5  މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަންކަމެވެ. - الشَّيْخ عَبْدُ المُحْسِن العَبَّاد حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ މުޒާހަރާކުރުމުގެ ހުކުމް

ސުވާލު: އަޅުގަނޑުމެންގެ ޝައިޚެވެ. الله ޝައިޚުއަށް ހެޔޮ ޖަޒާ ދެއްވާށި އެވެ. އަޅުގަނޑު މިއީ ލީބިޔާ މީހެކެވެ. (ޤައުމުގެ) މީސްތަކުން ވަނީ ބުދަ ދުވަހު ނުވަތަ ބުރާސްފަތި ދުވަހު މަގުތަކުގައި މުޒާހަރާކުރުމަށް ހަމަޖައްސާފަ އެވެ. ފަހެ، މުޒާހަރާތަކާއި، ސުލްޙަވެރި ހިނގާލުންތަކުގެ ނަމުން ނަން ދެވިފައިވާ ހިނގާލުންތަކުގެ ޙުކުމާ ބެހޭ ގޮތުން ނަސޭޙަތަކާއި ބަޔާނެއް ޝައިޚުގެ އަރިއަހުން އަޅުގަނޑުމެން ބޭނުމެވެ. الله މި ނަސޭޙަތުން ފައިދާ ކޮށްދެއްވާނެ ކަމުގެ އުންމީދުގައެވެ. الله ޝައިޚުއަށް ހެޔޮ ޖަޒާ ދެއްވާށި އެވެ.
 

ޖަވާބު: ތިޔަ މުޒާހަރާތަކަކީ ޝަރުޢުކުރެވިގެންވާ ކަމެއް ކަމަށް ދަލީލުކޮށްދޭ އެއްވެސް އެއްޗެއް (ދަލީލެއް) އަހަރެން ނުދަންނަމެވެ. ދީނުގައި މިކަންކަމުގެ މައްޗަށް ދަލީލުކޮށްދޭ އެއްވެސް އަސާސެއް އަހަރުމެން ނުދަންނަމު އެވެ. މިކަންކަމަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ މީސްތަކުން ދީނަށް އަލަށް ގެނެސްފައިވާ ކަންކަމެވެ. އަދި އެއީ ހުޅަނގާއި އިރުމަތީ ޤައުމުތަކުގައިވާ އެމީހުންގެ ޢަދުއްވުންގެ ކިބައިން އެމީހުންގެ ޤައުމުތަކަށް އެތެރެކޮށްފައިވާ ކަންކަމެވެ. އެކަންކަމަށް ދީނުގައި އަސާސެއް ނެތެވެ. އަދި އެކަންކަމުގެ ހުއްދަކަމާއި އެމަގަށް ދަލީލުކޮށްދޭ އެއްވެސް އެއްޗެއް އަހަރުމެން ނުދަންނަމެވެ. މި ސަބަބަށްޓަކައި، މީސްތަކުންނަށް އޮތީ އެމީހުންނަށް ޝަރުޢުކުރެވިގެންވާ ޝަރުޢީ މަގުތަކުން ހިނގުމެވެ. އަދި އެއްވެސް އަސާސެއް ނުވާ، އަދި ގެއްލުންތައް މެދުވެރިކުރުވާ، ފަސާދަތައް މެދުވެރިކުރުވާ، ޤަތުލު މެދުވެރިކުރުވާ، ފިއްތުންތައް ކުރިމަތިކުރުވާ ކަންކަން ދޫކޮށްލުމެވެ. މުޒާހަރާތަކުން ލިބޭ ހަމައެކަނި ގެއްލުމަކީ މީސްތަކުންގެ މަގުތަކުގައާއި ހިނގާ ތަންތަނުގައި ފިއްތުންތައް ކުރިމަތިވުން ކަމުގައިވީ ނަމަވެސް، ފަހެ ހަމަކަށަވަރުން އެކަން އެކަނި ވެސް އެކަމުގެ ނުބައިކަމުގެ ބަޔާނަކަށް ފުދިގެންވެ އެވެ. އަދި އެއްވެސް އިންސާނަކު އަދި އެއްވެސް މީހަކު މިފަދަ ކަންކަމަށް ކުރިމަތިލައިގެން ނުވާނެކަން އެކަމުން އަންގައިދެ އެވެ.
 

ސުވާލު: ޒުވާނުންނަށް ފޯރިދީ އެމީހުންގެ މައްޗަށް އިސްވެ ދަޢުވަތުދޭ މީހަކުވެ އެވެ. އޭނާ ބުނެ އެވެ: ވެރިންނާ ދެކޮޅަށް ނުކުތުމަކީ ސަލަފުންގެ މަޛްހަބުގެ ތެރެއިންވާ ކަމެކެވެ. މިސާލަކަށް ابْنُ الأَشْعَث އާއި ابْنُ سِيرِين އާއި ابْنُ الزُّبَيْر އެވެ. އަދި އެއަށްފަހު ވަޑައިގަތް الإِمَامُ أَحْمَد ފަދަ ބޭފުޅުން ކިބުރުވެރިކަމާ އެކު ދެކޮޅު ނުހައްދަވައެވެ. ހަމަކަށަވަރުން މަޞްލަޙަތާއި މަފްސަދާ އެކަންޏެވެ.
ޖަވާބު: މީސްތަކުންނަށް އޮތީ މަޞްލަޙަތުތަކާ ދިމާއަށް ދިއުމެވެ. އަދި ފަސާދަތަކުން ދުރުވެގަތުމެވެ. މީސްތަކުން ސަމާލުކަން ބަހައްޓަންވީ މަޞްލަޙަތުތައް ޙާޞިލުކުރުމަށާއި ފަސާދަތައް ދޫކޮށްލުމަށެވެ.

 

ސުވާލު: މުޒާހަރާތަކާއި ޞުލްޙަވެރި ހިނގާލުންތަކަކީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައި ބެލެވިދާނެތޯ އެވެ؟
ޖަވާބު: އެއްވެސް ޝައްކެއް ނެތެވެ. އެއީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ވަޞީލަތްތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ވަޞީލަތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ކިއެއްތޯ އެވެ. އެއީ ވެރިމީހާއާ ދެކޮޅަށް ނުކުތުމުގެ ތެރެއިންވާ ކަމެކެވެ. އެއްވެސް ޝައްކެއް ނެތެވެ.


ސުވާލު: އަގުތައް އުފުލުމުންނާއި ދުނިޔަވީ އެފަދަ ކަންކަމުގައި އަނިޔާވެރިކަމެއް ދިމާވުމުން މުޒާހަރާތައް ކުރާ މީހުން މި ޙަދީޘްގެ (1) ތެރެއަށް ވަންނާނެތޯ އެވެ؟
ޖަވާބު: ތިފަދަ ޢަމަލުތަކަކީ ބުއްދި ހަމަނުޖެހޭ މޮޔަކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ތި ކަންކަމަކީ އެނގިގެންވާ ކަންކަމެއް ނޫނެވެ. ހަމަކަށަވަރުން ތިކަންކަމަކީ އަލަށް އުފައްދާފައިވާ ކަންކަމާއި، ކާފަރުންގެ ކިބައިން މުސްލިމުން ނަގާފައިވާ ކަންކަމުގެ ތެރެއިންވާ ކަންކަމެވެ.

❆❆❆

-----------------------------

(1) عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ : ثَلَاثَةٌ لَا يُكَلِّمُهُمْ اللَّهُ -عَزَّ وَجَلَّ- يَوْمَ الْقِيَامَةِ، وَلَا يَنْظُرُ إِلَيْهِمْ، وَلَا يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ: رَجُلٌ عَلَى فَضْلِ مَاءٍ بِالْفَلَاةِ يَمْنَعُهُ ابْنَ السَّبِيلِ، وَرَجُلٌ بَايَعَ رَجُلًا سِلْعَةً بَعْدَ الْعَصْرِ فَحَلَفَ بِاللَّهِ لَأَخَذَهَا بِكَذَا وَكَذَا فَصَدَّقَهُ وَهُوَ عَلَى غَيْرِ ذَلِكَ، وَرَجُلٌ بَايَعَ إِمَامًا لَا يُبَايِعُهُ إِلَّا لِدُنْيَا فَإِنْ أَعْطَاهُ مِنْهَا وَفَى لَهُ، وَإِنْ لَمْ يُعْطِهِ مِنْهَا لَمْ يَفِ لَهُ. رواهُ ابنُ ماجَه.
މާނައީ: أَبو هُرَيْرَةَ ގެ އަރިއަހުން ރިވާވެގެންވެ އެވެ: رَسُولُ الله ޙަދީޘްކުރެއްވި އެވެ: "ޤިޔާމަތް ދުވަހު الله ބަސް މުޚާތަބު ނުކުރައްވާނެ، އަދި އެބައިމީހުންނަށް ބައްލަވާވޮޑިނުގަންނަވާނެ، އަދި އެބައިމީހުންނަށް ތަޒްކިޔާ ނުދެއްވާނެ، އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ލިބިގެންވާ ތިން މީހަކުވެ އެވެ: ފަލާތުގައި (ހަނަފަސް ސަހަރާގައި) އިތުރު ފެން ހުރި މީހެކެވެ. އޭނާ އިބްނުއްސަބީލަށް (ދަތުރު މަތީގައި ވަނިކޮށް ދަތުރު ކޮއްތު ހުސްވެފައިވި މީހާއަށް) އެ ފެން މަނާކުރެ އެވެ. އަދި ޢަޞްރު ފަހުން މީހަކަށް އެއްޗެއް ވިއްކި ހިނދު الله ގަންދީ ހުވާކުރި މީހާއެވެ: "ތިމަންނަ އެ ގަނެފައިވަނީ އެވެނި މިވެނި ވަރަކަށެވެ." ފަހެ އެނޫން ހާލެއްގައި ވަނިކޮށް އޭނާ ތެދުކުރެވުނެވެ. (އެބަހީ އޭނާ ދޮގުހަދާ އިރު މީހުން އޭނާގެ ބަސް ތެދުކަމަށް ޤަބޫލުކުރެއެވެ.) އަދި ދުނިޔެއަށްޓަކައި މެނުވީ އިމާމަކަށް ބައިޢަތު ނުހިފާ މީހާ އެވެ. ފަހެ ވެރިމީހާ އޭނާއަށް ދުނިޔެއިން ބައެއް ދީފި ނަމަ އޭނާ ވެރިމީހާއަށް ވަފާތެރިވެ އެވެ. އަދި އޭގެން ބައެއް ނުދީފި ނަމަ، އޭނާ ވެރިމީހާއަށް ވަފާތެރިއެއް ނުވެ އެވެ
."

 

މަޞްދަރު: من درس شرح سنن ابن ماجه (الشريط رقم: 207، الدقيقة: 13:21)
އޯޑިއޯ ލިންކް: http://goo.gl/wnN7H3 އޯޑިއޯގެ 00:52:08 އިން 00:54:42 އަށް.
ސައިޓް ލިންކް: http://alnasiha.net/node/1558

މުޒާހަރާކުރުމުގެ ހުކުމް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 މުޒާހަރާތައް ބޭނުންކުރުމަކީ ޔޫރަޕު މީހުންނަށް (ފަރަންޖީންނަށް) ތަބަޢަވުމެވެ. - الشَّيْخُ مُحَمَّد أَمَان بِن عَلِيّ الجَامِي رحمه الله | 04 ޖެނުއަރީ 2018

 އެމީހުން ބުނެ އެވެ. "އަހަރެމެން އެމެރިކާ ދެކޮޅަށް ހަނގުރާމަ ކުރަމެވެ. " ވިސްނާލުން ހުއްޓެވެ. އެހެނަސް މި މީހުން ޕުރޮމޯޓު ކުރަނީ އެމެރިކާގެ ފިކުރުތަކެވެ. - الشَّيخ العَلاَّمَة رَبِيع بن هَادِي المَدخَلِي حفظه الله | 24 ޑިސެމްބަރ 2017

 ހަނދާނާއި ތާރީޚައްޓަކައި؛ 23 ޑިސެންބަރ މުޒާހަރާ ކުރި އިޚުވާނީ ޢަދާލަތު އަދި ޖޭއެސް ފިކުރަށް ރައްދު (30-12-2011) - أُسْتَاذ أبو أنس محمد حسن حفظه الله | 14 މެއި 2017

ސުންނަތުގެ ދިފާޢުގައި: ހުރިހާ ބާވަތެއްގެ މުޒާހަރާ ޙަރާމް ވެގެންވެ އެވެ. - العَلاَّمة صَالِح الفَوْزَان الفَوزان حفظه الله | 28 އޭޕްރީލް 2017

އިސްލާމީ މުޖްތަމަޢު މުޒާހަރާކުރުމަށް ޙާޖަތްޖެހިގެން ނުވެ އެވެ - الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله | 22 އޭޕްރީލް 2016

މުޒާހަރާތަކޭ ބުނެ ޢަބްދުއްރަޙްމާން ޢަބްދުލްޚާލިޤް ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގުތަކަށްދެއްވާފައިވާ ރައްދު - الإِمَامُ ابن بَاز رحمه الله | 21 އޭޕްރީލް 2016

މުޒާހަރާތަކަކީ ދީނަށް އަލަށް ގެނެވިފައިވާ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله | 11 ޖެނުއަރީ 2016

މުޒާހަރާ ކުރުމަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 26 ނޮވެމްބަރ 2015

މުޒާހަރާ ކުރުމަށް ފަތުވާދިން މީހާ، އެ ހުރިހައި ކަންތައްތަކުގެ ފާފަ އުފުލަން ޖެހޭނެ - الإمام العلامة الشيخ صالح الفوزان حفظه الله | 12 ސެޕްޓެމްބަރ 2015

ފިރިހެނުން އަދި އަންހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާ ތަކަކީ ދަޢުވަތް ދިނުމަށް އޮތް ވަސީލަތެއް ހެއްޔެވެ. މިފަދަ މުޒާހަރާ ތަކުގައި މަރުވެދާ މީހަކީ ޝަހީދެއްކަމުގައި ވާނެހެއްޔެވެ؟ - الإمام العلامة سماحة الشيخ عبدالعزيز بن باز رحمه الله | 27 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...