އިމާމް މުޤްބިލްގެ ދަރިވަރު އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި | 10 އޮކްޓޯބަރ 2017

ޔަމަނުގެ މަޝްހޫރު ސުންނީ ސަލަފީ ޝެއިޚެއް ކަމުގައިވާ އައް-ޝެއިޚް ޔާސީން އަލް-ޢަދަނީ رحمه الله އަވަހާރަކޮށްލައިފި އެވެ. ޝެއިޚް އަވަހާރަކޮށްލާފައި ވަނީ ޝެއިޚްގެ ކާރުކޮޅުގައި ބޮމެއް ހަރުކޮށްގެނެވެ. ބޮން ގޮވުމުގެ އިރުކޮޅެއް ކުރިން ކާރުން ފޭބި ޝެއިޚްގެ 12 އަހަރުގެ ދަރިފުޅުވަނީ ޒަޚަމްވެ ފުރާނަ ސަލާމަތް ވެފައެވެ. މި ހާދިސާ ހިގައިދިޔުމަށްފަހު، ޔަމަނުގެ ސަލާމަތީ ބާރުތަކުންވަނީ ޔަމަނުގެ އިޚްވާނުލް މުސްލިމީން "އިޞްލާޙު" ޕާޓީގެ 10 މެންބަރުން ހައްޔަރު ކޮށްފަ އެވެ.
الشيخ الفاضل أبي العباس ياسين بن علي الحوشبي العدني (رحمه الله) އަކީ الإِمَام العَلامة مقْبِل بن هَادي الوادِعِي رحمه الله ގެ އިސް ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. ޝެއިޚް އަކީ އިމާމް މުޤްބިލްގެ ޒަމާނުގައި ދަންމާޖުގެ "ދާރުލް ހަދީޘް" ޔުނިވާސިޓީގައި އަޤީދާ ކިޔަވައި ދެއްވި މުދައްރިސެކެވެ. އަދި އަޤީދާގެ މަތުނުތައް ތަޙްޤީޤު ކުރެއްވި މުހައްޤިގެކެވެ.
ޝެއިޚް ޔާސީން އަަވަހާރަކޮށްލުމުން ޝެއިޚް ޢަރަފާތުގެ ބަސްފުޅު
الشَّيخ عَرفَات بن حسن المُحمدي حفظه الله ވިދާޅުވެފައި ވެއެވެ. "ﷲ سبحانه وتعالى ޝެއިޚް ޔާސީން އަލް-ޢަދަނީ އަށް ފާފަ ފުއްސަަވައި ރަޙްމަތް ލައްވާނދޭވެ. އެބޭފުޅާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށްދެއްވާށެވެ. ހަމަކަށަވަރުން ފާޖިރުން (ޔަމަނުގެ ޝީޢީން، ރާފިޟީން، ޙޫޘީން، އިޚްވާނީން) އެބޭފުޅާ ޤަތުލުކުރީ ގޮވާ ހަތިޔާރު ބޭނުންކޮށްގެން ނެވެ. އެބޭފުޅާގެ މުޅި ހަށިގަނޑުވަނީ އެކުއެކީގައި އަދާފަ އެވެ. سبحان الله... މިއަދު (20 މުޙައްރަމް 1439 - 10 އޮކްޓޯބަރ 2017) ހެނދުނު އަހަރެންނާ ގުޅުއްވި އެވެ. އަދި ހަވީރު އެބޭފުޅާގެ ރޫޙޫ ހަށިކޮޅާ ވަކިވީ އެވެ. الشيخ ياسين އަހަރެންމަށް ފޮނުވި މެސެޖަކީ މިއެވެ. "ޝެއިޚް ޢަރަފާތް އެވެ. އަހަރެން މިހާރު މަސައްކަތް މިކުރަނީ "التنبيهات السنية على العقيدة الواسطية" للشيخ ابن رشيد (رحمه الله) ފޮތް ތަހުޤީޤު ކުރުމުގަ އެވެ. މިހާރު ފޮތް ނިމެން އޮތީ ފޮތުގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ ކުޑަ މިންވަރެކެވެ. ﷲ އަށް ޙަމްދު ކުރަމެވެ. ފޮތުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް ﷲ އަހަރެންނަށް ވާގި ދެއްވާނދޭވެ."
ސުންނަތުގައި ޘާބިތުވެ ދެމިހުރެ ދުނިޔެ ދޫކުރުމުގެ މާތްކަމާއި މަތިވެރިކަން
معتمر بن سليمان حمه الله ވިދާޅުވެފައިވެ އެވެ. "އަހަރެންގެ ބައްޕާފުޅުގެ އަރިއަހަށް ވަނީމެވެ. އެހިނދު އަހަރެންވަނީ ވަރަށްވެސް މާޔޫސްވެފައިވާ ޙާލުގަ އެވެ. ބައްޕާފުޅު ވިދާޅުވި އެވެ. ކިހިނެތްވީ ހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އަހަރެންގެ ރަޙްމަތްތެރިއަކު ދުނިޔެ ދޫކޮށްފި އެވެ. ބައްޕާފުޅު ވިދާޅުވި އެވެ. މަރުވެދިޔައީ ސުންނަތުގެ މަތީގައިހުރެ ހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އާނއެކެވެ. ބައްޕާފުޅު ވިދާޅުވި އެވެ. އެ ގޮތުގައި ދުނިޔެ ދޫކޮށްފި ހިނދުގައި ތިބާ ބިރުނުގަންނަހުއްޓެވެ." شرح الاعتقاد للالكائي (٦١)
ޝެއިޚް ތަހްޤީޤުކުރެއްވި ބައެއް ފޮތްތައް
ޝެއިޚް ޤަތުލުކޮށްފައިވަނީ ސުންނަތުގެ ދިފާޢުގައި ބަސްތައް ބަޔާންކޮށް ފިރުޤަތަކުގެ ހަޤީޤަތް ކަޝްފުކުރުމުން
އުސްތާޛް އަބޫ ޙުނައިން އަޙުމަދު ތަވްފީޤު حفظه الله ވިދާޅުވެފައި ވެއެވެ. "ބައެއް ޤައުމުގައި ފިރުޤަތަކުގެ ނުބައިކަމުން ސަލަފީ ޝެއިޚުންގެ ފުރާނަ ގެއްލޭއިރު އަހަރެމެން ނިޢުމަތްތަކުގައި ޣާފިލުވެފައެވެ. ޝެއިޚް ޔާސީން އަލް-ޢަދަނީ އަށް މާތް ﷲ ރަޙްމަތް ލައްވާށި އެވެ."