ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله

"ހަމަކަށަވަރުން މި ބަރަކާތްތެރި މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ އެވެ. މިއަދަކީ 16 ވަނަ ދުވަހެވެ. ﷲ އަހަރެމެންނާއި ތިޔަބައިމީހުންނަށް އެކަލާނގެ ރުހިވޮޑިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް އަޖުރު އިތުރުވެދިއުމުގެ ތަޥްފީޤު ދެއްވާށި އެވެ. އަދި އަހަރެމެންނާއި ތިޔަބައިމީހުންނަށް ހެޔޮކަންކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައިދއުމުގެ ވާގިވެރިކަން ދެއްވާށި އެވެ.
ބާކިއޮތް މި މާތްމަތިވެރި ދުވަސްތަކުގައި މުސްލިމްއަޅާއަށް ޝަރުޢުވެގެންވަނީ ނުހަނު ގަދައަޅާ މަސައްކަތް ކުރުމެވެ. އަދި ފާއިތުވެދި ދުވަސްތަކުން ފިލާވަޅެއް ހޯދައި ބާކީއޮތް ދުވަސްތަކުގެ މައްޗަށް ފަރުވާތެރިވުމެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ޤާއިމްވެ ދެމިހުރުމެވެ. ނަމާދުކުރުން ގިނަކުރުމާއި، ތަސްބީޙަ ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަކްބީރު ކިޔުމާއި އަދި ތަޙްމީދު ކުރުން ގިނަކުރުމެވެ. އަދި ވިސްނައި، ތަދައްބުރުކޮށް ޤުރުއާން ކިޔެވުން އިތުރު ކުރުމެވެ. ޞަދަޤާތް ދިނުން އިތުރު ކުރުމެވެ. ނަޞޭޙަތް ދިނުން އިތުރު ކުރުމެވެ. ހެޔޮކަންކަމަށް ބާރުއެޅުން އިތުރު ކުރުމެވެ. ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. އަދި މި ނޫނަސް އެހެނިހެން ބާވަތްތަކުގެ ހެޔޮކަންކަން އިތުރުކުރުމުގައި ދެމިހުރުމެވެ....."
ބަސްތައް ނަގާފައިވަނީ : https://goo.gl/YL1xiu