5  ފިރިހެނުން ތުނބުޅި އަދި ބޮލުގެ އިސްތަށިތައް ކަޅު ކުރުން ހުއްދަވެގެން ނުވެ އެވެ. - اَللَّجْنَةُ الدَّائِمَةُ لِلْبُحُوثِ الْعِلْمِيَّةِ وَالْإِفْتَاء - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ފިރިހެނުން ތުނބުޅި އަދި ބޮލުގެ އިސްތަށިތައް ކަޅު ކުރުން ހުއްދަވެގެން ނުވެ އެވެ. - اَللَّجْنَةُ الدَّائِمَةُ لِلْبُحُوثِ الْعِلْمِيَّةِ وَالْإِفْتَاء

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޒީނަތްތެރިކަން الزينة

ސުވާލު: ކަޅު ކުލަ ބޭނުން ކޮށްގެން ތުނބުޅީގެ ކުލަ ބަދަލު ކުރުން ހުއްދަވެގެންވޭތޯ އެވެ؟
 

ޖަވާބު: اَلْحَمْدُ للهِ وَحْدَهُ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ وَآلِهِ وَصَحْبِه. އެއަށް ފަހު ބުނަމެވެ:
ފިރިހެނަކު އޭނާގެ ތުނބުޅި ކަޅު ކުލައިން ބަދަލު ކުރުން ހުއްދަވެގެން ނުވެ އެވެ. އެއީ އެކަމުން ދުރުވެގަތުމަށް އަމުރުފުޅާއި، އެކަން ކުރުމަށް ނަހީ އައިސްފައިވާތީ އެވެ. ފަހެ ހަމަކަށަވަރުން أَبُو دَاود ގެ ސަނަދުން جَابِر بْنُ عَبْدِ الله ގެ އަރިއަހުން ރިވާކުރެއްވި އެވެ. ވިދާޅުވިއެވެ: "أُتِيَ بِأَبِي قُحَافَة يَوْمَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا فَقَالَ رَسُولُ اللهِ صلى الله عليه وسلم: {غَيِّرُوا هَذَا الشَّيْبَ، وَاجْتَنِبُوا السَّوَاد}(1)، މާނައީ: މައްކާ ފަތަޙަ ކުރެވުނު ދުވަހު أَبُو قُحَافَة ގެނެވުނު ހިނދު އެޞަޙާބީގެ ތުނބުޅިފުޅާއި އިސްތަށިފުޅު ވަނީ ހުދުކަމުން ثَغَامَة އެއް (ފަރުބަދައިގެ އެންމެ މަތީގައި ފަޅާ މާތައް ހުދު ގަހެއް) ފަދައިންނެވެ. ފަހެ الله ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: "މިނުރަތައް ބަދަލު ކުރާށެވެ. އަދި ކަޅު ކުރުމުން ދުރުވެގަންނާށެވެ." އަދި ހަމަކަށަވަރުން މިޙަދީޘް مُسْلِم އާއި النَّسَائِي އާއި اِبْنُ مَاجَه ރިވާ ކުރެއްވި އެވެ. އަދި اِبْنُ عَبَّاس رضي الله عنه ގެ އަރިއަހުން اَلْإِمَامُ أَحْمَد އާއި أَبُو دَاود އާއި النَّسَائِي ރިވާކުރެއްވި އެވެ. ވިދާޅުވި އެވެ: الله ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ: {يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّة}(2)، މާނައީ: "ފަހު ޒަމާނުގައި، ކޮތަރުތަކެއްގެ މޭތަކެއް ފަދައިން ކަޅު ކުލައިން (ބޮލާއި ތުނބުޅީގެ އިސްތަށިތައް) ބަދަލު ކުރާ ޖަމާޢަތެއް ވާނެ އެވެ. އެބައިމީހުން ސުވަރުގޭގެ ވަސް ނުދެކޭނެ އެވެ." އެހެންނަމަވެސް ކުރިން ޛިކުރުކުރެވިފައިވާ جَابِر ގެ ޙަދީޘްގެ ސަބަބުން، ކަޅު ނޫން ކުލައަކުން ނުރަކަން ބަދަލު ކުރުން މުސްތަޙައްބުވެގެންވެ އެވެ.
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

 

ސުވާލު: މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ދެބަސްވެފައިވާ މައްސަލައެކެވެ: ކަޅު ކުލައާއި އެނޫން ކުލަތަކުން ތުނބުޅީގައި ކުލަ ޖެއްސުމެވެ. ހުއްދަވެގެންވަނީ އަދި ޙަރާމްވެގެންވަނީ ކޮން ކަމެއްތޯ އެވެ؟

ޖަވާބު: اَلْحَمْدُ للهِ وَحْدَهُ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ وَآلِهِ وَصَحْبِه. އެއަށް ފަހު ބުނަމެވެ: އިސްތަށްޓަށް ރަތްކަން ނުވަތަ ރީނދޫކަން ގެނެސްދޭ ހީނާފަތް އަދި އެފަދަ އެއްޗެއް ބޭނުންކޮށްގެން ތުނބުޅީގައި ކުލަޖެއްސުމަކީ ޝަރުޢު ކުރެވިގެންވާ ކަމެކެވެ. އެއީ ވާރިދުވެގެންވާ ޙަދީޘްގެ ސަބަބުންނެވެ: {أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَصْبِغُ بِالصُّفْرَة}(3)، މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ރީނދޫކުލައިން (ތުނބުޅިފުޅުގެ އިސްތަށިފުޅުގެ) ކުލަ ބަދަލުކުރައްވަ އެވެ." އަދި مُسْلِم ރިވާކުރެއްވި ޙަދީޘްގެ ސަބަބުންނެވެ: أَبُو بَكْر ހީނާފަތާއި އަލް-ކަތަމް (ހީނާފަތުގެ ބާވަތެއް) ބޭނުން ކުރައްވައިގެން ކުލަ ޖެއްސެވި އެވެ. އަދި ހަމަކަށަވަރުން عُمَر ހީނާފަތް ބޭނުންފުޅު ކުރައްވައިގެން ކުލަ ބަދަލު ކުރެއްވި އެވެ. އަދި ނަބިއްޔާ ﷺ ގެ ޙަދީޘްގެ ސަބަބުންނެވެ: {إِنَّ أَحْسَنَ مَا غَيَّرْتُم بِهِ هَذَا الشَّيْبَ: اَلْحِنَّاءُ وَالْكَتَمُ}(4)، މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން މިނުރަކަން ފިލުވާލަން ބޭނުންކުރާ އެންމެ ރިވެތި ތަކެއްޗަކީ: ހީނާފަތާއި އަލް-ކަތަމް އެވެ." ރިވާ ކުރެއްވީ اَلْإِمَامُ أَحْمَد އާއި، أَبُو دَاود އާއި، النَّسَائِي އާއި، التِّرْمِذِي އެވެ. އަދި التِّرْمِذِي އެޙަދީޘް ޞައްޙަ ކުރެއްވި އެވެ. އަދި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: {إِنَّ الْيَهُودَ وَالنَّصَارَى لَا يَصْبُغُونَ فَخَالِفُوهُم}(5)، މާނައީ: "ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން އިސްތަށިތަކުގެ ކުލަ (އެބަހީ އޭގެ ނުރަކަން) ބަދަލު ނުކުރެ އެވެ. ފަހެ ތިޔަބައިމީހުން އެބައިމީހުންނާ ޚިލާފުވާށެވެ." ރިވާ ކުރެއްވީ: البُخَارِي އާއި، مُسْلِم އާއި، أَصْحَاب السُّنَن އެވެ.


އަދި ނުރަތައް ކަޅުކުލައިން ބަދަލުކުރުން ހުއްދަވެގެނެއް ނުވެ އެވެ. އެއީ أَبُو بَكْر ގެ ބައްޕާފުޅު أَبُو قُحَافَة އާ އެކު ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހަށް ވަޑައިގެންނެވި ހިނދު أَبُو قُحَافَة ގެ ތުނބުޅިފުޅާއި އިސްތަށިފުޅު ވަނީ ثَغَامَة އެއް (ފަރުބަދައިގެ އެންމެ މަތީގައި ފަޅާ މާތައް ހުދު ގަހެއް) ފަދައިން ހުދުވެފައެވެ. الله ގެ ރަސޫލާ صلى الله عليه وسلم أَبُو بَكْر އަށް ޙަދީޘް ކުރެއްވި އެވެ: {غَيِّرُوا هَذَا الشيب، وَاجْتَنِبُوا السَّوَاد}(6)، މާނައީ: "މިނުރަތައް ބަދަލު ކުރާށެވެ. އަދި ކަޅު ކުރުމުން ދުރުވެގަންނާށެވެ." ޙަދީޘް ރިވާކުރެއްވީ مُسْلِم އެވެ.


وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.
ފަތުވާ ނަގައިފައިވަނީ: فتاوى اللجنة الدائمة، المجموعة الأولى، المجلد الخامس، الفقه، الطهارة، باب سنن الفطرة، صبغ اللحية بالسواد، ج5، ص 187، فتوى رقم: 1444، 1839.
ސައިޓް ލިންކް: http://goo.gl/MrUoUa
◇  ◇  ◇


ތަރުޖަމާނު: ފަތުވާ ވިދާޅުވި އަޚުންގެ ސަމާލުކަމަށް ދަންނަވަމެވެ. ތުނބުޅިއާއި ބޮލުގެ އިސްތަށިތައް ކަޅު ކުރުމުގެ މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް ވާރިދުވެގެންވެ އެވެ. ފިޤުހު ފޮތްތަކާއި ހަދީޘްގެ ޝަރަޙައިގެ ފޮތްތަކުގައި އެކަން ބަޔާން ކުރެވިފައިވެ އެވެ. ފަހެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޖިހާދު ކުރާއިރު ކަޅު ކުލަ ބޭނުން ކުރުން ހުއްދަވެގެންވެ އެވެ. ނުވަތަ އަންހެނުންނަށް ހުއްދަވެގެންވެ އެވެ. ނުވަތަ އިސްތަށިތައް ނުރަވެފައި ނުވާ ޒުވާނުންނަށް ހުއްދަވެގެންވެ އެވެ. ނުވަތަ ކޮންމެ ޙާލަތެއްގައިވެސް ހުއްދަވެގެންވެ އެވެ. އަނެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަން މަކްރޫހަ އެވެ. އަނެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަން ޙަރާންވެގެންވެ އެވެ. ފަހެ، އިސްވެދިޔަ ދަލީލުތަކުގެ އަލީގައި އެންމެ ޞަރީޙަކަން ބޮޑު އަދި އެންމެ ބުރަކަން ބޮޑު އަދި އެންމެ ރައްކައުތެރި ބުނުމަކީ الشَّيْخُ عَبْدُ العَزِيزِ بْنُ بَاز رحمه الله ވިދާޅުވެފައިވާ ފަދައިން، އަދި الحَافِظ النَّوَوِي رحمه الله ނިންމަވާފައިވާ ފަދައިން އެކަމަކީ ޙަރާންވެގެންވާ ކަމެއް ކަން ބުނުމެވެ. الشَّيْخُ عَبْدُ العَزِيزِ بْنُ بَاز رحمه الله ވިދާޅުވި އެވެ: "ޞައްޙަ ބުނުމަކީ ކަޅު ކުލަ ޖެއްސުމަކީ އެންމަހައި ޙާލަތްތަކުގައި ޙަރާން ކަމެކެވެ." އަދިވެސް ވިދާޅުވި އެވެ: "ފަހެ އެންމެހައި ފިރިހެނުންނާއި އަންހެނުންނަށް އަހަރެން ދޭ ނަޞޭޙަތަކީ ނުރަކަން ކަޅުކުލައިން ފިލުވާލުމުން ދުރުވެ އިންޒާރުލިބިގަތުމެވެ. ދެން ފަހެ ހީނާފަތް ނުވަތަ އަލް-ކަތަމް، ނުވަތަ ކަޅުކުލައާއި އެހެން އެއްޗަކާ މަސްހުނި ކޮށްގެން ކަޅު ނުވާ ގޮތަށް، ކަޅާ ރަތާ ދެމެދުވާ ގޮތަށް، ނުވަތަ އެއްކޮށް ރަތްކޮށް، ނުވަތަ އެއްކޮށް ރީދޫ ކުރުން، މި އެންމެހައި ކަންތައް ޝަރުޢު ކުރެވިގެންވެ އެވެ."(7)

 

--------

(1) ރިވާކުރެއްވީ: أحمد 3/338، ومسلم 3/1663 برقم (2102، 79)، وأبو داود 4/85، برقم (4204).
(2) ރިވާކުރެއްވީ: أحمد 1/273، وأبو داود 4/78، برقم (4212).
(3) ރިވާކުރެއްވީ: أبو داود 4/86، برقم (4210)، والنسائي 8/162.
(4) ރިވާކުރެއްވީ: سنن الترمذي اللباس، برقم (1753)، سنن أبو داود الترجل، برقم (4205)، سنن ابن ماجه اللباس، برقم (3622).
(5) ރިވާކުރެއްވީ: البخاري 7/75، ومسلم 4/1663 برقم (2103)، وأبو داود 4/85، برقم (4203)، والنسائي 8/161.
(6) ރިވާކުރެއްވީ: صحيح مسلم اللباس والزينة (2102)، سنن النسائي الزينة (5076)، سنن أبو داود الترجل (4204)، سنن ابن ماجه اللباس(3624)، مسند أحمد بن حنبل (338/3).
(7) ސައިޓް ލިންކް: http://www.binbaz.org.sa/noor/2283

 

Like what you see?

Close

Hit the buttons below to follow us, you won't regret it...