ސަލަފީންގެ މައްޗަށް ޙިޒްބީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން - الشيخ العلامة أحمد بن يحيى النجمي رحمه الله

މަކްތަބާ ސަލަފިއްޔާއަށް ނިޞްބަތްވާ ސަލަފީ އުސްތާޛުންނާއި ސަލަފީ މަރުކަޒުތަކާއި "ސަލަފިއްޔަތަށް" ނިޞްބަތްވާ އިޚްވާނުންނަކީ "ޙިޒްބީން" ކަމުގައި ފާޅުގައި އިޚްވާނީ ޙިޒްބީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޕާޓީތަކުގެ އަހުލުވެރިން ދަނީ ޙީލަތްތެރިކަމާއެކު ފާޅުކުރަމުންނެވެ. އުޞޫލީ ޢިލްމުވެރިން ވިދާޅުވެފައި ވާފަދައިން العبرة بالحقائق والمعاني، لا بالإلفاظ والمباني "މުހިންމީ ޙަޤީޤަތާ މާނައެވެ. ނަންތަކާ ބިނާ ތަކެއް ނޫނެވެ." ދެވިފައިވާ ނަމަކާއި ޙަޤީޤަތާ ފުށުއަރާ ކަމުގައިވާނަމަ ބަލަން ޖެހޭނީ އެ ނަމުގެ ޙަޤީޤަތާ އެއިން ދޭހަވާ މާނައަށެވެ. ނަންތަކުގެ ބޭރުފުށުގައި ފޮރުވިގެންތިބެ އެތެރެފުށް އެ ނަންތަކާއި ޚިލާފުވެގެންވި ހިނދުގައި ދެވިފައިވާ ނަމެއްގެ އެއްވެސް ފާއިދާއެއް ނެތެވެ. ޢިލްމުވެރިންވަނީ ރިވެތި ނަންތަކުގެ ފަހަތުގައި ފޮރުވިތިބެ ބާޠިލް ފެތުރުމުގެ މައްޗަށް އިންކާރު ކޮށްފައެވެ. މިއަދު މިއީ އިޚްވާނުލް މުސްލިމީން އާއި ހައްދާދިޔާއިންގެ ފިރުޤާގެ އަލުވެރިން "ސަލަފިއްޔަތަށް" "ސަލަފުންނަށް" ނިޞްބަތްވާ ޒަމާނެކެވެ. (1) އިޚްވާނުލް މުސްލިމީންގެ ފިކުރީ އޮއިވަރުގައި ޖެހިފައިވާ ބަޔަކުވަނީ "ސަލަފް ސަލަފީ" ނަމުގައި ސިޔާސީ ޕާޓީތައް (ޙިޒްބުތައް) ހަދާފައެވެ. އޭގެ މިސާލަކަށް މިސްރުގެ "ސަލަފީ ނޫރު ޕާޓީ" ނަމުގައި ހަދާފައިވާ ޙިޒްބެވެ. ފުރަތަމަ ބަޔަކީ ސަލަފީ މަންޙަޖުގެ މައްޗަށް ފަރުވާކުޑަކޮށް ތަމްޢީޔުކޮށް ޖަމަޢަވެގެން ޙިޒްބު ހެދި ބައެކެވެ. އެބައިމީހުން އެންމެހާ މަންޙަޖުތަކުގެ އަހުލުވެރިން ޖަމަޢަކުރެއެވެ. (2) ދެވަނަ ބަޔަކީ ސަލަފީ މަންޙަޖުގައި ހިފުމުގެ ނަމުގައި ހައްދު ފަހަނައަޅައި ދިޔަ ޙައްދާދިއްޔާއިންގެ ފިރުޤާއެވެ. އެއީ މީސްތަކުން ބިދުޢަވެރިކޮށް މަންޙަޖުން ބޭރު ކުރުމުގައި ހައްދު ފަހަނައަޅައި ދިޔަ ބައެކެވެ. ޙައްދާދީންވެސް އަމިއްލަ ނަފްސަށް ނިޞްބަތްކުރީ "ސަލަފީ" "ސަލަފް" މި ނަން ނަމެވެ. އެހިނދު ޢިލްމުވެރިން "ސަލަފީ" މި ނަން ބޭރުފުށުން ދައްކައި ޙައްދާދީ (މީސްތަކުން ބިދުޢަވެރިކޮށް ޖަރަޙަކުރުމުގައި ހައްދުފަހަނައަޅައިދިޔަ) މަންޙަޖުގެ އިޚްތިޔާރު ކުރި އަހުލުވެރިންނަށް ރައްދު ދެއްވިއެވެ. އޭގެ ތެރެއިން އިމާމް އިބްނު އުޘައިމީން، އިމާން އިބްނު ބާޒް، އިމާމް އަލް-ބާނީ އަދި ޝެއިޚް ރަބީޢް ފަދަ ޢިލްމުވެރިން ހިމެނިވަޑައިގަތެވެ. މިއަދު އިޚްވާނުލް މުސްލިމީންގެ ގެ ފިކުރުގައި ޖެހިފައިވާ ޙިޒްބީ ޖަމްޢިޔާ ޖަމާޢަތްތަކުގެ އަޙުލުވެރިންވަނީ ޝެއިޚް އުޘައިމީން ޙައްދާދީ ފިރުޤާގެ (ސަލަފީ ނަން ކިޔައި ނަންދީ ހަދާފައިވާ) ޙިޒްބުގެ މައްޗަށް އިންޒާރުދީ ބަޔާންކޮށްފައިވާ ބަސްތައް ނަގައި ހަޤީޤީ ޞަލަފުއް ޞާލިހުންގެ މަންޙަޖުގެ މަތީގައިވި "ސަލަފީ" އަޚުންނަށް މި ބަސްތައް ނިޞްބަތްކޮށް ސުންނަތުން މަންޙަޖުން ބޭރުކޮށް ޙައްދާދީ މަންޙަޖު އިޚްތިޔާރުކޮށްފައެވެ.
الامام محدث اليمن مقبل بن هادي الوادعي رحمه الله ވިދާޅުވެފައިވެއެވެ. "ޙިޒްބިއްޔަތުގެ ރުކުންތައް 3 ކެވެ. އޮޅުވާލުން، މަކަރުހެދުން، ދޮގުހެދުން" رحلات دعوية للشيخ مقبل بن هادي الوادعي ومقتطفات من أقواله وفتاويه ص 110 ـ 117
الشيخ العلامة أحمد بن يحيى النجمي رحمه الله އާއި ސުވާލު ކުރެވުނެވެ.
ސުވާލު: މިހާރު ސަލަފީ މަންހަޖުގެ އަހުލުވެރިންނާއި މެދުގައި ޙިޒްބީން ފަރުތަމުން ގެންދާ ދޮގުބަސްތަކުގެ ކަންތަކާއި މެދުގައި ޝެއިޚް ކުރުގޮތަކަށް ބަސްފުޅެއް ވިދާޅުވުމަށް އެދެމެވެ. އެކަމަކީ، ސަލަފީންނަކީ މުސްލިމުން ބައިބައި ކުރުމުގައި ދެމިތިބޭ ބައެކޭ ބުނުމެވެ. މުސްލިމުންގެ ތެރެއަށް އުފެދިފައިވާ ބައެއް އިސްލާމީ ޖަމާޢަތްތަކާއި އަދި އެބައި މީހުންގެ ޚިޔާލުތަށް ނަބިއްޔުންނާއި ރަސޫލުންގެ މަންހަޖާއި ޚިލާފުވެ، ޙައްޤު ގޮތުގައިވާ މި އުއްމަތުގެ ސަލަފުންގެ ޢަޤީދާއާއި ދެކޮޅުވެ ތިބި ބައެއްކަން ބަޔާންކުރުމެވެ. އަދި ފުރިހަމަ ވެގެންވާ ދަޢުވަތް ކަމުގައިވާ ޤުރުއާނާއި ސުންނަތަށް ފުރިހަމައަށް ޤާއިމްނުވާ ދަޢުވަތް ކަމުގައި ބުނުމެވެ.
ޝެއިޚްއެވެ. މި މަގުފުރެދިފައިވާ މީހުން ގެނެސްފައިވާ މި ޝުބުހާތަށް ރައްދެއް ދިނުމަށް އެދެމެވެ.
ޖަވާބުގައި الشيخ العلامة أحمد بن يحيى النجمي رحمه الله ވިދާޅުވިއެވެ.
"ސަލަފުއް ޞާލިޙްގެ މަންހަޖަކީ (ސަލަފީ މަންޙަޖަކީ) އެއްވެސް ކިލަނބު ކަމެއްނުވާ ގޮތުގައި އަދި ފާޅުކޮށް ބަޔާންވެގެންވާ ޙައްޤު މަންހަޖެވެ. އެ މަންހަޖުގައި އެއްވެސް ބަލިކަމެއް އަދި އެއްވެސް އޮޅުމެއް ނުވެއެވެ. އެއްމެހައި މީސްތަކުންނަށް އެއީ ފާޅުވެގެންވާ މަންހަޖެވެ. ސަލަފުއް ޞާލިޙުންގެ މަންހަޖަކީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތަށް ސަލަފުއް ޞާލިޙުންގެ ތެރޭގައިވާ ޞަޙާބީންނާއި، ތާބިޢީން އަދި އަހުލުއް ސުންނަތް ވަލް ޖަމާޢަތުގެ އިމާމުންނަށް ފަހުމްވި ގޮތަށް ބަޔާންކުރާ ދަޢުވަތެކެވެ. ނަބިއްޔާ ﷺ ގެ ދަޢުވަތް ވާރުތަވެ އައިސްފައިވާ ގޮތަށް އެބައިމީހުން މި ދަޢުވަތް ޤާއިމް ކުރިއެވެ. ނަބިއްޔާ ﷺ ގެ ޞަޙާބީން މި އުއްމަތުގެ ނަބިއްޔާ ﷺ މި ދީން ދޫކުރެއްވި ގޮތަށް އެބައި މީހުން ދަޢުވަތް ދިނެވެ. ސަލަފީން ދަޢުވަތްދޭ މަންހަޖަކީ މިއެވެ.
ސަލަފީންނަކީ ބައިބައި ކުރުމަށް އައިސްފައިވާ ބައެއްކަމުގައި އަދި ސަލަފީންނަކީ އުއްމަތް އެކަތި ގަނޑެއްގައި ވަނިކޮށް ޚިލާފްތަށް ގެނައި ބައެއްގެ ގޮތުގައި ދެކޭ މީހާ ފަހެ ބޮޑު ދޮގެއް ބުނެފިއެވެ. ޤިޔާމަތް ދުވަހުން އެކަލާނގެ އޭނައާއި މެދުގައި ސުވާލު ކުރައްވާނެ ބޮޑު ބުހުތާނެއް ގެނެސްފިއެވެ. ﷲ ޤަންދީ ބުނަމެވެ. މުސްލިމް ބައިބައި ކުރުވިބަޔަކީ ޙިޒްބީންނެވެ. އެބައި މީހުންނަކީ އުއްމަތަށް ބިދުޢަތަށް ގެނައި މީހުންނެވެ. މުސްލިމުން ބައިބައި ވެގެން ދިއުމުގެ އެއްމެހައި ސަބަބުތަކެއްގެ އަހުލުވެރިންނަކީ ޙިޒްބީންނެވެ.
އެހެނަސް، ފޮތްތަކުގައި ލިޔެހެދުމުގައި ނުވަތަ ބަސްތަށް މުޚާޠަބު ކުރުމުގައި ސަލަފީންނަކީ އުއްމަތް ބައިބައި ކުރި މީހުން ކަމުގައި އެބައި މީހުން ހަދައެވެ. މިފަދަ ބަސްތަށް ބުނަމުންދާ މިހާގެ މައްޗަށް ﷲ ޤިޔާމަތް ދުވަހުގައި ސުވާލު ކުރައްވާނެއެވެ. އެކަލާނގެ އެއްމެހައި ފާޅުވެގެންވާ ކަންތަކާއި އަދި ސިއްރިޔާތުގައި ވާ ކަންތައް މޮޅަށް ދެނެވޮޑިގެން ވެއެވެ. ބައިބައި ކުރުމުގައި ވަނީ އަދި ޚިލާފްތަށް ގެނައީ ކާކުކަން އެކަލާނގެ ދެނެވޮޑިގަންނަވައެވެ. މިކަމުގެ ސަބަބެއް ކަމުގައިވަނީ ކާކުކަން އެކަލާނގެ ދެނެވޮޑި ގަންނަވައެވެ. އެމީހުން ސަލަފީންނާއި ބެހޭގޮތުން އެ ބުނަމުންދާ ވާހަކަތަކަކީ ﷲ ގެ ދީނަށް މީސްތަކުން ވަނުން މަނާކުރުން މެނުވީ ނުވެއެވެ.
ސަލަފީންގެ ހަށިތަކުގައި ނެތް ކަންކަމުގެ މައްޗަށް އެބައި މީހުން ގެންދިއުމެވެ. އަހަރެމެންނާއި ޙިޒްބީންނާއި ދެމެދުގެ މި ކަންތަށް މަޙްޝަރު ދުވަހުގައި ﷲ ގެ ހަޒުރަތުގައި ކުރިއަށް ދާނެއެވެ. ޝައްކެތްވެސް ނެތި އަހަރެމެންނާއި އެބައި މީހުން އެދުވަހުގައި އެއްތަނެއްގައި ޖަމަޢަވާނެއެވެ. އެކަލާނގެ ވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ "މިއީ އެބައިމީހުންގެ ވެރި އިލާހާއިމެދު ދެބަސްވީ ދެ ޚަޞްމުންނެވެ." އަހަރުމެން ﷲގެ ހަޒުރަތުގައި ދަންނަވަނީ އެއްމެހައި މުސްލިމުންނަށް އެކަލާނގެ ރުހިވޮޑިގަތުމުގެ ތައުފީޤް ދެއްވުމަށާއި، ޙިޒްބީންގެ ނުބައިކަމުން އެބައިމީހުން ސަލާމަތް ކުރެއްވުމެވެ. ޙިޒްބީން މީސްތަކުން މަގުފުރެއްދުމުންނާއި ފަގުފުރެދުމުން ސަލާމަތް ކުރެއްވުމެވެ. އަދި ސަލަފީ މަންހަޖުގެ އަހުލު ވެރިންނަށް ކެތްތެރިވެ އެގޮތުގައި ޤާއިމްވެ ތިބުމުގެ ވާތްގަށް އެދި ﷲގެ ހަޒުރަތުގައި ދަންނަވަމެވެ. އަދި އެބައި މީހުންނަށް ފުރިހަމައަށް ދީނުގައި ޘާބިތުވެ ޙައްޤު ގޮތުގައި ދެމިތިބުމުގެ ތައުފީޤަށް އެދި ދަންނަވަމެވެ.
و صلى الله على نبينا محمد و على آله و صحبه و سلم .
ފަތުވާ ނަގާފައިވަނީ الفتاواى الجلية 2/23-25