އާހަރު ފާހަކުރުމާއި ތަޙުނިޔާ ކިޔުމަކީ ޙަރާމް ކަމެއް - هيئة كبار العلماء السعودية (ސަޢުދި ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިން)

اللجنة الدائمة للبحوث العلمية والإفتاء في المملكة العربية السعودية
އާ އަހަރު އައުމުން، ޢީދު މީލާދު އައުމުން ތަޙުނިޔާ ކިޔުމުގެ ޙުކުމް
ސުވާލު: މީލާދީ އާ އަހަރުގައި ޣައިރު މުސްލިމުންނަށް ތަހުނިޔާ ކިޔުމާއި، ހިޖުރީ އާ އަހަރު އައުމުން ތަހުނިޔާ ކިޔުމާއި އަދި ނަބިއްޔާ ﷺ ގެ ޢީދު މީލާދު އައުމުން ތަހުނިޔާ ކިޔުމަކީ ހުއްދަވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު: ތިއިން އެއްވެސް މުނާސަބަތެއްގައި ތަހުނިޔާކިޔުން ހުއްދަ ނުވާނެ އެވެ. ސަބަބަކީ، އެއްވެސް ގޮތަކަށް ތިއިން ދުވަހެއް ފާހަގަ ކުރުމަކީ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ.
******
ފަތުވާ ނަންބަރ 20795