ސަޢުދީ ޢަރަބިއްޔާ އަދި އެ ޤައުމުގެ ވެރިންނަށް ބަދުބަސް ބުނުން: ކޮންފަދަ ބޮޑުވެގެންވާ ނުބައިކަމެއްތޯ؟ - الإمام عبدالعزيز بن باز رحمه الله

ސަޢުދީ ޢަރަބިއްޔާ އަދި އެ ޤައުމުގެ ވެރިންނަށް ބަދުބަސް ބުނުމުގައިވާ އަހުލުވެރިޔާއެވެ! ތިބާއަށް ތިޔަ ކުރެވެނީ ކޮންފަދަ ބޮޑުވެގެންވާ ނުބައިކަމެއްތޯ؟ ޢިލްމުގެ އަހުލުވެރިންގެ ބަސްތަކަށް ރުޖޫޢަވުން ހުއްޓެވެ.
الإمام عبدالعزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ. "ސަޢުދީ ޢަރަބިއްޔާ، މި ދައުލަތަކީ ބަރަކާތްތެރި ދައުލަތެކެވެ. ﷲ (އެ ދައުލަތަށް) ޙައްޤަށް ނަޞްރު ދެއްވި އެވެ. ﷲ ގެ ދީނަށް އެ ދައުލަތް ނަޞްދު ދިނެވެ. އެ ދަޢުލަތުގެ އެންމެހައި މީސްތަކުން އެއް ކަލިމަ އެއްގެ މައްޗަށް ޖަމަޢަ ކުރި އެވެ. ފަސާދައިގެ އެންމެހައި ސަބަބުތަކެއް ނައްތައިލެވުުނެވެ. އެ ޤައުމަކީ އަމާން ކަމުގައިވާ ބިމެއްކަމުގައި ﷲ ލެއްވި އެވެ. އެ ދަޢުލަތް، الله تبارك وتعالى އަށް މެނުވީ ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކެއް ޙާޞިލްކޮށްފައިވެ އެވެ. (އެހެނަސް) އެއީ މަޢުޞޫމް ދައުލަތެއް ނޫނެވެ. ހުރިހައި ކަމެއް ފުރިހަމަވެގެންވާ ދައުލަތެއް ނޫނެވެ. ފަހެ، އެ ދައުލަތުގައިވާ އެންމެހައި ބަލިކަށި ކަންތައްތަކަކީ، އެ ދައުލަތަށް ވާގިވެރިވެ، އެ ބަލިކަށި ކަންތައްތައް، ހެޔޮވެގެންވާ ކަންތައްތަކަށް ގެންދިއުމަށް މަސައްކަތް ކުރުން މީސްތަކުންނަށް ވާޖިބުވެގެންވާ ކަންތައްތަކެވެ. އަދި އެ ބަލިކަށި ކަންތައްތައް ނައްތައިލުމަށް އެދައުލަތަށް ވާގިވެރިވުން (ވާޖިބުވެގެން) ވެ އެވެ. އަދި އެ ބަލިކަށި ކަންތައްތައް، ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ހެދުމަށް، ޙައްޤުބަސް ބުނެ އެކަމަށް ވަޞިއްޔަތްކޮށް، ނަޞޭޙަތްތެރިވެ، ލިޔުމުން ބަޔާންކޮށްދިނުން ހުއްޓެވެ. އަދި ޒިޔާރާތް ކުރުންވެސް ހުއްޓެވެ. ނުބައިވެގެންވާ ކަންތައްތަކާއި ދޮގުބަސްތައް ފެތުރުން ހުއްޓާލުމެވެ. މީސްތަކުން ބުނެފައިވާ ބާޠިލް ނަޤުލުކުރުން ހުއްޓާލުން ހުއްޓެވެ." الفتاوى 9/98
އިޚްވާނުންނޭވެ! މިއަދު ސަޢުދީ ޢަރަބިއްޔާއަށް ބަދުބަސް ބުނެ، އެ ދައުލަތުގެ ހައިބަތު ދެރަކޮށްހަދާ އެތައްބައެއް އެއީ ދީނީ މީހުންނޭ ކިޔައިގެން ބުނުމަކީ، އިންތިހާއަށް ދެރަ ކަމެކެވެ. ސަޢުދި އަރަބިއްޔާއަށް ޓެރަރިޒަމްގެ ތުހުމަތު ބަޔަކުކުރުމުން އެކަމުން އެ ދަޢުލަތް ދިފާއުކުރުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ދަޥްލަތުގެ ވަޒީރަކު ބަޔާންކުރުމުން ދީނީ މީހާގެ ފަތުވާ އައިގޮތެވެ. މިއީ ހައްޤު ބަސް ބުނުން ތޯއެވެ.

އަދިވެސް الإمام عبدالعزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ. "މި ދައުލަތްދެކެ ޢަދާވާތްތެރިވާ މީހާ، އެ ޢަދާވާތްތެރިވަނީ ޙައްޤުގެ މައްޗަށެވެ. އޭނާ އެ ޢަދާވާތްތެރިވަނީ ތަޥްޙީދަށެވެ." http://goo.gl/QvAg49
މިއަދު މި ދައުލަތަށް އެއްޗެހިކިޔުމުގައިވާ މި މީސްތަކުން، ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށް ބުނާނީ ކީކޭތޯ
الإمام محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ. "އަހަރެން މި ބުނާ ބަސްތަކަށް الله تبارك وتعالى ހެކިކޮށް އަހަރެން ބުނަމެވެ. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން ބުނަމެވެ. އެއީ، އަހަރެންނަށް އެނގިފައިވާ ގޮތުގައި، މި ބިންމަތީގައި މިއަދު މި ދައުލަތް ﷲ ގެ ޝަރީޢަތް ތަންފީޛު ކުރާގޮތުގައި، ތަންފީޛުކުރާ އެހެން އެއްވެސް ދައުލަތެއް ނުވެ އެވެ. މާނައީ، ސަޢުދީ ޢަރަބިއްޔާ އެވެ." وجوب طاعة السلطان للعريني ص49
މި ދައުލަތުގެ ހެޔޮކަން ބަޔާންކޮށްފައިވަނީ، އެ ދަޢުލަތުގެ ޢިލްމުވެރިން އެކަންޏެއް ނޫނެވެ. މުސްލިމުން ކަކޫމައްޗަށް ތިރިކުރުމޭ ބުނެ، މުސްލިމުންނަށް ދެރަނިކަމެތިކަން ދިނީ ކާކުތޯ!
الإمام محمد ناصر الدين الألباني رحمه الله ވިދާޅުވެފައިވެ އެވެ. "ޙަރަމައިން އައް-ޝަރީފައިންގެ (މަލިކް ފަހުދު رحمه الله) ގެ ބެލެއްޓުންތެރިކަމުގެ ދަށުގައި، ތަޥްޙީދުގެ ދައުލަތް (ސަޢުދީ ޢަރަބިއްޔާ) ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދަންނަވަމެވެ."
އެވެރިޔާއަށް ޢިލްމު ވެރިން ހެޔޮބަސްތައް ބުނެ، ހެޔޮ ދުޢާކޮށްފައިވާ ހިނދުގައި، އެ ވެރިންނަށް ޢައިބު ބަސްތައް ނިޞްބަތްކޮށްފައިވާ މީހުން، އެ ވަނީ ޢިލްމުވެރިންނަށް ތަބަޢަވުމުގައިތޯ!
العلامة الشيخ المحدث حماد بن محمد الأنصاري رحمه الله ވިދާޅުވެފައިވެ އެވެ. "ޢައްބާސީ ދައުލަތުގެ ފަހުގެ ދުވަސްތަކުން ފަށައިގެންގޮސް، އިސްލާމީ ދައުލަތްތައް ނުހަނު ފަހާ ޖެހެންދެން، (އެ ދައުލަތްތައް) ވަނީ، އަޝްޢަރީ ޢަޤީދާގަ އެވެ. ނުވަތަ މުޢުތަޒިލީ ޢަޤީދާގަ އެވެ. ފަހެ، (މި އެންމެހައި ކަންތައްތަކާ އެކުގައި) އަހަރެމެން ޤަބޫލުކުރަނީ، މި ސަޢުދީ ދައުލަތް ޢަޤީދަތުއް ސަލަފިއްޔާ، ސަލަފުއް ޞާލިޙުންގެ ޢަޤީދާ ފެތުރި އެވެ. އެއީ މީސްތަކުންގެ ތެރެއަށް ޒަމާންތަކެއް ފާއިތުވެ ދިއުމަށްފަހުގަ އެވެ." المجموع في ترجمة العلامة المحدث الشيخ حماد بن محمد الأنصاري ص 495
މިއަދާ ޖެހެންދެންވެސް މި ދައުލަތުގެ ވެރިންނަކީ، ސަލަފީ ޢަޤީދާގައިވާ ސަލަފީ މަންޖަށް ދަޢުވަތުދިނުމުގައިވާ ވެރިންނެވެ. އެއްވެސް ޝައްކެތްނެތެވެ. ސަލަފީ ދަޢުވަތާ ދެކޮޅުވާ މީހުންނަށް މި ދަޢުލަތް ގޯސްވާނެ އެވެ.

މި ދައުލަތުގެ މުއައްސިސް، ސަލްމާން ރަސްގެފާނުގެ ބައްޕާފުޅު المَلِكُ عَبْدُ العَزِيْز بِنْ عِبْد الرَّحْمنُ آل سُعُوْد رحمه الله ހިޖުރީގޮތުން 1365ه އަހަރު ދެއްވި ޚުޠުބާގައި ވިދާޅުވި އެވެ. "ހަމަކަށަވަރުން އަހުރެންނަކީ ސަލަފީ އަކީމެވެ. އަހުރެން ތަބަޢަވަނީ، އަދި އަހުރެންގެ ޢަޤީދާ އަކީ ސަލަފިއްޔަތެވެ. އެ ބިނާވެފައިވަނީ ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ." އަދިވެސް މިއިމާމު ޚުޠުބާގައި ވިދާޅުވިއެވެ. "މީސްތަކުން ބުނަމުންދެ އެެވެ. އަހަރުމެންނަކީ ވާއްހާބީންނެވެ. ޙަޤީޤަތުގައި އަހަރުމެންނަކީ ސަލަފީންނެވެ. އަހަރުމެން އަހަރުމެންގެ ދީނަށް ރައްކައުތެރިވަމުއެވެ. އަދި الله ގެ ފޮތާއި ސުންނަތަށް ތަބަޢަވަމުއެވެ. އަހަރުމެންނާ އެހެނިހެން މުސްލިމުންނާ ދެމެދުގައި الله ގެ ފޮތާއި ނަބިއްޔާ صل الله عليه وسلم ގެ ސުންނަތް މެނުވީ ނުވާނެ އެވެ." المصحف و السيف 135-136
ޙައްޤުގެ އަހުލުވެރިން ދެނެގަތުން ހުއްޓެވެ. ސަޢުދި އަރަބިއްޔާ އަށް ނަފްރަތު ކުރަނީ ތައުޙީދާއި ސުންނަތަށް ޢަދާވާތްތެރިވެ ނަފްރަތުވެރިވާ މީހުންނެވެ. ސަޢުދި އަރަބިއްޔާ އަކީ ޓެރަރިޒަމް ފަތުރާ ދަޥްލަތެއް ކަމުގައި ދަޢުވާކުރާ މީހާގެ ޖާހިލުކަމާއެވެ.