5 ހެޔޮ ޞާލިޙް އުއްމަތެއް ބިނާކުރެވޭނީ ތަޞްފިޔާ އަދި ތަރްބިޔާގެ ނަބަވީ މަންޙަޖުން، އިންތިޚާބުތަކަކުން ނޫން - الشَّيْخ العَلاَّمَة المُحدِّث مُحمَّد نَاصر الدِّين الأَلبَاني رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ހެޔޮ ޞާލިޙް އުއްމަތެއް ބިނާކުރެވޭނީ ތަޞްފިޔާ އަދި ތަރްބިޔާގެ ނަބަވީ މަންޙަޖުން، އިންތިޚާބުތަކަކުން ނޫން - الشَّيْخ العَلاَّمَة المُحدِّث مُحمَّد نَاصر الدِّين الأَلبَاني رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވޯޓުލުމާއި އިންތިޚާބުތައް

ހަޤީޤީ އިސްލާމީ އިޞްލާޙީ ދަޥްލަތަކީ އިންތިޚާބުތަކަކުން އަނާނެ އެއްޗެއް ނޫން

"މި އުއްމަތް އޭގެ ފުރިހަމަ ގޮތަށް ގެނައުމަށްޓަކައި އަދި ޙައްޤުވެގެންވާ ފުރިހަމަ ދަޥްލަތެއް ގެނައުމަށްޓަކައި އޮތީ އެންމެ ބޭސްފަރުވާ އެކެވެ. އެއަށް ވާޞިލްވުމަށްޓަކައި އެންމެ މަގެއް ނޫން އެހެން އެއްވެސް މަގެއް ނެތެވެ. ދެ ކަލިމައަކުން ޚުލާޞާކޮށް އެކަން ބަޔާންކުރެވެ އެވެ. އެއީ ތަޞްފިޔާ އަދި ތަރްބިޔާ އެވެ. މިއީ ނުހަނު ގިނަވެގެންވާ ޖަމާޢަތްތަކެއް މުސްލިމް ދަޥްލަތެއް ޤާއިމްކުރުމަށް ގޮވާލާ ގޮވުންތަކާ ޚިލާފަށް، ކުރަމުންދާ މަސައްކަތްތަކާ ޚިލާފަށް އަހަރެމެން ބުނާ ބަސްތަކެވެ.
 

އެ ޖަމާޢަތްތައް ވެރިކަމަށް އައުމަށްޓަކައި އެބައިމީހުންގެ އަތްތައް ބާއްވަނީ އެބައިމީހުން ބުނާގޮތުންނަމަ ޞުލްޙަވެރި ގޮތް ކަމުގައިވާ އިންތިޚާބުތަކުންނެވެ. ނުވަތަ ލޭ އޮހުރުވިގެން ވެރިކަން ހޯދޭ މަގުތައް ކަމުގައިވާ ޢަސްކަރީ އިންޤިލާބުގެ މަގުތަކެވެ. މިފަދަ ލޭއޮހޮރުވުމުގައިވާ އެހެނިހެން މަގުތަކެވެ.
 

އަހަރެމެން ބުނަމެވެ. މިއީ މި ބިންމަތީގައި އިސްލާމީ ދަޥްލަތެއް ޤާއިމްކުރެވޭނެ ގޮތެއް ނޫނެވެ. އެހެނީ، އެކަން ކުރެވޭނެ މަގަކީ ރަސޫލާ صلى الله عليه وسلم އެ މަގެއްގައި ޤާއިމްވެ ދެމިހުންނެވި މަގުގައި ޤާއިމްވެގެންނެވެ. އެ ނަބިއްޔާ މައްކާގައި –ތިޔަބައިމީހުންނަށް އޮޅުންފިލާފައިވާ ފަދައިން- 13 އަހަރު ދުވަސްވަންދެން ދަޢުވަތު ދެއްވުމުގައިވި އެވެ. އެއަށްފަހުގައި މަދީނާގައި ދަޢުވަތު ދެއްވި އެވެ. ފަހެ، މިއީ މީސްތަކުންގެ ތެރެއިން ނަބިއްޔާއަށް އީމާންވެ ތަބަޢަވަޑައިގެންނެވި އަހުލުވެރިން ތަޞްފިޔާ ކުރެއްވުމެވެ. އެކަމުގައި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލަދުވެތިވުމެއް އަދި ބިރުވެތިވެވަޑައެއް ނުގަންނަވަ އެވެ. (މަލާމާތް ކުރާމީހެއް މަލާމާތައް އަދި ފުރައްސާރަ ކުރާމީހެއްގެ ފުރައްސާރައަށް ނުބައްލަވަ އެވެ.) ފަހެ، އެގޮތުން އިސްލާމީ ދަޥްލަތުގެ އަސާސްތައް ބިނާކުރެއްވި އެވެ. (ޤާއިމް ކުރެއްވި އެވެ.) މީސްތަކުން ބުނާފަދައިން ތާރީޚުން އަބަދުވެސް އެފަދައިން ދައްކަމުން ގެންދެ އެވެ.
ފަހެ، މިނޫން އެއްވެސް މަގެއް ނޯންނާނެ އެވެ. އަހަރެން މި ބުނާ ކަންތަކުގެ މައްޗަށް އަހަރެން ޔަޤީން ކަށަވަރުކަމާ އެކީގައި ބުނަމެވެ. އަދި ފާއިތުވީ ޤަރުނެއްހާ ޒަމާނުގައި ހިނގާފައިވާ ކަންތައްތަކުގެ ތަޖުރިބާ މިކަމަށް ފުރިހަމައަށް ދަލީލު ކުރެވެ އެވެ. އެއްވެސް ޙާލެއްގައި، އެއްވެސް ގޮތެއްގައި ޞައްޙަ އިސްލާމީ ޙަޟާރަތެއް ބިނާކުރެވޭނެ އެއްވެސް މަގެއް މިނޫން ގޮތެއްގައި މެނުވީ ނުވާނެ އެވެ.
މި މަގުގެ ފަހަތުން މެނުވީ އިސްލާމީ ދަޥްލަތެއް ފާޅެއް ނުވާނެ އެވެ. އެއީ މި ދެ އަސާސް ޙާސިލް ކުރުމަކީ އެއީ ލަނޑުދަނޑި ކަމުގައި ހެދުމެވެ."

ފަތުވާ ނަގާފައިވަނީ : ﺳﻠﺴﻠﺔ ﺍﻟﻬﺪﻯ ﻭﺍﻟﻨﻮﺭ  ﺍﻟﺸﺮﻳﻂ ﺭﻗﻢ ١٨٨

ތަޞްފިޔާ : އެއީ ބާޠިލް އެންމެހައި ތަކެއްޗެއް ދޫކޮށް "ޞައްޙަވެގެންވާ ޢިލްމް" ޢިބާރާތް ކުރުމަށް ބުނެވޭ ކަލިމައެކެވެ.
ތަރްބިޔާ : އެއީ އިންސާނާ ޙާސިލްކުރި މި ޞައްޙަ ޢިލްމަށް، ފުރިހަމައަށް ޤުރުއާނާއި ސުންނަތުގެ މަތީގައި ތަރުބިއްޔަތުވުމެވެ.
***

އަޚުންނޭވެ!

މުޖުތަމަޢުއަށް ފަސާދާއި މުންކަރާތްތަކާއި އެފަދަ ވަޞީލަތްތައް ގެނައުމަށް ސުންނަތުގެ އެއްވެސް ފަރުދަކު ރުހި، ޤަބޫލުވެގެން ނުވާނެ އެވެ. އަޚާ އެވެ! އިސްލާމީ ފޮނިމީރުކަން ލިބޭނެ، ޙައްޤަށް ނަޞްރުވެރިވާނެ، ނަޞްރުދޭނެ މުޖުތަމަޢައެއް ތަޞްފިޔާ އަދި ތަރުބިޔާގެ ދޫކޮށްގެން ނާންނާނެކަން އަހަރެމެންނަށް މާޒީވެ ދިޔަ ދުވަސްތަކުން ނުފެނޭ ހެއްޔެވެ. ޑިމޮކްރަސީގެ އަހުލުވެރިން ގޮވަމުންދާ އިޞްލާޙީ މަސައްކަތުން ފެނުނު އިޞްލާޙަކީ ކޮބައިހެއްޔެވެ؟ އެބުނާ އިޞްލާޙެއް މައިންބަފައިން އެބައިމީހުންގެ ދަރިންނަށް ފެނުމަށް ލަދުގަނެ އެވެ. އެ އިޞްލާޙީ ވާހަކަތައް އަޑުއަހަން ލަދުވެތިވެ އެވެ. މުންކަރާތްތަކާއި ދީނާއި ޚިލާފް ޢަމަލުތައް މެދުކެނޑުމެއްނެތި ކުރަމުންދަނީ އިޞްލާޙީ މަސައްކަތުގެ ނަމުން ނޫން ހެއްޔެވެ؟
 

މިފަދަ ބައެއްގެ ޢަމަލުތަކާއި، އަސާސްތަކުގައި ޤާއިމްވެއްޖެ މީހާ ﷲ ޙަޟުރަތުން ސުވާލު ހުށަހެޅޭ ދުވަހުގައި ބުނާނީ ކީކޭ ހެއްޔެވެ؟ ފާޙިޝް ޢަމަލުތައް ހުއްދަވާނެ ޙާލަތެއް ވޯޓުލާ ދުވަހު ހުއްދަވޭ ހެއްޔެވެ؟ ދީނުގެ އަސާސްތަކާއި ޤަވާޢިދުތަކާއި ޚިލާފްވެފައިވާ އެތައް އެތައް ޢަމަލުތަކެއް ކުރުމަށްފަހު، އަދި އެތައް ހުއްދަވެގެންނުވާ ޢަމަލުތަކެއް ގެނައުމަށްފަހު ޞުލްޙަ ގެނައުމަށްޓަކައި ބުނެ ވޯޓުލުން އެއީ ހުއްދަކަމެއް ގޮތުގައި ދެއްކުން އެއީ ތަޞްފިޔާ އަދި ތަރްބިޔާ ހެއްޔެވެ؟

ޖޭ.އެސް ފިކުރުގެ އިމާމުންވަނީ ޑިމޮކްރަސީގެ މަބާދިޢުތަކުން އުންމަތް އިޞްލާހުކުރަން ނުކުމެ
20170506-inthikhaab-binjaab.jpg

އަޚާ އެވެ! އަހަރެމެންގެ ފަސްގަނޑުގައި ފާއިތުވީ އަހަރުތަކުގައި ކަންތައް ހިނގާފައިވާ ގޮތުން ޢިބްރަތް ނުލިބޭ ހެއްޔެވެ؟ ފިލާވާލެއް ޙާޞިލެއް ނުވޭ ހެއްޔެވެ؟ ޞުލްޙަ އައީ ކޮން ދިމާލަކުން ހެއްޔެވެ؟ ނުކުތީ ކޮންތަނަކުން ހެއްޔެވެ؟ ޢިލްމުވެރިން، އިމާމުން ޔަޤީން ކަށަވަރު ކަމާއެކީ ވިދާޅުވެފައިވާ މި ބަސްފުޅުތަކުގެ މައްޗަށް އަހަރުމެން ޝައްކުކުރަނީ ހެއްޔެވެ؟ ދަންނަހުއްޓެވެ! މި އުއްމަތުގެ ކުރީކޮޅު އިޞްލާޙުވި ގޮތަށް މެނުވީ މި އުއްމަތުގެ ފަހުކޮޅެއް އިޞްލާޙެއް ނުވާނެ އެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...