އަހަރުމެންގެ މި ޒަމާނުގައި ތިއްބެވި އުއްމަތުގެ ބޮޑެތި ޢިލްމުވެރިންނަކީ ކޮބައިތޯ؟ އަދި الشيخ ربيع އަކީ ކޮންބޭފުޅެއްތޯ؟ - الشيخ الدكتور عرفات بن حسن المحمدي حفظه الله

ސުވާލު: އަހަރެމެންގެ ޒަމާނުގައިވާ ކިބާރު (އެންމެ ބޮޑެތި) ޢިލްމުވެރިންނަކީ ކޮން ބޭފުޅުންނެތް ތޯ އެވެ؟ އަދި އިންތިހާއަށް އެތައް ބަޔަކު ބަސްތައް (ބަދު ބަސް) ބުނަމުންގެންދާ الشيخ ربيع އަކީ ކޮން ބޭފުޅެއްތޯ އެވެ؟
ޖަވާބު: ފަހެ މިޒަމާނުގައި ފާޅުވެގެންވާ أهل السنة ގެ ޢިލްމުވެރިން ނުހަނު ގިނަ އެވެ. لله الحمد އެވެ. އަހަރުތަކެއްގެ ކުރިން ޢިލްމުވެރިންގެ އެންމެ އިސް ފަރާތްތަކުގެ ގޮތުގައި الشيخ ابن باز، الشيخ ابن عثيــمين، الشيخ الألباني، އަދި الشيخ مقبل ވި އެވެ. الله سبحانه وتعالى ވަނީ މި ޢިލްމުވެރިންގެ ފުރާނަފުޅު ހިއްޕަވާފަ އެވެ. ހަމަކަށަވަރުން މި އެންމެހައި ޢިލްމުވެރިންވަނީ އެބޭފުޅުން ޤާއިމްކުރައްވާ އުނގަންނަވާ ދެއްވި ޢިލްމާއި އަދި ލިޔުއްވި ފޮތްތަކުން މި ޢުއްމަތަކަށް ބޮޑުވެގެންވާ ފައިދާއެއް ކޮށްދެއްވާފަ އެވެ.
އަދި الشيخ النجمي، އަދި الشيخ زيد އަކީވެސް (މި ޒަމާނުގައި ފާޅުވި ޢިލްމުވެރިންގެ ގޮތުގައިވެ) ﷲ ފުރާނަހިއްޕަވާފައިވާ ފަރާތްތަކެވެ. މި އެންމެހައި ޢިލްމުވެރިންނަކީ މީސްތަކުންނަށް އުނގަންނައި ދިނުމުގައި ޙައްޤު ބަޔާންކުރެއްވުމުގައި އިންތިހާއަށް ގަދައަޅުއްވާ މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިތިއްބެވި ފަރާތްޕުޅުތަކެކެވެ.
އަދިވެސް މި ޒަމާނުގައި ފާޅުވެގެންވާ ޢިލްމުވެރިންގެ ތެރޭގައި الشيخ الفوزان، الشيخ اللـحيدان އަދި (ސަޢުދީ ޢަރަބިއްޔާގެ) މުފްތީ ހިމެނިވަޑައިގަންނަވަ އެވެ. އަދި الشيخ ربيع، الشيخ عبيد، الشيخ العَبَّاد، الشيخ محمد بن هادي، الشيخ عبد الله البخاري، އަދި ހަމައެފަދައިން ޔަމަނުގައި އުޅުއްވާ الشيخ الوصابي ހިމެނިވަޑައިގަންނަވަ އެވެ. މި މަތިވެރި މަންހަޖުގައި މި ޢިލްމުވެރިން އުނގަންނައި ދެއްވުމުގައި އަދި ދަރުސްތައް ދެއްވުމުގައި ދެމިތިއްބެވި އެވެ. އަދި އަހަރުމެންނަކީ މި ޢިލްމުވެރިންގެ ދަރިވަރުންނެވެ. ނުވަތަ މި ޢިލްމުވެރިންގެ އަރިއަހުން ޢިލްމު އުނގެނުނު ފަރާތްތަކެވެ.
މި އުއްމަތަށް ޢިލްމުވެރިންގެ ގޮތުގައި އަހަރެމެން ވަޞިއްޔަތްކުރާ ފަރާތްތަކަކީ މި އެވެ. މި ޢިލްމުވެރިންގެ ފޮތްތަކާއި އަދި ޢިލްމީ ދަރުސްތަކާއި އަދި ރެކޯޑު ކޮށްފައިވާ ރޯލުތައް އަޑު އެހުމަށް އުއްމަތަށް ވަޞިއްޔަތް ކުރަމެވެ. މި ޢިލްމުވެރިންނަކީ ޙައްޤު ބަޔާންކޮށްދެއްވުމުގައި އަދި ސުންނަތް ބަޔާންކޮށްދެއްވުމުގައި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ މަގަށް ތަބަޢަވަޑައިގެންވާ ފަރާތްޕުޅުތަކެވެ. މި ޢިލްމުވެރިންނަކީ ސަލަފުއް ޞާލިޙުން ދެމިތިއްބެވި ގޮތުގައި ޤާއިމްވަޑައިގެންވާ އަހުލުވެރިންނެވެ.
އަނެއް ސުވާލުގައިވެ އެވެ. އެ ފަރާތަކަށް އެންމެ ގިނަ މީސްތަކުން ބަސްތައް އިޝާރާތް ކުރާ އަދި އެންމެ ގިނަ މީސްތަކުން (ބަސްތަކުންނާއި އެހެނިހެން ގޮތްތަކުން) ގޯނާ ކުރާ الشيخ ربيع އަކީ ކާކުތޯ އެވެ؟
ބުނަމެވެ. އާނއެކެވެ. މި ޢިލްމުވެރިޔާ އަކީ މުޖާހިދެކެވެ. މި ޢިލްމުވެރިޔާއަކީ ނުހަނު ބޮޑެތި ކަންކަމުގައި މި ޒަމާނުގައި ޤާއިމްވެ ދެމިތިއްބެވި ޢިލްމުވެރިންނަށްވެސް ޤާއިމްވެ ދެމިތިއްބެވުމަށް ނުކުޅަދާނަވީ ކަންކަމުގައި ދެމިހުންނެވި ފަރާތެކެވެ. الإمام أحمد، ابن معين އަދި އެނޫންވެސް އެހެނިހެން ފަރާތްތައް (އެ ޒަމާނުގައި ޤާއިމްވެ ދެމިއްބެވި) ފަދައިންނެވެ. الشيخ ربيع ހިތްވަރާއި އަދި ނުހަނު ވަރުގަދައަށް ބިދުޢަ އަދި ބިދުޢަވެރިންނާ ކުރިމަތިލެއްވި އެވެ. ބިދުޢަވެރިންގެ މަގުފުރެދުން ބަޔާންކުރައްވާ ނުހަނު ގިނަ ފޮތްތައް ލިޔުއްވި އެވެ. އަދި ހަމައެފަދައިން އެ ބިދުޢަވެރިން ޙައްޤުމަގުން ފުރެދިފައިވާކަން ބަޔާންކުރެއްވި އެވެ. ﷲ މި ޢިލްމުވެރިޔާއަށް ހެޔޮވެގެންވާ ޖަޒާދެއްވާށި އެވެ.
ބިދުޢަވެރިންގެ އެންމެ ބޮޑެތި ލީޑަރުން ކަމުގައިވާ މިޘާލަކަށް سيد قطب އަދި حسن البنا ފަދަ ބިދުޢަވެރިންގެ މައްޗަށް (އެ މީހުންގެ ޙާލަތު ބަޔާންކުރައްވާ) ފޮތްތައް ލިޔުއްވެވި އެވެ. އަދި ބިދުޢަވެރި އެންމެ ބޮޑެތި ޖަމާޢަތްތައް ކަމުގައިވާ މިޘާލަކަށް إخوان المسلمين އިޚްވާނުލް މުސްލިމޫން، القطبيين ޤުޠުބީން އަދި السروريين ސުރޫރިއްޔޫން ބަޔާންކޮށްދެއްވާ ފޮތްތައް ލިޔުއްވެވި އެވެ. އަދި މި ދަޢުވަތަށް ނިޞްބަތްވެ، ސަލަފީންގެ މެދުގައި ފިތުނަވެރިކަން ރޯކޮށް އެކަމުގެ ސަބަބެއް ކަމުގައި މެދުވެރިވި ފަރާތްތައް ކަމުގައިވާ، މިޘާލަކަށް أبي الحسن المصري، الحجوري އަދި ހަމައެފަދައިން علي الحلبي، المغرَاوي އަދި عرعور ފަދަ އަހުލުވެރިންގެ ޙާލަތު ބަޔާންކުރެއްވި އެވެ. އެއީ އެބައިމީހުންނަށް ނަޞޭޙަތްތެރިވުމަށް ފަހުގައި އަދި އެފަރާތްތަކުގެ މައްޗަށް ކެތްތެރިވެ ވަޑައިގެންނެވުމަށް ފަހުގައެވެ.
ދުނިޔެ ދޫކުރެއްވި ޢިލްމުވެރިން رحمهم الله ވަނީ الشيخ ربيع ގެ މަންހަޖަށާއި الشيخ ربيع ގެ ދަޢުވަތުގެ މަގަށް ރުހިވަޑައިގަންނަވާފަ އެވެ. އަދި ކިޔެއްތޯ އެވެ. الشيخ ربيع އަކީ އިމާމުން ފާޅުފެވައިވީ ޒަމާނުގައި އިމާމެއްގެ ގޮތުގައިވި އެވެ. އެހެނީ، އެންމެ ބޮޑެތި ޢިލްމުވެރިންގެ ގޮތުގައި ابن باز، ابن عثيمين، އަދި الألباني ޛިކުރު ކުރެވޭ ހިނދުގައި އެ ޢިމާމުންނާ އެކުގައި الشيخ ربيع ޛިކުރު ކުރެވެ އެވެ. އެ އިމާމުންތައް ދުނިޔެ ދޫކުރައްވައިފި އެވެ. އަދި މި ޢިލްމުވެރިޔާ ދުނިޔޭގައި ދެމިހުންނެވި އެވެ. ފަހެ، އެހިނދު ދެކޭނީ ކިހިނަކުންތޯ އެވެ؟
ފަހެ، އެއްވެސް ޝައްކެތް ވަހުމެއް ނުވާގޮތުގައި، الشيخ ربيع މަސައްކަތްޕުޅުތަކަކީ ބޮޑުވެގެންވާ (ނުހަނު އަގުހުރި މަތިވެރި) މަސައްކަތްޕުޅެކެވެ. އަދި މިކަން އެމީހަކަށް މަޢުރިފާވުމަށް އެދޭ މީހާ الشيخ ربيع ގެ ވެބްސައިޓަށް ވަނުން ހުއްޓެވެ. އަދި الشيخ ربيع ގެ ފޮތްތައް ކިޔުންހުއްޓެވެ. އަދި الشيخ ربيع ގެ ރެކޯޑު ކުރެވިފައިވާ ރޯލުތަކުގެ މިންވަރެއް އަޑުއެހުން ހުއްޓެވެ. އަދި الشيخ ربيع ޙަދީޘް ޢިލްމުގައި، ތަފްސީރުގައި އަދި ހަމަ އެފަދައިން ޢަޤީދާގައި އަދި އެނޫން އެތައް ގިނަގުނަ ޢިލްމުތަކުގައި ކުރައްވާފައިވާ ތަޙްޤީޤުތައް ބަލައިލުން ހުއްޓެވެ. ފަހެ، ތިބާއަށް ޢިލްމުވެރިޔާ އެއީ ޢިލްމުވެރިއެއްކަން މަޢުރިފާވެގެން ދާނެ އެވެ.
الشيخ ربيع އަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް އެކަމަށް ފުދެ އެވެ. ހަމަކަށަވަރުން ޢިލްމުވެރިން ވަނީ އެގޮތުގައި ހެކިވެވަޑައިގެންފަ އެވެ. އަދި ތިބާއަށް އެކަން الشيخ ربيع ގެ ދަރިވަރުންނާއި ފޮތްތަކުން މަޢުރިފާވާނެ އެވެ. الشيخ ربيع ގެ ފޮތްތަކަށާއި ދަރިވަރުންނަށް ތިބާ ނަޟަރުހިންގައި ބަލައިލުން ހުއްޓެވެ. އަދި ޢިލްމުގެ އަހުލުވެރިން ހެކިވެފައިވާ ހެކިވުން ތަކަށާއި، ޢިލްމުވެރިން ވިދާޅުވެފައިވާ ޘަނާގެ ބަސްފުޅުތަކަށްވެސް ތިބާ ނަޟަރު ހިންގައި ބަލައިލުން ހުއްޓެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/4Pr0Hv