ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله

ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށި އެވެ. ސުވާލު ކުރާމީހާ ބުނެ އެވެ. މީހަކު ނަމާދުކުރަނިކޮށް ޙަދަޘަވެރިވީ އެވެ. އެހެނަސް މީހުން އޭނާއަށް ބަލާނެ ކަމުގެ މައްޗަށް ބިރުހީވެ، ލަދުން އޭނާ ނަމާދުން ނުނިކުމެ އެވެ. މިފަދަ މީހާއަކީ މުރުތައްދުވެދާނެ ކަމުގެ ބިރުއޮތް މީހެއް ކަމުގައި ބުނުމަކީ ޞައްޙަ ބަސްފުޅެއް ހެއްޔެވެ؟
ޖަވާބު: "އާނއެކެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެކަމުގެ ސަބަބުން އޭނާ މުރުތައްދުވާނެ ކަމެވެ. ސަބަބަކީ އޭނާވަނީ ވުޟޫނެތި ނަމާދު ކުރުން ހުއްދަ ކޮށްފަ އެވެ. އޭނާ ﷲ އަށް ބިރުވެތި ނުވެ ބިރުވެތިވީ މީސްތަކުންނަށެވެ. މިއީ އޭނާއަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. الحمد لله ނަމާދުން ނުކުންނާނީ އެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/70e3fi