ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله

الإمام العلامة الشيخ صالح الفوزان حفظه الله
ސުވާލު: ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ، ޝައްވާލުމަހުގެ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާތޯ އެވެ؟
ޖަވާބު: އޭނާއަށް އޮތީ ޤަޟާ ކުރަންޖެހިފައިވާ ރޯދަ ހިފުމަށް އަވަސްވެ ގަތުމެވެ. އެއަށްފަހު ކުޅަދާނަ ވެގެންވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގައި ދެމިހުންނާނީ އެވެ. ޔަޢުނީ : ޝައްވާލުމަސް ދެމިއޮތްހާ ހިނދެއްގައި، ޝައްވާލު މަހުގެ 6 ރޯދަ ހިފުމަށް ޝަރުޢުވެގެންވެ އެވެ. އެއީ އެމައްސަރުގެ ފުރަތަމަ ކޮޅުގައި ހިފިކަމުގައިވިޔަސް ނުވަތަ އެ މައްސަރުގެ ފަހުކޮޅުގައި ހިފި ކަމުގައި ވިޔަސް އެވެ. ފަހެ، ޤަޟާ ރޯދަތައް ހިފުމަށް އަވަސްވެ ގަންނާށެވެ. ދެން އެއަށްފަހު ޝައްވާލުމަހުގެ 6 ރޯދަ ހިފާށެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/5sX8lR