އުއްމަތުގެ ސަލަފުއް-ޞާލިޙުން ރޯދަހިއްޕެވި ގޮތް، އެބޭކަލުން ރޯދައަށް ތިއްބަވާ ޙާލަކީ ކޮބައިކަން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله

ޞަޙާބީ جَابِر بن عَبد الله رضي الله عنه ވިދާޅުވެފައިވެ އެވެ. "ތިބާ ރޯދައަށް ހުރެއްޖެހިނދު -މިއީ އެބޭކަލުން ރޯދަ ހިއްޕަވާހިނދު އެބޭކަލުންގެ ޙާލުކޮޅެވެ.- ތިބާގެ ލޮލުން، ކަންފަތުން ރޯދައަށް ހުރުން ހުއްޓެވެ. އަދި ތިބާގެ ދޫ ޙަރާމްވެގެންވާ ކަންތައްތަކުންނާއި ދޮގުހެދުމުން އެއްކިބާ ކުރުން ހުއްޓެވެ. އަދި އަވަށްޓެރިޔާއަށް އުނދަގޫ ކުރުމުން އެއްކިބާވުން ހުއްޓެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހުގައި މަޑުމޮޅިކަމާއި، މަޑުމައިތި ޙާލުގައިހުރުން ހުއްޓެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި، ކައިބޮއިގެން ހުންނަ ދުވަހަކީ އެއްފަދަ ދުވަހެއްގެ ގޮތުގައި ނަހަދާ ހުއްޓެވެ."
މިއަދު ރޯދައަށްތިބޭ ގިނަ މީހުންގެ ޙާލަތަކީ އެބައިމީހުން ރޯދައަށް ހުންނަ ދުވަހެއް އަދި ކައިބޮއި ޙާލަތުގައި ހުންނަ ދުވަހަކީ އެއްވެސް ތަފާތެއްނެތް ދުވަސްތަކެއްކަމުގައިވެ އެވެ. ހަމައެކަނި ތަފާތަކީ ކެއުމާއި ބުއިން ދޫކޮށްފައިވާކަން އެކަންޏެވެ. އެއްވެސް ޝައްކެތްނުވާ ގޮތުގައި، މިފަދަ މީހުންނަކީ އެބައިމީހުންގެ ރޯދައިގައި ޞަލަފުއް ޞާލިޙުންނަށް އިޤްތިދާވެގެންވީ ބައެއް ނޫނެވެ.
އަމިއްލައަށް ރޯދައަށް ހުރުމުގައި އެ ރޯދައަށް ރައްކާތެރި ނުވެއްޖެހިނދު، އަދި ރޯދައަށް ހުރުމުގައި ލޮލުގެ ނަޟަރު ތިރިކޮށް ރައްކާތެރި ނުވާހިނދު، އަދި ބަސްތައް ބުނުމުގައި ހަނު ނުހުރެއްޖެހިނދު، ފަހެ، އެ ރޯދައިން ޙާސިލްވި އެއްޗަކީ ބަނޑުހައި ހޫނު ކަމާއި ކަރުހިއްކުމެވެ. އެދުވަހުގައި އަހަރެން ރޯދައަށް ހުރިކަމުގައި ބުނިނަމަވެސް އެއީ ރޯދައަށް ހުރި ކަމުގައިނުވެ އެވެ.
ރޯދަހިފުން އޮތީ މިފަދައިންނެވެ. ރޯދައަށް އެދެވިގެންވަނީ މިފަދައިންނެވެ."
****
ބަސްތައް ނަގާފައިވަނީ : https://goo.gl/7W3vxA