5 ﷲ ގެ (މައްސަރު) ކަމުގައިވާ، މުޙައްރަމް މައްސަރުގެ މާތްކަން - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ﷲ ގެ (މައްސަރު) ކަމުގައިވާ، މުޙައްރަމް މައްސަރުގެ މާތްކަން - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ محرم މުޙައްރަމް

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


 

ﷲ ގެ (މައްސަރު) ކަމުގައިވާ، މުޙައްރަމް މައްސަރުގެ މާތްކަން

ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރަކީ ހިޖުރީ އަހަރުގެ އެންމެ ފުރަތަމަ މައްސަރެވެ. އަދި المُحرَّم މައްސަރަކީ ﷲ އެމައްސަރުތައް ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ގޮތުގައި ލެއްވެވި މައްސަރުތަކުގެ ތެރެއިން އެއް މައްސަރެވެ. އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم މި މައްސަރުގެ ޙުކުމްތައް ބަޔާންކުރައްވާ އުނގަންނައި ދެއްވާފައިވެ އެވެ. އެއީ ކީރިތި ޤުރުއާނުގައި އަދި މަތިވެރިވެގެންވާ ޠާހިރު ވެގެންވާ ސުންނަތުގަ އެވެ. އެ ޙުކުމްތަކުގެ ތެރޭގައި:


ފުރަތަމައީ: ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރުގެ މަތިވެރިކަން. 

ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރަކީ، އެ މައްސަރެއް ﷲ މަތިވެރިކުރައްވާފައިވާ މައްސަރެކެވެ. އަދި އެކަން ބަޔާންކުރައްވާ އެ އިލާހުގެ ވަޙީބަސްފުޅުގައި ވަޙީ ކުރެއްވި އެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ﴾ "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲ ގެ ޙަޟުރަތުގައި 12 މަހެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެ އެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށި ކަމެވެ."


އެހެން ހުރިހައި މައްސަރުތަކެއްގެ މައްޗަށް ﷲ ވަނީ މި މައްސަރު ޝަރަފުވެރި ކުރައްވާފަ އެވެ. އެގޮތުން މި މައްސަރު އެ އިލާހުގެ ޙަޟުރަތުގެ ނަފްސުފުޅަށް ވަނީ ނިސްބަތްކުރައްވާފަ އެވެ. އެއިން ބަޔާންވެގެންދަނީ މި މައްސަރުގެ ޝަރަފުވެރިކަމާއި މަތިވެރިވެގެންވާ ކަމެވެ. އަދި އެ އިލާހު، އެ އިލާހުގެ ނަފްސުފުޅުން އެ މައްސަރު ޙުރުމަތްތެރި ކުރެއްވި އެވެ. އެހެން އެއްވެސް ނަފްސަކަށް އެ މައްސަރު ޙަލާލެއް ނުކުރެވޭ ހުއްޓެވެ. ﷲ ތަޢާލާ މި މައްސަރު ޙަރާމް ކުރައްވާފައިވާކަން، ރަސޫލާ صلى الله عليه وسلم  ބަޔާންކުރައްވާ ޙަދީޘް ކުރައްވާފައިވެ އެވެ. أَبُوبَكرَة رضي الله عنه ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރެއްވި އެވެ. (إنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ) "ހަމަކަށަވަރުން ޒަމާން އެ އެންމެ ފުރަތަމަ އުޑުތަކާއި ބިން ހެއްދެވުނު ދުވަހުއްސުރެން ފަށައިގެން ދައުރުވަމުންދެ އެވެ. އަހަރަކީ 12 މައްސަރެވެ. އޭގެ ތެރޭގައި ޙަރާމް ވެގެންވާ 4 މައްސަރެއްވެ އެވެ. އޭގެތެރިން ތިން މައްސަރުވަނީ ވިދިވިދިގެންނެވެ. ذُو الْقَعْدَةِ، ذُو الْحِجَّةِ، الْمُحَرَّمُ އަދި جُمَادَى އާއި شَعْبَانَ ދެމެދުގައި އޮންނަ رَجَبُ މަހެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް އަހުލުވެރިން މުޙައްރަމް މައްސަރަކީ ޙުރުމަތްތެރި ވެގެންވާ މައްސަރުތަކުގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ މައްސަރު ކަމުގައި ވިދާޅުވެފައިވެ އެވެ. ވިދާޅުވެފައިވެ އެވެ. "ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މައްސަރަކީ ކޮބައިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފްވެގެންވެ އެވެ. الحسن البصري އަދި އެހެނިހެން ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މައްސަރަކީ، ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިންވެސް ބައެއް ބޭކަލުން މިއީ އެންމެ ހެޔޮބަސްފުޅު ކަމުގައި ވިދާޅުވެފައިވެ އެވެ."


أبي ذر رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘް މިކަމުގެ ދަލީލު ކަމުގައިވެ އެވެ. (سألت النبي صلى الله عليه وسلم: أي الليل خير وأي الأشهر أفضل؟ فقال: خير الليل جوفه وأفضل الأشهر شهر الله الذي تدعونه المحرم) ޞަހާބީ ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ صلى الله عليه وسلم އަރިއަހުގައި އެންމެ ހެޔޮވެގެންވަނީ ރޭގަނޑުގެ ކޮން ވަޤުތެއްތޯ އަދި އެންމެ ހެޔޮވެގެންވާ މައްސަރަކީ ކޮބައިތޯ ސުވާލު ދެންނެވީމެވެ. ފަހެ، ޙަދީޘް ކުރެއްވި އެވެ. ރޭގަނޑުގެ އެންމެ ހެޔޮވެގެންވާ ވަޤުތަކީ ރޭގަނޑުގެ އެންމެ ދަން ގަޑި އެވެ. އަދި މައްސަރުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ المُحرَّم ގެ ނަމުން ތިޔަބައިމީހުން ބުނާ މައްސަރެވެ."


މި މައްސަރުގެ އެންމެ މަތިވެރިވެގެންވާ ޙުކުމްތަކުގެ ތެރޭގައި :

ރޯދަ ހިފުމުގެ މަތިވެރިކަން : ރޯދަ ހިފުމުގެ މާތްކަން ޛިކުރު ކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أفضل الصيام بعد رمضان شهر الله المحرم) "ރަމަޟާން މައްސަރަށް ފަހުގައި ރޯދަ ހިފުން އެންމެ ހެޔޮވެގެންވާ މައްސަރަކީ ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރެވެ."

 

މި މައްސަރުގައިވާ ޢާޝޫރާ ދުވަސް :

ޢާޝޫރާ ދުވަހަކީ، ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ مُوسى عليه السلام އަދި مُوسى عليه السلام ގެ ޤައުމުގެ މީސްތަކުން ފިރުޢައުގެ ކިބައިން ސަލާމަތް ކުރައްވާ އަދި ފިރުޢައުނު ޣަރަޤު ކުރެއްވި ދުވަހެވެ. ފަހެ، އެ ދުވަހުގައި ﷲ އަށް ޝުކުރުވެރިވެވަޑައިގަތުމުގެ ގޮތުން مُوسى عليه السلام ރޯދަ ހިއްޕެވި އެވެ. އަދި އެއަށްފަހުގައި ނަބިއްޔާ صلى الله عليه وسلم އެ ދުވަހުގައި ރޯދަ ހިއްޕެވި އެވެ. ابن عباس رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. (قدم رسول الله صلى الله عليه وسلم المدينة فوجد اليهود يصومون يوم عاشوراء، فسئلوا عن ذلك، فقالوا: هذا اليوم الذي أظهر الله فيه موسى وبني إسرائيل على فرعون، فنحن نصومه تعظيماً له، فقال رسول الله صلى الله عليه وسلم: نحن أولى بموسى منكم، فأمر بصيامه) "ﷲ ގެ ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި އެވެ. ފަހެ، އެ ހިނދުގައި (މަދީނާގައި ތިބި ޔަހޫދިން) ޢާޝޫރާ ދުވަހު ރޯދައަށް ތިބޭތަން ފެނިވަޑައިގެންނެވި އެވެ. އަދި އެކަމާ ބެހޭ ގޮތުން އެބައިމީހުންނާ ސުވާލު ކުރެއްވި އެވެ. އަދި އެމީހުން ޖަވާބުގައި ދެންނެވިއެވެ. މި ދުވަކީ ﷲ އެ އިލާހުގެ مُوسى އަދި ބަނީ އިސްރާއީލް ފިރުޢައުނުގެ މައްޗަށް ފާޅުކުރެއްވި ދުވަހެވެ. ފަހެ، އެދުވަސް މަތިވެރި ކުރުމަށްޓަކައި އަހަރެމެން މިއަދު ރޯދައަށް ތިބެމުއެވެ. ފަހެ، އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށްވުރެން، مُوسى عليه السلام އަށް އަހަރެމެން އައުލާކަން ބޮޑުވެގެންވެ އެވެ." އަދި الإمام المسلم ރިވާކުރައްވާފައިވާ ރިވާޔަތުގައިވެ އެވެ. (صامه موسى شكراً، فنحن نصومه) "ފަހެ، އެދުވަހުގައި مُوسى عليه السلام ރޯދައަށް ހުންނެވި އެވެ. އަދި އަހަރެމެން އެ ދުވަހުގައި ރޯދައަށް ތިބެމު އެވެ..."  
ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި 4 ޙާލަތެއްވެ އެވެ.


ފުރަތަމަ ޙާލަތް: ނަބިއްޔާ صلى الله عليه وسلم މައްކާގައި ހޭދަކުރެއްވި ދުވަސްތަކުގައި، ޢާޝޫރާ ދުވަހު ރޯދައަށް ހުންނަވައެވެ. އެހެނަސް، އެ ދުވަހު މީސްތަކުން ރޯދައަށް ތިބުމަށް އަމުރުފުޅެއް ނުކުރައްވައެވެ. ޞަޙީޙައިންގައި عَائِشة رضي الله عنها ވިދާޅުވެފައިވެ އެވެ. (كانت عاشوراء يوما تصومه قريش في الجاهلية وكان النبي صلى الله عليه وسلم يصومه فلما قدم المدينة صامه وأمر الناس بصيامه فلما نزلت فريضة شهر رمضان كان رمضان هو الذي يصومه فترك صوم عاشوراء فمن شاء صامه ومن شاء أفطر) "ޢާޝޫރާ ދުވަހަކީ ޤުރައިޝުން ޖާހިލިއްޔަތުގައި ރޯދަ ހިފާ ދުވަހެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެ ދުވަހު ރޯދަ ހިއްޕަވައެވެ. ފަހެ، ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، އެދުވަހު ރޯދަ ހިއްޕަވާ އަދި މިސްތަކުން އެ ދުވަހު ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އެއަށްފަހު ރަމަޟާން މަހުގެ ރޯދަ ފަރުޟުވުން ބާވައިލެއްވުމުން، ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވުން ދޫކޮށްލެއްވިއެވެ. އަދި ޢާޝޫރާ ދުވަހު ބޭނުން މީހަކު ރޯދައަށް ހުރުމަށާއި ބޭނުންނުވާ މީހުން ރޯދަ ދޫކޮށްލުމަށް ޙަދީޘް ކުރެއްވި އެވެ." الإمام البخاري ރިވާކުރައްވާފައިވާ ރިވާޔަތުގައިވެ އެވެ. (من شاء فليصم ومن شاء أفطر) "ބޭނުންވާ މީހަކު އެ ދުވަހު ރޯދަ ހިފާށެވެ. އަދި ބޭނުންވާ މީހަކު އެ ދުވަހު ރޯދަ ދޫކޮށްލާށެވެ." 


ދެވަނަ ޙާލަތް: ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އަހުލު ކިތާބީން ޢާޝޫރާ ދުވަސް މަތިވެރި ކުރުމުގައިވާތަން ފެނިވަޑައިގެންނެވި އެވެ. އަދި އިސްލާމް ދީނުގައި އެބައިމީހުންނާ ޚިލާފްވުމަށް އަމުރުފުޅު ނާންނަ ކަންތައްތަކުގައި އަހުލުކިތާބީންނާ އެއްގޮތްވުމަށް ލޯބިކުރައްވައެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم އެ ދުވަހު ރޯދައަށް ހުންނަވައި އަދި މީސްތަކުން އެދުވަހު ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެ ދުވަހު ރޯދައަށް ތިބުމަށް ބާރުފުޅު އެޅުއްވި އެވެ.  


ތިންވަނަ ޙާލަތް: ރަމަޟާން މަހުގެ ރޯދަ މި އުއްމަތަށް ފަރުޟު ކުރެއްވުމާ އެކު، ރަސޫލާ   صلى الله عليه وسلم ޞަޙާބީންނަށް ޢާޝޫރާ ދުވަހު ރޯދައަށް ތިއްބެވުމަށް އަމުރުފުޅު ކުރެއްވުން ދޫކުރެއްވި އެވެ. الإمام المسلم ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إن عاشوراء يوم من أيام الله فمن شاء صامه ومن شاء تركه) "ހަމަކަށަވަރުން ޢާޝޫރާ ދުވަހަކީ، ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެ ދުވަހު ރޯދައަށް ހުންނަން ބޭނުންވާ މީހާ ރޯދައަށް ހުންނާށެވެ. އެ ދުވަހު ރޯދަ ދޫކޮށްލުމަށް ބޭނުންވާ މީހާ ރޯދަ ދޫކޮށްލާށެވެ." އަދިވެސް الإمام المسلم ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެ އެވެ. (فمن أحب منكم أن يصومه فليصمه ومن كره فليدعه) "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ ދުވަހު ރޯދަ ހިފުމަށް ލޯބިކުރާ މީހާ އެދުވަހު ރޯދައަށް ހުރުން ހުއްޓެވެ. އެ ދުވަހު ރޯދަ ދޫކޮށްލުމަށް ބޭނުންވާ މިހާ ދޫކޮށްލާށެވެ."


ހަތަރުވަނަ ޙާލަތް: ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޢުމުރުފުޅުގެ އެންމެ ފަހު ދުވަސްތަކުގައި ޢާޝޫރާ ދުވަހާ އެކުގައި އެ ދުވަހަށް އެހެން ދުވަހެއް އިތުރުކުރައްވާ ރޯދަ ހިއްޕެވުމަށް ޢަޒުމް ކަނޑައެޅުއްވި އެވެ. އެ ގޮތުން 9 ވަނަ ދުވަހާ އެކު ރޯދައަށް ހުންނެވުމަށް ޢަޒުމް ކަނޑައެޅުއްވި އެވެ. އެއީ އަހުލު ކިތާބީންނާ ޚިލާފުވެވަޑައިގަތުމަށްޓަކައެވެ. ރިވާކުރައްވާފައިވެ އެވެ. ابن عباس رضي الله عنهما ރިވާކުރައްވާފައިވެ އެވެ. "ރަސޫލާ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު މީސްތަކުން ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އެ ހިނދު ޞަޙާބީން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަމަކަށަވަރުން މި ދުވަހަކީ ޔަހޫދީން އަދި ނަޞާރާއިން މަތިވެރި ކުރާ ދުވަހެކެވެ. ފަހެ އެހިނދުގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لأن بقيت أو لأن عشت إلى قابل لأصومن التاسع) "އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުރެއްޖެނަމަ، 9 ވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ." ابن عباس رضي الله عنهما ވިދާޅުވެފައިވެ އެވެ. އެ ޙަދީޘް ކުރެއްވި (މުސްތަޤްބަލުގެ އަހަރު) ނާންނަނީސް ނަބިއްޔާ صلى الله عليه وسلم އަވަހާރަފުޅުވި އެވެ."


عَاشُوراء ދުވަހުގެ މަތިވެރިކަން : ޢާޝޫރާ ދުވަހުގެ ރޯދަ އާ މެދުގައި، ފަހެ އެކަމަށް ޙަދީޘް ޞަޙާބީ   أبو قتادة رضي الله عنه ރިވާކުރައްވާފައިވެ އެވެ. ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުގައި ޢާޝޫރާ ދުވަހު ރޯދައަށް ހުރުމާ މެދު ސުވާލު ދެންނެވުނެވެ.  ފަހެ، ޙަދީޘް ކުރެއްވި އެވެ. (لأن بقيت أو لأن عشت إلى قابل لأصومن التاسع) "ފާއިތުވި އަހަރުގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައިވުމަށް ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ."  


މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ރޯދަ ހިފުމުން މިޘަވާބާއި ދަރުމަ ލިބޭނެ ކަމުގެ އުއްމީދުވެ އެވެ. އެހެނަސް ދިހަވަނަ ދުވަހުގެ މައްޗަށް 9 ވަނަ ދުވަސް އެއްކޮށް ރޯދަ ހިފައިފި ހިނދުގައި އޭގެ އަޖުރު އިތުރުވެގެންވެ އެވެ. އެއީ ابن عباس رضي الله عنهما ރިވާކުރައްވާފައިވާ ފަދައިންނެވެ. (لأن بقيت أو لأن عشت إلى قابل لأصومن التاسع) "އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުންނަވައިފި ނަމަ، 9 ވަނަ ދުވަހު ރޯދައަށް ހުންނަވާނަމެވެ."

 

عَاشُوراء ދުވަހު ކުރެވޭ ބިދުޢަތައް:

العلامة الشيخ صالح الفوزان حفظه الله  ވިދާޅުވެފައިވެ އެވެ. "މި ދުވަހާ ގުޅޭ ގޮތުން، މިއަދު ދެ ބައިގަނޑެއް ހައްދުފަހަނައަޅައިފައިވެ އެވެ.
ޔަހޫދީންނާއި އެއްފަދަ ވެފައިވާ ބައިގަނޑެކެވެ. އެގޮތުން ޢާޝޫރާ ދުވަހަކީ އެބައިމީހުން އުފާފާޅުކޮށް އެބައިމީހުންނަށް އޮތް ޢީދެކެވެ. އަދި އެދުވަހު އެބައިމީހުން އުފާފާޅު ކުރުމާއި، އަނދުން އެޅުމާއި އަދި ހީނާފަތް އެޅުމާއި، އަނބިންނާއި ދަރިންނަށް ގިނަގޮތްތަކުން ހޭދަކުރުމާއި، ކާބޯތަކެތި ޢާންމުކޮށް ޢާދަކާދައިގެ ގޮތުން ތައްޔާރުކުރާ މިންވަރަށްވުރެ ބޮޑަށް މިދުވަހަށް ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރު ކުރުމާއި، މިފަދަ ޖާހިލު ޢަމަލުތައް ކުރުން ހިމެނެ އެވެ. ފަހެ މި މީހުން ފަސާދަ، ފަސާދައާ ކުރިމަތި ކޮށްފަ އެވެ. އަދި ބިދުޢަ ވަނީ ބިދުޢައާ ކުރިމަތި ކޮށްފަ އެވެ.
އަދި އަނެއްބައިގަނޑު ވަނީ ޢާޝޫރާ ދުވަހަކީ ހިތާމަ ފާޅުކޮށް ދެރަ ފާޅުކޮށް އަދި ހަށިގަނޑުގައި ތަޅައި ހަށިގަނޑަށް އަނިޔާކޮށް ޢަމަލުކުރުމެވެ. އެމީހުން މިކަންތައް ކުރަނީ الحسن بن علي رضي الله عنهما  އަވަހާރަވެގެން ދިއުމުގެ ހިތާމައިގަ އެވެ. އެގޮތުން މިދުވަހު ޖާހިލިއްޔަތުގެ ޝިޢާރުތައް ފާޅުކޮށް، މޭގައި ތެޅުމާއި، ހަށިގަނޑުގައިވާ ފޭރާން ވީދާލުމާއި، ހިތާމައިގެ ޅެން ކިޔުމާއި، އެ ޚަބަރުތައް ތެދުކުރެވޭ ވަރަށްވުރެ ގޮދުކުރެވޭ ޚަބަރުތައް ރިވާކުރުމެވެ. މިކަމުގައި އެބައިމީހުންގެ ޤަޞްދަކީ ފިތުނަވެރިކަމުގެ ދޮރު ހުޅުވާލުމެވެ. އަދި އުއްމަތް ބައިބައިކޮށްލުމެވެ. އަދި މި އެންމެހައި ޢަމަލުތަކަކީ އެމީހަކަށް ތިމަންނަ ކުރަނީ ހެޔޮކަންތައްތަކެއް ކަމުގައި ހީވެ، އެހެނަސް މަގުފުރެދިފައިވާ ޢަމަލުތަކެއް ކަމުގައިވެ އެވެ.


ހަމަކަށަވަރުން ﷲ ވަނީ ސުންނަތުގެ އަހުލުވެރިންނަށް ހިދާޔަތް ދައްކަވާފައެވެ. އެމީހުންގެ ނަބިއްޔާ   صلى الله عليه وسلم އަމުރުފުޅު ކުރައްވާފައިވާ ގޮތުގައި ރޯދަ ހިއްޕަވާ ޢަމަލުފުޅު ކުރެއްވެވިއެވެ. އެއީ ޔަހޫދީންނާ އެއްގޮތް ނުވާގޮތުގައެވެ. އަދި (އެ ދުވަހު) ޝައިޠާނާ މީސްތަކުންނަށް އަމުރުކޮށްފައިވާ ބިދުޢަތަކުން އެއްކިބާވި އެވެ. ފަހެ، ﷲ އަށް ޙަމްދާއި މިންނަތް ހުއްޓެވެ." رسالة في أحاديث شهر الله المحرم 13.


އިޚްވާނުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެނޫން އެއްވެސް އަޅުކަމެއް ކުރުމަކީ އެއްވެސް ދަލީލެއް ނުވާ ކަމެއް ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. އަދި ޢާޝޫރާ ވިލޭރޭގައި އެއްވެސް ނަމާދެއް އަދި އެދުވަހު ޒީނަތްތެރިވުމާއި، އެ ދުވަހު ޞަދަޤާތް ކުރުމާއި، މިއިން އެއްވެސް ކަމަކީ އެއްވެސް ދަލީލެއް ރަސޫލާ صلى الله عليه وسلم ގެ އަރިއަހުން ވާރިދުވެގެންވާ ކަމެއް ނޫނެވެ.

***

 

 

العَلَّامة الشيخُ صَالِح الفوزان حفظه الله

އާނއެކެވެ. ﷲ ގެ މުޙައްރަމް މައްސަރަކީ، ރަމަޟާން މައްސަރަށް ފަހުގައި އެންމެ ހެޔޮވެގެންވާ މައްސަރެވެ. ފަހެ، މުޅި މި މައްސަރު އެކުގައި ނުވަތަ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފުން ހުއްޓެވެ. އެހެނަސް މައްސަރުގެ ހުރިހައި ދުވަހަކު ރޯދަ ހިފައި ހަމަނުކުރެވޭ ގޮތަށް ގިނަ ދުވަސްތަކުގައި ރޯދަ ހިފާ ގޮތަށެވެ. މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. (މިފަދައިން ކުޅަދާނަ ނުވާ މީހާ) އެންމެ ދަށްދަރަޖައިން މި މައްސަރުގެ 10 ވަނަ ދުވަހުގައި ރޯދައަށް ހުރުން ހުއްޓެވެ. އަދި އޭގެ ކުރިއަށް 1 ދުވަސް (މި މައްސަރުގެ 9 ވަނަ ދުވަސް) ނުވަތަ އޭގެ ފަހުން 1 ދުވަސް (މި މަހުގެ 11 ވަނަ) ދުވަހުގައި ރޯދައަށް ހުރުން ހުއްޓެވެ.    
***
ފަތުވާ ނަގާފައިވަނީ : http://t.co/D4kg4jspaJ/s/yv14

 

 

الشيخ العلامة العثيمين حفظه الله

ސުވާލު: ބައެއް ޢިލްމުގެ އަހުލުވެރިން ޛިކުރުކުރައްވާފައިވެ އެވެ. ޢާޝޫރާ ދުވަހުގައި ރޯދަހިފުން 3 ޙާލަތެއްވެ އެވެ.
ޖަވާބު: ފުރަތަމަ ޙާލަތް : ޢާޝޫރާ ދުވަހާ އެކުގައި، އޭގެ ކުރިން އެއް ދުވަސް ނުވަތަ އޭގެ ފަހުން އެއްދުވަސް ރޯދަހިފުމެވެ.
ދެވަނަ ޙާލަތް : ޢާޝޫރާ ދުވަހުގައި އެކަނި ރޯދަ ހިފުމެވެ.
ތިންވަނަ ޙާލަތް : ޢާޝޫރާ ދުވަހުގެ ކުރިން އަދި ޢާޝޫރާ ދުވަހުގެ ފަހުންވެސް ރޯދަ ހިފުމުވެ.
(ޢިލްމުގެ އަހުލުވެރިން) ޛިކުރުކުރައްވާފައިވެ އެވެ. އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް އަދި ޢާޝޫރާ ދުވަހަށް ފަހުން އެއްދުވަސް ރޯދައަށް ހުރުމެވެ. އެއަށްފަހު (ދެ ވަނައަށް އެންމެ ހެޔޮކަން ބޮޑު ގޮތަކީ) ނުވަވަނަ ދުވަސް އަދި ދިހަވަނަ ދުވަސްތަކުގައި ރޯދައަށް ހުރުމެވެ. އެއަށްފަހުގައި ދިހަވަނަ ދުވަހާއި، އެގާރަވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. އެއަށްފަހުގައި ޢާޝޫރާ ދުވަހު އެކަނި ރޯދައަށް ހުރުމެވެ. ދަލީލުތަކުން ފާޅުވެގެންވާ ގޮތުގައި، ޢާޝޫރާ ދުވަހުގައި އެކަނި ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ނޫނެވެ. އެހެނަސް ހެޔޮކަން ބޮޑުވެގެންވަނީ ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ ފަހަށް އެއް ދުވަސް ރޯދައަށް ހުރުމެވެ."  
مجموع فتاوى ورسائل العثيمين: 20/ 42
****


ސުވާލު : ޢާޝޫރާ ދުވަހުގައި އެކަނި (މުޙައްރަމްމަހުގެ 10 ވަނަ ދުވަސް އެކަނި) ރޯދަ ހިފުން ހުއްދަވާނެތޯ އެވެ؟
ޖަވާބު : ޢާޝޫރާ ދުވަހުގައި އެކަނި ރޯދަހިފުން ހުއްދަވާނެ އެވެ. އެހެނަސް އައުލާވެގެންވަނީ، ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ ފަހުން އެއްދުވަސް ރޯދަ ހިފުމެވެ. ނަބިއްޔާ صلى الله عليه وسلم ގެ ފަރާތްޕުޅުން ޘާބިތުވެގެންވާ ޙަދީޘްގައިވެ އެވެ. (لأن بقيت إلى قابل لأصومن التاسع) "ފާއިތުވި އަހަރުގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައިވުމަށް ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ." ابن عباس رضي الله عنهما ވިދާޅުވެފައިވެ އެވެ. "މާނައީ ދިހަވަނަ ދުވަހާ އެކުގައެވެ."  
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم .
السؤال رقم 13700
****

Like what you see?

Close

Hit the buttons below to follow us, you won't regret it...