5  ޢަރަފާތް ދުވަހުގެ މަތިވެރިކަމަކީ ޢާންމުކޮށް އެންމެހައި މުސްލިމުންނަށްލިބިދޭނެ މަތިވެރިކަމެއް ތޯ އެވެ؟ - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޢަރަފާތް ދުވަހުގެ މަތިވެރިކަމަކީ ޢާންމުކޮށް އެންމެހައި މުސްލިމުންނަށްލިބިދޭނެ މަތިވެރިކަމެއް ތޯ އެވެ؟ - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އަޅުކަން

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ސުވާލު: ޢަރަފާތް ދުވަހުގެ ދުޢާ ކުރުމުގެ މަތިވެރިކަމާއި، ގިނަ މީސްތަކުން ނަރައިން މުއްތިކުރެއްވުން އެއީ ޢަރާފާތުގައި ތިބޭ މީސްތަކުންނަށް ޚާއްޞަވެގެންވާ ޙުކުމެއްތޯ އެވެ. ނުވަތަ އެއީ ޢާންމުކޮށް އެންމެހައި މުސްލިމުންނަށް (ލިބިދޭނެ މަތިވެރިކަމެއް) ތޯ އެވެ؟ جَزاكُمُ الله خَيْرا


ޖަވާބު: އަހަރެންނަށް (މި މައްސަލައިގައި، ދަލީލުތަކުން ފާޅުވަނީ) އެއީ ޢާންމު ޙުކުމެއް ގޮތުގަ އެވެ. ޢަރަފާތުގައި ނުވާ މީސްތަކުންވެސް ދުޢާ ކުރުމުގައި ދެމިތިބުމެވެ. ﷲ އަށް ޛިކުރުކުރުމުގައި ޤާއިމްވުމެވެ. އަދި ޤުރުއާން ކިޔެވުމާއި، ނަމާދު ކުރުމަށް ކުޅަދާނަކަމުގައި ވާނަމަ އެގޮތުގައި ހުރުމެވެ. އަދި ރޯދަ ހިފުމުގައި ދެމިހުރުމެވެ. ފަހެ، إِنْ شَاء الله (އެ ހިނދުގައި) އެމީހަކު ވަނީ ހެޔޮކަމުގައި އެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި މުޚާޠަބު ކުރެވިގެންވާ މީސްތަކުންގެ ތެރެއަށް  ޢަރަފާތުގައިވާ އަހުލުވެރިން ވަންނާނެކަން ގިނަ ކަމުގައި ވިޔަސް އެއީ އެންމެހައި މީސްތަކުންނަށް އައިސްފައިވާ ޚިޠާބެކެވެ. صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أَفْضَلُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَأَفْضَلُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ). "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަންނަބިއްޔާ އެދުވަހުގައި ވިދާޅުވި، އަދި ތިމަންނަބިއްޔާގެ ކުރީގައިވި އެންމެހައި ނަބިއްޔުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ އެވެ. އާއެކެވެ.
ފަތުވާ ނަގާފައިވަނީ : http://goo.gl/vqKTDT


ޢަރަފާތް ދުވަހުގައި ކިޔުން އެންމެ ހެޔޮވެގެންވާ ޛިކުރު

ބުނަމެވެ. މިތަނުގައި ޝެއިޚް ވިދާޅުވެފައިވަނީ ދުޢާގެ އެއްބަ އެވެ. ޢަރަފާތް ދުވަހުގައި ކިޔުން އެންމެ ހެޔޮކަން ބޮޑުވެގެންވާ ދުޢާ  لَا إِلَه إِلَّا اللهُ وَحْدَهُ لَاشَرِيْكَ لَهُ، لَهُ المُلْكُ وَ لَهُ الحَمْدُ وَ هُوَ عَلَى كُلِّ شَيْءٍ قَدِيْر


ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ.
(خيرُ الدُّعاءِ يومُ عرفةَ، و خيرُ ما قلتُ أنا و النَّبيون من قبلي لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ) ”އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށްވުރެ ކުރިން އިސްވެދިޔަ ނަބިއްޔުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ އެވެ.“  صحيح الجامع  3274

 

الإمام شيخ الإسلام ابن تيمية رحمه الله (ت728) ވިދާޅުވެފައިވެ އެވެ. ”އެންމެ މަތިވެރި، ހެޔޮ ވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ފަހެ، ހަމަކަށަވަރުން (އެ ދުވަހު ދުޢާ ކުރުމަށް މާތްވެގެންވާ ވަޤުތަކީ) މެންދުރާއި ޢަޞްރު ނަމާދުގެ ފަހުގެ ވަޤުތެވެ.“
الاستغاثة ٢٨٢.

ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުން


ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده)
”ޢަރަފާތް ދުވަހުގައި ހިފާ ރޯދައަކީ، އެމީހާގެ ވޭތުވެދިޔަ އަހަރާއި އަދި އަންނަންއޮތް އަހަރުގެ ކުށްފާފަތައް ފޮހެވިގެންދާނޭ ޢަމަލެއްގެ ގޮތުގައި ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ.“
صحيح مسلم 1162

 

ޢަރަފާތް ދުވަހުގެ މާތްކަމާއި މަތިވެރިކަން

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (ما من يومٍ أكثرَ من أن يُعتِقَ اللهُ فيهِ عبدًا من النارِ ، من يومِ عرفةَ . وإنَّهُ ليدنو ثم يُباهي بهم الملائكةُ . فيقول : ما أراد هؤلاءِ ؟) ”ﷲ ޢަރަފާތް ދުވަހުގައި  އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ މިންވަރަކަށް، މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެ އެވެ. އަދި ހަމަކަށަވަރުން އެ އިލާހު އެދުވަހުގައި މިސްތަކުންނާއި ކުއްތަންވެ ވޮޑިގަންނަވާ، މަލާއިކަތުންނަށް އެ އިލާހު ފަޚުރުވެވޮޑިގަންނަވާ ޙާލަތުގައި ބަސްވަޙީ ކުރައްވާ ދަންނަވާނެ އެވެ. އެ އަޅުތަކުން ބޭނުންވަނީ ކޮންކަމަކަށްތޯ އެވެ؟“  صحيح مسلم 1348

 

 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...