5 ދުނިޔަވީ މައްސަލަތަކުގައި އެއްބަޔަކު އަނެއް ބަޔަކު ހަޖުރުކޮށް ގުޅުންކެނޑުން ހުއްދަވެގެންނުވެއެވެ. - الشيخ العلامة عبيد الجابري حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ދުނިޔަވީ މައްސަލަތަކުގައި އެއްބަޔަކު އަނެއް ބަޔަކު ހަޖުރުކޮށް ގުޅުންކެނޑުން ހުއްދަވެގެންނުވެއެވެ. - الشيخ العلامة عبيد الجابري حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ العلامة عبيد الجابري حفظه الله ވިދާޅުވެފައިވެއެވެ.

ސުވާލު: ސަލަފީންގެ ދެމެދުގައި ދުނިޔަވީ މައްސަލަތަކެއްޖެހި، އެއަށްފަހުގައި އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމުގައި ގުޅުންކަނޑައި ހަދައެވެ. ހިތުގައި އެއެއްޗެއް އެގޮތުގައި ބޭއްވުމާއި އެކުގައި ސަލާމް ގޮވައި، ސަލާމް ރައްދު ކުރެއެވެ، މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި މިޢަމަލު ކުރާމީހާ ޙަދީޘްގައި ޒިކުރުވެގެންވާ ފަދައިން އެބައި މީހުން އިޞްލާހު ވުމަށް ދާންދެން އެމީހުންގެ ފާފަ ފުހެވިގެން ނުދާނެކަމުގައިވާ ޙަދީޘްގެ ތެރެއަށް ވަންނާނެހެއްޔެވެ؟


ޖަވާބު: "އަހަރެން ބުނަމެވެ. ދުނިޔެއަކީ ނުރައްކާތެރި، އިންސާނާ ހަލާކުކުރުވަނިވި ތަނެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (فَوَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ وَلَكِنِّي أَخْشَى أَنْ تُبْسَطَ الدُّنْيَا عَلَيْكُمْ كَمَا بُسِطَتْ عَلَى مَنْ قَبْلَكُمْ فَتَنَافَسُوهَا كَمَا تَنَافَسُوهَا فَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ) "ﷲ ޤަންދީ ބުނަމެވެ. ތިޔަބައި މީހުން ފަޤީރުވެދާނެކަމަށް ބިރުވެތި ނުވަމެވެ. ނަމަވެސް ތިމަން ނަބިއްޔާ ތިޔަބައި މީހުންގެ މައްޗަށް ބިރުވެތިވަނީ، ތިޔަބައި މީހުންގެ ކުރީގެ މީސްތަކުންގެ އަތްމައްޗަށް ދުޔިނެފާޅުވެ، އެދުނިޔެ ހޯދުމަށް އެބައި މީހުން އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިޔަ ފަދައިން ތިޔަބައިމީހުންވެސް ދުނިޔެ ހޯދުމަށްޓަކައި އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމަށް މަސައްކަތް ކުރާނެކަމާއި މެދުގައެވެ. އަދި އެބައި މީހުން އެގޮތުން ހަލާކުވެދިޔަ ފަދައިން ތިޔަބައި މީހުން ހަލާކުވެ ދާނެތެވެ."


އަހަރެމެން ތިޔަބައިމީހުންނަށް އިންޒާރުދެނީ މިކަމުންނެވެ. އެމީހަކު ﷲ އަށްޓަކައި ލޯބިވެ –އެއީ އޭނާގެ އިސްލާމް ކަމާއި ސުންނަތުގައި ދެމިހުރުމުން- އެޙާލުގައި މިދުނިޔެއަކީ އެއްބައެއްގެ ގޮތުގައި ދެމިތިބުމާއި، ވަކިވެގަތުމުގައި އޮތް އެއްޗެއްގޮތުގައި ހަދައިގެން ނުވާނެއެވެ. އަދި އެފަދަ ދެ މީހުން މި ޙަދީޘުގައި ޛިކުރުވެގެންވާ މީހުންގެ ތެރެއިން ނިކުންނާނެ ކަމަކަށް ނުދެކެމެވެ.  ޙަދީޘްގައި ވެއެވެ. ﷲ ވަޙީކުރައްވާނެއެވެ. (كفِّروا من سيِّئات كلِّ مسلم إلَّا اثنين بينهما شحناء فدعوهما حتى يصطلحا، فدعوهما حتى يصطلحا، فدعوهما حتى يصطلحا) "އެންމެހައި މުސްލިމުންގެ ފާފަތައް ފުހެލައްވާށެވެ. އެ ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފެދިފައިވާ ދެމީހުން ފިޔަވައެވެ. އެދެމީހުން އިޞްލާހުވުމަށް ދާންދެން ދޫކޮށްލާށެވެ. އެދެމީހުން އިޞްލާޙުވުމަށް ދާންދެން ދޫކޮށްލާށެވެ. އެދެމީހުން އިޞްލާޙުވުމަށް ދާންދެން ދޫކޮށްލާށެވެ."


އެ ދެމީހުންނަށް އޮތީ ﷲ އަށް ތައުބާވުމެވެ. އަދި އަތާއި އަތްޖޯޑުކޮށް ސަލާމްކޮށްހެދުމެވެ. އެދެމީހުންގެ ކައިރީގަ އުޅޭ ހެޔޮ، ތަޤްވާވެރި، ރަގަނޅު މީހުންނަށް އެދެމީހުން އިޞްލާޙުކުރުމަށްޓަކައި މަސައްކަތް ކުރުމަށް އަހަރެން ނަޞޭޙަތްތެރި ވަމެވެ. އަދި އެމީހުންގެ ތެރޭގައިވާ އިދިކޮޅުހަދާ މީހާގެ މައްޗަށް ގަދަކަން ފާޅުކުރުން ހުއްޓެވެ. އާއެކެވެ."


ފަތުވާ ނަގާފައިވަނީ : j.mp/10W7zf7

އިސްލާމް ދީނުގައި ހަޖުރުކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله | 20 މާރޗް 2018

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله | 28 ސެޕްޓެމްބަރ 2017

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން | 23 ސެޕްޓެމްބަރ 2017

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله | 18 ސެޕްޓެމްބަރ 2017

 "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله | 21 ޖުލައި 2017

 އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله | 21 ޖުލައި 2017

 هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله | 16 ޖުލައި 2017

ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 28 އޮކްޓޯބަރ 2016

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 29 މާރޗް 2016

ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 04 ފެބުރުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...