5 ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب

 

ފްރާންސުގައި ދެވުނު ޓެރެރިސްޓު ޚާރިޖީ ޢަމަލާއި މެދުގައި ސަލަފީ ޢިލްމުވެރިންގެ ފަތުވާ

الشيخ العلامة عُبَيْدُ الجَابِرِيْ  حَفِظَه الله

ސުވާލުކުރާ މީހާ: ދުވަސްތަކެއް ކުރީގައި ނަބިއްޔާ صلّى الله عليه وسلّم އަށް ފުރައްސާރަކޮށް ކާރޓޫން ކުރަހާ ނޫހެއްކަމުގައިވާ ޝާލީ އެބްދޫގެ މުވައްޒަފުން އަދި މަސައްކަތް ކުރާމީހުން ޕެރިހުގައި މަރާލާފައިވެ އެވެ. އަދި ހަމައެފަދައިން އަންހެން ޕޮލިހަކާއި ފިރިހެން ދެ ޕޮލިހުންވެސް މަރާލާފައިވެ އެވެ. މި ނުބައިވެގެންވާ ޖަރީމާ ހިންގި ފަރާތްތަކެއް އަދި އަތުލެވިފައެއް ނުވެ އެވެ. އެހެނަސް މިހާރު މި ޖަރީމާ ހިންގި މީހުންގެ ވީޑިޔޯއެއް ޢާންމު ވެފައިވެ އެވެ. އޭގައި މި މުޖުރިމުން ތަކްބީރު ކިޔަމުން ދެ އެވެ. އަދި އެމީހުން އެކަންތައް ކޮށްފައިވަނީ އެމީހުން ދަޢުވާކުރާގޮތުގައި ރަސޫލާ صلّى الله عليه وسلّم ގެ މައްޗަށް ކާރޓޫން ކުރަހާފައިވީތީވެ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ފަހެ، މިހާރު މިކަމުގެ މައްޗަށް އިނގިލި ދިގުކުރެވެނީ އިސްލާމްދީނަށެވެ. އަދި އެންމެހައި މުސްލިމުންނަށް ޢާންމުކޮށް އަދި ޚާއްޞަކޮށް ފްރާންސުގައިވާ މުސްލިމުންނަށް މިކަމުގެ މައްޗަށް އިނގިލި ދިގު ކުރެވެ އެވެ. އަދި ބައެއް މިސްކިތްތަކަށް ބޮމާއި އަލިފާންނުގެ ހަތިޔާރު އުކައި ހަދާފައިވެ އެވެ.

ސުވާލަކީ؛ ﷲ ޝެއިޚް ރައްކާތެރި ކުރައްވާށެވެ. މި ޓެރެރިޒަމްގެ ޙަމަލާގެ މައްޗަށް ސަލަފީން ދެކެންޖެހޭ ގޮތަކީ ކޮބައިތޯ އެވެ. އަދި ފްރާންސުގައިވާ މުސްލިމުންނަށް އަދި ސަލަފީ ދަޢުވަތު ދިނުމުގައިވާ ދާޢީންނަށް ޚާއްޞަކޮށް، ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟ ﷲ ޝެއިޚަށް ހެޔޮ ޖަޒާ ދެއްވާށި އެވެ.

ޖަވާބު : ފުރަތަމައީ : އެމީހެއްގެ ހިތަށް ބިދުޢަ ވަދެފައިނުވާ ކޮންމެ ސުންނަތުގެ އަހުލުވެރިޔަކު، އެއީ ޢިލްމު ވެރިއެއް ކަމުގައި ވިޔަސް ނުވަތަ ޤާބިލްކަން ލިބިގެންވާ ޢިލްމު ހޯދާ ދަރިވަރެއް ކަމުގައިވިޔަސް ނުވަތަ އެއަށްވުރެ ދަށް ފަންތީގެ ޢިލްމު ހޯދާ ދަރިވަރެއް ކަމުގައިވިޔަސް ނުވަތަ ޢިލްމުވެރިންގެ މަޖްލިސްތަކުގައި އިށީންނަ ޢާންމު މީހެއް ކަމުގައި ވިޔަސް، މި އެންމެހައި އަހުލުވެރިން މިފަދަ ޢަމަލުތައް އިންކާރު ކުރާނެ އެވެ. އެއީ ތިޔަ ބުނާ ނޫހުގައި ވިޔަސް އަދި އެނޫން ނޫހެއްގައި ވިޔަސް އެވެ. އެފަދަ ކަންތައްތައް ކުރާ ތަންތަނުގެ ގިނަ ކަމާ އެވެ.

ދެވަނައީ : ޔަހޫދީންނާއި ނަޞާރާއިންގެ ތެރޭގައިވާ ވިސްނޭ، ފިކުރުކުރާ ކޮންމެ މީހަކަށް އަދި މުސްލިމުންނާ އެކުގައި އުޅޭ އެންމެހައި މީސްތަކުން މިކަން ދަންނާނެ އެވެ. އަދި ޔޫރަޕްގަ އާއި އެމެރިކާގެ ދައުލަތްތަކުގެ އިސްފަރާތްތަކުގެ ގޮތުގައިވާ މަސްއޫލުވެރިން މިކަން ދަންނާނެ އެވެ. އެބައިމީހުންވަނީ އަހުލުއް ސުންނަތްގެ މައްޗަށް ހިތްހަމަޖެހިގެންނެ އެވެ. ސަލަފީންގެ މައްޗަށް އެމީހުންވަނީ ހިތްހަމަ ޖެހިގެންނެވެ.

ތިންވަނައީ : އިސްވެ ބަޔާންވެދިޔަ ކަންތައްތަކުން، ބަޔާންވެ އެނގިގެންދަނީ މި ޢަމަލުތަކަކީ ސުންނަތުގެ އެއްވެސް އަހުލުވެރިއަކަށް ނިޞްބަތް ކުރެވިގެންވާނެ އެއްޗެއް ނޫން ކަމެކެވެ. އަދި ކިޔެއްތޯ! މިއީ ޚަވާރިޖުން، ނުކިޔަމަންތެރި ކިޔަމަންނުވާ، ދާނެ ދިމާލެއްނެތި ޖެހުނުގޮތަކަށް އުޅޭ ހަޅުތާލުހަދާ މަސްރަޙު ހަލަބޮލި ކުރުމުގައިވާ މީސްތަކުންގެ ޢަމަލެކެވެ.

މި ޤާނޫނުތަކަށް ބޯނުލަބާ ހަޅުތާލުހަދާ މީހުންނަކީ ފަހަރެއްގައި ޚަވާރިޖުންނަށް ވެދާނެ އެވެ. އަދި މި މީހުންނަކީ ފަހަރެއްގައި މުސްލިމުންގެ ފޭރާން ލައިގެންއުޅޭ މުސްލިމުންގެ ވައްތަރު ޖެހިގެންވާ ކާފަރުންގެ ގޮތުގައިވާ މީހުން ރާފިޟީންގެ ތެރޭގައި ވުން އެކަށީގެންވެ އެވެ. ނުވަތަ އިޚްވާނުލް މުސްލިމީންގެ ތެރޭގައިވާ ވިސްނުން ކޮށިވެފައިވާ ޚަވާރިޖުން ތެރޭގައިވުން އެކަށީގެންވެ އެވެ.

ފަހެ ހަމަކަށަވަރުން އިޚްވާނުލް މުސްލިމޫން ގެ ޖަމާޢަތަކީ އަލަށް ދަޢުވަތް ދިނުމުގެ މައިދާނުގައި އުފެދިފައިވާ މަގުފުރެދިފައިވާ، މަގުފުރައްދަމުންދާ ޖަމާޢަތްތަކުގެ ތެރެއިން އެއް ޖަމާޢަތެވެ. މި މީހުންނަކީ އެމީހުން ބޭނުންވާ  ސިޔާސީ ކަންތައްތަކުގައި ކާފަރުންގެ ކިބައިން އެހީތެރިކަމަށް އެދެވޭނެ ކަމަށް ދެކޭ ބައެކެވެ.
މި ޢަމަލަކީ، ޚާއްޞަ ގޮތެއްގައި އަހުލުއް ސުންނަތް ބަލިކޮށްލުމަށްޓަކައި ދެވުނު ހަމަލާއެއް ކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. ފްރާންސުގައި އުޅޭ މުސްލިމުންނާއި އަދި ޔޫރަޕްގެ އެހެނިހެން ޤައުމު ތަކުގައިއުޅޭ މުސްލިމުންނާއި އަދި އެމެރިކާގެ މުސްލިމުން ގޮތުގައިވާ އަހުލުއް ސުންނަތް މެދުގައި ފިތުނަވެރިކަމާއި ނުބައިކަންތައްތައް ފެތުރުމަށް ދެވުނު ހަމަލާއެއްގެ ގޮތުގައިވުން ދުރެއް ނޫނެވެ.

މި ބަސްތަކުގެ ނިމުމެއްގެ ގޮތުން، އަހަރެން އެންމެހައި ތަންތަނުގައި ދިރިއުޅޭ، އެމެރިކާ އަދި އެފްރިކާ އަދި މުސްލިމް ނޫން ދައުލަތްތަކުގައި ދިރިއުޅޭ ސަލަފީންނަށް ދޭ ނަޞޭޙަތަކީ އަދި ޚާއްޞަކޮށް ފްރާންސުގައިވާ ސަލަފީންނަށް ދޭ ނަޞޭޙަތަކީ؛

އެންމެހައި ޚުޠުބާދޭ މީހުންނަށާއި މުދައްރިސުންނަށް، ދަރުސްދޭ މީހުންނަށް އަދި މީޑިޔާތަކުގައި މަސައްކަތްކުރާ އެންމެހައި މުސްލިމް ނޫސްރިޕޯޓަރުންނަށް އޮތް ނަޞޭޙަތަކީ އެންމެހައި މީސްތަކުން އެއް ކަލިމައެއްގެ މައްޗަށް ޖަމަޢަވުމެވެ.  އެއީ: މި ޢަމަލުތަކުން ބަރީޢަ ވެގެންވާކަން ބަޔާންކޮށް އިއުލާނު ކުރުމެވެ. އަދި މި ނޫނަސް މަސްރަޙު ހަލަބޮލިކުރާނެ އެންމެހައި ޢަމަލުތަކުން ބަރީޢަ ވެގެންވާކަން ޢިއުލާން ކުރުމެވެ.

އަހުލުއް ސުންނަތަކީ އިންތިހާއަށް ވަޢުދުތަކަށް ރައްކާތެރިވެ އެއަށް ވަފާތެރިވާ ބައެކެވެ. ސުންނަތުގެ އަހުލުވެރިންނަކީ ވަޢުދު އެގޮތުގައި ފުއްދުމުގައިވާ ބައެކެވެ. ސުންނަތުގެ އަހުލުވެރިންނަކީ އަވަށްޓެރިންނަށް ލިބިގެންވާ ޙައްޤުތައް ރައްކާތެރި ކުރުމުގައިވާ ބައެކެވެ.  އަވަށްޓެރިޔާގެ ޙައްޤުތަކަކީ ކަރާމާތްތެރިކުރަންޖެހޭ އެއްޗެއް ކަމުގައި ދެކެ އެވެ. އަނބުރަށް އަދި މުދަލަށް އަދި ނަފްސަށް އެބައިމީހުން އަރައި ނުގަންނާނެ އެވެ.

ސުންނަތުގެ އަހުލުވެރިންނަކީ އެބައިމީހުން ޔޫރަޕްގައި އަދި އެމެރިކާގައި އަދި އެ ނޫންވެސް މުސްލިމް ނޫން ދައުލަތްތަކުގައި ދިރިއުޅޭ އިރުގައި، އެބައިމީހުން ﷲ ގެ ދީނުގައި ޢަޤީދާގައި ޤަބޫލުކުރާ ގޮތަކީ، އެބައިމީހުންނާއި އެ ދައުލަތްތަކާއި ދެމެދުގައި އެއްބަސްވުންތައް އަދި ޢަހުދުތަކެއް ވާނެ ކަމުގައި ދަންނާނެ އެވެ. މި އެއްބަސްވުންތަކަށް އެއްވެސް ގޮތަކަށް އެބައިމީހުން ޚިޔާނާތްތެރިއެއް ނުވާނެ އެވެ.

ކުރީގައި އިސްވެ ބަޔާންވެދިޔަ ފަދައިން، ޔަހޫދީންނާއި ނަޞާރާއިންގެ ތެރޭގައިވާ ވިސްނޭ އަހުލުވެރިން ސަލަފީންނަށް އިޚްތިރާމް ކުރާނެ އެވެ. އަދި ސަލަފީންނަށް އެބައިމީހުން ތިބެނީ ހިތްހަމަ ޖެހިފަ އެވެ. އަދި މިއީ ސަލަފީންގެ ފަރާތުން ހިންގާނެ ޢަމަލުތަކެއް ނޫންކަން އެބައިމީހުން ދަންނާނެ އެވެ.

ބާކީ އޮތީ، މިސްކިތްތަކުގައި ގޮއްވާލެނުވު ގޮއްވުންތަކެވެ. މިއީވެސް އެފަދައިން ކޮށްފައިވާ ކަންތައްތައް ކަމުގައިވުން ދުރެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. ޔަޤީންކަމާ އެކުގައި ބުނަމެވެ. ހަމަކަށަވަރުން މިއީ މުސްލިމުން ބަލިކޮށްލުމަށްޓަކައި ކޮށްފައިވާ ކަމެކެވެ. ފަހަރެއްގައި މިއީ، ސިޔާސީ އިޚްވާނުލް މުސްލިމީން ޖަމާޢަތުން ކޮށްފައިވާ ކަމެކެވެ. ނުވަތަ ހަމަބުއްދި ފިލައިފައިވާ ކާފަރުންގެ ކިބައިން ފެނިގެން ދިޔަ ކަމެކެވެ.
މި ޢަމަލުތަކަށް އަހަރެން ބުނާބަސްތަކަކީ މި އެވެ. وبالله التوفيق.
ފަތުވާ :   http://goo.gl/qXqOZ8


އަޚުންނެވެ! މިއީ ސަލަފީން މިކަމުގައި ޤާއިމްވެ، ދެމި ތިބި ގޮތެވެ. މިއީ އުއްމަތުގެ ސަލަފީ މަޝާއިޚުން ނަޞޭޙަތްތެރިވެފައިވާ ގޮތެވެ. ޙައްޤުގެ .އަހުލުވެރިންގެ ބަސްތަކާއި ތިރީގައިވާ ބަސްތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ

20170122-Abdull-france.jpg

 ދީނަށް ނަސްރު ހޯދައިދިނުމަކީ ކޮންމެ ޙާލަތެއްގައި ކުރަންޖެހޭނެ ކަމެކެވެ. އެހެނަސް އެއީ ޙުދޫދުތަކުން ބޭރުވެ، ހައްދުފަހަނައަޅައިފައިވާ ޢަމަލުތައް ކުރުމެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. ޓެރެރިޒަމްގެ ޢަމަލުތަކާއި މީސްތަކުން ޤަތުލުކުރުމަކީ އިސްލާމްދީނުގެ ނަންމަތީގައި ޚަވާރިޖުން ކުރަމުން ގެންދާ ފަދައިން، އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ހުރި ކަންތަކެއް ނޫނެވެ. މިފަދަ ޚަވާރިޖުންގެ ޓެރެރިސްޓު ޢަމަލުން އިބްރަތް ހޯދުމަށް އަދި އެއީ ޕްރޮފެޝަނަލް ވާނީ ހަމަ އެފަދަ މީހުންނަށެވެ.


الشَّيْخُ صَالِح بِن فَوْزَان الفَوْزَان حفظه الله
ރަސޫލާ صلّى الله عليه وسلّم އަށް ނަޞްރު ހޯދައިދިނުންވަނީ މީހުން ޤަތުލުކޮށްގެންތޯ؟


ސުވާލު :  ނަބިއްޔާ صلّى الله عليه وسلّم ގެ މައްޗަށް ކާޓޫން ކުރެހި ކަމުގައި އެނގިފައިވާ ކާފަރު މީހާ ޤަތުލުކޮށްލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟  
ޖަވާބު :  ކާފަރު މީހާ ޤަޠުލުކުރުމަކީ އެއީ ހެޔޮވެގެންވާ މަގެއްނޫނެވެ. ތިއިން ނުކުންނާނެ ނަތީއްޖާއަކީ މުސްލިމުންގެ މައްޗަށް ނުބައިކަންތައްތައް އިތުރު ވެގެން ދިއުމާއި މުސްލިމުންގެ މައްޗަށް ރުޅިވެރިކަން އިތުރުވުމެވެ. 


އެހެނަސް އެކަންތަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ގޮތަކީ، އެބައިމީހުންގެ ޝުބުހާތްތަކަށް ރައްދު ދިނުމާއި، އެބައިމީހުންގެ ނުބައި މުޑުދާރުކަން ބަޔާންކޮށްދިނުމެވެ.
އެހެނަސް އަތުން (ބާރުގެ ބޭނުންކުރުން) ނަސްރުވެރިކަން ހޯދުމާއި، ހަތިޔާރުގެ ބާރުން ނަސްރުވެރިކަން ހޯދުމަކީ މުސްލިމް ވެރިންނަށް އޮތް ކަމެކެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދުކޮށްގެން ހޯދަން ޖެހޭ ކަމެކެވެ.
ފަތުވާ :   http://goo.gl/qNOJca

 

ނިރުބަވެރިކަމާ ދެކޮޅަށް مكافحة الإرهاب: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު | 22 ނޮވެމްބަރ 2019

الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން | 21 ނޮވެމްބަރ 2019

 ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން" | 18 ނޮވެމްބަރ 2019

 ނިއުޒިލޭންޑް މިސްކިތައް ދެވުނު ޓެރެރިސްޓް ހަމަލާގެ މައްޗަށް މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ أ.د. عَبدُ الله بن عَبد الرَّحِيم البُخَاري حفظه الله ވިދާޅުވެފައިވާ ބަސްފުޅު | 17 މާރޗް 2019

 ޖިހާދުކުރުމަށް ޤައުމުގެ ވެރިޔާގެ ހުއްދަ ލިބެން ޖެހޭނެކަން އަދި ޝަރުޢީގޮތުން ނެގެހެއްޓިފައިވާ ދިދައެއްގެ ދަށުގައި މެނުވީ ޖިހާދު ކުރުން ޝަރުޢުވެގެންނުވާ ކަން - الشَّيْخ الدُّكْتُور عَبْد السَّلام بِن سَالِم رَجَاء السُّحَيْمِي حَفِظَهُ الله | 29 ޑިސެމްބަރ 2017

 ފަރުދުން ނުކުމެ އިސްލާމްދީނަށް ޢަދާވާތްތެރިކަން ފާޅުކުރާ ފަރާތްތަކުގެ މައްޗަށް ޙައްދު ޤާއިމްކޮށް ޤަތުލުކުރުން ނަޙީވެގެންވާކަން - العَلَّامَة الشَّيْخُ صالح الفوزان حفظه الله | 09 އޮގަސްޓު 2017

 ޤަތަރުގެ އަލް-ޖަޒީރާ ޗެނަލް އަކީ ޓެރަރިސްޓު ޖަމާޢަތްތަކުގެ މެސެޖު ދުނިޔެއަށް ފޯރުކޮށްދޭ މިންބަރު - الشيخ صالح بن فوزان الفوزان حفظه الله | 09 ޖޫން 2017

ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله | 23 އޭޕްރީލް 2017

ސަފީރުން މެރުމުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުން އެއީ ހަރާމް ކަމެއް - هيئة كبار العلماء السعودية | 18 ޖެނުއަރީ 2017

ސަފީރުން، އެމްބަސެޑަރުން، ފަތުރުވެރިން، ޒިޔާރަތްކުރާ މީހުން މެރުމުގެ ޙުކުމް - الشَّيْخ د. عَبْدُ السلام بن سالم السُّحيمي حفظه الله | 17 ޖެނުއަރީ 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...