5 ސަޢުދީ ޢަރަބިއްޔާއިން އެންމެ ފަހުން ހައްޔަރުކުރި ދީނީ ދަންނަބޭކަލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ عَبْد العَزِير الطُريفي އަކީ ކާކު؟ - العَلَّامَة صَالِح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަޢުދީ ޢަރަބިއްޔާއިން އެންމެ ފަހުން ހައްޔަރުކުރި ދީނީ ދަންނަބޭކަލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ عَبْد العَزِير الطُريفي އަކީ ކާކު؟ - العَلَّامَة صَالِح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޢަބްދުލް އަޒީޒް އައް-ޠުރައިފީ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މީހެއްގެ ފަރާތުން ކަންތައްތަކެއް ފާޅުވުމުން، ދަޢުލަތުން އޭނާ ޖަލަށް ލުމަކީ ދައުލަތަށް އެއްޗެހި ކިޔުމަށް އޮތް ސަބަބެއްތޯ އެވެ!

 

ސުވާލު : ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ތަކުރާރުކޮށް އައިސްފައިވާ ސުވާލެއްގައިވެ އެވެ. މި ސުވާލުގެ ޚުލާޞާއަކީ، ދައުލަތުން -ﷲ ދައުލަތަށް ތަޥްފީޤު ދެއްވާށި - ދަޢުވަތު ދިނުމުގައިވާ ބައެއް ދާޢީންގެ ފަރާތުން ކަންތައްތަކެއް ފާޅުވުމުން، އެ ދާޢީންގެ ދަޢުވަތު ދިނުން ހުއްޓުވަ އެވެ. ފަހެ މިފަދައިން ޢަމަލު ކުރުމުން، ދަޢުލަތުގެ މައްޗަށް އެއްޗެހި ކިޔައި، އެފަދައިން ބަސްތައް ބުނުން ހުއްދަވާނެ ތޯ؟ އަދި މިފަދަ ޙާލުތައި އަޅުގަޑުމެން ޤާއިމްވެ ތިބެންޖެހޭނީ ކިހިނަކުންތޯ؟


ޖަވާބު : ދައުލަތަށް މުހިންމުވެގެންވާ ކަމަކީ މުސްލިމުންގެ މައްޗަށް ފާޅުވާ ނުބައިކަންތައްތަކުން މުސްލިމުން ސަލާމަތްކޮށް އެކަންތައްތައް ހުއްޓުވުމެވެ. އެއްވެސް މީހެއްގެ ފަރާތުން ދީނާ ޚިލާފްވެގެންވާ ކަންްތައްތަކެއް ފާޅުވުމުން، އެފަދަ މީހާއަށް އެކަންތައް މަނާކުރުން ދަޢުލަތަށްވެ އެވެ. އަދި އޭނާ ހުއްޓުވަން ޖެހެ އެވެ. އެއީ އޭނާ އެކުށުން ރުޖޫޢަވުމަށް ދާންދެނެވެ. އަދި އޭނާ ހޯދާފައިވާ މަގު ދޫކޮށް، ޙައްޤު ގޮތުގައި ޤާއިމްވުމަށް ދާންދެނެވެ. ފަހެ މިއީ އިޞްލާޙް ކުރުމުގެ ބާބުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އަދި މިއީ ވަލިއްޔުލް-އަމްރުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އާނއެކެވެ.

ފަތުވާ ނަގާފައިވަނީ : https://goo.gl/JO5jlQ


މިދުވަސްތަކުގައި ސަޢުދީ ޢަރަބިއްޔާގައި ހައްޔަރު ކުރެވިފައިވާ އެކަކީ عَبْد العَزِير الطُريفي  (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) އެވެ. ބުނަމެވެ. އިސްލާމް ދީނަށް ދަޢުވަތުދޭ މީހަކު، ބޮޑު ޝެއިޚެއް، ޢިލްމުވެރިއެއް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހައްޔަރުކޮށްފިއޭ ބުނުމުން، ޢާއްމު މީސްތަކުން ސަޢުދީ ޢަރަބިއްޔާ އަދި އެދަޥްލަތުގެ ވެރިންގެ މައްޗަށް ވަރަށްބޮޑެތި ބަސްތައް ބުނާނެ އެވެ. އަދި ހަޑި، މުޑުދާރު ބަސްތައް ވެސް ބުނާނެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ.
އާނއެކެވެ. މިއީ މިއަދު ޙަޤީޤަތަށް ބެލުމެއް ނެތި، އެއްބަޔަކު ދައުލަތްތަކާއި ސަރުކާރުތަކުގެ މައްޗަށް ބަސް ބުނަމުން އަންނަ ގޮތެވެ.


ސަޢުދީ ޢަރަބިއްޔާއިން ހައްޔަރު ކޮށްފައިވާ عَبْد العَزِير الطُريفي  (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) އަކީ ކާކުތޯ ބަލައި، އެއީ ޙައްޤުގެ މަގުގައި ބަސްބުނެ އުއްމަތް ހެޔޮމަގަށް ގެންގޮސް، ފިތުނަ ފަސާދައިން މުޖުތަމަޢު އެއްކިބާ ކުރުމަށް މަސައްކަތްކުރާ ފަރާތެއްތޯ ނުވަތަ ނޫންތޯ ހޯދައި ބެލުން ހުއްޓެވެ.

އަޚުންނޭވެ! މި ފަހުގެ ދުވަސްތަކުގައި ދައުލަތްތަކުގެ މައްޗަށް މުޒާހަރާ ކުރުމަށް ގޮވުމާއި، ދައުލަތްތަކުގެ މައްޗަށް މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި، ވަލިއްޔުލް އަމްރުންގެ މައްޗަށް މީސްތަކުން ނެރެ، ސަލާމަތީ ކަންކަން ބަލަހައްޓާ އަހުލުވެރިންނާއި، ދައުލަތްތަކުގެ މުއައްސަސާތަކަށާއި އިމާރާތްތައް ހަލާކުކޮށް، އެއްވެސް އުޞޫލެއް ޤަވާޢިދެއް ނެތި މުޖުތަމަޢުގެ އަފްރާދުންގެ ލޭއޮހުރުވިގެން ދިޔުމަށް ނަޞޭހަތްތެރިވީ ކޮންބައެއްތޯ ވަރަށްގިނަ ބަޔަކު ސުވާލު ކުރެއެވެ.
މި އެންމެހައި ކަންތައްތަކަށް ހިތްވަރު ދިނީ ކޮންބައެއްތޯ އެވެ؟ މި ޙައްދުފަހަނައަޅައިފައިވާ ފިކުރުތައް މީސްތަކުންނަށް ކާންބޯން ދިނީ ކޮންބައެއްތޯ އެވެ؟ އުއްމަތުގެ ޢިލްމުވެރިންނާއި ޤައުމުތަކުގެ ވަލިއްޔުލް އަމްރުން ގެ މައްޗަށް މުޖުތަމަޢުތަކުގެ ފަރުދުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގައިވަނީ ކޮންބައެއްތޯ އެވެ؟ އުއްމަތުގެ ޒުވާނުންގެ ޙާލު މިހާ ހަމައަށް ގެނައީ ކޮންބައެއްތޯ އެވެ؟ މި އެންމެހައި ކަންތައްތަކާ އެކު މުސްލިމުންގެ ލެއަކީ އަގެއްނެތް، ބޭކާރު އެއްޗެއްގެ ގޮތުގައި ހެދީ ކޮންބައެއްތޯ އެވެ؟

އިސްވެ ބަޔާންވެދިޔަ އެންމެހައި ސުވާލުތަކަށް ޖަވާބުގެ ގޮތުގައި، މި ޢަމަލުތައް ހިންގުމުގައި އިސްދައުރެއް އަދާކުރީ ކޮންބައެއްކަން ބަޔާންކުރުމަށްޓަކައި އެބައިމީހުންގެ ތެރެއިން އެކަކު ކަމުގައިވާ

 

عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) ހިންގާފައިވާ ފަސާދައާއި ފިތުނަވެރިކަމަށް ބަލާލުން ހުއްޓެވެ.

1. މުސްލިމުން ކާފަރު ކުރުމުގައިވާ ތަކްފީރީ އަޤީދާ ފާޅުކޮށްފައިވުން

عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) ބުނެފައިވެ އެވެ. "އިސްލާމް ދީން މަޢުރިފާވެފައިވާ އެއްވެސް މީހަކަށް އެއްވެސް ޝައްކެތްނުވާ ގޮތުގައި، މުސްލިމުންގެ މައްޗަށް ކާފަރުންނަށް ނަޞްރުވެރި ވުމަކީ އިސްލާމްދީނުން ބޭރުވާނެ ކަމެއްކަމުގައި އެނގޭނެއެވެއެވެ." ikhwanituraifi0001.jpg

ވިސްނާލުން ހުއްޓެވެ. މިއީ އެއްވެސް ގޮތަކަށް ޤަވާޢިދަކަށް ބެލުމެއް ނެތި، ޢާއްމުކޮށް ކޮންމެފަދަ ގޮތަކަށް ކާފަރުންނަށް ނަޞްރުވެރިވި ކަމުގައިވީނަމަވެސް ކާފަރުވާނެ ކަމަށް މި އިންސާނާ ބުނެފައިވާ ބުނުމެކެވެ. އެހެންވުމުން މި ބުނެވެނީ، ISIS ފަދަ ޚަވާރިޖު ޖަމާޢަތެއް ބަލިކޮށް އެމީހުންގެ ނުރައްކަލުން މުސްލިމުން ސަލާމަތްކުރުމަށް ކާފަރުންނާ އެއްބައިވުމަކީ ވެސް ކާފަރުވާނެ ކަމެއްކަމުގައެވެ. އެހެނަސް މިއީ ޙަޤީޤަތުގައި އެއްވެސް އިތުރު ތަފްސީލެއް ބޭނުންނުވާ މައްސަލައެއްތޯ އެވެ؟

الشَّيْخُ عَبْدُ العَزِيْز بنْ بَاز رحمه الله ވިދާޅުވެފައިވެ އެވެ. ".. ފަހެ ހުއްދަވެގެން ނުވަނީ، މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމެވެ. އެހެނަސް (ހުއްދަވެގެންވާ) މި ގޮތަކީ މުސްލިމުން ޙިމާޔަތްކޮށް އެމީހުންގެ ބިންތައް މުޖުރިމުންނާ، ޢުދުވާނީ އަހުލުވެރިންނާއި ކާފަރުންގެ ކިބައިން ސަލާމަތް ކުރުމެވެ. މިއީ ތަފާތުވެގެންވާ ދެ ޙާލަތެވެ. އެއީ، އިންސާނަކު މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމާއި އަދި މުސްލިމުންގެ މައްޗަށް ކާފަރުންނަށް އެހީތެރިވުމެވެ. މިއީ މުރުތައްދުވާނޭ ކަމެކެވެ. މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މިއީ މުންކަރާތެކެވެ. އެހެނަސް މަމްލަކާ (ސަޢުދީ ޢަރަބިއްޔާ) ގެ ޙާލަތުފަދައިން، މުސްލިމް ދައުލަތްތައް ރައްކައުތެރި ކުރުމާއި އަދި މުޤައްދަސް ބިންތައް، ކާފަރެއްގެ ކިބައިން ނުވަތަ މުސްލިމެއްގެ ޢުދުވާނުން ހިމާޔަތް ކުރުމަކީ އެކަމެއް ކުރަންޖެހިގެންވާ އަމުރެކެވެ. އަދި އެއީ (އެ ހިނދުގައި) ލާޒިމްވެގެންވާ ކަމެކެވެ. ސަބަބަކީ، ކާފަރެއްގެ ނުބައިކަމުން ނުވަތަ މުސްލިމެއްގެ ނުބައިކަމުން މުސްލިމުން ޙިމާޔަތް ކުރުމެވެ. (مجموع فتاوى 18-169)
އުއްމަތުގެ ޢިލްމުވެރިން ISIS

އަކީ ޚަވާރިޖުން ކަމުގައި ބަޔާނކުރައްވާ ޙުކުމްކުރައްވާފައިވޭ އަދި އެބައިމީހުންގެ ނުރައްކަލުން މުސްލިމް އުއްމަތް ސަލާމަތް ކުރުމަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއްގެ ގޮތުގައި ބުނުމަކީ، މި އިޚްވާނީންނަށް ކެތްކުރެވޭނެ ކަންތަކެއް ނޫނެވެ. އެހެންވުމުން، ISIS އާ ދެކޮޅަށް ނުކުންނަ ކޮންމެ މީހަކަށް އޮތް ޙުކުމަކީ މިއެވެ.


2. މުޒާހަރާ ކުރުމަށް ގޮވުމާއި، މުޒާހަރާތަކުގައި މަރުވެދާ މީހާ އަކީ ޝަހީދެއް ކަމުގައި ބުނުން.

عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) ބުނެފައިވެ އެވެ. "މިޞްރުގެ މައިދާނުގައި، އިސްލާމްދީނަށް އެދި ދެމިހުންނަ  މީހާ އަދި އިންޤިލާބުން ނުކުތް އަނިޔާ އާއި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މިއަދު ޤާއިމްވެ ހުންނަ މީހާއަށް ރިބާޠް ގެ އަހުލުވެރިއަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ. އަދި އެގޮތުގައި މަރުވެއްޖެނަމަ އޭނާއަކީ ޝަހީދެއް ކަމުގައި އުއްމީދު ކުރަމެވެ."  ikhwanituraifi0002.png

އާނއެކެވެ. އިޚްވާނުލް މުސްލިމޫން ވެރިކަމަށް އައުމުން، މުޒާހަރާ ކުރުމާއި، އިޚްވާނުލް މުސްލިމޫންގެ ދަޢުލަތް ދިފާޢުކުރުމަށް ނުކުތުމަކީ އެއީ ޖިހާދެކެވެ. ޝަހީދުވެގެން ދާނެ ކަމެކެވެ. އެހެނަސް އިޚްވާނުލް މުސްލިމޫންގެ ވެރިކަން ނޫން ވެރިކަމެއް ދިފާޢު ކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އެއީ މުޖުރިމުން ދިފާޢުކުރުމާއި ފާފަވެރިން ގެންގުޅުމެވެ.

عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) ބުނެފައިވެ އެވެ. "މިޞްރުގައި ހިނގަމުންދާ ކަންތައްތަކަކީ އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ހަނގުރާމަ އެކެވެ. އޭގެ ނަން ނޫން އެހެން ނަމެއް ކިޔައި ނަންދީފައިވި ކަމުގައިވިޔަސް އެވެ. ފިރުއަޢުނު އޭނާގެ ޤައުމުގެ މީހުންނަށް ބުންޏެވެ. ރަނގަޅުމަގަށް މެނުވީ ތިޔަބައިމީހުންނަށް މަގު ނުދައްކަމެވެ. މަގުފުރެދުން އެއީ ރަނގަޅު މަގުކަމުގައި ހަދައި، މޫސާ އަދި މޫސާއަށް ތަބަޢަވި މީހުންނަކީ ސިޙުރުވެރިން ކަމުގައި ހެދި އެވެ."  ikhwanituraifi0003.png

އަޚުންނޭވެ. މިއީ މިބައިމީހުން އިޚްވާނިއްޔަތުގައި ކުރިއަރައި ގޮސްފައިވާ މިންވަރެވެ. އަދި އިޚްވާނުލް މުސްލިމޫންގެ ދިފާޢުގައި ބަސްބުނެފައިވާ މިންވަރެވެ. އިޚްވާނުލް މުސްލިމޫންއާ ދެކޮޅުވެއްޖެ ހިނދުގައި އެއީ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމަ ކަމުގާވެއެވެ. ވުމުން، ސަޢުދީ ޢަރަބިއްޔާއިން އިޚުވާނުލް މޫސްލިމޫންގެ ދައުލަތާ ދެކޮޅަށް ބަސްބުނުމުން ސަޢުދީ ޢަރަބިއްޔާ އަކީ އިސްލާމްދީނާ ދެކޮޅުވެއްޖެ ހަނގުރާމަ ކުރާ ބައެއްކަމުގައި މިބަސްތަކުން ދޭހަވެ އެވެ. މިއީ ޝަރީޢަތުގެ ޙުދޫދް ތަކަށް ބެލުމެއްނެތި، ޕާޓީއަށްޓަކައި ތިމާގެ ދީން ވިއްކާލައިފައިވާކަން ބަޔާންވެގެންދާ ކޮންފަދަ ބޮޑު ހެއްކެއް ހެއްޔެވެ؟


މި އިންސާނާ އަކީ ދައުލަތްތަކާއި ސަރުކާރުތަކަށް ހުރި ބޮޑުވެގެންވާ ނުރައްކަލެއްކަން ބަޔާންވެގެންދަނީ، ވަކި ސަރުކާރެއް އައުމުން ދީންނުގައިވާ ޙުކުމް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެހިނދުގައި ބަޔާންކޮށް، ހިތް ނުރުހޭ ސަރުކާރެއް އައުމުން، ދީނުގައިވާ ޙުކުމް އެ ސަރުކާރުގެ މައްޗަށް ބަދަލުވެ، އަދި ޝަރީޢަތުގައިވާ ޙުކުމް ބަދަލުވުމެވެ.


 މިފަދަ ނުރައްކައުތެރި މީހެއްކަން ބަޔާންވެގެންވާ އެއް ދަލީލަކީ، މުރުސީގެ އިޚްވާނީ ސަރުކާރު އޮވެ އެސަރުކާރާ ދެކޮޅަށް ނުކުތީމަ އެއީ ހުއްދަވެގެން ނުވާނެ ކަމެއްކަމުގައި ބުނެ އެހެނަސް އިޚްވާނީންގެ ސަރުކާރު ވެއްޓި އައު ސަރުކާރު އައުމުން ވެރިޔާގެ ވެރިކަންވެސް ޞައްޙަ ނުވާނެ ކަމުގައި ބުނެފައިވުމެވެ.
عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) މުރުސީގެ ވެރިކަން ވެއްޓުމުގެ ކުރިން، 2012 ގައި، ގަދަ ބާރުން ވެރިކަން އަތުލައިގެންފައިވާ ވެރިޔާގެ މައްޗަށް، أَهلُ السُنَّة والجَمَاعة ގެ ޢަޤީދާ ބަޔާންކޮށް ބުނެފައިވެ އެވެ. "މީސްތަކުން ޤަތުލުވެގެން ދިޔަ ކަމުގައިވީނަމަވެސް އެގޮތުގައި މީސްތަކުންގެ މައްޗަށް ބާރުގެ ބޭނުންކޮށްގެން، ގަދަބާރުން ވެރިކަމަށް އަރައިފި ހިނދުގައި، ފަހެ، އެހިނދު އެފަދަ މީހާއާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. އަދި މިފަދައިން ވެރިކަމުގައި ހުރި މީހެއްގެ މައްޗަށް، ވެރިޔާގެ ފާސިޤުކަމުގެ ސަބަބުންނޭ ބުނެ ވެރިޔާއާ ދެކޮޅަށް ނުކުމެއްޖެ މީހަކީ، އަމިއްލަ ނަފްސަށް އަނިޔާވެރި ވެފައިވާ މީހެކެވެ."


އަޚުންނޭވެ. މިއީ މުރުސީގެ ވެރިކަން ވެއްޓުމުގެ ކުރީގައި الطُريفي ބުނެފައިވާ ގޮތެވެ. މާނައީ، މުރުސީގެ ނުބައިކަމާއި، ފާސިޤު ކަމުންނޭ ބުނެ، މުރުސީއާ ދެކޮޅަށް ނުކުންނަ މީހަކީ އަނިޔާވެރި އެކެވެ. އަހުލުއް ސުންނަތުގެ ޞައްޙަ ޢަޤީދާ މިހިނދުގައި ފާޅުކުރަނީ އެބައިމީހުންނަށް މިކަމުގައި މަޞްލަޙަތު އޮތުމުންނެވެ. އެއްވެސް ޝައްކެތް ނުވާ ކަމަކީ، މިއީ މި އިންސާނާ ޢާޤީދާގައި ޤަބޫލުކުރާ ގޮތްކަމުގައި ވާނަމަ، ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީނަމަވެސް، ކޮންމެ މުސްލިމް ވެރިޔަކު ވެރިކަމުގައި ހުއްޓަސް އޭނާގެ ޢަޤީދާ ބަދަލެއް ނުވާނެ އެވެ.


عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) މުރުސީގެ ވެރިކަން ވެއްޓުމުށް ފަހުގައި، 2013 ގައި، ގަދަ ބާރުން ވެރިކަން އަތުލައިގެންފައިވާ ވެރިޔާގެ މައްޗަށް، ބަޔާންކޮށް ބުނެފައިވެ އެވެ. "އަހަރެމެން ބުނަމެވެ. މިޞުރުގައި މިހާރު ހުރި ވެރިޔާ އަކީ ގަދަބާރުން ވެރިކަމަށް އަރާ ހުރި މީހެއް ނޫނެވެ. އެހެނަސް ޙަޤީޤަތުގައި އޭނާ އަކީ އަނިޔާވެރިއެކެވެ."
ފަތުވާ އަޑުއެހުމަށް : https://goo.gl/XwKmfE
އެއް މައްސަލައެއް 2 ވެރިކަމުގައި 2 ގޮތަށެވެ!!!!


عَبْد العَزِير الطُريفي (ޢަބްދުލް ޢަޒީޒް އައް-ޠުރައިފީ) أَهلُ السُنَّة والجَمَاعة ގައި ވެރިންގެ މައްޗަށް އޮތް ޢަޤީދާ ބަޔާންކޮށް، އެހެނަސް އެ ފުށުއަރުވާފައިވެ އެވެ. އެއީ އިޚްވާނުލް މުސްލިމޫން ނޫން ބަޔަކު ވެރިކަމުގައި ހުރުމުން، އެއީ حُسنِيْ مُبارك އާ ދެކޮޅަށް ރައްޔިތުން ނުކުތް ހިނދުގައި ބުނެފައިވާ ބަސްތަކެވެ. الطُريفي ބުނެފައިވެ އެވެ.

 3. ދީނުގައި ވެރިން ޢައްޔަނުވުމާއި ވެރިކަމުގެ ދާއިރާގެ އުޞޫލްތަކާއި ޤަވާޢިދު އޭނާގެ ހަވާނަފްސަށް ބަދަލު ކޮށް ބަސް ބުނުން.

 

އެ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރާމީހުން ނުރުހޭ އިމާމަކު ހުރުން ހުއްދަވެގެން ނުވާގޮތަށް، ރައްޔިތުން ނުރުހޭ ވެރިޔަކު ވެރިކަމުގައި ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ. .......... ikhwanituraifi0004.png

އަޚުންނޭވެ! ރައްޔިތުން ނުއެދެންޏާ ވެރިކަމުގައި ނުހުރެވޭނެކަމާއި، ރައްޔިތުން ހިތް އެދޭ ކަމުގައިވާނަމަ ވެރިކަމުގައި ވެރިޔާއަށް ހުރެވޭނެކަމުގައި މި އިންސާނާ ބުނެފައިވަނީ އިސްލާމް ދީނަށް ނިސްބަތްކޮށެވެ. އެހެނަސް މިއީ ޑިމޮކްރަސީގެ އުޞޫލްތަކުގެ ތެރޭގައިވާ އުޞޫލެކެވެ. ﷲ ގެ ދީނުގައި ވެރިކަމުގެ ބާބުގެ ތެރޭގައިވާ އުޞޫލެއް ނޫނެވެ. އާނއެކެވެ. حُسنِيْ مُبارك ގެ ވެރިކަމަކީ އިޚްވާނުލް މުސްލިމޫންގެ ވެރިކަމެއް ނޫނެވެ. އެހެންވުމުން އެހިނދު ދީނުގައި އޮތީ ރައްޔިތުން ނޭދޭ ވެރިއެއް ކަމުގައިވާނަމަ ވެރިކަމުގައި ނުހުރެވޭނެ ކަމަށެވ! الطُريفي ދުލުން ބުނެފައިވާ މިބަސްތަކަށް ނުބުނެވޭނެ ހެއްޔެވެ؟ "މުރުސީގެ ވެރިކަމާއި ދެކޮޅަށް މީސްތަކުން ނުކުމެ އަޑު އުފުލުމުން އެހިނދު މުރުސީ ވެރިކަމުން ފޭބުން ހުއްދަނުވީ ކީއްވެބާ އެވެ؟."

4. ސޫރިޔާގައި ހިނގަމުންދަނީ ފިތުނައެއްކަން الشيخ صالح الفوزان ބަޔާންކުރުމުން الطُريفي އެއަށް ބަދު ބުނެފައިވާ ބަސް

ފާޅުވެ ބަޔާންވެގެންވާ ޙައްޤު އެއީ، ޝުބުހަވެރި ފިތުނައެއް ކަމުގައި ސިފަކޮށްފި މީހަކީ، ޙާލަތް ނޭނގިފައިވާ ޖާހިލެކެވެ. ނުވަތަ ދަލީލުތަކުގެ މައްޗަށް ޖާހިލު ކަމުގައިވާ މީހެކެވެ. ނުވަތަ ދީނުގައި ފިތުނަވެރި ވެފައިވާ މީހެކެވެ.

ikhwanituraifi0005.jpg

މި ބަސްތައް الطُريفي ނިސްބަތްކޮށްފައިވަނީ، ސީރިޔާގައި ހިނގަމުންދަނީ ފިތުނައެއް އެތަނަށް ގޮސްގެން ނުވާނެކަން އޭނާގެ ރަޙްމަތްތެރިން ކަމުގައިވާ އެހެން ފަރާތްތައްވެސް الشيخ صالح الفوزان ބަޔާންކުރެއްވުމުން އެބަސްތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިއިން ބަޔާންވެގެންދަނީ މި މީހުންގެ ހުރި ގޮތްކުޑަކަމާއި، ބޮޑެތި ޢިލްމުވެރިންގެ މައްޗަށް ބަސްތައް ބުނުމުގައި އެއްވެސް ގޮތެއްނެތް ކަމެވެ. ޙަޤީޤަތުގައި މި މީސްތަކުން ފަޟީޙަތްވުން ނޫންއެއްޗެއް އެބަ އޮތްތޯ އެވެ؟


العَلاَّمَة الشَّيْخُ صالح الفوزان حفظه الله  އަރިއަހުގައި ސުވާލު ކުރެވުނެވެ.


ސުވާލު : ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. މީހަކު ސުވާލުކޮށްފައިވެ އެވެ.
ސޫރިޔާއަށް ދިއުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ފަހެ، އެތަނުގައި ވަނީ (ހަގުރާމައަކީ) އެއީ ޖިހާދެއްތޯ އެވެ؟
ޖަވާބު :  ﷲ އަށް ޙަމްދު ހުއްޓެވެ. ކޮންމެ އިންސާނަކުވެސް ފިތުނަތަކުން ސަލާމަތްވެ ހުރުމަކީ އޭނާ ﷲ އަށް ޙަމްދުކުރަން ޖެހޭކަމެކެވެ. ފަހެ، ތިޔައީ ފިތުނަތަކެކެވެ. އިންސާނާ ތިޔަ ފިތުނައިގެ ތެރެއަށް ވަދެގެން ނުވާނެ އެވެ. އޭނާއަށް އޮތީ (ތިޔަ ފިތުނަތަކުން) ދުރުވެ، ވަކިވެ ހުރުމެވެ.
އެހެނަސް އޭނާ މުސްލިމުންނަށް ހެޔޮ ދުޢާ ކުރާށެވެ. މުސްލިމުންނަށް ނަޞްރުލިބުމަށް އެދި ސަލާމަތްކޮށްދިނުން އެދި، އަދި ގިނަގިނައިން ދުޢާކުރުން ހުއްޓެވެ.
އެހެނަސް އޭނާ އެތަނަށް ދިއުމަކީ، ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. (ސަބަބަކީ)
ފުރަތަމައީ : އޭނާގެ ޢާއިލާ އެވެ. އޭނާގެ މަންމަ އާއި ބައްޕަވެ އެވެ. އަދި އޭނާގެ ޢާއިލާ އެވެ.
ދެވަނައީ : ކޮންމެހެންވެސް (ވަލިއްޔުލް އަމްރު) ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ. ކޮންމެހެންވެސް ވެރިޔާގެ އިޛުނަ ލިބެންޖެހޭނެ އެވެ.
ކޮންމެހެންވެސް މި ދެ ކަންތައް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ މަންމަ އާއި ބައްޕަގެ އިޛުނަ ލިބިގެންވުމާއި، ވެރިޔާގެ އިޛުނަ އެކަމަށް ލިބިފައިވުމެވެ.
ފަހެ ތިޔައީ ފިތުނަތަކެވެ. އިންސާނާއަށް އޮތީ އެއިން ދުރުވެ، ވަކިވެ ހުރުމެވެ.
އާނއެކެވެ.
****
އަޑުއައްސަވާ : http://goo.gl/TBaMsx


އަޚުންނޭވެ! الطُريفي ގާތުގައި މިފަތުވާއަކީ ފިތުނަވެރި، ޖާހިލުންގެ ފަތުވާއެއް ކަމުގައި ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނީ އޭނާއަކީ ސޫރިޔާގައި ހިނގަމުންދާ ކަންތައްތަކަކީ ނިޢުމަތެއް ކަމުގައި، އެއީ ހެވެއް ކަމުގައި ބުނެ، އެބައިމީހުންނާ އެކުގައި ވާން ޖެހޭކަމުގައި ބުނެފައިވާ މީހެކެވެ!!

الطُريفي (އައް-ޠުރައިފީ) ބުނެފައިވެ އެވެ.
 "އަހަރެމެންނަކީ އެއަށް ނަޞްރުވެރިވާ މީހުންނެވެ. އަދި ސޫރިޔާގައި ހިނގަމުންދާ އިންޤިލާބުގެ މައްޗަށް އަހަރެން ދެކެނީ އެއީ ﷲ އެ ޤައުމުގެ އަހުލުވެރިންގެ މައްޗަށް އިރާދަފުޅު ކުރެއްވާ ދެއްވާފައިވާ ނިޢުމަތެއްކަމަށެވެ. ސޫރިޔާގައި ހިނގަމުންދާ ކަންތައްތަކަށް އަހަރެން ދެނީ إن شاء الله އެއީ ބޮޑުވެގެންވާ ހެޔޮކަމެކެވެ. އަހަރެމެން އެންމެނަަށް ވާޖިބުވެގެންވަނީ ކުޅަދާނަވީ މިންވަރަކަށް އެބައިމީހުންނާ އެކުގައި ޤާއިމްވެ ދެމިތިބުމެވެ.
އަދި ނަފްސުންނާއި، މުދަލުންނާއި ދުޢާކޮށް އެބައިމީހުންނާ  އެކުގައި ވުމެވެ. އަދި މިކަމުގައި އެބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް ނަޞްރުވެރިވުމެވެ."
އަޑުއައްސަވާ : https://goo.gl/82LEnK

الطُريفي ބުނާ ނަޞްރާއި، ނިޢުމަތަކީ މިއީތޯ؟

ikhwanituraifi0007.jpg ikhwanituraifi0009.jpg ikhwanituraifi0008.jpg

އަޚުންނޭވެ. މިއީ ފިތުނަވެރިކަމަށް ހިތްވަރު ދިނުމާއި، އުއްމަތްތައް ފަސާދަކޮށް، ޓެރެރިސްޓުންނަށް ހިތްވަރުދިނުމާއި، އުއްމަތުގެ ޚަވާރިޖުންނަށް ނަޞްރުވެރި ވުމުގެ އިތުރަށް ދަޥްލަތްތަކާއި ރައްޔިތުންނާއި އަދި ޢިލްމުގެ އަހުލުވެރިންގެ މައްޗަށް ހުރި ބޮޑުވެގެންވާ ނުރައްކަލެކެވެ. މިފަދަ މީހަކު ސަޢުދީ ސަރުކާރުން ހިފައި ހައްޔަރު ކުރުމަކީ ޙަޤީޤަތުގައި ސުންނަތް ދިފާޢުކޮށް ޢާއްމު މީސްތަކުންނާއި އަދި ޚާއްޞަ އަހުލުވެރިންނަށް ހެޔޮ ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުން ނޫންތޯ އެވެ؟

ހިތާމައަކީ، ފިތުނަ ފަސާދައަށް ހިތްވަރުދޭ މިފަދަ ބޮޑެތި ލީޑަރުންނަކީ "ޝެއިޚުންނަށް" ޢިލްމުވެރިން ކަމުގައި ވެފައި ވުމެވެ. އާނއެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް ޢަޤީދާގައި އެއްވައްތަރު ބައިގަނޑު ގުޅޭނީ ހަމަ އެފަދަ އެއްވައްތަރުގެ ބައިގަނޑާއެވެ.

އަޚުންނޭވެ! މުޖުތަމަޢު ހަލަބޮލިކޮށް، އިންޤިލާބްތަކަކީ އެއީ ނަޞްރު ލިބުންކަމުގައި ބުނާ، ވެރިންނާ ދެކޮޅަށް ނުކުތުމަށް ގޮވާލާ، ދީނުގެ ޤަވާޢިދުތަކާއި އުޞޫލްތައް ސަރުކާރު ބަދަލު ވުމުން ބަދަލުވެ، އިޚްވާނުލް މުފްސިދޫންއަށް ހިތްވަރުދީ، މުޒާހަރާ ކުރުމާއި، ހަޅުތާޅު ހެދުމަށް ގޮވާ، މުޒާހަރާ ކޮށް މަރުވާ މީހުން، ޕާޓީއަށްޓަކައި ފިދާވާ މީހުން އެއީ ޝަހީދުން ކަމުގައި ބުނާނީ ދަންނަބޭކަލުން ބާއެވެ؟ ނުވަތަ އެއީ ފަސާދައަށާއި، ފިތުނަވެރިކަމަށް ހިތްވަރު ދިނުން ތޯ އެވެ؟ އާނއެކެވެ. މި ބައިގަނޑުގެ މީހުން ކިތަންމެ ފިލައިގެން ތިއްބަސް އެމީހުންގެ ބައިގަނޑުގެ ޢަމަލުތައް ފާޅުކޮށް ފެންނާން ހުއްޓެވެ. އުއްމަތުގެ މުފްތީން، ރައްބާނިއްޔަ ޢިލްމުވެރިން މިފަދަ ފަސާދައާއި ފިތުނަވެރިންގެ މައްޗަށް އިންޒާރުދެއްވައި، މިއީ ޢިލްމުވެރިން ނޫންކަމުގައި ބަޔާންކޮށްފައިވީ ހިނދުގައިވެސް، ޢިލްމުގެ އަހުލުވެރިން އެހެން ބާބުތަކުގައި ދޫކުރި ގޮތަށް އެބައިމީހުން ވަނީ މި ނަޞޭޙަތްތައްވެސް ދޫކޮށް، އެމީހުންގެ ހަވާނަފްސަށް ގޮސްފަ އެވެ.

ތުރައިފީ އަކީ ޝެއިޚެއް ކަމުގައި ފަތުރަމުންދާ ޖޭއެެސް ފިކުރުގެ ހާލު ބަލާލުން ހުއްޓެވެ!

ikhwanituraifi00010.jpg

އަޚުންނޭވެ. މި އިޚްވާނީންގެ ޙުކުމް ކުރިގޮތް ބަލާލުން ހުއްޓެވެ! العَلاَّمَة عبد العزيز آل الشيخ حفظه الله އަދި العَلاَّمَة صالح الفَوزان حفظه الله ޖަލަށް ނުގޮސް ފަތުވާ ދެއްވުމާއި ދަރުސް ދެއްވުމުން ދޭހަވަނީ އެއީ ޙައްޤުބަސް ބަޔާން ނުކުރަނީ ހެއްޔެއެވެ؟ މިއީ ކޮން އިންސާފަކުން ޙުކުމް ކުރުން ބާއެވެ؟ ދީނުގައި ނުވާ ކިތަންމެ ކަންތައްތަކެއް، ކިތަންމެ ފިތުނަ ފަސާދައަށް ގޮވިޔަސް އެއީ ޙައްޤުގައި ހުރެގެން ޖަލަށް ދިއުން ބާވަ އެވެ. އެންމެ ބޮޑެތި ޢިލްމުވެރިން الطُريفي (އައް-ޠުރައިފީ)  އަށް އިންޒާރު ދެއްވައި، މީސްތަކުން ސަމާލު ވުމަށް އަމުރުކުރައްވައި ބަޔާންކުރެއްވުމުން ތިބާއަށް އެބަސްތައް ޙައްޤުކަމުގައި ނުވެ، ތިބާ ހުރީ ޙައްޤު ކަމުގައިވުން އެއީ ކޮން ޢަދުލަކުން އިންސާފަކުން ޙުކުމް ކުރުން ހެއްޔެވެ؟ އާނއެކެވެ. އިޚްވާނީން މުފްސިދޫން، އެ އިޚްވާނީން އަދި މުފްސިދޫން ހިމާޔަތް ކުރާނެ އެވެ.

عبد العزيز الطريفي އަދި މި ބައިގަނޑުގެ މައްޗަށް العَلاَّمة صَالح الفَوزان އިންޒާރު ދެއްވާފައި ވުން.

ސުވާލު ކުރާ މީހާ: حَيَّاكم الله، السَّلام عليكم.  ޝެއިޚްވަނީ ހެޔޮ ޙާލުގައިކަމުގައި ދެކެމެވެ. ﷲ ޝެއިޚް ރައްކާތެރި ކުރައްވާނދޭވެ. ސުވާލެއް ކުރުމަށް ޝެއީޚްގެ އަރިއަހުން ހުއްދައަށް އެދެމެވެ.
الشَّيْخ العَلاَّمة صَالح الفَوزان :  އާނއެކެވެ.
ސުވާލު ކުރާ މީހާ : ޝެއިޚްއަށް ﷲ ބަރަކާތްލައްވާށިއެވެ. ޝެއިޚް އެވެ. ޒުވާނުންގެ ތެރެއިން ބަޔަކު ވަލިއްޔުލް އަމްރުއާ ދިމާލަށް އެއްޗެހި ކިޔައެވެ. އެގޮތުން ބުނެއެވެ. ވަލިއްޔުލް އަމްރުވަނީ ޢިލްމުވެރިންނާއި ޞާލީހް އަޅުތަކުން ޖަލަށް ލައިފައެވެ. އެ ޢިލްމުވެރިންގެ ގޮތުގައި މިބައިމީހުން ދެކެނީ عبد العزيز الطريفي، سليمان العَلْوان އަދި خَالد الرَّاشد އެވެ.
الشَّيْخ العَلاَّمة صَالح الفَوزان :  ތިޔަ މީސްތަކުން ދޫކޮށްލާށެވެ. އެމީހުންގެ ތެރެއަށް ނުވަންނާށެވެ. އެމީހުންނާ އެކުގައި ނުއިށީންނާށެވެ. ދޫކޮށްލާށެވެ.
ސުވާލު ކުރާ މީހާ : بَارَك الله فِيك شَيخ، އެހެނަސް މީސްތަކުންގެ ތެރެއިން ބަޔަކު  ވަނީ މިބައިމީހުންގެ އަވައިގައި ޖެހިފަ އެވެ.


الشَّيْخ العَلاَّمة صَالح الفَوزان :  އެބައިމީހުންނަށް އެބައިމީހުންގެ ތެރެއިން ފެންނަ މީސްތަކުންނަށް ނަޞޭހަތްތެރިވެ ބަޔާންކުރުން ހުއްޓެވެ. ﷲ އެބައިމީހުން އިޞްލާޙްކޮށްދެއްވާނދޭވެ.  
އަޑުއައްސަވާ : https://goo.gl/WufgC2

عبد العزيز الطريفي އަދި މި ބައިގަނޑުގެ މައްޗަށް މުފްތީ آل الشيخ  އިންޒާރު ދެއްވާފައި ވުން.

އިންޤިލާބްތަކަށް ފަތުވާދިން މީހުންނާއި، ފިތުނަވެރިކަމަށް ހިތްވަރުދިން އަހުލުވެރިންނާ މެދުގައި ސަޢުދީ ޢަރަބިއްޔާގެ މުފްތީ العَلاَّمَة عبد العزيز آل الشيخ حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.
"އެއީ، އެމީހުންނަކީ ޢިލްމުވެރިންނެއް ނޫނެވެ. އެމީހުންނަކީ ފިތުނަވެރި މީހުންނެވެ. އެއީ އިސްލާމް ދީނަށް ދަޢުވަތުދެވޭނެ ބައެއްވެސް ނޫނެވެ. އެމީހުންނަކީ ފިތުނަވެރި މީހުންނެވެ. ނުބައި ނުލަފާ، ފިތުނަވެރި ބައެކެވެ. އިންޤިލާބްތަކާއި، ހަޅުތާލު ހެދުމަށާއި މަސްރަހު ހަލަބޮލިކޮށްލުމަށް ދަޢުވަތުދޭ މީހުންނަކީ އިސްލާމް ދީނަށް ދަޢުވަތްދޭ ބައެއް ނޫނެވެ."
އަޑުއައްސަވާ : https://goo.gl/EGHAaq

އިންޤިލާބުތަކަށް ފަތުވާދިން މީހުންނާއި ފިތުނަވެރިކަމަށް ހިތްވަރުދިން އަހުލުވެރިންނާ މެދުގައި   العَلاَّمَة صالح الفوزان حفظه الله އަރިއަހުގައި ސުވާލު ދެންނެވުމުން ވިދާޅުވި އެވެ.


"ކިޔަވާ ކުދިންގެ ނަމުން ނަންލިބިގެން، މި އިންޤިލާބުތަކަށް ހިތްވަރުދީ، އެ އިންޤިލާބުތަކަށް ބާރުއަޅާ، މީސްތަކުން އެކަމަށް ނުކުތުމަށް ގޮވާލާ، އެފަދައިން ގޮވާލާ މީހުން، އަދި އެއިން އެބައިމީހުން ބޭނުންވާ ލަނޑުދަނޑިއަކީ މުސްލިމުން ބައިބައި ކޮށްލުމެވެ. އަދި މުސްލިމުންގެ އަތުގައި އޮތް ބާރުވެރިކަން ނެތިކޮށްލުމެވެ. އަދި ފަހަރެއްގައި މި މީހުންނަކީ ޣާފިލުވެފައިވާ ބައެއްގެ ގޮތުގައި ވެދާނެ އެވެ. އޭގެ ނިމުން ހިތިވާނެ ވަރެއް މި މީހުންނަށް އޮޅުންނުފިލައެވެ. އަދި ދީނުގައި އައިސްފައިވާ ދަލީލުތަކަށް ނުބަލައެވެ. ފަހެ މިފަދަ މީހުންގެ ކިބައިން އިންޒާރު ލިބިގަތުން ވާޖިބުވެގެންވެ އެވެ. ފަހެ ހަމަކަށަވަރުން މި މީހުންނަކީ، މަގުފުރެދުމަށް ދަޢުވަތުދޭ މީހުންނެވެ. މި މީހުންނަކީ ފިތުނައަށް ދަޢުވަތުދޭ ފިތުނަވެރި މީހުންނެވެ. އެމީހުންގެ ކިބައިން އިންޒާރު ލިބިގަތުން ވާޖިބުވެގެންވެ އެވެ. އަދި އެމީހުންގެ ބަސްތައް ޤަބޫލުކޮށްގެން ނުވާނެ އެވެ. ސަބަބަކީ އެއީ އިސްލާމް ދީނަށާއި މުސްލިމުންނަށް އޮތް ބޮޑު ގެއްލުމެކެވެ." އަޑުއައްސަވާ : https://goo.gl/DnQyLa

Like what you see?

Close

Hit the buttons below to follow us, you won't regret it...