5 ފޮޓޯ ޖެހުން އެކަކަށްވެސް ހުއްދައެއް ނުކުރަން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފޮޓޯ ޖެހުން އެކަކަށްވެސް ހުއްދައެއް ނުކުރަން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ صور ކުރެހުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


 سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله

އަހަރެންގެ ފޮޓޯ އެކަކުވެސް ނަގައިގެން ނުވާނެ އަދި މުޠްލަޤުކޮށް ފޮޓޯ ނެގުން ހުއްދައެއް ނުވާނެ އެވެ.

"އަހަރެންގެ ބަސްތައް ނަޤުލު ކުރާ އެއްވެސް މީހަކަށް، އަހަރެންގެ ފޮޓޯ އޭގައި ޖެހުން އަހަރެން ހުއްދައެއް ނުކުރަމެވެ. އަހަރެން އެކަން ހުއްދައެއް ނުކުރަމެވެ. އަދި އެއްވެސް މީހަކަށް އިޛުނަ ނުދެމެވެ. އަހަރެންގެ ބަސްތައް ލިޔެ ނަޤުލުކުރާ އެއްވެސް މީހަކަށް އޭގައި އަހަރެންގެ ފޮޓޯ ޖެހުން އަހަރެން ހުއްދައެއް ނުކުރަމެވެ. އަދި އެކަމަށް އަހަރެން ނުރުހެމެވެ. ސަބަބަކީ އަހަރެން ޤަބޫލުކުރަނީ އެއްވެސް ޙާލެއްގައި (މުޠްލަޤުކޮށް) ފޮޓޯ ނެގުން ހުއްދައެއް ނުވާނެ އެވެ.


ފަހެ، އަހަރެންގެ ބަސްތައް އެއްވެސް މަޖައްލާ އެއްގައި ނުވަތަ އެއްވެސް ނޫސްޕޭޕަރެއްގައި ނަޤުލުކުރާ ކޮންމެ މީހަކަށް، އަހަރެންގެ ފޮޓޯ ޖެހުން، ހުއްދައެއް ނުކުރަމެވެ. އަދި އެކަމަށް އެކަމަށް އިޛުނައެއް ނުދެމެވެ. މިފަދައިން އަހަރެން އަހަރެންގެ އެންމެހައި އިޚްވާނުންނަށް ބަޔާންކުރަމެވެ. އަދި އަހަރެންގެ އެންމެހައި އިޚްވާނުންނަށް މިފަދައިން ނަޞޭޙަތްތެރިވަމެވެ. އަދި އެބައިމީހުންނަށް މި މިންބަރު މަތީގައި މިފަދައިން ބަޔާންކޮށްދެމެވެ. އެއީ، އަހަރެންގެ ފަތުވާއެއް ނުވަތަ ބަސްތަކެއް ނަޤުލުކުރާ އެއްވެސް މީހަކު އޭގައި އަހަރެންގެ ފޮޓޯ ޖެހުން އަހަރެން ހުއްދައެއް ނުކުރަމެވެ.


މިއީ އަހަރެންގެ އިޢުތިޤާދު ކުރާ ގޮތެވެ. ފަހަރެއްގައި ބައެއް މީހުން ފޮޓޯއަށް ބޭނުން ޖެހިދާނެ އެވެ. މިޘާލަކަށް އައިޑީ ކާޑުގައި ޖެހުމަށް، ޕާސްޕޯޓުގައި ޖެހުމަށް ނުވަތަ ޑްރައިވިން ލައިސަންސުގައި ޖެހުމަށެވެ. މިއީ އެހެން ކަމެކެވެ. ފަހެ، މި ޙާލަތުގައި އެ ފޮޓޯ ނަގާމީހާ ފޮޓޯ ނަގަނީ މަޖްބޫރުވެގެންވާ ޙާލުގަ އެވެ. މިކަމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އޭގެ ޞާޙިބާވަނީ އައިޑީކާޑް ފަދަ އެ އެއްޗަށް ޙާޖަތްޖެހި މަޖުބޫރުވެފަ އެވެ.


އެހެނަސް ބަސްތައް ނޫސްތަކުގައި ނަޤުލުކުރުމަށްޓަކައި، އޭގެ ޞާޙިބާގެ ފޮޓޯ ޖެހުމަކީ މަޖްބޫރު ކަމެއް ނޫނެވެ. އެ ބަސްތައް ބަޔާންކުރި ފަރާތަކީ، އެމީހެއްގެ ފޮޓޯ ނުޖެހި ކަމުގައިވިޔަސް އެންމެން ދަންނަ ފަރާތެއް ކަމުގައިވެ އެވެ. އާއެކެވެ.



ފަތުވާ ނަގާފައިވަނީ : https://goo.gl/cR2Ipz

 

Like what you see?

Close

Hit the buttons below to follow us, you won't regret it...