5  އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ އުސާމާ ބިން ލާދިން

އަލް-ޤާއިދާ ލީޑަރު އުސްމާ ބިން ލާދިން، އައިއެސް ބަޣްދާދީ އަދި ޒަރްޤާވީ، ސޫރިޔާ އިރާޤު ސުންނާފަތިކުރެވިފައި، މުސްލިމުން ކަތިލެވެނީ

الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله އަށް ސުވާލު ކުރެވުނެވެ:
ސުވާލު: الله ޝައިޚުމެންނަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ އެވެ. ސުވާލު ކުރާ މީހާ ބުނެއެވެ: 'އައް-ޒަރްޤާވީ ދެކެ އަހަރުމެން ލޯތްބެއް ނުވަމެވެ. އަދި އަހަރުމެން އޭނާއަށް އެއްޗެހި ނުގޮވާނަމެވެ.' މިފަދައިން ބުނާ މީހަކާ ދޭތެރޭ އަޅުގަނޑުމެން ދެކެންވީ ކިހިނަކުންތޯ އެވެ؟ އަދި އޭނާ އަކީ (މިބަސް ބުނި މީހާއަކީ) ޢިލްމަށް ނިސްބަތްވާ މީހުންގެ ތެރެއިންވާ މީހެކެވެ. (އެބަހީ ޢިލްމުވެރިއަކަށް ހެދިގެން އުޅޭ މީހެކެވެ.)

 

ޖަވާބު: އެމީހަކަށް ލިބިގެން ނުވާ ކަމަކަށް ދައުވާ ކުރާ ތިޔަ ކަހަލަ މީހުންގެ ސަބަބުން ބައެއް ރައްތަކުގެ އަހުލުވެރިން ދެކޮޅު ދެކޮޅަށް ކިރައިފި (ސާބިތުކަން ގެއްލިގެން ހިނގައްޖެ) އެވެ. އެމީހުންގެ ސަބަބުން އޮޅިގެންދިޔަ މީހަކު އޮޅިގެން ހިނގައްޖެ އެވެ. އަދި ކެހިވެރިކަން ލިބުނު މީހުންނަށް ކެހި ލިބިއްޖެ އެވެ. އަދި އެމީހުންގެ ސަބަބުން ސުންނާފަތި ކުރެވުނެ އެއްޗެއް ސުންނާފަތި ކުރެވިއްޖެ އެވެ. އަދި އަނިޔާވެރިކަމާއި އަދާވަތްތެރިކަމާ އެކީ ޛިއްމިއްޔުންނާއި، މުޢާހަދުންނާއި، މުސްތައުމަނުންގެ ތެރެއިންވާ މައުސޫމް މީހުންގެ އިތުރުން، މުސްލިމުންގެ ތެރެއިން ގަތުލު ކުރެވުނު މީހަކު ގަތުލު ކުރެވިއްޖެ އެވެ. އެބައެއްގެ ކިބައިގައި ޢިލްމެއް ނުވާ މީހުން ބިރު ދައްކަން ލަވާ ހަޅޭއް ތަކުންނާއި، އެމީހުންގެ ކިބައިން ފެންނަ ހާލަތުގެ (ދަޅަދެއްކުމުގެ) ސަބަބުން ތިޔަބައިމީހުންނަށް ކެހިވެރިކަން ނުލިބޭށެވެ. އަހަރެން ތިޔަބައިމީހުންނަށް ސުވާލު ކުރަމެވެ. އޭނާގެ (ޒަރްޤާވީގެ) ޝައިޚުންނަކީ ކޮބައި ހެއްޔެވެ؟! އޭނާގެ ޢިލްމު ކޮބައި ހެއްޔެވެ؟! ހަލާކާއި ޚަރާބު ފިޔަަވައި އޭނާ މުސްލިމުންނަށް ދޫކޮށްފައި ދިޔައީ ކޮން އެއްޗެއް ހެއްޔެވެ؟! އޭނާ އާއިި އިބްނު ލާދިންއާ އެއްފަދަ މީހުންނާއި އެމީހުންގެ މަގުން ހިނގައި ދިޔަ ބާޠިލު ދަޢުވާތައް ކުރާ މީހުންނެވެ؟! އިސްލާމް ދީނަށާއި މުސްލިމުންނަށް އެމީހުން ކުރިމަތި ކުރުވި މުސީބާތަކީ ކޮބައި ހެއްޔެވެ؟ އަފްޣާނިސްތާނާއި ޢިރާޤު ރަން ތަބަކެއްގެ މަތީގައި ކާފަރުންނާ ހަވާލު ކުރީއެވެ. އަދި އަދަށްދާންދެންވެސް އެކާފަރުން، އުންމަތުގެ ކަށިތަކަށް (ޚާއްސަ ކަންކަމުގެ ތެރެއަށް) ވަދެ ހަދައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައިވާ ޝަރަފުވެރި ދެ ޙަރަމްފުޅަށް، الله ގެ އެންމެ މާތް ދެބިމަށްވެސް އެމީހުންގެ ތީރުތަކާއި ހަނގުރާމަތައް އަމާޒު ކޮށްފި އެވެ. އެގައުމަކީ الله سبحانه و تعالى ގެ ހިމާޔަތަށް ފަހު، ތަޥްޙީދުގެ ހައްދުތައް ހިމާޔަތް ކުރާ ގައުމެވެ. ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި ޢަހުދަކަށްވެސް، އެއުރެން (އެބަހީ ކާފަރުން) މުއުމިނަކާ މެދު ނުބަލާނެތެވެ. އެބައިމީހުން (އެބަހީ ޒަރްޤާވީއާއި އުސާމާ ފަދަ ޚަވާރިޖުން) އިސްލާމް ދީނުގެ އަހުލުވެރިން ގަތުލު ކޮށްފައި، ބުދުތަކުގެ އަހުލުވެރިން އެބައިމީހުން ދޫކޮށްލައެވެ. ފަހެ އިޚްތިލާފުވުމާއި ބައިބައިވުމާއި ގައުމުތައް ގެއްލިދިއުން މެނުވީ މުސްލިމުންނަށް އެމީހުންގެ ކިބައިން ލިބުނީ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟ ......."
◇  ◇  ◇
އޯޑިއޯ ލިންކް: http://goo.gl/Dq2kvg އޯޑިއޯގެ (47:26 ން - 49:37 އަށް)
ހަނދުމަ ކޮށްދެމެވެ. މިއީ ޝައިޚު ދެއްވި ޖަވާބުގެ ފުރަތަމަ ތަންތަންކޮޅުގެ ތަރުޖަމާއެކެވެ. ޢަރަބި ބަސް އެނގޭ ކޮންމެ ދަރިވަރަކު ޝައިޚުގެ ފުރިހަމަ ޖަވާބު އަޑުއެހުމަށް އަޅުގަނޑު ވަޞިއްޔަތް ކުރަމެވެ.

އުސާމާ ބިން ލާދިން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله | 23 އޭޕްރީލް 2019

 އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله | 04 އޮގަސްޓު 2017

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله | 15 ނޮވެމްބަރ 2016

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ - الإمام العلامة الشيخ صالح الفوزان حفظه الله | 23 އޮގަސްޓު 2015

ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް | 20 އޭޕްރީލް 2015

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 19 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...