ފަހެ، އެބައިމީހުން ކައިރިޔަށްދިޔައީ މަތީ މަޤާމުތަކުގައި ތިބި ކިތައްމީހުންތޯ އެވެ؟ މިއީ ވަޒީފާއެއް ނެތިގެން ކުރާކަމެއްނޫނެވެ. އެހެނެއްކަމަކު މިއީ ދީނުގައި ބަލިކަށިވުމެވެ. އަދި ޝައިޠާނުން އެބައިމީހުންގެ މައްޗަށް ގަދަވެގެތުމެވެ.


އަންހެނުންތައްވެސް އެބައިމީހުންގެ ގާތަށްދިޔަ އެވެ. އެއަންހެނުންތައް ދަނީ އަމިއްލައަށް އިސްނަގައިގެންނެވެ. ނުވަތަ ބައެއްގެ ފަހަތުންނެވެ. އެމީހުންގެ މަޙްރަމުންގެ ފަހަތުންދެ އެވެ. އަމިއްލައަށް އިސްނަގައިގެން ދިޔައީ އެ އަންހެނުންގެ އަޞްލުގައި މަގުފުރެދިފައިވި އަންހެނުންނެވެ.


ކުރީޒަމާނުގައިވެސް ޚަވާރިޖު އަންހެނުން ތިއްބެވެ. ބުނެވޭގޮތުގައި ޢިމްރާން ބުން ޙިއްޠާން (عِمْران بن حطان) ޚަވާރިޖު އަންހެނަކާ ކައިވެނި ކުރިއެވެ. ފަހެ، (އޭނާ އެފަދަ ނުބައި އަންހެނަކާ ކައިވެނި ކުރީ) ކީއްވެތޯ އޭނާއަށް ސުވާލު ކުރެވުމުން ބުންޏެވެ: "އަހަރެން އެއަންހެނާއަށް ހިދާޔަތް (ހެޔޮމަގު) ދެއްކުމަށެވެ." އެހެންނަމަވެސް އެއަންހެނާ އޭނާ މަގުފުރައްދާލި އެވެ. عَلِي (ބުން އަބީޠާލިބު) ޤަތުލުކޮށްލި މީހާއަށް މަދަޙަކިޔައި ހިސާބަށް މަގުފުރައްދާލި އެވެ. ފަހެ ޢިމްރާން ބުން ޙިއްޠާން ބުންޏެވެ: "އެއީ ތަޤުވާވެރި މީހަކުދިން ހަމަލާއެކެވެ. އެޙަމަލާއިން އޭނާބޭނުންވީ ޢަރުޝީގެ ވެރި އިލާހުގެ ރުއްސެވުން ފިޔަވައި އެހެންއެއްޗެއް ނޫނެވެ. ތިމަންނަ އެއްދުވަހެއްގައި އޭނާގެ މަތިން ހަނދާންކުރީމެވެ. ފަހެ، އަހަރެންދެކޭގޮތުގައި އޭނާއަކީ ﷲ ގެ ޙަޟްރަތުގައި އެންމެބޮޑަށް މީޒާން ހެޔޮވެގެން ދާނޭ މީހެކެވެ."


ﷲ ގެ ޙަޟްރަތުގައި އެންމެބޮޑަށް މީޒާންހެޔޮވެގެން ދާނޭ މީހަކީ ޢަލީ ( ބުން އަބީޠާލިބު) ޤަތުލުކުރި މީހާހެއްޔެވެ؟! އަހަރެމެން އެކަމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ޢުޘްމާން رضي الله عنه ޤަތުލުކުރިމީހާ އެސަޙާބީގެ ބޯކަނޑައި ކަނޑީގެކުރީން އެބޯނަގައި އެފުށް މިފުށަށް ބޯ ހޫރުވަމުން ބުނަމުންދިޔައެވެ. "މިއަށްވުރެ ހެޔޮވެގެންވާ މަންޒަރެއް ކާފަރެއްގެ މޫނަކުން އަހަރެން ނުދެކެމެވެ."


عُثْمَان بن عَفَّان، މުއުމިނުންގެ އަމީރު، އެސަޙާބީ ދެކެ ޢާލަމްތަކުގެ ރައްބުގެ މާލާއިކަތުން ލަދުވެތިވެ ވަޑައިގަންނަވާ، އެސަޙާބީއާ ﷲ ގެ ރަސޫލާ صلى الله عليه وسلم އެނަބިއްޔާގެ ދެއަންހެން ދަރިކަނބަލުންނާއި ކައިވެނިކޮށްދެއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ: " ތިމަން ނަބިއްޔާގެ ތިންވަނަ އަންހެން ދަރިކަނބަލަކު ހުންނެވިނަަމަވެސް ތިބާޔާ ކައިވެނި ކޮށްދެއްވީމުހެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ." މިއަދަށްފަހުގައި ޢުޘްމާނު رضي الله عنه ކުރައްވާ ކަމަކުން އެސަޙާބީއަށް ގެއްލުމެއް ނުވާނެ އެވެ." އަދިވެސް ޙަދީޘްފުޅުކުރެއްވި އެވެ." ޖައިޝުލް ޢުސްރާ (ތަބޫކު ހަނގުރާމަ) އަށް ޚަރަދުކުރި މީހަކަށް ސުވަރުގެވެ އެވެ." އަދިވެސް ޙަދީޘްފުޅުކުރެއްވި އެވެ." ބިއުރު ރޫމާ (ފެންވަޅެއް) ބައްލަވައިގެން މުސްލިމުންނަށް ވަޤްފު ކުރިމީހަކަށް ސުވަރުގެވެ އެވެ." އެސަޙާބީއާ މެދު ނަބިއްޔާ صلى الله عليه وسلم މާތް މަތިވެރިވެގެންވާ ރިވެތިޘަނާއިން މަދަޙައިގެ ބަސްތައް ޙަދީޘް ކުރެއްވި އެވެ.


މި މުޖުރިމު (ޢުޘްމާން ޤަތުލު ކުރި) ކަލޭގެ ބުނަނީ: "މިއަށްވުރެ ހެޔޮވެގެންވާ މަންޒަރެއް ކާފަރެއްގެ މޫނަކުން އަހަރެން ނުދެކެމެވެ." އެބައިމީހުން (އެބަހީ އެޚަވާރިޖުން)ގެ ކިބައިން ޢުޘްމާން رضي الله عنه ސަލާމަތެއް ނުވި އެވެ. އަދި އެބައިމީހުންގެ ކިބައިން ޢަލީ رضي الله عنه ސަލާމަތެއްނުވި އެވެ. ތިޔަބައިމީހުން ބޭނުންވަނީ އިސްލާމީ ދައުލަތްތައް އެބައިމީހުންގެ ކިބައިން ސަލާމަތްވާންހެއްޔެވެ؟ މިއީ އެއްގޮތެވެ.


ތިންވަނަ ބާބަކީ : މިބަސްތައް އަޑުއިވާތީ އަހަރުމެން ދެރަވަމެވެ. މީހުން ބުނެއެވެ. "އެބައިމީހުންނަކީ އަހަރުމެންގެ ދަރީންނެވެ." ތިބުނީ ސައްޙަ ވާހަކައެކެވެ. އެމީހުންނަކީ އަހަރުމެންގެ ދަރީންނެވެ. އާއެކެވެ! ނަސަބުގެ ގޮތުން ދަރީންނެވެ. އެހެނަސް(ISIS) ގެ ތެރެއަށް ގޮއްސި މީހަކީ އަހަރުމެންގެ ދަރިންގެ ތެރެއިންވާ ދަރިއެއްނޫނެވެ. (ޅެންވެރިއެއްގެ ބައިތުގައިވެ އެވެ:) "އެމީހުންނީ އަހަރުމެންގެ ހަމުގެ ދަރިންނެވެ. އަދި އަހަރުމެންގެ ދަނޑުގޮވާންކުރި އޮއްތަކެއްފަދަ ބައެކެވެ. އެހެންނަމަވެސް އެމީހުންނީ އަހަރުމެންގެ ދީނަށް ބީރަށްޓެހި ބައެކެވެ."


އޭ އިސްލާމީ އުއްމަތުގެ އަހުލުވެރިންނޭވެ! އެމީހުންގެ ބޯތަކުގެ މަތީގައި ވަނީ އުފުލާފައި ނަގަހައްޓާފައިވާ ކަނޑިތަކެކެވެ. އަދި ތިޔަބައިމީހުން ވަނީ އެއުރެންގެ ކިބައިން ބަރީޢަވެގެންނެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ: (حدثاء الأسنان) "އެމީހުންނަކީ އުމުރުގެ ގޮތުން ހަގު ބައެކެވެ. ޔައުނީ : ޅައުމުރުގެ ބައެކެވެ. މިވާހަކަ ސައްހަތޯ ނުވަތަ ނޫންތޯ؟ (سفهاء الأحلام) "ވިސްނުން ކޮށިބައެކެވެ." އެމީހުންގެ ވިސްނުމާއި ބުއްދިއަކީ ތަސައްރަފު ނުފުދޭ ތަކެއްޗެވެ. އޭ ޒުވާނުންނޭވެ! އެމީހެއްގެ އުމުރު ހަގުވެއްޖެ މީހާގެ ބުއްދިވެސް ޅަ ވާނެއެވެ. ފަހެ ދުވަސްވެފައިވާ މީހާއަކީ ދުނިޔެމަތީގައި ދުނިޔޭގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އެއީ އެނާ ހޭދަކޮށްފައިވާ ދިގު އުމުރުގެ ސަބަބުންނެވެ. އޭނާ ވަނީ ވިސްނުމާއި ނުލާ، ޖޯޝާއި ފޯރީގައި ކުރާކަންތައްތަކުން ދުރުވެގެންނެވެ. ފަހެ، އެހެންކަމުގައި ވާނަމަ ތަޖުރިބާގެ ތެރެއަށް މި ޝަރުޢީ ޢިލްމު އެކުވެއްޖެ ކަމުގައި ވާނަމަ ނަތީޖާ ވާނީ ކިހިނެއްތޯއެވެ.


ލޯބިވާ އަޚުންނޭވެ! އަހަރެން ތިޔަ އަޚުންނަށް ބަޔާން ކުރުމަށް އެދޭ އެއްޗެއްވެ އެވެ. ހަމަކަށްވަރުން އަހަރެން މީގެ ކުރީގައިވެސް މި ބަސްތައް ބަޔާން ކޮށްދިނީމެވެ. އެއީ ހަޤީގަތުގައި ހިތި ވާހަކަ އެކެވެ. އަހަރެން މިރޭގައި ޚިޠާބް މުޚާތަބުކޮށް ބަޔާން މި ކުރަނީ އަހަރުމެންގެ ޒުވާން ދަރިންނަށެވެ. ޒުވާނުންނަކީ ޖޯށާއި ފޯރީގައި ކަންކުރާ ބައެކެވެ. އަދި އެމީހުންގެ ޢިލްމު ނުހަނު މަދު ބައެކެވެ. އަދި ޚާއްސަކޮށް އިސްލާމްދީނުގެ ޝަރުޢީ ޢިލްމުނެތް ޒުވާނުންނެވެ.


އޭ ލޯބިވާ އަޚުންނޭވެ! ކުރީގައި އަހަރުމެންނަށް ތުނބުޅި ދިގުކޮށްފައި ހުންނަ މީހަކު ފެންނަ ހިނދުގައި އަހަރެމެން އުފާވެ އެވެ. ދަންނަ ހުއްޓެވެ. މީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އެއްޗިހި ގޮވަނީއެއް ނޫނެވެ. އެހެނަސް މިއީ ސުންނަތުގެ ކުލަވަރު ޖެއްސިގެން އުޅޭ ކަމަށް ހެދިގެން، ދަޅަދައްކާ މީހުންނާ ބެހޭގޮތުން އިންޒާރު ދިނުމެކެވެ. ތުނބުޅި ބަހައްޓާފައި ހެދުން ތަނބިކަށި މަތިން ސުންނަތުގައިވާ ގޮތަށް ކުރުކޮށްފައިވާ މީހާ ފެނުމުން އެކަމާ އަހަރުމެން އުފާ ކުރަމެވެ. އަދި އެފަދައިން ހުރި މީހަކާ އެކުގައި އަހަރުމެންގެ ދަރިން ހިނގާފައިދާތަން ފެނުމުން އަހަރުމެން އުފާވެއެވެ. މީ ހެވެއްކަމުގައި ބުނަމެވެ. ލޯބިވާ އަޚުންނާއި ދަރީންނޭވެ! މިއަދު މީހެއްގެ ބޭރުފުށުން ދައްކާފައިވާ މަންޒަރުން އޮޅިގެން ނުވާނެއެވެ. ތިޔަބައިމީހުންނަށް އޭނާއަކީ ކާކުކަން އޮޅުންފިލައި ތަޖްރިބާ ކުރެވެންދާންދެނެވެ. ތުނބުޅި ފެނިފައި ތިޔަބައިމީހުން އެބައެއްގެ އަވައިގައި ނުޖެހޭށެވެ. އާއެކެވެ! އެއީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނަސް މިބައި މީހުން (ISIS) މިސިފަ މީސްތަކުންނަށް އޮޅުވައިލުމަށް ބޭނުން ކުރެވެ އެވެ. މީހެއްގެ ފޭރާން ތަނބިކަށްޓަށް ވުރެ މަތިން ބުރިކޮށްފައިވުމުން ތިޔަބައިމީހުން އޭނާގެ އަވައިގައި ޖެހި އޮޅިގެން ނުދާށެވެ.


ފަހަރެއްގައި މީހަކު ބުނެފާނެ އެވެ: "އޭ محمد بن هادي އެވެ. ތިބާ ސުންނަތަށް އެއްޗެހިކިޔަނީ އެވެ." އެފަދައިން އަހަރެން ކަންތައް ކޮށްފި ނަމަ އަހަރެން ވަނީ އަބާއްޖަވެރިވެ، ނިކަމެތިވެފަ އެވެ. އެކަމަކީ، (ސުންނަތަށް އެއްޗެތި ގޮވުމަކީ) ﷲ ގެ ދީނުން ބޭރުކުރުވާ (މުރުތައްދުކުރުވާ) ކަމެކެވެ.


ﷲ ގަންދީ ބުނަމެވެ. އެބަޔަކަށް (ISIS) އަށް އިންޒާރު ދިނުމަށްޓަކައި ނޫނީ މިބަސްތައް އަހަރުމެން ނުބުނަމެވެ.


އަހަރުމެންނަށް މި ކަމުގައި ސަލަފުއްޞާލިހުންވެ އެވެ. ސަލަފީ، އިމާމުންގެ އިމާމު މިފަދައިން ޢަމަލް ކޮށްފައިވުމުން އަހަރުމެންނަށް ފަޚުރެއްކަމުގައިފުދެ އެވެ. (أهل السنة و الجماعة ގެ އިމާމެއް ކަމުގައިވާ) الإمام أحمد بن حنبل މިފަދައިން ޢަމަލް ކުރެއްވި ކަމުގައިވެ އެވެ.


ހާރިޘް އަލް-މުޙާސިބި އާ ބެހޭގޮތުން الإمام أحمد بن حنبل رحمه الله ގެ އަރިހުގައި ޛިކުރު ކުރެވުނެވެ. ބުނެވުނެވެ. "ޙަދީޘް ރިވާކުރާ ފަރާތެކެވެ. ﷲ އަށް ބިރުވެތިވާ ފަރާތެކެވެ. މަޑުމައިތިރި ފަރާތެކެވެ."


އަހަރެންގެ ދަރީންނޭވެ! ޙާއްސަކޮށް ޒުވާނުންނަށް ބަޔާންކޮށް ބުނަމެވެ! އަހަރެންގެ މި ބަސްތަކަށް ފަރުވާތެރިވުން ހުއްޓެވެ! ﷲ ތިޔަފަރާތްތައް ރައްކާތެރި ކުރައްވާންދޭވެ. الإمام أحمد ހާރިޘް އަލް މުޙާސިބީ އަށް ރައްދުދެއްވައި ވިދާޅުވިހިނދުގައި، މީސްތަކުން ބުންޏެވެ: "އޭ أبو عبد الله އެވެ. (އެބަހީ الإمام أحمد އެވެ.) އެބޭފުޅާ (ހާރިޘް އަލް މުހާސިބީ) ޙަދީޘްތައް ރިވާކުރެ އެވެ." ވިދާޅުވަނީ ކާކުގެ ބަސްތަކެއްތޯ އެވެ؟ އޭނާ ބަޔާންކުރަނީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެވެ. "އެބޭފުޅާއަކީ ﷲ އަށް ބިރުވެތިވާ ބޭފުޅެކެވެ. މަޑުމައިތިރި، އަޅުވެރިއެކެވެ."
އެހިދުގައި الإمام أحمد رحمه الله ވިދާޅުވިއެވެ: "ހާރިޘްގެ ކެހިވެރިކަން ތިޔަބައިމީހުން ލިބިނުގަންނާށެވެ. އޭނާގެ ބޯ ބިރުވެތިކަމާއިއެކު އިސްދަށަށްޖަހާ ޖެހުމުންނާއި، އޭނާގެ ތުނބުޅީގެ ދިގުކަމުންނާއި، އޭނާގެ ހަދީޘް ރިވާކުރުމުން އޭނާގެ ކެހިވެރިކަން ތިޔަބައިމީހުން ލިބިނުގަންނާށެވެ."


އަދި الإمام أحمد ގެ އެހެން ރިވާޔަތެއްގައިވެއެވެ. "رسول الله صلى الله عليه وسلم ހަދީޘް ރިވާކުރާ ކޮންމެ މީހެއްގެ ކައިރީގައި އިށީނުންވޭ ހެއްޔެވެ؟! ނޫނެކެވެ!! އަދި އޭނާއަށް އެއްވެސް ކަރާމާތްތެރިކަމެއް (އިޙްތިރާމެއް، ޝަރަފެއް) ނުވެ އެވެ! އަދި ރުހުމުގެ ލޮލަކުން އޭނާއަކަށް ނުބެލެވޭނެ އެވެ! ފަހެ އޭނާއަކީ ހަމަކަށަވަރުން ނުބައި ފިރިހެނެކެވެ. އޭނާ ތަޖުރިބާކުރިމީހަކަށް ނޫނީ އޭނާއަކީ ކާކުކަން ނޭގޭނެއެވެ."


الإمام أحمد އަށް އޭނާއަކީ ކާކުކަން އެގެއެވެ. ލޯބިވާ އަޚުންނެވެ! ސަބަބަކީ ކޮބައިކަން އަޑުއަހާށެވެ. "އޭނާ އެކީގައި އެވެނި މީހަކު މިވެނި މީހަކު އިށީނެވެ." އެމީހުންގެ ނަންތަކެއް ވިދާޅެއްނުވެ އެވެ. އެއީ މިހާރުވެސް ކަންތައް ހިނގާފަދައިން ތިބާއަށްވެސް ބައެއް މީސްތަކުން އެނގިފައިވީ ނަމަވެސް މީހުންގެ ނަންތައް ބަޔާންކުރުން ބޭނުން ނުވެއެވެ. އެއީ އެމީހުންގެ ކުއްތައް ފޮރުވާލެވުމުގެ ބޭނުމުގައެވެ. "އޭނާ އެކީގައި އެވެނި މިވެނި މީހަކު އިށީނެވެ. އަދި يعقوب المغازلي ގެ ރައުޔަށް ގެންގޮސްފިއެވެ. އަދި جهم ގެ ރައުޔުތަކަށް ގެންގޮސްފި އެވެ. އަދި އޭނާގެ ސަބަބުން މިމީހުން ހަލާކުވި އެވެ."


އޭނާގެ ތުނބުޅި ދިގުވުމުން ކެހިވެރިކަން ލިބިނުގަންނާށެވެ. އަދި އޭނާގެ ބޯ (ބިރުވެތިކަމާއި އެކު) އިސްދަށަށް ޖެހުމަކުން ކެހިވެރިކަން ލިބިނުގަންނާށެވެ. އޭނާ ﷲ އަށް ބިރުވެތިވެ ގިސްލަ ގިސްލާ ރޮއެ ހެދުމަކުން އޭނާގެ ކެހިވެރިކަން ލިބިނުގަންނާށެވެ. އެނާ رسول الله صلى الله عليه وسلم ހަދީޘް ރިވާކުރުމަކުން އޭނާގެ ކެހިވެރިކަން ލިބިނުގަންނާށެވެ.


އޭ ޒުވާނުންނޭވެ! (ހަމައެކަނި) އެމީހެއްގެ ތުނބުޅީގެ ދިގުމިނުން ތިޔަޒުވާނުން ފުއްދައިގެން ނުވާނެ އެވެ. އަދި އޭނާގެ ފޭރާން ތަނބިކަށްޓައްވުރެ މައްޗަށް ބުރިކޮށްފައިވުމުން ފުއްދައިގެން (އެބަހީ އޭނާ ޙައްޤުގައި ހުރިކަމަށް ދަލީލުކޮށްދޭ ދަލީލެއްކަމުގައި ޤަބޫލުކޮށްގެން) ނުވާނެ އެވެ. އޭނާގެ ބަސްތަކާއި، އޭނާގެ ފިކުރާއި (ޢަޤީދާއާއި)، އޭނާއަކީ ސުންނަތުގައިވާ މީހެއްކަން ތިޔަޒުވާނުންނަށް އެގިއްޖެއުމަށް ދާންދެނެވެ. މިހެން އަމަލު ނުކުރާނަމަ ISIS ގެ ފިކުރުގެ ތެރެއަށް އޭނާ ތިޔަބައިމީހުން ގެންދާނެ އެވެ. މީ ސަމާލް ވާންވީ ފުރަތަމަ ނުކުތާ އެވެ.


ދެވަނައީ އަހަރެން އަނެއްކާވެސް ކުރީގައި ބަޔާން ކުރި ބަސްތަކަށް ނިސްބަތްކޮށް ބުނަމެވެ. ތުނބުޅިދިގުކޮށްފައިވާ ކޮންމެ މީހަކީ ISIS ގެ ތެރެއިންވާ މީހެއް ނޫނެވެ. ﷲ ގަންދީބުނަމެވެ. ISIS ގެ މީހެއް ނޫނެވެ. އެހެނަސް ލޯބިވާ އަޚުންނަށް ނަސޭހަތްތެރި ވުމަށްޓަކައި، އަހަރެންގެ މައްޗަށް މިފަދައިން ބުނުން ވާޖިބް ވެގެންވެ އެވެ. ބޭރުފުށަށް ފެންނަ ފެނުމަށް ތިޔަ ޒުވާނުންނަށް އޮޅިގެން ނުވާނެ އެވެ. އޭނާ ވާހަކަ ދައްކަނީ ކާކާތޯ ބަލައި ހޯދުމަށް ދާންދެނެވެ. އޭނާގެ ފިކުރަކީ (އަދި ޢަޤީދާ އަކީ) ކޮބައިކަން ތިޔަބައި މީހުނަށް އެގިއްޖެއުމަށް ދާންދެނެވެ. ސަބަބަކީ ތިއީ އަހަރުމެންގެ ދަރިންނެވެ. ތިއީ އަހަރުމެންގެ ލޮލުގެ ކޮއި ފަދަ ދަރިންނެވެ. އަހަރުމެންގެ ލޮލުގެ ކޮއި ފަދަ ދަރިން އަހަރުމެންނާއި އެކީގައި އުޅެމުންދާ ހިނދުގައި، އަދި ބިންމަތީގައި ހިނގަމުންދާ ހިނދުގައި، މިދަރީންނަށް އަހަރުމެން ރައްކާތެރިވާން ޖެހޭނެއެވެ.


އެހެންކަމުން، އަހަރެމެން އެބައިމީހުންނާމެދު ފަރުވާތެރިވާންޖެހެ އެވެ. އެބައިމީހުންގެ ތެރެއިން އުމުރުން 18، 19 އަދި 20 އަހަރުގެ ޒުވާނުން އަމިއްލަ ނަފްސު އަދި މިސްކިތްތައް ގޮއްވާލާތަން ތިބާއަށް ފެންނާނެ އެވެ. ސަބަބަކީ ކޮބައިތޯ އެވެ؟ ސަބަބަކީ، މިނުބައި، މުޑުދާރު ISIS ގެ ފިކުރެވެ. ﷲ ގަންދީ ހުވާކޮށް އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ. ﷲ ގެ މިސްކިތްތަކުގައި، ﷲ ގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެއް ބަޔަކު އަދާކުރަމުންދަނިކޮށް (ބޮންގޮއްވައި) ގަތުލުކުރެވުނެވެ. އެބައިމީހުންނީ ސިފައިންނެވެ. އަހަރުމެން އަރާމު ކުރާ ހާލުގައި ވަނިކޮށް އެމީހުން ބޭރަށް ނިކުމެ ވާޅުވަންދެން މަސައްކަތްކުރެ އެވެ. ﷲ ގެ އަމާނުން އެމީހުން އަހަރުމެންނަށް އަމާންކަންދެ އެވެ. އެސިފައިން އަހަރުމެންނަށް ޚިދުމަތް ކުރެއެވެ. އެސިފައިން ސަޖިދައިގައި އޮއްވައި އެމީހުން ގަތުލު ކުރަންވީ ހެއްޔެވެ؟! ﷲ ގަންދީބުނަމެވެ. މުޝްރިކުންގެ އެންމެފުރަތަމަ މީހުންވެސް މިފަދައިން ޢަމަލުކޮށްފައެއްނުވެ އެވެ. އެއީ، އެންމެ ބައިގަނޑެއް ފިޔަވަ އެވެ. އެބައިމީހުންނީ ޢަހްދު އުވާލިމީހުންނެވެ. އަދި އެކަންތައް ވެގެންދިޔައީ ނަބިއްޔާ صلى الله عليه وسلم މައްކާ ފަތަޙަކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށެވެ. އެކަންވީގޮތަކީ، (صلح الحديبية ގެ އެއްބަސްވުން އޮތް ދުވަސްވަރުގައި) ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގެ (އެއްބަސުވުމާ ހިމާޔަތުގެ) ތެރެއަށް އަލް-ޚުޒާޢާ ޤަބީލާގެ ފަރާތުން ވަތް ބަޔަކު ވަނެވެ. އަދި ބަނޫބަކުރު ޤަބީލާ ޤުރައިޝުންގެ ޢަހުދުގެ ތެރެއަށް ވަނެވެ. ފަހެ ބަނޫބަކުރަކީ ޤުރައިޝުންނަށް ނަޞްރުދިނުމަށް ތިބި ބަޔަކު ކަމުގައި ވީހިނދު، ނަބިއްޔާ صلى الله عليه وسلم ޤުރައިޝުންނާއެކު އެއްބަސްވެވަޑައިގެންނެވި ޢަހުދާ ބަނޫބަކުރު ޤަބީލާގެ މީހުން ޚިލާފުވި އެވެ. އަދި އަލް-ޚުޒާޢާ ޤަބީލާ މީހުންނާ ދެކޮޅަށް ރޭގަނޑުގެ ވަގުތެއްގައި ކުއްލިގޮތަކަށް ހަމަލާދީ އެބައިމީހުންގެ މައްޗަށް ގަދަވެގަތެވެ. އެހިނދު عمرو بن سالم ވަޑައިގެން ވިދާޅުވި އެވެ:
يَا رَبِّ إِنِّــي نَاشِــدٌ مُــحَــمَّــدًا حِـلْــفَ أَبِينَا وَأَبِيهِ لَتْــلَـــدَا
إِنَّ قُرَيشًا أَخْلَفُوكَ المَوْعِـدَا وَنَقَضُوا مِيثَاقَكَ المُؤَكَّدَا
هُمْ بَيَّتُونَا فِي الغَدِيرِ حُجَّدَا وَقَـــتَلُونَا رُكَّــعًـــا وَسُــجَّـــدًا


މާނައީ: "ޔާ ރައްބީ އެވެ. ހަމަކަށަވަރުން އަހަރުމެންގެ ބައްޕައާ އަދި އަހަރުމެންނާ އެއްބަސްވި ފަރާތް، މުޙައްމަދު صلى الله عليه وسلم އާއެކު މިއަޅާ ވަނީ އެއްބަސްވުމެެއްގައި ޢަހުދު ކޮށްފަ އެވެ. ހަމަކަށަވަރުން ޤުރައިޝުން ވަނީ އެއްބަސްވުމާ ޚިލާފުވެފައެވެ. އަދި އިބަ އިލާހުގެ ޔަޤީންވެގެންވާ މީޘާޤާ ޚިލާފުވެފައެވެ. އަދި ރޭގަނޑުގެ ވަގުތެއްގައި ނަމާދު ކުރަން ތިއްބާ އެބައިމީހުން އަހަރުމެންނަށް ހަމަލާ ދިނެވެ. އަދި ރުކޫޢުގައި އަދި ސަޖިދައިގައި އަހަރުމެން ވަނިކޮށް އެބައިމީހުން އަހަރުމެން ޤަތުލު ކޮށްފި އެވެ."


ނަބިއްޔާ صلى الله عليه وسلم عمرو بن سالم އަށް ވިދާޅުވި އެވެ: "ހަމަކަށަވަރުން ތިބާއަށް ނަޞްރު ލިބިއްޖެއެވެ." ދެންފަހެ، ފަތަޙަ ކުރާ ލަޝްކަރަށް އަމުރު ކުރައްވައި، އެލަޝްކަރާއެކު ވަޑައިގެން މައްކާ ފަތަޙަކުރެއްވިއެވެ.


ދެންމެ މިބަޔާންކުރި ބަޔަކު ފިޔަވައި މުސްލިމުން ނަމާދަށް ތިބިބަޔަކު ޤަތުލުކޮށްފައެއް ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "ނަމާދަށް ތިބޭމީހުން ޤަތުލުކުރުން ތިމަން ނަބިއްޔާއަށް ނަހީ ކުރެއްވިގެންވެ އެވެ."


ލޮބުވެތިއަޚުންނޭވެ! ނަމާދަށް ތިބޭމީހުން އެބައިމީހުން ޤަތުލުކުރަމުންދާއިރު، އެމީހުން ހީކުރަނީ، އެމީހުންގެ ޢަމަލަކީ ޢާލަމްތަކުގެ އިލާހުގެ މަގުގައި ކުރެވޭ އެންމެ މަތިވެރި ޖިހާދުކަމުގަ އެވެ. މިއީ ޖިހާދުތޯ އެވެ؟ މިއީ، ފަސާދަކުރުމެވެ. އެފަދަ ޢަމަލުތަކުން ﷲ އަޅަމެން ސަލާމަތް ކުރައްވާށި! ފިތުރަތު ނުބައިވެ، ބުއްދި ފޮހެލައިފިނަމަ، ފަހެ އެކަމުގެ ސަލާމަތަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.


އޭ އަހަރެންގެ ލޮބުވެތި އަޚުންނޭވެ! އޭ އަހަރެންގެ ދަރިންނޭވެ! އޭ އަހަރެންގެ މޭ ފަދަ ދަރީންނެވެ! އޭ އެންމެހައި ޒުވާނުންނޭވެ! އެމީހުންގެ ކެހިވެރިކަމުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެމީހުން މުސްލިމުންގެ ބޯތައް ޖަނަވާރެއްގެ ބޯތައް ބުރިކުރާ ފަދައިން ބުރިކުރާތަން ތިޔަބައިމީހުންނަށް ފެންނާނެ އެވެ. މީސްތަކުން ދިރިތިއްބާ އަންދާތަން ފެންނާނެ އެވެ. ﷲ ގަންދީ ބުނަމެވެ. މިއީ، އިސްލާމްދީނުގެ ތެރެއިން ހިމެނޭ ކަމެއްބާ އެވެ؟ އެކަމަކު ކާފަރު ޤައުމުތަކުން ބުނަނީ، އެމީހުންގެ މައްޗަށް ގަދަވެގަތުމަށް 10 އަހަރު ބޭނުންވާކަމަށެވެ. އެކަމަކު އެންމެ 6މަސް ދުވަހުގެ ތެރޭގައި މުޅި އަފްޣާނިސްތާންގެ މައްޗަށް ފުރިހަމައަށް ވެރިވެގަނެ، ޙުކުމްކޮށްފި އެވެ. މިކަމުން ތިބާއަށް ދަލީލު ކޮށްދެނީ ކޮންކަމެއްތޯ އެވެ؟ މިކަމުން ދަލީލުކޮށްދެނީ، އެމީހުންނާ ކުފްރުގެ އަހުލުވެރިންނާ ދެމެދު އޮންނަ އެއްބަސްވުމެވެ.


އޭ މުސްލިމު އަޚުންނޭވެ! މިއީ، ކުރުކޮށް ISIS ގެ ޙަޤީޤަތެވެ. އެހެންކަމުން އެމީހުންނާ ދުރުހެލިވާށެވެ! އަހަރުމެންގެ ތެރެއަށް ވަދެގަނެގެން އުޅޭ ބުއްދިފިލައިގޮސްފައިވާ މީހުންނާ ދުރުހެލިވާށެވެ! ﷲ ގަންދީ ބުނަމެވެ. އެފިކުރުގެ މަތީގައި އަހަރެންގެ ދަރިންގެ ތެރެއިން ދަރިއަކު ވާކަން އަހަރެންނަށް އެނގޭނެނަމަ، އޭނައާ ދެކޮޅަށް ގަދަފަދައަށް އަހަރެން ހަނގުރާމަ ކުރާހުށީމެވެ. އަދި އެއިލާހަކަށް މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުއްތަން ނުކުރެވޭ އިލާހު، الله ގަންދީ ހުވާކޮށް އަހަރެން ބުނަމެވެ. އޭނައާ ދެކޮޅަށް ހަނގުރާމަ ކުރަން އަހަންނަށް ކުޅަދާނަވެގެން ނުވާނަމަ، އޭނާ (ހައްޔަރުކޮށް) ދައުލަތާ ޙަވާލުކުރާ ހުށީމެވެ. ﷲ ގަންދީ ބުނަމެވެ. ISIS ގެ ގާތަށް ދިއުމަށް ވުރެން، އަހަންނަށް ފެންނަ ހިސާބެއްގައި ދައުލަތުން އޭނާއަށް ފަރުވާދީ އޭނާ އިސްލާހުވެގެން ދިއުން އަހަންނަށް މާ ހެއުކަން ބޮޑެވެ.


މީހަކު އަހަރެންނަށް ކިޔައިދިން ވާހަކައެކެވެ. އޭނާގެ ބޮޑުބޭބެގެ ދަރިޔަކު ISIS ގެ މީހަކާއެކު ޢުމްރާއަށް ދިޔައެވެ. ބައްޕައަށް އެކަން އެނގުމުން ދަރިފުޅަށް ފޯނުން ގުޅިއެވެ. އޭނާއަކީ ކާކުކަން އަހަންނަށް އެނގެ އެވެ. އެހެންނަމަވެސް އޭނާގެ ނަން ކިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދަރިފަޅު ގާތު ބުންޏެވެ: "އޭ ދަރިފުޅާ އެވެ! އަނބުރާ އަންނާށެވެ! (އެމީހުންނާއެކު) ދިޔައީ ކީއްވެގެން ހެއްޔެވެ؟" ދަރިފުޅުބުންޏެވެ: "އަހަރެން ބައްޕަކައިރިއަށް ﷲ އިރާދަފުޅު ކުރެއްވިއްޔާ ދާނަމެވެ. އަދި ﷲ ގެ ޙައްޤަކީ ކޮބައިކަން ބައްޕައަށް ބަޔާންކޮށްދޭނަމެވެ." ބައްޕަ ބުންޏެވެ: "އަހަރެމެންގެ ފަރާތުން ފެނުނީ ކޮންކަމެއްހެއްޔެވެ؟" ދަރިފުޅު ބުންޏެވެ: "ﷲ އިރާދަފުޅު ކުރެއްވިއްޔާ ތިޔައީ ކާފަރުންކަން އަހަރެން ދައްކައިދޭނަމެވެ." ބައްޕަ ބުންޏެވެ: "ގޮނޑީގައި ބައްޕަ މިސްކިތާ ހިސާބަށް ދަނީ ކާފަރުންނަށް ވީމަހެއްޔެވެ؟" ދަރިފުޅު ބުންޏެވެ: "ތިޔައީ މުނާފިޤުންގެ އިސްލާމްކަމެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ އަދި ކަލޭމެންނާ ދެކޮޅަށް (ކަލޭމެންގެ އަމަލުތައް) އަނބުރާ ކަލޭމެންގެ މައްޗަށް އަންނާނަމެވެ." – އެހިނދު ފޯނުބާއްވައިފި އެވެ. - މިމުޑުދާރު ބަސްތަކަށް ތިޔަބައިމީހުން ބަލާށެވެ! އަދި އެ މައިންބަފައިންނާ އުރެދޭ ދަރި، އޭނާގެ ބައްޕައާއިމެދު ގޮސްފައިހުރި ދަރަޖަ ބަލާބަލާށެވެ!


އަހަރެންގެ ލޮބުވެތި އަޚުންނޭވެ! ކޮމްޕިއުޓަރުތަކުގައިވާ މި ވެބްސައިޓްތަކާ ދުރުހެލިވާށެވެ! އެތަކެތި މެދުވެރިކޮށް ތިޔަބައިމީހުންގެ ތެރެއަށް އެމީހުން ވަދެގެންދެ އެވެ. ދުރުހެލިވެވެން އޮތް އެންމެ ބޮޑު މިންވަރުން އެވެބްސައިޓްތަކާ ދުރުހެލިވާށެވެ! ﷲ ގަންދީބުނަމެވެ. އެމީހުންގެ ގާތަށް ދިޔުމަށްވުރެ، ބެރުޖަހާ ލަވަކިޔުންވެސް އަހަރެންގެ ގާތުގާ މާހެޔޮވެގެންވެ އެވެ. ސަބަބަކީ، އެމީހުން ބެރުޖަހާ، ލަވަކިޔާ އަދި ރާބުޔަސް، ﷲ ގަންދީބުނަމެވެ. އެ ޢަމަލެއް އިސްލާމްދީނަކަށް އެމީހުން ނިސްބަތެއް ނުކުރާނެ އެވެ. ތިޔަ އެންމެހައި މީސްތަކުން އެމީހުންކުރެ މީހަކާ ސުވާލު ކޮށްފި ނަމަ އޭނާ ޖަވާބެއްގެ ގޮތުގައި ތިޔަބައިމީހުންނަށް ދެނީ ކީކޭ ހެއްޔެވެ؟ އޭނާ ބުނާނެ އެވެ: "އަހަރުމެންނަށް ހިދާޔަތް ދެއްކެވުމަށް، ތިބާ ﷲ ގެ ޙަޟްރަތުން އެދި އަހަރުމެންނަށް ދުޢާ ކޮށްދޭށެވެ." މިއީ ތެދެއްތޯ ނުވަތަ ނޫންތޯ އެވެ؟ އޭނާ އެކުރާ މުންކަރު ފާފަ އޭނާ ދީނަށް ނިސްބަތް ކުރޭ ހެއްޔެވެ؟ (ދީނުގައި ހުއްދަ އެއްޗެއްގެ ގޮތުގައި) ދީނަށް ބަނގުރާ އޭނާ ނިސްބަތެއް ނުކުރާނެ އެވެ. އަދި ލަވަކިޔުމަކީ ދީނުގައި ހުއްދަ އެއްޗެއްގެ ގޮތުގައި ދީނަށް އޭނާ ނިސްބަތެއް ނުކުރާނެ އެވެ. އެމީހެއްގެ ލޮލުގެ އަލިކަން ކަނުއަނދިރިކަމަށް ބަދަލުވެފައިވާ މީހަކު މެނުވީ އެފަދަ ކަމެއް ނުކުރާނެ އެވެ. ފަހެ އެ ފާފަވެރިން ބުނާނީ: "އަހަރުމެންނަށް ހިދާޔަތް ދެއްކެވުމަށް، ތިބާ ﷲ ގެ ޙަޟްރަތުން އެދި އަހަރުމެންނަށް ދުޢާ ކޮށްދޭށެވެ." އެހެނަސް މިމީހުން، (ISIS ގެ މީހުން) ތިޔަބައިމީހުންނާ ދިމާލަށް ބުނާނެ އެވެ: "ތިޔައީ ކާފަރެކެވެ. ﷲ ކަލެޔަށް ހިދާޔަތް ދައްކަވާށި އެވެ!" ހިދާޔަތް ދެއްކެވުމަށް އެދި ދުޢާ ކުރަނީ ކޮން ކަމަކަށް ބާވައެވެ؟ ވެރިންނާ ދެކޮޅަށް ނިކުތުމަށެވެ. އަދި އެމީހުން ދެމިތިބި މުޑުދާރު މަޒްހަބަށެވެ. އެމީހުންނާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: "އެބައިމީހުންނަކީ އުމުރުން ހަގު، ވިސްނުން ޅަ ބަޔެކެވެ. އެބައިމީހުން ބުނާނީ އިންސާނުންގެ އެންމެ ހެޔޮ ފަރާތުގެ ބަހެވެ. ދުނިދަނޑިން ތީރު ނިކުމެގެންދާ ފަދައިން އެބައިމީހުން ދީނުން ނިކުމެގެންދާނެއެވެ."


ނަބިއްޔާ صلى الله عليه وسلم ބަސްފުޅުން އެމީހުން ޙުއްޖަތް ދައްކާނެ އެވެ. އެހެންނަމަވެސް އެންމެ ދުރުވެގެންވާ ދުރުމިނަކުން އެމީހުން ޙައްޤާ ދުރުހެލިވެގެންވެ އެވެ. އެކަމަކު، ނިކަންއަވަހަށް ދީނުން ބޭރުގެންދާނެ އެވެ. ދުނިދަނޑިން ތީރު ނިކުމެގެންދާ ފަދައިން އެހާމެ އަވަހަށެވެ. އަދި އެއަށްފަހު އެނބުރި ނާންނާނެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ފަދައިންނެވެ: "އެމީހުން ޤަތުލުކުރިމީހަކަށް ނުވަތަ އެއިންމީހަކު ޤަތުލުކުރި ބަޔަކަށް "ޠޫބާ"ވެ އެވެ. ހަމަކަށަވަރުން، އެބައިމީހުން ޤަތުލުކުރި މީހަކަށް އަޖުރެއްވެ އެވެ. ހަމަކަށަވަރުން، ތިމަން ނަބިއްޔާ އެމީހުންނާ ބައްދަލުވެއްޖެނަމަ، ޢާދު ބާގައިގެ މީހުން ޤަތުލުކުރެވުނު ފަދައިން އެމީހުން ޤަތުލުކުރައްވާހުށީމެވެ."


އަހަރެންގެ ލޮބުވެތި އަޚުންނޭވެ! މިއަށްވުރެ ސާފުބަހެއްވޭތޯ އެވެ؟ އެމީހުން މުސްލިމުންގެ ލޭތައް ހަލާލު ކުރެ އެވެ. ސަޙާބީންގެ ޒަމާނުގައި އެމީހުންނާ މުނާޤަޝާ ކުރެއްވުމަށް ابن عباس ވަޑައިގެންނެވި އެވެ. އަދި އެމީހުންނާ އެކީ އިށީނދެ ވަޑައިގަތެވެ. އެމީހުން ابن عباس އާ ދެކޮޅަށް ބުންޏެވެ: "މީ ކޮން އެއްޗެއް ހެއްޔެވެ؟ އާ ހެދުމެއްދޯ އެވެ؟" ابن عباس ވިދާޅުވި އެވެ: "ﷲ ގަންދީބުނަމެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم މިއަށްވުރެ ރީތި ފޭރާމެއް ތުރުކުރައްވާފައި ވަނިކޮށް އަހަރެން ދެކުނީމެވެ." މިއަދު ބުނެވެމުން ދަނީ ހަމަ އެއްވާހަކަ އެކެވެ. އެކަހަލަ މީހުން ބުނެ އެވެ: "ކަލޭމެންގެ ޝައިޚުންނަކީ ކާޕެޓުތަކުގެ ޝައިޚުންނެވެ." އެމީހުންގެ މަޒުހަބުގެ މަތީގައި ނުވާތީ އެމީހުން އައިބުތަކެއްގެ ގޮތުގައި ރައްދު ކުރަނީ މިފަދަ ބަސްތަކެވެ. ފަހެ ވަރުގަދަ ބަސްފުޅުތަކަކުން ރައްދު ދެއްވައި ابن عباس އެމީހުންނާ ދިމާލަށް ވިދާޅުވި އެވެ: "އަހަރެން މިއައީ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންގެ އަރިހުންނެވެ. އެ ޞާޙާބީންގެ ތެރެއިން އެންމެ ބޭކަލަކުވެސް ކަލޭމެންގެ ތެރެއިން ވާތަނެއް އަހަރެންނަކަށް ނުފެނެ އެވެ." "ﷲ، ابن عباس އަށް ރުއްސުންލައްވާށި އެވެ. (ސަޙާބީން އެމީހުންގެ ތެރެއިން ނެތުމަކީ) އެމީހުން މަގުފުރެދިފައިވާ ކަމުގެ ދަލީލެއްތޯ ނުވަތަ ނޫންތޯ އެވެ؟ އެމީހުން ތިބީ ހެޔޮކަމާއި، ޙައްޤާއި، ހިދާޔަތުގެ މަތީގައި ކަމުގައިވީ ނަމަ، އެމީހުންނާ އެކުގައި ސަޙާބީންގެ ތެރެއިން މަދުވެގެން އެކަކު ނަމަވެސް ހުރީހެވެ. މިއީ ތެދެއްތޯ ނުވަތަ ނޫންތޯ އެވެ؟
އަދި މިދަޑިވަޅުގައި އަހަރުމެން ބުނާނީ ހަމަ އެއްވާހަކައެކެވެ. މި(ISIS

ގެ)މީހުންގެ ތެރޭގައި ހެޔޮކަމެއްވާ ނަމަ، އިތުބާރުކުރެވިގެންވާ ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެންމެ މީހަކު ނަމަވެސް އެމީހުންނާ އެކުގައިވާ ތަން ތިބާއަށް ފެންނާނެ އެވެ. އެމީހުންނާ އެކު އެންމެ ޢިލްމުވެރިއެއްވެސް ނުވެ އެވެ! ފަހެ އެންމެހައި ލޮބުވެތި އަޚުންނޭވެ! އެމީހުންނާ ބެހޭގޮތުން އިންޒާރުލިބި އެމީހުންނާ ދުރުހެލިވާށެވެ!
އަދި އަހަރެން ތިޔަ އަޚުންގެ ވަގުތު ދިގުކޮށް ނަގާލަފައިވާ ނަމަ އެކަމަށްޓަކައި ތިޔަ އަޚުންގެ ކިބައިން މަޢާފަށް އެދެމެވެ. ފަހެ އަހަރެންނަށް ތިޔަ އަޚުން މާފު ކުރާށެވެ. ފަހެ މިކަން ކުރުމުގެ ސަބަބަކީ ނަސޭޙަތް ދިނުމަށްޓަކައި ލާޒިމް ކަމަކަށްވީތީ އެވެ. ނަސޭޙަތް ދިނުމަކީ ތިޔައަޚުންނަށް އަދާ ކުރަން ޖެހޭ އަހަރެންގެ މައްޗަށް އޮތް ވާޖިބެކެވެ.
و صلى الله و سلم و بارك على عبده و رسوله نبينا محمد و على آله و صحبه.

******

الشَّيْخُ العَلَّامة عَبْدُ المُحْسِن العَبَّاد حَفِظَه الله

الحمد لله وحده وصلى الله وسلم على من لا نبي بعده نبينا محمد وعلى آله وصحبه. أما بعد؛
އަހަރުތަކެއް ކުރިން އެމީހުންގެ އަމިއްލަ އިސްލާމީ ދައުލަތެއް ޢިރާޤުގައި އަދި ޝާމްގައި ވާކަމަށް ބުނެފައިވާ ފިރުޤާއެއް (ބައިގަނޑެއް) ޢިރާޤުގައި އުފަންވެއްޖެއެވެ. އަދި އެމީހުން ޛިކުރުކުރުމުގައި 4 އަކުރެއް ބަޔާންކުރެވެއެވެ. އެއީ އެމީހުން މިދަޢުވާކުރާ ދައުލަތުގެ ނަމުގެ ފުރަތަމަ އަކުރުތަކެވެ. އެއީ "ދާޢިޝް" އެވެ. އެމީހުންގެ ޚަބަރުތަކާއި އެމީހުންގެ ކަންކަން ވަމުން ދާގޮތް ބަލާއުޅޭ ބައެއް މީހުން ބަޔާންކުރާ ގޮތުގައި، އެމީހުންގެ ވެރީންގެ ގޮތުގައި އެކަކަށްފަހު އަނެކަކު އަންނަފަދައިން މީހުންތަކެއް އައިސްފައިވެއެވެ. އެއިގެ ތެރެއިން ކޮންމެ މީހަކަށް ނަންދެވިފައިވަނީ މިގޮތަށެވެ: މިވެނި ޤަބީލާއަކަށް ނޫނީ މިވެނި ރަށަކަށް ނިސްބަތްވާ މިވެނި މީހެއްގެ ބައްޕަ، ނުވަތަ މިވެނިމީހެއްގެ ދަރި މިވެނި މީހެއެްގެ ބައްޕަ މިފަދައިންނެވެ. ކުންނިއްޔާ (ދަރިއަކަށް ނިސްބަތްކޮށް ބުނެވޭ ނަމެއް) އާއެކު ރަށަކަށް ނުވަތަ ޤަބީލާއަކަށް ނިސްބަތްކޮށް ބުނެފައިވާ ނަންތަކެވެ.


އެއީ (ޙަދީޘް ލިޔެވުނު ޒަމާނުގައި) މަޖްހޫލު މުސްތަތިރު (އެއީ ކޮންބައެއްކަން ނޭނގޭ އެބައެއްގެ ޙަޤީޤީ ތަފްޞީލު ނޭނގޭ) މީހުން ގެ ކަންކަން ހުރި ގޮތަށެވެ.
ސޫރިޔާގެ ސަރުކާރާއި އެސަރުކާރާ ހަނގުރާމަކުރާ ހަނގުރާމަވެރިންނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ދުވަސްތަކެއް ވޭތުވެ ދިޔަފަހުން، މިފިރުޤާގެ (ބައިގަނޑުގެ) ގިނަބަޔަކު (އެރަށަށް) ވަދެގަތެވެ. އެމީހުން ހަނގުރާމަ ކުރަމުންދަނީ ސަރުކާރަކާ ނޫނެވެ. އެހެންނަމަވެސް އެމީހުން ހަނގުރާމަ ކުރަމުން ދަނީ ސަރުކާރާ ދެކޮޅުވެގެން އުޅޭ ސުންނީންނާއެވެ. އަދި ސުންނަތުގެ މީހުން މަރުވަމުންދަނީ އެމީހުންގެ ސަބަބުންނެވެ. އަދި އެންމެންގެތެރޭގައި މަޝްހޫރުކޮށް އެނގިގެން ވާގޮތުގައި އެމީހުން މަރާލަން ބޭނުންވާ މީހާ އެމީހުން ޤަތުލުކުރަނީ ވަޅިތަކުން އާދަމުގެ ދަރީން ޤަތުލުކުރެވޭނެ އެންމެ މުޑުދާރު އެންމެ ނުބައި ގޮތަށެވެ.


އަދި މި ރަމަޟާންމަހުގެ ކުރީކޮޅު އެމީހުންގެ ބައިގަނޑަށް ދެވިފައިވާ ނަން "އިސްލާމީ ޚިލާފަތު" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި މޫޞަލްގައި ހުންނަ ބޮޑު ހުކުރު މިސްކިތުގައި އެމީހުންގެ ޚަލީފާގެ ނަން ދެވިފައިވާ މީހާ އަބޫބަކުރު އަލްބަޣްދާދީ ވަނީ ޚުތުބާ ދީފައެވެ. އަދި އޭނާގެ ޙުތުބާގައި އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި ބުނެފައިވެއެވެ: "ހަމަކަށަވަރުން އަހަރެން މިވަނީ ކަލޭމެންގެ މައްޗަށް ވާ ވެރިޔާ ކަމުގައި ކަނޑައެޅިފައެވެ. އަދި އަހަންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހާއެއް ނޫނެވެ." މިތަނުގައި އޭނާއަކީ އެންމެ ހެޔޮމީހާ ނޫންކަމުގައި ބުނެ އެވަނީ ޝައްކެއްވެސް ނެތްގޮތުގައި ވަރަށްބޮޑު ތެދެއް ހަދާފައެވެ. އެހެނީ ވަޅިން އެމީހުން ޤަތުލުކުރާ މީހުންގެ ޤަތުލަކީ އޭނާގެ އަމުރު ކަމުގައިވާނަމަ ނުވަތަ އޭނާއަށް އެކަން އެނގިގެން ކަމުގައި ވާނަމަ އަދި އޭނާ އިޤްރާރުވާ ކަމެއް ކަމުގައި ވާނަމަ ފަހެ އޭނައަކީ އެމީހުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހާއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މިބަސްފުޅުގެ ދަށުންނެވެ. ((من دعا إلى هدى كان له من الأجر مثل أجور من تبعه، لا ينقص ذلك من أجورهم شيئا، ومن دعا إلى ضلالة كان عليه من الإثم مثل آثام من تبعه، لا ينقص ذلك من آثامهم شيئا)) رواه مسلم (6804)، މާނައީ: [ހިދާޔަތަކަށް ގޮވާލާ މީހާއަށް އެހިދާޔަތަށް ތަބާވީ މީހާގެ ޘަވާބުން އެއްވެސް މިންވަރެއް އުނި ނުވާނެ ފަދައިން، އެކަމަށް ތަބާވި މީހާގެ އަޖުރުންވެސް އޭނާ އަށް ޘަވާބު ލިބިގެންވެއެވެ. އަދި މަގުފުރެދުމަކަށް ގޮވާލާ މީހާއަށް އެ ކަމަށް ތަބާވި މީހުންގެ ފާފަތަކުން އެއްވެސް އެއްޗެއް އުނި ނުވާނެ ފަދައިން އޭނާ އަށް ތަބާވި މީހާގެ ފާފަވެސް އޭނާގެ ބޮލުގައި އެޅިގެންވެއެވެ.]


އަދި އޭނާގެ ޚުތުބާގައި މިބުނެފައިވާ ބަސްތަކަކީ، ﷲ ގެ ރަސޫލާ صلى الله عليه وسلم އަށްފަހު އުންމަތުގެ ފުރަތަމަ ޚަލީފާ، އަދި އެންމެ ހެޔޮ އުންމަތް ކަމުގައި ވާ މިއުންމަތުގެ އެންމެ ހެޔޮ އިންސާނާ أبوبكر الصديق ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. މިބައިގަނޑަށް އެންމެ ހެޔޮގޮތަކީ އެމީހުންގެ ދައުލަތް، ވޭތުވެދިޔަ ޒަމާންތަކުގައި އެމީހުންގެ ކުރީން އުޅެފައިވާ އެމީހުންނާ އެއްފަދަ މީހުންނަށް ވީފަދައިން، ވައިރޯޅީގައި ޖެހި (ހަލާކުވެގެން) ދިއުމުގެ ކުރިން އެމީހުންގެ ނަފްސުތައް ރަނގަޅު މަގަށް ރުޖޫޢަވެ އެނބުރި އައުމެވެ.


އެކަމަކާމެދު ހިތާމަކުރަން ޖެހޭ އެއްކަމަކީ ދުވަސްކޮޅެއް ކުރިން އުފަންވެގެންދިޔަ މިދަޢުވާކުރާ ޚިލާފަތުގެ ފިތުނަ ގަނޑު ދެ ޙަރަމްގެ ރަށުގައިވާ ޅަ ޒުވާންފުރައިގެ ކުދިން ޤަބޫލު ކުރުމެވެ. އެކުދިން ވަނީ އެކަމާމެދު، އަަވާމެންދުރެއް ފެނުމުން ފެންބޮވާފައިވާ މީހަކު އުފާކުރާ ފަދައިން އެމީހުންގެ އުފާވެރިކަން ފާޅުކޮށްފައެވެ. އަދި އެމީހުންގެ ތެރޭގައި މި ކާކުކަން އެނގިގެން ނުވާ ޚަލީފާއަށް ބައިޢަތު ހިފަންޖެހޭނެ ކަމަށް ދަޢުވާކުރާ މީހުންވެސް ހިމެނެއެވެ! މީހުން ކާފަރުކުރުމުގައި އަދި އެންމެ ނުބައި މުޑުދާރުގޮތުގައި މީހުން ޤަތުލުކުރުމުގެ ބަލާވެރިކަން ޖެހިފައިވާ ބަޔަކާމެދު ހެޔޮކޮށް ދެކެވޭނީ ފަހެ ކިހިނަކުންހެއްޔެވެ؟! ވީމާ މި ޒުވާނުންނަށް ވާޖިބުވެގެން ވަނީ ކޮންމެ ކާޅެއްގެ ކާޅުގެ އަޑުގެ ފަހަތުން މަޑުމަޑުން ދަމަމުން ނުގެންދަނީސް އެމީހުންގެ ނަފްސުތަކައިގެން (ސަލާމަތްވެގެން) ވީހާވެސް ދުރަކަށް ދިއުމެވެ. އަދި ކުރާ ކޮންމެ ކަމެއްގައިވެސް ﷲ عز وجل އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ (ހިދާޔަތަށް) ރުޖޫޢަވުމެވެ. އެހެނީ އޭގައި ކުށެއް ނުވެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ސަލާމަތްތެރިކަމާއި ކާމިޔާބު ލިބިގެންވަނީ އެއިންނެވެ. އަދި އެމީހުންނަށާއި (އެންމެހާ) މުސްލިމުންނަށް ނަޞޭޙަތްތެރިވާ ޢިލްމުވެރީންނަށް ރުޖޫޢަ ވުމެވެ.


އެމީހަކު ޢިލްމުގެ އަހުލުވެރީންނަށް ރުޖޫޢަވުމުގެ ސަބަބުން މަގުފުރެދުމާމެދު ޚިޔާލުކޮށް ސަލާމަތްވި (ވާހަކަތަކުގެ) މިސާލުތަކުގެ ތެރެއިން إمام مسلم ޞަޙީޙްގައި، ނަންބަރު 191، ޔަޒީދު އަލްފަޤީރުގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތް ހިމެނެއެވެ. އޭނާ ވިދާޅުވިއެވެ: "ޚަވާރިޖުންގެ ވިސްނުންތަކުގެ ތެރެއިން ވިސްނުމެއް އަހަރެންނަށް ވަރަށް ކަމުދިޔަ ކަމުގައި ވިއެވެ. ދެން ގިނަ ޢަދަދެެއްގެ މީހުން އެކުލެވިގެންވާ ޖަމާޢަތަކައިގެން އަހަރުމެން ޙައްޖުވުމަށް އެދި ނިކުތީމެވެ. ދެން އެއަށްފަހު އަހަރުމެން މީސްތަކުންގެ ތެރެއަށް ނިކުތީމެވެ. ކިޔައިދެއްވިއެވެ: އެގޮތުން އަހަރުމެން މަދީނާ ހުރަސްކޮށް ދިއުމުގެ ތެރޭގައި ތަނބަކާ ދިމާގައި އިށީނދެލައިގެން އިންނަވައިގެން ޖާބިރު ބިން ޢަބްދުﷲ ޤައުމުގެ މީހުންނަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވީ ޙަދީޘެއް ކިޔައިދެއްވަނިކޮށް އެތަނަށް ދެވުނެވެ. ވިދާޅުވިއެވެ: ނަރަކަވަންތަވެރީންގެ ވާހަކަ ޛިކުރުކުރިއެވެ. އޭނާ ކިޔައިދެއްވިއެވެ: ދެން އަހަރެން އެޞަޙާބީ ކުރެން އެހީމެވެ: އޭ ﷲ ގެ ރަސޫލާގެ ޞާޙިބާއެވެ! ތިބާމެން ތިޔަދަންކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ﷲ ވަޙީކުރައްވަނީ :{إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ} މާނައީ: [ހަމަކަށަވަރުން އިބައިލާހު ނަރަކައަށް ވައްދަވައިފި މީހަކު، އިބައިލާހު އޭނާ ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ.]


އަދި {كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا} މާނައީ: [އަދި އެމީހުން އެތަނުން (ނަރަކައިން) ނިކުންނަން އެދޭ ކޮންމެ ފަހަރަކު އެތަނުގެ ތެރެއަށް އަނބުރާ ގެންދެވޭނެއެވެ.] ދެން ކަލޭމެން ތިޔަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ކިޔައިދެއްވިއެވެ: ފަހެ އެ(ޞަޙާބީ) ވިދާޅުވިއެވެ: ތިބާ ޤުރުއާން ކިޔަވަމު ހެއްޔެވެ؟ ތިމަން ބުނީމެވެ: އާއެކެވެ! ވިދާޅުވިއެވެ: މުޙައްމަދު ގެ މަޤާމާއި މެދު ވާ (ބަސްފުޅު) ތިބާއަށް އަޑުއިވިފައިވޭ ހެއްޔެވެ؟ މާނައަކީ އެނަބިއްޔާ އެމަޤާމަކަށް ފޮނުވޭ މަޤާމެވެ. ތިމަންބުނީމެވެ: އާއެކެވެ! ވިދާޅުވިއެވެ: ފަހެ ހަމަކަށަވަރުން އެމަޤާމަކީ، ﷲ އެނަބިއްޔާގެ (ޝަފާޢަތުން) ނެރުއްވާ ބަޔަކު (ނަރަކައިން) ނެރެދެއްވާ މަޤާމެވެ. ވިދާޅުވިއެވެ: ދެންއެއަށްފަހު އެމަގުގެމަތިން މީސްތަކުން ހުރަސްކުރާ ޞިރާޠުމަގު ވާކަން ސިފަކޮށްދެއްވިއެވެ. ވިދާޅުވިއެެވެ: އެބައި ދަސްވެފައި ނުވާކަމަށްޓަކައި އަހަރެން ބިރުވެތިވަމެވެ. ވިދާޅުވިއެވެ: އެއީ ނަރަކައިގައި ވުމަށްފަހު އެތަނުން ނިކުންނާނެ ބަޔަކު ވާކަމަށް ބުނެވޭ ވާހަކަ ބަޔާންކޮށްދިނުން ފިޔަވައެވެ. ވިދާޅުވިއެވެ: މާނައަކީ ދެންފަހެ އެމީހުން ކަޅުހިކި ދަޑިތަކެއް ފަދައިން އެތަނުން ނިކުންނާނެއެވެ. ކިޔައިދެއްވިއެވެ: ދެން ސުވަރުގޭގެ ކޯރުތަކުގެ ތެރެއިން ކޯރަކަށް ވަދެ އެތަނުގައި އެމީހުން ފެންވަރާނެއެވެ. ދެން އެމީހުން ނިކުންނާނީ ހުދުކަންގަދަ ކަރުދާސްކޮޅެއް ފަދައިންނެވެ. ދެން އަހަރުމެން އަބުރާ (ރަށަށް) އައިސް އަހަރުމެން ބުނީމެވެ. ކަލޭމެންނަށް ހަލާކު ހުއްޓެވެ! ﷲ ގެ ރަސޫލާ ގެ މައްޗަށް ޝައިޚު (ޞަޙާބީ) ދޮގު ހައްދަވާފާނެ ކަމަށް ކަލޭމެންނަށް ހީވޭހެއްޔެވެ؟! ދެން އަހަރުމެން (ޙައްޤަށް) އަނބުރާ ރުޖޫޢަވީމެވެ. ﷲ ގަންދީ ބުނަމެވެ. އެންމެ މީހަކު ފިޔަވާ އެންމެން އަހަރުމެންގެ ތެރެއިން (ޚަވާރިޖުންގެ ތެރެއަށް) ނުނިކުމެއެވެ. ނުވަތަ އަބޫ ނުޢައިމް އެފަދަ މޭރުމަކުން އެވާހަކަ ކިިޔައިދެއްވިއެވެ." އަދި އަބޫނުޢައިމް މިއީ އަލްފަޟްލު ބިން ދުކައިން ކިޔާ ބޭފުޅެކެވެ. އެއީ މިރިވާޔަތުގެ ސަނަދުގައިވާ އެއް ބޭފުޅެކެވެ. އަދި މިރިވާޔަތް ދައްކައިދެނީ މި ޖަމާޢަތުގެ މީހުން ޚަވާރިޖުންގެ ބޮޑެތި ފާފަތައް ކުރާމީހުން ކާފަރުވާނެކަމާއި އަބަދަށް ނަރަކައިގައި ވާނޭ ކަަމަށް ބުނާ ވިސްނުންތައް މޮޅުވެގެން އެކަމުގައި ޖެހިފައިވަނިކޮށް ޖާބިރު رضي الله عنه އާ ބައްދަލުވެ އެޞަޙާބީ ދެއްކެވި މަގުން ދާ ބަޔަކު ކަމުގައި ވެގެންދިޔަ ކަމެވެ. އަދި އެމީހުންނަށް އެއީ ބާޠިލުކަން ވިސްނުނު ކަންކަން ދޫކޮށްލުމެވެ. އަދި އެމީހުން ޙައްޖަށްފަހު އެބައެއްގެ ގާތަށް ދިއުމަށް ނިންމައިގެން ތިބި ޚަވާރިޖުންގެ ކައިރިން ދުރަށް ދިޔަކަމެވެ. އަދި މިއީ ޢިލްމުގެ އަހުލުވެރިންގެ ގާތަށް އަބުރާ ރުޖޫޢަވެ، މުސްލިމަކު ލިބިގަންނާނެ އެންމެ މަތިވެރި ފައިދާއެވެ.


އަދި ދީނުގައި ހައްދުފަހަނަ އަޅާ ދިއުމާއި ޙައްޤުން އެއްކިބާވުމާއި އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރީން އެގޮތެއްގެ މަތީގައި ތިބިގޮތް ދޫކޮށް އެއިން ދުރަށްދިއުމުގެ ނުރައްކާތެރިކަމަށް ދަލީލުކޮށްދޭ އަނެއް ދަލީލަކީ، ޙުޛައިފާ رضي الله عنه ގެ ޙަދީޘްގައިވާ އެނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެވެ: إنَّ أخوفَ ما أخاف عليكم رجل قرأ القرآن، حتى إذا رُئيت بهجته عليه وكان ردءاً للإسلام، انسلخ منه ونبذه وراء ظهره، وسعى على جاره بالسيف ورماه بالشرك، قلت: يا نبيَّ الله! أيُّهما أولى بالشرك: الرامي أو المرمي؟ قال: بل الرامي)) رواه البخاري في التاريخ وأبو يعلى وابن حبان والبزار، انظر الصحيحة للألباني (3201) މާނައީ: [ހަމަކަށަވަރުން ތިމަންނަބިއްޔާ، ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުފުޅު ގަންނަ ކަމަކީ ޤުރުއާން ކިޔަވާ މީހެކެވެ. އެމީހަކު ތިބާއަށް ފެނިއްޖެނަމަ އޭނާއާ މެދު ތިބާ އުފާކުރާނެއެވެ. ނަމަވެސް އެމީހާއީ އިސްލާމްދީނަށް ނުބައިކޮށް ހިތި މީހެކެވެ. އެމީހާވަނީ އެދީނާ ވަކިވެފައެވެ. އަދި އެދީން ނަގާ ފަހަތަށް އެއްލާލާފައެވެ. އަދި އޭނާގެ އަވައްޓެރިޔާގެ މައްޗަށް ކަނޑިން ހަމަލާދިނުމަށް މަސައްކަތްކޮށްފިއެވެ. އަދި އޭނާގެ މައްޗަށް ޝިރުކުކޮށްފި ކަމުގެ ތުހުމަތު އަޅުވާފައެވެ. ތިމަން ދެންނެވީމެވެ: އޭ ﷲ ގެ ނަބިއްޔާއެވެ! އެދެމީހުންގެ ތެރެއިން ޝިރުކަށް އައުލާކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަލާދޭމީހާ ތޯއެވެ؟ ނުވަތަ އެޙަމަލާ ދެވުނު މީހާތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އަދި ކިއެއްހެއްޔެވެ. ހަމަލާދިން މީހާއެވެ.]


އަދި ޢުމުރުން ހަގުވުމަކީ ނުބައިކޮށް ވިސްނުމަށް މަގުފަހިވާކަމެކެވެ. އެކަމަށް ދަލީލުކޮށްދެނީ ބުޚާރީ އެބޭފުޅާގެ ޞަޙީޙްގައި (4495) ނަންބަރުގައި ގެންނަވާފައިވާ ޙަދީޘްގައި ހިޝާމް ބިން ޢުރްވާ، އޭނާގެ ބައްޕަގެ އަރިހުން ރިވާކުރެއްވި ޙަދީޘް އެވެ. ވިދާޅުވިއެވެ: ތިމަން ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާގެ އަރިހުން އެއްސެވީމެވެ. އަދި އޭރު ތިމަންގެ ޢުމުރު ވަރަށް ހަގެވެ. ﷲ ގެ ވަޙީބަސްފުޅު {إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللَّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا} މާނައީ: [ހަމަކަށަވަރުން ޞަފާއާއި މަރްވާ އަކީ ﷲ ގެ ޝަޢާއިރުތަކުގެ ތެރެއިން ވާ ތަންތަނެވެ. ފަހެ ގެފުޅަށް ޙައްޖުވާ މީހާ ނުވަތަ ޢުމްރާ ވާމީހާ އަކަށް އެދެމެދުގައި ހިނގުމަކުން އޭނާއަކަށް ކުށެއް ނުވެއެވެ.] އާމެދު ކަމަނާ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ އެ ދެތަން ދެމެދުގައި ނުހިނގައިގެން އެއްވެސް މީހެއްގެ މައްޗަށް އެއްވެސް މައްސަލައެއް އޮވެދާނެކަމަކަށް އަހަރެން ނުދެކެމެވެ. ދެން ޢާއިޝާ ވިދާޅުވިއެވެ: ނޫނެކެވެ! ތިބާ ތިޔަބުނާގޮތަށް އެކަން ހިމަހިލާ އެހެންނަކުން ނުވީހެވެ. (އެކަން) ވީކަމުގައިވިއެވެ: [އެދެމެދުގައި ހިނގުމަކުން އޭނާއަކަށް ކުށެއް ނުވެއެވެ.] ހަމަކަށަވަރުން މިއާޔަތް ބާވާލެއްވުނީ އަންޞާރުބޭކަލުންނާ މެދުގައެވެ. އެބައިމީހުން ހައްޖަށް ފަށަނީ މަނާތު ބުދުގެ ކައިރިންނެވެ. މަނާތު އަކީ ވާދީ ޤަދީދް ގެ ކުރިމަތީގައި ހުންނަ ބުދެކެވެ. ވީމާ އެމީހުން ޞަފާއާ މަރުވާ އާ ދެމެދު (ވާދީގައި) ހިނގުމުން އެމީހުން ދުރުހެލިވާކަމުގައި ވިއެވެ. ދެން އިސްލާމްދީން އައުމަށްފަހުގައި އެބައިމީހުން ﷲ ގެ ރަސޫލާ صلى الله عليه وسلم އާ އެކަމާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. ދެން ﷲ މިއާޔަތް ބާވާލެއްވިއެވެ. {إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللَّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا}.


އަދި ޢުރުވަތު ބިން އައްޒުބައިރް އަކީ އެންމެ މާތް ތާބިޢީންގެ ތެރެއިން ބޭކަލެކެވެ. އެއީ ތާބިޢީންގެ ޒަމާނުގައި މަދީނާގައިވި އެންމެ ފާހަގަކޮށްލެވުނު ހަތް ފިޤުހު ޢިލްމުވެރީންގެ ތެރެއިން އެކަކެވެ. އެސުވާލު ކުރެވުނު ވަގުތަކީ ޢުމުރުން ހަގު ޒަމާނެއް ކަމުން ވިސްނުމުގައި ކުށްހުރުމުގެ ސަބަބުން ޢުޛުރުވެރިވުމަށް މަގުފަހިވިއެވެ. ވީމާ މިއިން ވަރަށް ސާފުކޮށް އެނގެނީ ޢުމުރުން ހަގުވުމަކީ ވިސްނުން ގޯސްކޮށް ގެންގޮސްދޭ މަގެއްކަމެވެ. އަދި ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢުވުމުގައި ހެވާ ލާބައާ ސަލާމަތްކަން ވާކަމެވެ.


صحيح البخاري (7152) ގައި جندب بن عبد الله އަރިހުން ރިވާކޮށްފައިވެ އެވެ. جندب بن عبد الله ވިދާޅުވި އެވެ. "އެންމެ ފުރަތަމަ އިންސާނާގެ ހަށިގަނޑުން ކުނިވާނެ އެއްޗަކީ އޭނާގެ ބަނޑެވެ. ފަހެ، ހެޔޮ ރަނގަޅު އެއްޗެއް ނޫނީ ނުކެއުމަށް ކުޅަދާނަވީ މީހާ، ފަހެ އެފަދައިން ޢަމަލު ކުރާށެވެ. އެމީހަކާއި ސުވަރުގެއާ ދެމެދު (ސުވަރުގައަށް ނުވަދެވި ހިފެހެއްޓި ހުރުމަށް) އަތްގޮށްޓެއްގެ މިންވަރުގެ ލޭ ކޮޅެއް (ނުޙައްޤުން އޮހޮރާލައިފައި ވުމުން) އެފަދައިން ނޭދޭ މީހާ، އެކަން ކުރުން ހުއްޓެވެ." الحافظ في الفتح (13/130) ގައި ވިދާޅުވެފައިވެ އެވެ. "الطبراني ގައި، جندب ގެ ފަރާތުން الحسن ގެ ފަރާތުން إسماعيل بن مسلم ގެ ފަރާތުން މި ރިވާޔަތް އުފުލިފައިވެ އެވެ. އޭގައިވާ ލަފްޟަކީ "ތިޔަބައިމީހުން ދަންނާނެ އެވެ. ހަމަކަށަވަރުން އަހަރެން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަޑުއެއްސެވީމެވެ. "ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ޙަލާލު ވެގެންނުވާ ގޮތުގައި އަތްގޮށްޓެއްގެ ލޭކޮޅެއްގެ މިންވަރުން އެމީހަކާ ސުވަރުގެއާ ދެމެދު (ސުވަރުގެއަށް ނުވަދެވި) ހިފެހެއްޓިފައި ވުމުގައި ވުމަށް ނަހަދާށެވެ." މިރިވާޔަތް އުފުލިފައިވާ ކަމަށް ޞަރީޙަކޮށް ވާރިދު ނުވި ކަމުގައިވިޔަސް، މިއީ އުފުލުގެންވާ ރިވާތަޔެއްކަމުގެ ޙުކުމް ލިބިދޭނެ އެވެ. ސަބަބަކީ މިއީ އެމީހެއްގެ ރައުޔަކުން ބުނާނެ ވާހަކަތަކެއް ނޫނެވެ. އަދި މިއީ، މުސްލިމަކު ޙައްޤަކާ ނުލައި ޤަތުލުކުރުމުން ލިބޭނެ ނުހަނު ބޮޑު ގަދަވެގެންވާ ވަޢީދުގެ ބަސްފުޅެކެވެ.


އަދި މިޙަދީޘް ތަކާއި، އެހެނިހެން އަޘަރުތަކަކީ، އަހަރެން (ލިޔެފައިވާ) ރިސާލަތް ((بأي عقل ودين يكون التفجير والتدمير جهادا؟! ويحكم أفيقوا يا شباب)) ގައި ވާރިދުވެގެންވާނެ އެވެ. (އަދި އެ ފޮތުގައި) ނުހަނު ގިނަ އާޔަތްތަކާއި، ޙަދީޘްތައް އަދި ނުހަނު ގިނަ އަޘަރުތަކެއް އިންސާނާ އޭނާގެ އަމިއްލަ ނަފްސު ޤަތުލުކޮށްލުމާއި އަދި އެނާ އެހެނިހެން އިންސާނުން ޙައްޤަކާއި ނުލައި ޤަތުލުކުރުން ޙަރާމްވެގެންވާކަން ބަޔާންކޮށް ލިޔެފައިވާނެ އެވެ. މި ރިސާލަތް (ފޮތް) ވަކި ފޮތެއްގެ ސިފައިގައި ހިޖުރައިން 1424هـ އަހަރުގައި ޗާޕްކޮށްފައިވާނެ އެވެ. އަދި ހިޖުރައިން 1428هـ އަހަރުގައި އެހެން ރިސާލަތަކާއި އެކުގައި، އޭގެ ނަމަކީ ((بذل النصح والتذكير لبقايا المفتونين بالتكفير والتفجير، ޗާޕް ކޮށްފައިވާނެ އެވެ. އަދި މި ރިސާލަތް އަހަރެންގެ ފޮތްތައް ޖަމަޢަކޮށް ޗާޕް ކުރެވުނު ފަހަރުގައި އެފޮތްތަކާއި އެކުގައި ޗާޕްކުރެވިފައިވާނެއެވެ.

މި ބައިގަނޑު ގޮވާލާ ގޮވާލުމަށް ގުޅިފައިވާ (މި ބައިގަނޑަށް ވަދެފައިވާ) ޒުވާނުންނަށް އޮތީ އެބައިމީހުން އަނބުރާ އަލުން ޙައްޤުމަގަށް ރުޖޫޢަވުމެވެ. އަދި އެބައިގަނޑާ ގުޅިގެން އެހެން މީސްތަކުން ކާފަރު ކުރަމުން ނުދިއުމެވެ. ފަހެ، އެހިނދުގައި އެބައިމީހުން އެހިނދުގައި (އެބައިމީހުންނަށް) އޮޅުވާލައިފައިވާ ހިތާމަވެރި ހަލާކުކުރަނިވި ޙަޔާތަކަށް ނުކުތުމެވެ. ނުވަތަ މީސްތަކުން ވަޅިން ކަތިލުމުގެ މައިދާނަކަށް ނިކުތުމެވެ. ފަހެ، މި ބައިގަނޑުގެ ފާޅުކަން ބޮޑުވެގެންވާ ސިފައަކީ މި އެވެ.


އަދި، އެބައިމީހުންނަށް ލާޒިމްވެގެންވަނީ، އަމްނުއަމާންކަމުގައި އެބައިމީހުން އުޅެފައިވާ އަދި އެބައިމީހުންގެ މައިން ބަފައިން އުޅެފައިވާ އަދި އެބައިމީހުންގެ ކާބަފައިން އުޅެފައިވާ ސަޢުދީ ދަލުތަކަށް ކިޔަމަންގަނެ އަޑުއެހުމެވެ. ފަހެ، ޙަޤްގުބަސް ކަމުގައިވަނީ، މި ޢާލަމުގައިވާ ދައުލަތްތަކުގެ ތެރޭގައި ސަޢުދީ ދައުލަތަކީ އެދައުލަތުގެ ބަލިކަމާއި ހުރި ނޭދެވޭ ކަންތައްތަކާ އެކުގައި އެންމެނަށް މިޘާލެއްކަމުގައިވާ އަދި އެންމެ ހެޔޮ ދައުލަތް ކަމުގައިވާ ދައުލަތެވެ. އެދައުލަތުގައިވާ ނޭދެވޭ ކަންތައްތައް އައިސްފައިވާ އެންމެ ބޮޑު ސަބަބެއް ކަމުގައިވަނީ، ހުޅަގުގެ (އަވައިގައި ޖެހިފައިވާ) އަހުލުވެރިންގެ ފިތުނަވެރިމަކުގެ ސަބަބުންނެވެ. އެކަންތައްތަކުން ގެއްލުން ހުރި އެންމެހައި ކަންތައްތަކުގައި އެއަށް ތަޤްލީދު ކުރުމަށް މިޤައުމުގައި އެބައިމީހުން ގޮވަމުންދެ އެވެ.

وأسأل الله عز وجل أن يصلح أحوال المسلمين في كل مكان، وأن يهدي شبابهم من البنين والبنات إلى كل خير،وأن يحفظ بلاد الحرمين حكومة وشعبا من كل سوء، وأن يوفقها لكل خير، وأن يقيها شر الأشرار وكيد الفجار، إنه سميع مجيب، وصلى الله وسلم على نبينا محمد وعلى آله وصحبه.

****

ޝެއިޚްގެ ނަޞޭޙަތް ނަގާފައިވަނީ : http://goo.gl/rRhegD

الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله

ސުވާލު : އަހަރެމެންގެ ތެރޭގައި ޙަމާސް (ޖޯޝާއި ފޯރި އަރައިގެން) އުޅޭ ޒުވާނުންތަކެއް ސީރީއާއަށް ޖިހާދަށް ގޮއްސި އެވެ. އެބައިމީހުން އެތަނަށް ގޮސް ގުޅިފައިވަނީ، އެތަނުގައިވާ ޖަމާޢަތެއް ކަމުގައި ދައުލަތުލް އިސްލާމިއްޔާ (ދާޢިޝް ISIS) ކިޔުނު ޖަމާޢަތާ އެވެ. އެބައިމީހުން ބުނެފައިވަނީ އެބައިމީހުންނަށް ނިޞްބަތްކޮށް ބަޔާންކޮށްފައިވާ، ޤަތުލުއާންމު، ޓެރެރިޒަމް އަކީ ޞައްޙަ ވާހަކަތަކެއް ނޫން ކަމުގަ އެވެ.


މި ޖަމާޢަތާއި މެދުގައި ޞައްޙަ ބަސްފުޅަކީ ކޮބައިތޯ އެވެ؟ بارك الله فيكم


ޖަވާބު : "ޞައްޙަ ޤައުލަކީ : އެ ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، އަހަރެންގެ ބޮޑުދައިތަގެ މާމަ ދަރިއެއް އޭނާއަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ދަޢުވާކޮށް އެބައިމީހުން ޤަތުލުކުރި އެވެ. ސަބަބަކީ އޭނާވަނީ މިބައިމީހުންނާއި އިދިކޮޅު އަނެއް ބައިގަ އެވެ. މި ބައިމީހުންނާއި ދެކޮޅު ޖަބްހާގަ އެވެ. މި ދެބައި ގަނޑަކީވެސް ކުށްކޮށްފައިވާ ދެ ބައިގަނޑެވެ. އެއީ ނުޞްރާގެ ބައިގަނޑު ނުވަތަ ދާޢިޝް އޭ ކިޔުނު ބައިގަނޑު ކަމުގައިވިޔަސް އެވެ. އެހެނަސް (ދާޢިޝް ISIS) ނުބައިކަން އަނެއްބައި މީހުންނަށް ވުރެން ބޮޑެވެ. ދެބައިގަނޑަކީވެސް ނުބައިކަމުގައިވާ ބަ އެކެވެ. ދެބައިމީހުންވެސް ގާތްތިމާގެ ގުޅުމަކަށްވެސް އަދި ޢަހުދަކަށްވެސް ނުބަލާ، ރައްކާތެރިއެއް ނުވާނެ އެވެ.


މީގެ ދެ ދުވަސް ނުވަތަ ތިން ދުވަސްކުރިން އެބައިމީހުން ޢިޢުލާންކުރި ޚަލީފާ އިން މިމީހުންގެ ނުބައި މުޑުދާރުކަމަށް ފުދެއެވެ. މި ޚަލީފާއަށް ބައިޢަތު ހިފުމަށް އެބައިމީހުން ގޮވާލި ގޮވާލުމެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެއީ މުސްލިމުންގެ ޚަލީފާ އެވެ. މިބައިމީހުން ފަށައިފައިވާ ގޮތަކީ، އަހަރެމެންގެ ޒުވާނުންގެ ތެރެއިން އެބައިމީހުންނާ ގުޅިއްޖެ މީހެއްކަމުގައިވާނަމަ، (އެންމެ ފުރަތަމަ ކުރާ ކަމަކީ) އެބައިމީހުންގެ ކަރުގައި އެޅިފައިވާ ބައިޢަތް އުވާލުމެވެ. ތިޔަބައިމީހުންނަށް ބައިޢަތް އުވާލުމުގެ ނުބައިކަން އެނގިފައިވާނެ އެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކަރުގައި ބައިޢަތެއް އެޅިފައިވެ އެވެ. މިޤައުމުގެ ވަލިއްޔުލް އަމްރުގެ ބައިޢަތް ތިޔަބައިމީހުންގެ ކަރުގައިވެސް ބައިޢަތެއް ގޮތުގައި އެޅިފައިވާނެ އެވެ. ފަހެ މިބައިޢަތް ދޫކޮށްލުމަކީ، ޚިޔާނާތެކެވެ. ޣައްދާރު ވުމެކެވެ. ޣައްދާރުވީ މީހާގެ މައްޗަށް (ޤިޔާމަތް ދުވަހުގައި) ދިދައެއް ނެގިފައިވާނެ އެވެ. އޭގައިވާނެ އެވެ. މިއީ މިވަނިމީހަކަށް ޣައްދާރުވެފައިވާ މީހެކެވެ. ބައިޢަތް ދޫކޮށްލައިފި މީހާވަނީ ނުރައްކަލެއްގެ ތެރޭގައި އެވެ. ފަހެ، އޭނާ ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގަ އެވެ.


މުސްލިމްވެރިޔާގެ ޖަމާޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެ، އެގޮތުގައި ހުރެ މަރުވެއްޖެމީހާ މަރުވެގެންދާނީ، ޖާހިލިއްޔަ މަރެއްގަ އެވެ. ވެރިޔާގެ ކިޔަމަންގަތުމުން ބޭރުވެ، މުސްލިމުންގެ ޖަމާޢަތާ ވަކިވެ، އޭނާ ޤިޔާމަތް ދުވަހުގައި ﷲ އާއި ބައްދަލުކުރާނީ އެއްވެސް ޙުއްޖަތެއްނެތް ޙާލުގަ އެވެ. ފަހެ، މިބައިމީހުންނަކީ ޢަހުދުތައް ދޫކޮށްލާފައިވާ ބައެކެވެ. މިބައިމީހުންނަކީ ޢަޙުދުތައް އެއްލާލާފައިވާ ބައެކެވެ. މިބައިމީހުންނަކީ، ޙައްޤާއި ދުރުވާނޭހައި އެންމެހައި ގޮތްތަކުން ޙައްޤާއި ދުރުވެފައިވާ ބައެކެވެ. (މިބައިމީހުން) ޢިލްމުވެރިން ކާފަރު ކުރެ އެވެ. އެބައިމީހުން އަހަރެމެންގެ ވަލިއްޔުލް އަމްރު ކާފަރު ކުރެ އެވެ. އެބައިމީހުންނަށް މީސްތަކުން ކާފަރު ކުރުން (ތަކްފީރު) ކުރުން ނޫން އެހެން ކަމެއް ނެތެވެ. އެބައިމީހުން ޢަޤީދާގައި ޤަބޫލުކުރާ ގޮތަކީމި އެވެ. އެބައިމީހުން ދީނުގެ ގޮތުގައި ދަންނަ އެއްޗަކީ މި އެވެ.


ތަންތަނުގައި ފޮރުވިގަނެގެން ތިބި، ތަންދޮރު ފިލައިފައިނުވާ މޮޔަ ބަޔަކު ދޭ ފަތުވާ ތަކުގައި ޖެހި މިބައިމީހުން ވަނީ އެފަތުވާތަކުގެ މައްޗަށް ގެނބިގެން ގޮސްފަ އެވެ. (އެފަތުވާދޭ މީހުން ދެ ބަޔަކަށް ބެހިގެންދެ އެވެ.) ފަތުވާ ދޭ މީހުން އެފަތުވާދެނީ އެބައިމީހުންނާއި އެކުގައިވެ ތިބެ އެވެ. އެބައިމީހުންނަށް ތިބި ޝެއިޚުން ކަމަށް ވި އެވެ. އަދި އެ ފަތުވާ ދޭމީހުންނަށް އެބައިމީހުންވަނީ ބަރޯސާވެގެންނެވެ. އަދި އެބައިމީހުން ﷲ ގެ ޙުކުމަކަށް ރުޖޫޢައެއް ނުވެ އެވެ. އަދި ރައްބާނީ ޢިލްމުވެރިންނަށް ރުޖޫޢައެއް ނުވެ އެވެ. މިބައިމީހުން ވެގެންދިޔައީ އެބައިމީހުންފަދަ އިންނެވެ.


އަދި ފަތުވާދޭ "ޤަޢަދަ" އިންތަކެއް ވެ އެވެ. އެބައިމީހުން ފަތުވާ ދޭއިރުގައި (ބައެއްފަހަރު) ތިބެނީ އަހަރެމެންގެ މި ޤައުމުގަ އެވެ. (މިބައިމީހުން) ފަތުވާދެނީ އެ (ދާޢިޝް ISIS) އަށް ހިތްވަރު ދިނުމުގަ އެވެ. އަދި މުސްލިމު ޒުވާނުންތައް އަނދައިގެންދާ މި އަނދަމުންދާ އަލިފާނުގެ ތެރެއަށް ދިއުމަށެވެ. އެއްވެސް އަމާޒެއް ނެތި، ކަނު (ކާކު ނަގަހައްޓާފައިވާ) ދިއައެއް ކަމެއްނޭނގި ތިބެ، އެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރެ އެވެ. ޢަޞަބިއްޔަތަށް ނަގާފައިވާ ދިދައެއްގެ (ދަށުގައި ހަނގުރާމަ) ކުރަމުން ދެ އެވެ. އަދި ޖާހިލިއްޔާ ދިދަތަކެއްގެ ދަށުގަ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. "ގޮތްނޭނގޭ ދިދައެއްގެ ދަށުގައި ހަނގުރާމަކުރާ މީހާ އަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." އެދިދަ ޢަޞަބިއްޔަތަށްޓަކައި ނުވަތަ ޢަޞަބިއްޔަތަށް ދަޢުވަތުދެ އެވެ.


މި ޖުއްހާލުން (ޖާހިލު ކަމުގައި ޙައްދުފަނައަޅައިފައިވާ މީހުން) ނަކީ މޮޔައިންނެވެ. އުމުރުން ޅަ ބައެކެވެ. މޮޅެތި ހުވަފެންތައް ދެކުމުގައިވާ ބައެކެވެ. މިބައިމީހުންގެ ކިބައިން ނަބިއްޔާ صلى الله عليه وسلم ވަނީ (އުއްމަތަަށް) އިންޒާރު ދެއްވާފަ އެވެ. (ޙަދީޘް ކުރެއްވި އެވެ.) "ތިމަން ނަބިއްޔާ އެބައިމީހުންނާއި ބައްދަލުވެއްޖެނަމަ ޢާދުބައިގެ އަހުލުވެރިން ޤަތުލިކޮށް މަރާލެވުނު ފަދައިން ހަނގުރާމަކޮށް ޤަތުލު ކުރާނަމެވެ." އަދިވެސް صلى الله عليه وسلم (ޙަދީޘް ކުރެއްވި އެވެ.) "އެންމެ ހެޔޮވެގެންވާ ހަނގުރާމައެއްކޮށް މީސްތަކުން މަރާލި މީހަކީ އެބައިމީހުންނާ ދެކޮޅަށް ނުކުމެ އެބައިމީހުން މަރާލި މީހެކެވެ." އަދިވެސް صلى الله عليه وسلم (ޙަދީޘް ކުރެއްވި އެވެ.) "މި މީހުންނަކީ އުޑުދަށުގައިވާ އެންމެ ނުބައިވެގެންވާ ގޮތުގައި މަރާލަންޖެހޭ މީހުންނެވެ." އަދި (ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާ) ޚަބަރު ދެއްވި އެވެ. "އެބައިމީހުންނަކީ ނަރަކައިގެ ކިލާބުން (ކުއްތާއިންނެވެ.)" އަދިވެސް (ޙަދީޘް ކުރެއްވި އެވެ.) "އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އެހެނަސް އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އެތެރެއަކަށް އެ ޤުރުއާނެއް ނުދާނެ އެވެ." އަދިވެސް ޙަދީޘް ކުރެއްވި އެވެ. "އެބައިމީހުން ދުނިދަނޑިން ތީރު ނުކުމެގެންދާ ފަދައިން އިސްލާމްދީނުުން ބޭރުވެގެން ދާނެ އެވެ. އެ އިސްލާމް ދީނަށް އަނބުރާ އެބައިމީހުން ވަންނާނީ ތީރު އަނބުރައި އެ ދުނިދަނޑިއަށް އަނބުރާ އައިސްފިނަމަ އެވެ."


އެބައިމީނުންނަށް ބަޔާންކޮށްފައިވާ ނަމަކީ ނަރަކައިގެ ކުއްތާއިންނެވެ. އަދިވެސް (ނަބިއްޔާ صلى الله عليه وسلم) ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ކޮންމެ ޤަރުނެއްގައިވެސް ފާޅުވާނެ އެވެ. ކޮންމެ ޤަރުނެއްގައި އެބައިމީހުން ފާޅުވުމުންވެސް އެބައިމީހުން ނައްތާލެވޭނެ އެވެ. އެންމެފަހުންގޮސް އާޚިރުގައި ދައްޖާލު އެބައިމީހުންގެ ތެރެއަށް ނުކުތުމަށް ދާންދެނެވެ.
އަދިވެސް (ނަބިއްޔާ صلى الله عليه وسلم) ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ނަމާދު ކުރުމުގައި، އެބައިމީހުންގެ ނަމާދާއި އެހެން މީހުންގެ ނަމާދު އަޅައިނުކިޔޭނެ އެވެ. (މާނައަކީ : އެހެން މީހުންގެ ނަމާދަކީ ދެރަ ނިކަމެތި ނަމާދެއްގެ ގޮތުގައި އެބައިމީހުން ހަދާނެ އެވެ.) އަދި ރޯދަވެސް އެބައިމީހުންގެ ރޯދަ އާއި އެހެންމީހުންގެ ރޯދަ އަޅާ ނުކިޔޭނެ އެވެ. އަދި އެހެން އަޅުކަންތައްވެސް އެފަދައިންނެވެ. އަދި އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އަދި އެ ޤުރުއާން އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އަޑިއަށް ނުދާނެ އެވެ.
އަދި މިނޫންވެސް އެހެން ޞިފަތައް ނަބިއްޔާ صلى الله عليه وسلم ބަޔާންކުރެއްވި އެވެ.


މިބައިމީހުންނަކީ علي رضي الله عنه ޤަތުލުކުރި މީހުންނެވެ. މި މީހުންނަކީ عثمان رضي الله عنه ޤަތުލުކުރި މީހުންނެވެ. علي رضي الله عنه އަދި عثمان رضي الله عنه މި މީހުންނުކުމެ ޤަތުލު ކުޅަ އެވެ. ތެދުވެރި، ތެދުބަސް ޙަދީޘް ކުރުމުގައިވާ ޞާޙިބާ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިން، މިބައިމީހުންނަކީ އިސްލާމް ދީނުގެ އަހުލުވެރިންނާ ހަނގުރާމަކޮށް އިސްލާމުން މަރާ ބައެކެވެ. އަދި މިބައިމީހުން ހަނގުރާމަ ނުކޮށް ދޫކޮށްލަނީ ކޮންބައެއް ހެއްޔެވެ؟ ބުދަށް އަޅުކަން ކުރާ މީހުންނެވެ.


މިބައިމީހުންގެ ސަލަފުން (މިބައިމީހުންނަށް މިޘާލުކަމުގައި ވަނީ) عثمان رضي الله عنه މަރާލި މީހުންނެވެ. މި ބައިގަޑުގެ ތެރޭގައިވި މީހާ، عثمان رضي الله عنه ގެ ހަށިގަނޑަށް ހަމަލާދީ، ހަށިގަނޑާއި ބޯ ވަކިކޮށް، އެއަށްފަހުގައި މިކަން ކުރި ލަޢުނަތް ލިބިގެންވި މީހާ ބުނެ އެވެ. "ﷲ ޤަންދީ ބުނަމެވެ. ﷲ އަށްޓަކައި ތިމަންނަ ހޭދަ ކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮވެގެންވާ އެއްވެސް ދުވަހެއް، އަދި ޖިހާދު ކުރުމުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަހެއް ތިމަންނަ ނުދަންނަމެވެ."


އަދި ފަހެ، علي رضي الله عنه ޤަތުލުކުރި މީހާ ޢަބްދުއް ރަޙްމާން ބިން މުލްޖިމް ބުންޏެވެ. "އަހަރެމެން މި ޙަރްބަށް، ނުވަ ބޯ ކަނޑަން ޖެހިފައިވެ އެވެ. އޭގެ ތެރޭގައި (ކަނޑަންޖެހޭ) ތިން ބޮލަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަނޑަންޖެހޭ ތިން ބޮލެވެ......"


އިޚްވާނުންނޭވެ! މިބައިމީހުންގެ ޢަލާމަތް (ސިފަތަކުގެ) ތެރޭގައި މީބައިމީހުންނަކީ ފޮރުވިގެންވާ ބައެކެވެ. (މީސްތަކުންނަށް ފޮރުވިގެންވާ ބައެކެވެ.)


އަހަރެމެންގެ ދީނަކީ ފާޅުކަންބޮޑު ގޮތުގައިވާ ދީނެއް ނުވަތަ ވަންހަނާ ވެގެންވާ ދީނެއް ހެއްޔެވެ؟ ފާޅުވެގެންވާ ދީނެއް ނުވަތަ ސިއްރިޔާތުގައި (ކަންތައްތައް) ކުރާ ދީނެއް ހެއްޔެވެ؟
މި ދީނަކީ، ނުހަނު ފާޅުކަންބޮޑު ގޮތުގައިވާ ދީނެކެވެ. އަހަރެމެންގެ އަތުގައި ވަންހަނާކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ އެވެ.


އެގޮތުން سفيان رحمه الله ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުންނަށް ބަޔަކު ދީނުގެ ކަމެއްގައި އެބައިމީހުން ޢާންމު މީސްތަކުންނާއި ވަކިވެގަނެ، އެވައިމީހުން ސިއްރު ވާހަކަތަކެއް ދައްކާތަން ފެނިއްޖެ ނަމަ، އެބައިމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ދަންނަހުއްޓެވެ."


މީގެ ހަތަރު ދުވަސްކުރިން އަހަރެން މަސްޖިދުއް ނަބަވީގައި، މި ދަޢުވާކުރާ ޚިލާފަތާއި ބެހޭގޮތުން އަދި އެބައިމީހުން އެ ބައިޢަތު ހިފާފައިވާ ދައްޖާލުން، ބޮޑުދޮގުވެރިން ގެ ވާހަކަ ދައްކާފައިވާނެ އެވެ. އެ ބަސްތައް އެންމެހައި ތަންތަނުގައި ފަތުރާލުމަށް އަހަރެން އެދެމެވެ. އެއިން ﷲ ޙަޟުރަތުން އަހަރެމެންނަށް ޘަވާބާއި ދަރުމަ ލިބޭނެކަމަށް އަހަރެމެން އުއްމީދު ކުރަމެވެ. އަދި ހަމަ އެފަދައިން މި ޖަވާބުވެސް، މީސްތަކުންގެ ތެރޭގައި ފެތުރުމަށް ބޭނުންވާ މީހަކު ފެތުރުމަށް އަހަރެން އިޒުނަ ދެމެވެ.
އަޑުއައްސެވުމަށް : http://goo.gl/5iWX78
***

އައިއެސްއައިއެސް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްކަމަށް ބުނުމުގެ ޙުކުމް - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله | 07 ޖެނުއަރީ 2016

ISIS އަކީ ޚަވާރިޖު ޢަމަލުތަކުގެ އަހުލުވެރިން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 23 މާރޗް 2015

ދާޢިޝް (ISIS) ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަހަރުމެން ޢަމަލުކުރަންވީ ކިހިނެއް؟ - الشيخ محمد بن هَادِي المَدْخَلِي -حفظه الله- | 22 ފެބުރުއަރީ 2015

އައިއެސް އަކީ މިހާރު ދުނިޔޭގައިވާ ޚަވާރިޖުން - الشَّيْخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حَفِظَه الله | 05 ފެބުރުއަރީ 2015

އައިއެސް އަކީ އިސްލާމް ދަޢުލަތެއް ނޫން، އެއީ "ދާޢިޝިއްޔާ-ޚަވާރިޖު" ދަޢުލަތެއް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله | 05 ފެބުރުއަރީ 2015

އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެއް - الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله | 05 ފެބުރުއަރީ 2015

ކާފިރު އަސީރުން އަލިފާނުން އަންދާލުން ޙަރާމްވެގެންވާއިރު ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟ - الشيخ عبد القادر بن محمد الجنيد حَفِظَه الله | 04 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...